Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެދެކުނު ޗައިނާ ކަނޑުގެ މައްސަލަ

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

ޗައިނާއިން ދަނީ ރަށްތައް ތަރައްގީކުރަމުން

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 19 ފެބުރުއަރީ 2017 | އާދީއްތަ 09:42
ޔޫއެސްއެސް ކާލް ވިންސަންގެ 35 އަހަރުގެ ޚިދުމަތުގައި އެ އުޅަނދު އެ ސަރަހައްދަށް 16 ދަތުރެއް ކޮށްފައިވޭ

ޔޫއެސްއެސް ކާލް ވިންސަންގެ 35 އަހަރުގެ ޚިދުމަތުގައި އެ އުޅަނދު އެ ސަރަހައްދަށް 16 ދަތުރެއް ކޮށްފައިވޭ

އެމެރިކާގެ އަސްކަރިއްޔާގެ މަތިންދާ ބޯޓް އުފުލާ މަނަވަރެއް ކަމަށްވާ ޔޫއެސްއެސް ކާލް ވިންސަން އާއި ހަނގުރާމަމަތީ އިތުރު މަނަވަރުތައް ބޭނުންކޮށްގެން ދެކުނު ޗައިނާ ކަނޑުގައި ޕެޓްރޯލް ކުރަން ފަށައިފިއެވެ.

އެމެރިކާއިން ބުނާ ގޮތުގައި މިއީ ރޫޓިން އޮޕަރޭޝަނެކެވެ.

ދެކުނު ޗައިނާ ކަނޑަށް އެމެރިކާގެ އުޅަނދުތައް ވަދެފައިމިވަނީ ޗައިނާގެ ފޮރިން މިނިސްޓްރީއިން އެގައުމުގެ އިސްތިގުލާލާ ގުޅޭ ގޮތުން އެމެރިކާއަށް އިންޒާރު ދީފައިވަނިކޮށެވެ.

އެސަރަހައްދުގައި ހިމެނޭ ގިނަ ފިނޮޅުތަކާއި ކުދި ރަށްތަކާއި، ފަރުތަކަކީ ޗައިނާގެ ތަންތަން ކަމަށް އެގައުމުން ދައުވާކުރެއެވެ.

ޗައިނާއިން ދެކުނު ޗައިނާ ކަނޑު ހިއްކައިގެން ރައްތަކެއް އުފައްދައި އެ ތަންތަނުގައި ރަންވޭތައް އަޅަމުންގެންދާތާ އަހަރުތަކެއްވެއްޖެއެވެ.

މަތިންދާ ބޯޓް އުފުލާ މި މަނަވަރު އެންމެ ފަހުން ދެކުނު ޗައިނާ ކަނޑުން ފެނިފައިވަނީ މީގެ ދެ އަހަރު ކުރިން މެލޭޝިއާގެ ކަނޑުގެ ސިފައިންނާއި ވައިގެ ސިފައިންނާއެކު ތަމްރީނުތަކެއްގައި މަސައްކަތް ކުރަނިކޮށެވެ.

ޔޫއެސްއެސް ކާލް ވިންސަންގެ 35 އަހަރުގެ ޚިދުމަތުގައި އެ އުޅަނދު އެ ސަރަހައްދަށް 16 ދަތުރެއް ކޮށްފައިވެއެވެ.

ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު މަގާމާ ހަވާލުވެ ވަޑައިގެންނެވިތާ ގިނަ އިރުތަކެއްނުވެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދެކުނު ޗައިނާ ކަނޑު ޗައިނާއިން ނެގުން ހުއްޓުވާނެ ކަމަށެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މިދިއަ ބުދަ ދުވަހުވަނީ އެމެރިކާއިން ޗައިނާގެ ސަލާމަތާ އިސްތިގުލާލަށް ގޮންޖަހައި އެއްވެސް ފިޔަވަޅެއް ނޭޅުމަށް އެދިވަޑައިގެންފައެވެ.

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

ދެކުނު އެފްރިކާގެ ރައީސް އާ ދެކޮޅަށް މަޖިލީހުގައި ހިނގި ހަމަނުޖެހުމުގެ ވީޑިއޯ ވައިރަލް ވެއްޖެ

10 ފެބުރުއަރީ 2017
ދެކުނު އެފްރިކާގެ ރައީސް އާ ދެކޮޅަށް މަޖިލީހުގައި ހިނގި ހަމަނުޖެހުމުގެ ވީޑިއޯ ވައިރަލް ވެއްޖެ
10 ފެބުރުއަރީ 2017

"އެއް ޗައިނާ" ސިޔާސަޔަތައް ތާއީދު ކުރައްވާ ކަމަށް އެންމެ ފަހުން ޓްރަމްޕް ވިދާޅުވެއްޖެ

10 ފެބުރުއަރީ 2017
"އެއް ޗައިނާ" ސިޔާސަޔަތައް ތާއީދު ކުރައްވާ ކަމަށް އެންމެ ފަހުން ޓްރަމްޕް ވިދާޅުވެއްޖެ
09 ފެބުރުއަރީ 2017

ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ޝުކުރު އަދާކުރައްވާ ސިޓީފުޅެއް ފޮނުއްވައިފި

09 ފެބުރުއަރީ 2017
 ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ޝުކުރު އަދާކުރައްވާ ސިޓީފުޅެއް ފޮނުއްވައިފި
08 ފެބުރުއަރީ 2017

އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

08 ފެބުރުއަރީ 2017
އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!
07 ފެބުރުއަރީ 2017

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު