Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރޮހިންޖާ މުސްލިމުން

މިޔަންމާ އަސްކަރިއްޔާ އިން ލާއިންސާނީ ޖަރީމާތައް ހިންގި ކަމުގެ ސާފު ހެކި ވަނީ ލިބިފައި: އެމްނެސްޓީ

މިއީ މިމައްސަލަ ފެށުނު ފަހުން ނެރުނު އެންމެ ތަފްސީލީ އަދި ފުރިހަމަ ދިރާސާ ރިޕޯޓް

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު, ރާއްޖެ އެމްވީ | 18 އޮކްޓޯބަރު 2017 | ބުދަ 13:35
އަސްކަރިއްޔާގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް ރޮހިންޖާ ދަރިކޮޅުގެ މުސްލިމުން ބަންގްލަދޭޝް އަށް އެތެރެވަނީ

އަސްކަރިއްޔާގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް ރޮހިންޖާ ދަރިކޮޅުގެ މުސްލިމުން ބަންގްލަދޭޝް އަށް އެތެރެވަނީ

މިޔަންމާގެ އުތުރުގެ ރަކައިން ސްޓޭޓްގައި ރޮހިންޖާ މުސްލިމުންނާއި ދެކޮޅަށް އެޤައުމުގެ އަސްކަރިއްޔާ އިން އިންސާނިއްޔަތާއި ޚިލާފް ޖަރީމާތައް ހިންގާފައިވާ ކަމުގެ ސާފު ހެކި ލިބިފައިވާ ކަމަށް އެމްނެސްޓީ އިންޓަރނޭޝަނަލް އިން ބުނެފި އެވެ.

އެމްނެސްޓީ އިންޓަރނޭޝަނަލް އިން ބުދަ ދުވަހު ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ، މިޔަންމާގެ ރޮންހިންޖާ ދަރިކޮޅުގެ މުސްލިމުންނާއި ދެކޮޅަށް އެޤައުމުގެ އަސްކަރިއްޔާ އިން ހިންގާ އިންސާނިއްޔަތާއި ޚިލާފް ޖަރީމާތަކުގެ ތެރޭގައި ހިމެނޭ ގަތުލުއާއްމާއި، އިތްފަތްތެރިކަން ފޭރިގަތުން އަދި އަނިޔާ ކުރުމާއި، އެމީހުންގެ އަވަށްތަކުގައި ހުޅުޖެހުމާއި، ގަދަކަމުން ވަޒަނުން ބޭރުކުރުމުގެ އަމަލަތަކުގެ ތަފްސީލްތައް ހިމަނާފައެވެ.

އެމްނެސްޓީން ވަނީ މިޔަންމާ އަށް ހަތިޔާރު ވިއްކުން މަނާ ކުރުމާއި، މިޔަންމާ ސަރުކާރުގެ އިސް އޮފިޝަލުންނާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އދ.ގެ ސަލާމަތީ މަޖިލީހަށް ގޮވާލާފައެވެ.

އެމްނެސްޓީގެ ރިޕޯޓުގައި ވަނީ، ރޭވިގެން ފުޅާކޮށް ހިންގާ މި ޖަރީމާތަކުގެ ޝިކާރައަކަށް ރޮންހިންޖާ ދަރިކޮޅުގެ ފިރިހެނުންނާއި، އަންހެނުން އަދި ކުޑަކުދިން ވެފައިވާ ކަމަށާއި، މިޔަންމާގެ އަސްކަރީ ފައުޖުތަކުގެ ހަމަލާތައް ރޮހިންޖާ ދަރިކޮޅުގެ މުޅި އާބާދީ އަށް އަމާޒުކޮށްފައިވާ ކަމަށެވެ.

އަދި މިޖަރީމާތަކުގެ ފަހަތުގައިވާ އެޤައުމުގެ އަސްކަރިއްޔާގެ ހުޅަނގު ކޮމާންޑުން، މިޔަންމާގައި ހިންގާ އެންމެ ބޮޑެތި ޖަރީމާތަކަށް ޒިންމާވާން ޖެހޭނެ ކަމަށް އެރިޕޯޓުގައި ވެއެވެ.

150 އެއްހާ މީހުންގެ ހެކިބަހާއި، ސެޓަލައިޓް މަޢުލޫމާތާއި، ފޮޓޯ އަދި ވީޑިއޯ ހެއްކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މި ރިޕޯޓަކީ، މިޔަންމާގައި ކުރިމަތި ކުރުވަމުންދާ އިންސާނިއްޔަތާއި ޚިލާފް ޖަރީމާތަކުގެ ސަބަބުން މިޔަންމާ ދޫކޮށް އަވަށްޓެރި ބަންގްލަދޭޝްގެ ރެފިއުޖީ ކޭމްޕުތަކުން ހިމާޔަށް ހޯދުމަށް މިދިޔަ އޯގަސްޓް މަހުގެ ފަހުކޮޅުން ފެށިގެން ރޮހިންޖާ ދަރިކޮޅުގެ މީހުން ހިޖުރަކުރަން ފެށިފަހުން ތައްޔާރު ކުރި މިފަދަ އެންމެ ތަފްސީލީ އަދި ފުރިހަމަ ދިރާސާ ރިޕޯޓެވެ.

މިރިޕޯޓަށް މިޔަންމާ ސަރުކާރުގެ ބަސް ހޯދުމަށް ކުރި މަސައްކަތް ނާކާމިޔާބު ވެފައިވާ ކަމަށް ރިޕޯޓުގައިވެއެވެ.

މިޔަންމާ ސަރުކާރުގެ އޮފިޝަލުން ވަނީ، ޤާނޫނާއި ޚިލާފަށް ބަންގްލަދޭޝް އިން މިޔަންމާ އަށް އެތެރެވެފައިވާ ކަމަށް އެމީހުން ބުނާ ރޮހިންޖާ ދަރިކޮޅުގެ މީހުންނާއި ދެކޮޅަށް ހިންގާ ޖަރީމާތަކާއި ގުޅިގެން އެޤައުމުގެ ސަރުކާރާއި ދެކޮޅަށް ކުރާ ތުހުމަތުތައް ދޮގު ކޮށްފައެވެ.

އެހެންނަމަވެސް މިޔަންމާގެ ކަންކަން ދިރާސާ ކުރާ އެމްނެސްޓީގެ އޮފިޝަލް ލައުރާ ހައިގް ވަނީ، އެމީހުންނަށް ހެކި ލިބިފައިވާ ކުށްތަކަކީ، މިޔަންމާގެ ކަޗިން، ޝާން އަދި ޕަލައުންގގައި ދިރިއުޅޭ ބައިމަދު ދަރިކޮޅުތަކުގެ އާއްމުންނާއި ދެކޮޅަށް އެގައުމުގެ އަސްކަރިއްޔާ އިން ހިންގާފައިވާ ކުށްތަކާއި ދާދި އެއް ގޮތް ކުށްތަކެއް ކަމަށް ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސީރިއާގެ އަސްކަރިއްޔާއިން އައިސިސް ބަލިކޮށް ތަދްމޫރު ހިފައިފި

ސީރިއާގެ އަސްކަރިއްޔާއިން އައިސިސް ބަލިކޮށް ތަދްމޫރު ހިފައިފި

03 މާރިޗު 2017
މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ

މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ

02 މާރިޗު 2017
ނައިޖަރގެ ހަނގުރާމަވެރިންތަކެއް އަސްކަރިއްޔާގެ 15 ސިފައިން މަރާލައިފި

ނައިޖަރގެ ހަނގުރާމަވެރިންތަކެއް އަސްކަރިއްޔާގެ 15 ސިފައިން މަރާލައިފި

24 ފެބުރުއަރީ 2017
މޫސަލް ގެ އެއާޕޯޓު އިރާގު އަސްކަރިއްޔާގެ އަތް ދަށަށް ގެނެސްފި

މޫސަލް ގެ އެއާޕޯޓު އިރާގު އަސްކަރިއްޔާގެ އަތް ދަށަށް ގެނެސްފި

23 ފެބުރުއަރީ 2017
އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

19 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު