Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައީސް ޔާމީން

މެމްބަރުން ގެންދިއުމަކީ ކިހާ ގައްދާރު ބައެއްތޯ ސުވާލު ކުރަން ޖެހޭ، އެކުރީ ބަޣާވާތް: ރައީސް

މަޖިލީހަށް އިންތިހާބުވާ މެމްބަރަކު ފަހުން ޕާޓީ ބަދަލު ކުރުމަކީ ބޮޑު ގޯހެއް

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 25 އޮކްޓޯބަރު 2017 | ބުދަ 01:37
ރައީސް އަބްދުﷲ ޔާމިން:-އެމަނިކުފާނު ވަނީ މަޖިލިސް މެމްބަރުނަށް ބަހުގެ ހަމަލާތަކެއް ދެއްވާފައި

ރައީސް އަބްދުﷲ ޔާމިން:-އެމަނިކުފާނު ވަނީ މަޖިލިސް މެމްބަރުނަށް ބަހުގެ ހަމަލާތަކެއް ދެއްވާފައި

ޕީޕީއެމްގައި ތިއްބެވި ގިނަ މެމްބަރުންތަކެއް އެ ޕާޓީން ވަކިކޮށްގެން ގެންދިޔަ މީހުންނަކީ ގައުމަށް ކިހާ ގައްދާރު ބައެއްތޯ މިއަދު ސުވާލު ކުރަން ޖެހޭ ކަމަށާއި ޕާޓީއަކުން އެއްފަހަރާ ގިނަ މެމްބަރުންތަކެއް ގެންދިއުމަކީ ބަޢާވާތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރ.މީދޫގައި އަންގާރަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމިން ވިދާޅުވީ ވަކި ސިޔާސީ ޕާޓީއެއްގެ ނިވަލުގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ މެމްބަރަކު ފަހުން ޕާޓީ ބަދަލު ކުރުމަކީ ބޮޑު ގޯހެއް ކަމަށެވެ. ރައްޔިތުންގެ މަޖިލީހަކީ ގިނަ ކަންތައްތަކެއް ނިންމުމުގެ ބާރު އޮންނަ ތަނަކަށް ވާއިރު ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން އެއް ޓީމުން އަނެއް ޓީމަށް ބަދަލުވާހެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެއް ޕާޓީން އަނެއް ޕާޓީއަށް ބަދަލު ވެގެންނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

Advertisement - newsAdvertisement
" އުސޫލުތަކަކާއެކީ، އަދި މެނިފެސްޓޯގައި ހުރި ކަންތައްކަކާއި، ރައްޔިތުންގެ އުއްމީދުތަކެއް ފުއްދާދޭނެ ކަމަށް ޕާޓީއެއްގެ ނިވަލުގައި އައި މީހަކު އިންތިހާބުވެގެން ރައްޔިތުންނަށްވީ ވައުދަށް ނޫނީ އަހްދަށް ފުރަގަސްދިނީމަ އެއީ ބޮޑު ގޯހެއް، އަދި އެއަށްވުރެ ބޮޑު ގޯހަކީ އެއްފަހަރާ އެތައް ބައިވަރު މެމްބަރުންތަކެއް ގެންދިޔަ ހިޔާނާތްތެރި އަމަލަކީ އަޅުގަނޑުގެ ފޮތުގައި ބަޢާވާތަކަށްނޫނީ ނުވޭ،" ރައީސް ވިދާޅުވި އެވެ.

އެއްފަހަރާ މެމްބަރުންތަކެއް އެހެން ޕާޓީއަކަށް ގެންދިޔައީ ކޮން ބައެއްކަން ދިވެހިނަކަށް ނޯޅޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެކަން ކުރެއްވި ބޭފުޅުންގެ ނަން އެ މަނިކުފާނު ހާމައެއް ނުކުރައްވަ އެވެ. މެމްބަރުން ބަދަލު ކުރުމަކީ ގޯހެއް ކަމަށް ރައީސް ޔާމީން ވިދާޅުވި މިހާރު ހިނގަމުންދާ މަޖިލީހުގައި ތިއްބެވި އިދިކޮޅު ގިނަ މެމްބަރުންތަކެއް ޕީޕީއެމް އަށް ބަދަލުކުރި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުނަށް ނިސްބަތްކުރައްވާ ފާޑު ވިދާޅުވެ އެމަނިކުފާނު ވަނީ އެހާ ހައިބަތު ބޮޑު، ކަރާމަތްތެރި މަސައްކަތްތަކެއް ކުރުމަށް އޮންނަ ރައްޔިތުންގެ މަޖިލީހުން މިއަދު ކުރެވޭ މަސައްކަތަކީ ކޮބައިތޯ ސުވާލު އުފައްދަވާފަ އެވެ.

މަޑުއްވަރީ ދާއިރާގެ ގޮނޑިވަނީ ހުސްވެފައިކަމަށް ވިދާޅުވެ އެ ދާއިރާގެ މެމްބަރު މުހައްމަދު އަމީތައް އެމަނިކުފާނު ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން އަމީތު ވިއްކާފައިވަނީ ޕީޕީއެމްގެ މެނިފެސްޓޯ އާއި އެ ޕާޓީން ގަބޫލުކުރާ ސިފަތައް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

" މިކަންކަން ހިފައިގެން މިތަނަށް އައި ބޭފުޅަކަށް ތި ބޭފުޅުން އެ ދެއްވި ތާއީދު ގެއްލޭ ގޮތައް އޭނާ މަސައްކަތްކުރައްވާ އަދި އެ އިހްތިރާމަށް ކޮޅުފައިން ޖަހާފައި ނިކުމެގެން ދިއުމަކީ އަޅުގަނޑުމެން ގަބޫލުކުރާ ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.

މަޑުއްވަރީ ދާއިރާއިން ޕީޕީއެމްގެ ކެންޑީޑޭޓެއް ހޮވާދެއްވުމަށް އެދިވަޑައިގެން އެމަނިކުފާނު ވިދާޅުވީ ޕާޓީގެ ތެރެއިން އަމިއްލަ ގޮތުން މީހަކު ކުރިމަތިލިޔެއްވިޔަ ދީގެން ނުވާނެ ކަމަށެވެ. މަޑުއްވަރީ ދާއިރާގެ ގޮނޑި ކާމިޔާބު ނުކުރެއްވިއްޖެ ނަމަ އެކަމާ އެމަނިކުފާނު ހިތާމަކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

މީގެ އިތުރުން އިދިކޮޅު ފަރާތްތަކަށް ފާޑު ވިދާޅުވަމުން އެމަނިކުފާނު ވަނީ މި ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކުގެ ބަދަލުގައި އެ ފަރާތްތަކުން ހިންގާނެ މަޝްރޫއުތަކުގެ ވާހަކަ ނުދައްނީ ކީއްވެތޯ ސުވާލު އުފައްދަވާފަ އެވެ. އަދި އެހެންމެ ޕީޕީއެމް ފިޔަވާ ސިޔާސީ ފިކުރެއް މި ރާއްޖޭގައި ނެތް ކަމަށާއި ދެން އުޅެނީ އަމިއްލަ ކޮންމެވެސް ކަމެއް ނުފުދިގެން އުޅޭ ބައެއް ކަމަށް ތަކުރާރުކޮށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޔާމީން ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރައްވަމުން ގެންދަވާއިރު، އެ މަނިކުފާނުގެ ހުރިހާ ވާދަވެރިން ވަނީ ޖަލަށް ހުކުމްކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފެނަކަ ކޯޕަރޭޝަނުން ޕީޕީއެމްއަށް 2،300 މެމްބަރުން ހޯދައިދީފި

ފެނަކަ ކޯޕަރޭޝަނުން ޕީޕީއެމްއަށް 2،300 މެމްބަރުން ހޯދައިދީފި

12 ފެބުރުއަރީ 2017
މެމްބަރުން ދަނީ ލޫޓުވުމުން، ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނެ: ސައުދުﷲ

މެމްބަރުން ދަނީ ލޫޓުވުމުން، ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނެ: ސައުދުﷲ

12 ފެބުރުއަރީ 2017
!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

11 ފެބުރުއަރީ 2017
ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!

ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!

10 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

09 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު