Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކެޓަލޯނިއާގެ މިނިވަންކަން

ކެޓަލޯނިއާ ހަމަނޭވާއެއް ލިޔަދޭން މެޑްރިޑް ބޭނުމެއް ނުވޭ!

މިނިވަންކަމުގެ ވޯޓު ނެގުމަށް ނިންމާފައިވަނީ އޮކްޓޯބަރ 1 ގައި

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 21 ސެޕްޓެމްބަރު 2017 | ބުރާސްފަތި 05:04
ކެޓަލޯނިއާގެ މިނިވަން ކަމަށް ތާޢީދުކޮށް ކުރިއަށް ގެންދާ އެއްވުންތަކުގެ ތެރެއިން

ކެޓަލޯނިއާގެ މިނިވަން ކަމަށް ތާޢީދުކޮށް ކުރިއަށް ގެންދާ އެއްވުންތަކުގެ ތެރެއިން

ސްޕެއިންގެ މިނިވަން ސަރަޙައްދެއް ކަމުގައިވާ ކެޓަލޯނިއާއިން ފުރިހަމަ މިނިވަންކަމަށް ކުރަމުންދާ މަސައްކަތާއި ގުޅިގެން، އެޤައުމުގެ މައި ސަރުކާރުން އެ ސަރަޙައްދުގެ މިނިވަންކަމަށް އަރައިގެންފައިވާ ކަމަށް އެ ސަރަޙައްދުގެ ރައީސް ވިދާޅުވެއްޖެއެވެ.

1978 ވަނަ އަހަރު ސްޕެއިންގައި ފުރިހަމަ ޑިމޮކްރަސީއެއް ޤާއިމްކުރި ފަހުން ސިޔާސީގޮތުން އެ ޤައުމަށް ކުރިމަތިވި އެންމެ ދަތި ދުވަސްތައް މިހާރު ދިމާވެފައިވާއިރު، ކެޓަލޯނިއާގެ ރައީސް ކާލެސް ޕުއިޑެމޮންޓޭ ވަނީ، މައި ސަރުކާރުގެ ގާޑިއާ ސިވިލްގެ (ފުލުހުންގެ) އޮފިސަރުން ކެޓަލޯނިއާގައި ހިންގަމުންދާ އޮޕަރޭޝަނަކީ، އެ ސަރަޙައްދުގެ މިނިވަންކަން ނަގާލައި، ސަރަޙައްދުގައި ކުއްލި ހާލަތު އިޢުލާނުކުރުން ފަދަ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ކެޓަލޯނިއާގައި ފުލުހުން ހިންގަމުންދާ އޮޕަރޭޝަނަކީ، ސްޕެއިންއިން ވަކިވެ ފުރިހަމަ މިނިވަންކަން ހޯދުމަށް އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހު އެ ސަރަޙައްދުގައި ނަގަން ތައްޔާރު ވަމުންދާ ވޯޓު ހުއްޓުވުމަށް ހިންގާ ހަރަކާތެކެވެ. މި އޮޕަރޭޝަންގެ ދަށުން ބުދަ ދުވަހު އެކަނިވެސް ފުލުހުން ވަނީ ކެޓަލޯނިއާގެ ސަރަޙައްދީ ސަރުކާރުގެ އޮފީސްތަކުން، އިސް 14 އޮފިޝަލަކު ހައްޔަރު ކޮށްފައެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި ކެޓަލޯނިއާގެ އިކޮނޮމިކް އެފެއާޒްގެ ސެކްރެޓަރީ ޖެނެރަލް ހޯޒޭ މާރިއާ ހޯވޭ އާއި ޓެކްސޭޝަން ސެކްރެޓަރީ، ލުއީ ސަލްވަޑޯ ހިމެނެއެވެ.

ފުލުހުންގެ އޮޕަރޭޝަނަށް އިޝާރާތް ކުރައްވާ، ރައީސް ކާލެސް ވިދާޅުވީ، މިއީ ފުލުހުން "ރާވައިގެން ހިންގާ ހަމަލާއެއް" ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، އަނދިރި ދުވަސްތަކުގެ ތެރެއަށް އަލުން ވެއްޓިގެންދިއުން ބޭނުން ނުވާ ކަމަށާ، ކެޓަލޯނިއާގެ ސަރުކާރުން މިނިވަންކަމާއި ޑިމޮކްރަސީއަށް ފުރިހަމައަށް ތާޢީދު ކުރާ ކަމަށެވެ.

ބުދަ ދުވަހު ކެޓަލޯނިއާ ސަރުކާރުގެ ވަޒީރުންގެ ކުއްލި ބައްދަލުވުމެއް ބޭއްވެވުމަށް ފަހު ރައީސް ކާލެސް ވަނީ އޮކްޓޯބަރ 1 ވަނަ ދުވަހުގެ ވޯޓު ކުރިއަށްދާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ކެޓަލޯނިއާގެ ވެރިރަށް، ޞާސެލޯނާގެ މޭޔަރު، އަދާ ކޮލާއު ވިދާޅުވީ، ކެޓަލޯނިއާގެ އިސްތިޤުލާލު ސަލާމަތް ކުރުމަށް އެ ސަރަޙައްދުގެ ކޮންމެ ރައްޔިތަކު ވެސް މަސައްކަތް ކުރާނެ ކަމަށެވެ.

ކެޓަލޯނިއާގެ މިނިވަންކަމުގެ މައްސަލަ ހޫނުވެފައިވާއިރު، ސްޕެއިންގެ މައި ސަރުކާރުން ވަނީ އެ ވޯޓު ހުއްޓުވަން ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށް ބުނެފައެވެ.

އިތުރަށް ކިޔާލަން

10 އޮކްޓޯބަރު 2017

ކެޓަލޯނިއާގެ މިނިވަންކަން އިޢުލާން ކުރުން ފަސްކޮށްފި

10 އޮކްޓޯބަރު 2017
ކެޓަލޯނިއާގެ މިނިވަންކަން އިޢުލާން ކުރުން ފަސްކޮށްފި
09 އޮކްޓޯބަރު 2017

ކެޓަލޯނިއާގެ މިނިވަންކަން ގަބޫލު ނުކުރާނެ ކަމަށް ފްރާންސް އިން ބުނެފި

09 އޮކްޓޯބަރު 2017
ކެޓަލޯނިއާގެ މިނިވަންކަން ގަބޫލު ނުކުރާނެ ކަމަށް ފްރާންސް އިން ބުނެފި
09 އޮކްޓޯބަރު 2017

ކެޓަލޯނިއާގެ ރައީސް މިނިވަންކަން އިއުލާންކޮށްފި ނަމަ ވަޑައިގަންނަވަން ޖެހޭނީ ޖަލަށް: ސްޕެއިންގެ ރޫލިން ޕާޓީ

09 އޮކްޓޯބަރު 2017
ކެޓަލޯނިއާގެ ރައީސް މިނިވަންކަން އިއުލާންކޮށްފި ނަމަ ވަޑައިގަންނަވަން ޖެހޭނީ ޖަލަށް: ސްޕެއިންގެ ރޫލިން ޕާޓީ
09 އޮކްޓޯބަރު 2017

ކެޓަލޯނިއާގެ މިނިވަންކަން: ކެޓަލޯނިއާގެ މިނިވަންކަމާ ދެކޮޅަށް ބާސެލޯނާގައި ބޮޑު އެއްވުމެއް

09 އޮކްޓޯބަރު 2017
ކެޓަލޯނިއާގެ މިނިވަންކަން: ކެޓަލޯނިއާގެ މިނިވަންކަމާ ދެކޮޅަށް ބާސެލޯނާގައި ބޮޑު އެއްވުމެއް
07 އޮކްޓޯބަރު 2017

ކެޓަލޯނިއާގެ މިނިވަންކަމާ ދެކޮޅަށް އެތައް ހާސް ބަޔަކު ސްޕެއިންގެ ސިޓީތަކަށް އެއްވެއްޖެ

07 އޮކްޓޯބަރު 2017
ކެޓަލޯނިއާގެ މިނިވަންކަމާ ދެކޮޅަށް އެތައް ހާސް ބަޔަކު ސްޕެއިންގެ ސިޓީތަކަށް އެއްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު