Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމްްއެޗް 370

އެމްއެޗް 370 ހޯދުމުގެ މަސައްކަތް އަނެއްކާވެސް ފަށަނީ

އެމްއެޗް 370 ހޯދުމުގެ މަސައްކަތް މިދިޔަ ޖެނުއަރީ މަހު ވަނީ ހުއްޓާލާފައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 23 އޮކްޓޯބަރު 2017 | ހޯމަ 05:10
މެލޭޝިއަން އެއަރލައިންސްގެ މަތިންދާބޯޓެއް

މެލޭޝިއަން އެއަރލައިންސްގެ މަތިންދާބޯޓެއް

ދެހާސް ހަތަރު ވަނަ އަހަރުގެ މާޗް މަހު މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުން ފުރައިގެން ޗައިނާގެ ވެރިރަށް ބެއިޖިންގއަށް ދަތުރު ކުރަނިކޮށް ގެއްލުނު މެލޭޝިއަން އެއަރލައިންސްގެ ފްލައިޓް 370 ހޯދުމުގެ މަސައްކަތް މިއަހަރު ޖެނުއަރީ މަހު ހުއްޓާލުމަށް ފަހު، އަނެއްކާވެސް އެފްލައިޓް ހޯދުމުގެ މަސައްކަތް ބަޔަކާއި ހަވާލުކުރުމަށް މެލޭޝިއާ ސަރުކާރުން ވާހަކަ ދައްކަމުން އެބަދެއެވެ.

239 މީހުންނާއިއެކު ގެއްލުނު އެމްއެޗް 370 ހޯދުމުގެ މަސައްކަތް އެފްލައިޓް ގެއްލުނު ދުވަހުން ފެށިގެން މިއަހަރުގެ ޖެނުއަރީ މަހާއި ހަމަޔަށް ގިނަ ޤައުމުތަކެއް ގުޅިގެން ކޮށްފައިވެއެވެ. އަދި 120،000 އަކަ ކިލޯމީޓަރުގެ ކަނޑުގެ ސަރަހައްދެއް، 133 މިލިއަން ޔޫރޯ ޚަރަދުކޮށްގެން ބަލާފައިވެއެވެ. ފްލައިޓް ހޯދުމުގެ މަސައްކަތްކުރުމަށް އެމެރިކާ ކުންފުންޏަކާއި، ނެދަލެންޑްސް ކުންފުންޏެއްގެ އިތުރުން މެލޭޝިއާގެ ކުންފުންޏަކުން ވެސް މެލޭޝިއާ ސަރުކާރަށް ހުށަހެޅިއެވެ. އަދި އެމަސައްކަތް ހަވާލުކުރަން އެމެރިކާގެ އޯޝަން އިންފިނިޓީއާއި ވާހަކަ ދައްކަމުން ދަނީ މަތިންދާބޯޓު ހޯދުމުގެ މަސައްކަތްކޮށް، ފެނިއްޖެނަމަ އެކަމަށް ދިޔަ ޚަރަދު އަނބުރާ ދޭ ގޮތަށެވެ. އަދި ނުފެނިއްޖެނަމަ އެމަސައްކަތަށް ބިލް ނުކުރެވޭނެއެވެ.

އެމްއެޗް 370 ރާޑަރުން ގެއްލިފައިވަނީ 2014ވަނަ އަހަރުގެ މާޗް މަހުގެ 8ވަނަ ދުވަހުއެވެ. އަދި ފްލައިޓް ވެއްޓިފައިވަނީ އޮސްޓްރޭލިއާގެ އައްސޭރިފަށާއި ކައިރިއަށްކަމަށް ތަޖުރިބާކާރުން ބުނުމާއި ގުޅިގެން މެލޭޝިއާ އަދި ޗައިނާގެ ސަރުކާރާއި ގުޅިގެން އޮސްޓްރޭލިއާ ސަރުކާރުންވެސް އެމްއެޗް 370 ފެނޭތޯ މަސައްކަތްކުރިއެވެ. ފްލައިޓުން ދަތުރުކުރި އެއްވެސް މީހެއްގެ ހިލަމެއް ވެފައި ނުވާއިރު، ފްލައިޓްގެ އެއްވެސް ބައެއް ކަނޑުން ފެނިފައެއް ނުވެއެވެ. އެހެން ނަމަވެސް 2015ވަނަ އަހަރުގެ ޖުލައި މަހު އިންޑިއާ ކަނޑުގެ ޖަޒީރާ ޤައުމެއްކަމަށްވާ ރީޔޫނިއަންގެ ގޮނޑުދޮށަކުން އެމްއެޗް 370ގެ ފިޔަގަނޑުގެ ބައިތަކެއް ފެނިފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖަކާޓާގެ ފުރަތަމަ ކްރިސްޓިއަން ގަވަރުނަރަށްފަހު އަނެއްކާވެސް މުސްލިމެއް

ޖަކާޓާގެ ފުރަތަމަ ކްރިސްޓިއަން ގަވަރުނަރަށްފަހު އަނެއްކާވެސް މުސްލިމެއް

20 އެޕްރީލު 2017
އަޑިއަށްދިއަ ދެކުނު ކޮރެއާގެ އާގު ބޯޓުން ދިރިހުއްޓައި މީހަކު ފެނޭތޯ މަސައްކަތް ކުރަނީ

އަޑިއަށްދިއަ ދެކުނު ކޮރެއާގެ އާގު ބޯޓުން ދިރިހުއްޓައި މީހަކު ފެނޭތޯ މަސައްކަތް ކުރަނީ

03 އެޕްރީލު 2017
ކަރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރެއްވި ދެކުނު އެފްރިކާގެ ފިނޭންސް މިނިސްޓަރު ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފި

ކަރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރެއްވި ދެކުނު އެފްރިކާގެ ފިނޭންސް މިނިސްޓަރު ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފި

01 އެޕްރީލު 2017
މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި

މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި

06 މާރިޗު 2017
ތާވަލުގެ ކުރިޔަށް މެކްސިކޯ ފާރުގެ މަސައްކަތް ފަށާންނަ: ޓްރަމްޕް

ތާވަލުގެ ކުރިޔަށް މެކްސިކޯ ފާރުގެ މަސައްކަތް ފަށާންނަ: ޓްރަމްޕް

25 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު