Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ދިވެހިރާއްޖެ - ޤަތަރު

ޓެރަރިޒަމަށް ވާގިވެރިވާކަމަށް ބުނެ ރާއްޖެއިން ގުޅުން ކަނޑާލި ޤަޠަރު ހިއުމަންރައިޓްސް ކައުންސިލަށް! ދެން އަތް ޖަހާ!

ޤަތަރަކީ މިހިނގާ ދައުރުގެވެސް މެމްބަރެއް

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 17 އޮކްޓޯބަރު 2017 | އަންގާރަ 18:49
ޤަޠަރަކީ މިހާރު ކުރިއަށްދާ ދައުރުގެވެސް މެމްބަރެއް

ޤަޠަރަކީ މިހާރު ކުރިއަށްދާ ދައުރުގެވެސް މެމްބަރެއް

އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލްގެ ދެވަނަ ދައުރަކަށް ޤަޠަރު އިންތިޚާބުވުމާއި ގުޅިގެން އުފާކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ޓްވީޓް ކުރެއްވުމުން، އެޓްވީޓާއި މެދު ފުންކޮށް ވިސްނާލެވުނެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެ އެކަހެރިވަމުންދާ ކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއިރު، ޤަޠަރު، ހިއުމަން ރައިޓްސް ކައުންސިލަށް ހޮވުމާއި ދޭތެރޭ ވިސްނާލެވުނެވެ.

ހިއުމަން ރައިޓްސް ކައުންސިލުގައި އޭޝިއާ ޕެސިފިކް ސަރަހައްދަށް ކަނޑައަޅާފައިވާ 13 ގޮނޑީގެ ތެރެއިން މިއަހަރުގެ ނިޔަލަށް ނިމޭ ދައުރުގައި 4 ގޮނޑިއެއް ހުސްވެއެވެ. މިގޮނޑިތަކަށް ރާއްޖެ ހިމެނޭ ގޮތަށް 6 ޤައުމަކުން ކުރިމަތިލިއެވެ. އެހެން ނަމަވެސް ގޮނޑިއަށް ހޮވޭ ވަރަށް ތާޢީދު ނެތްކަން އެނގުމުން ދިވެހި ސަރުކާރުން މި އިންތިޚާބުގައި ވާދަނުކުރުމަށް ނިންމިއެވެ. ބާކީ 5 ޤައުމުން ވާދަކުރިއިރު ހުސްވެފައި ވަނީ 4 ގޮނޑިއެވެ. ކުރިމަތިލާފައިވާ 5 ޤައުމުގެ ތެރޭގައި ދެވަނަ ދައުރަކަށް ކުރިމަތިލި ޤަޠަރު ހިމެނެއެވެ.

ޤަޠަރަކީ ދުނިޔޭގެ އެންމެ މުއްސަނދި ޤައުމެވެ. ޢަރަބި ޤައުމުތަކުގެ ޝާހީ ޢާއިލާ ތަކުގެތެރޭގައި ތެރޭގައި އުފެދުނު ޒާތީ މައްސަލައެއްގައި ސަޢޫދީ ޝާހީ އާއިލާ އިސްވެ އޮވެ، ޓެރަރިޒަމަށް ހިތްވަރުދޭކަމަށް ބުނެ ޤަޠަރާއި ގުޅުން ކަނޑާލިއެވެ. ސައޫދީން ގުޅުން ކަނޑާލިތަނާ މާގިނައިރުތަކެއް ނުވެ، ވީނުވީއެއް ނޭނގިތިބެ ޤަޠަރު ވަރުގެ ނުބައި ނުލަފާ، ޓެރަރިޒަމަށް ވާގިވެރިވާ ޤައުމެއް ނެތްކަމަށް ހަދާ، ބަޔާންތައް ނެރެ، ދިވެހި ރާއްޖެއިންވެސް ޤަޠަރާއި ގުޅުން ކަނޑާލިއެވެ. އެހެން ނަމަވެސް މިއީ ޒާތީ މައްސަލައެއްކަން އެނގޭތީވެ، ސައުދީގެ ގޮނޑިކޮއްކޮ ދެތިން ޤައުމެއް ފިޔަވައި އެހެން ޤައުމަކުން ޤަޠަރާއި ގުޅުން ކަނޑާލާފައެއް ނުވެއެވެ.

ތިމާމެނަށް ވުރެ އިސްތިޤްލާލަށް ކަމޭހިތައި، އެއަށް އިހްތިރާމްކޮށް، ދާޚިލީ މިނިވަންކަން ދަމަހައްޓާ ބަޔަކު ނެތްކަމަށް ހެދޭ ދިވެހިރާއްޖެއިން ޤަޠަރާއި ގުޅުން ކަނޑާލިއިރު ކެބިނެޓް މެމްބަރުންނަށް މިވީ ކިހިނެއްކަން އެނގުނަސް އެއީ ނަސީބެކެވެ. ދިވެހި މީޑިއާއަށް އެކަން އެނގުމުގެ ކުރިން ސައޫދީ މީޑިއާއަށް ދިވެހިރާއްޖެއިން ޤަޠަރާއިއެކު ގުޅުން ކަނޑާލިކަން އެނގުނެވެ.

ދުނިޔޭގެ ޤައުމުތަކުން ޤަޠަރަކީ ޓެރަރިޒަމަށް ވާގިވެރިވާ ޤައުމެއް ނޫންކަން ބަލައިގަންނަ ކަމުގެ ހެކި އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލުން އެފެނުނީއެވެ. 155 ޤައުމުގެ ވޯޓާއިއެކު 2ވަނަ ދައުރަކަށް ޤަޠަރު އެހޮވުނީއެވެ. ގައިމު އެހާ ނުބައި ޤައުމެއްނަމަ ޤަޠަރު ކަޓުވާލާފައި، އެކައުންސިލަށް މެލޭޝިއާ ހޮވަންވީނޫންތޯއެވެ؟

އިސްތިޤްލާލޭ ދާޚިލީ މިނިވަންކަމޭ ކިޔައި އަދިވެސް ޕީޕީއެމްގެ ސަރުކާރުން އަނގަ ގަދަ ކުރާށެވެ. ތާޢީދު ނެތިގެން ރާއްޖެއިން ނަން އަނބުރާ ގެންދިޔަ އިރު، ޓެރަރިޒަމަށް ވާގިވެރިވާ ކަމަށް ބުނެ ދިވެހިން ގުޅުން ކަނޑާލި ޤަޠަރު އެއޮތީ އިންސާނީ ހައްޤުތައް ޙިމާޔަތް ކުރުމަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ އެންމެ ބޮޑު ޖަމާޢަތުގެ އެންމެ ބާރުގަދަ ކައުންސިލްގެ މެމްބަރުކަން، ދެވަނަ ފަހަރަށް، 155 ޤައުމުގެ ތާޢީދާއިއެކު ދިފާޢުކޮށްފައެވެ. ދެން އަތް ޖަހާށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮންޒަވޭޓިވް ޕާޓީއާއި ގުޅެން ނޫޅެ، ކޮމިއުނިސްޓް ޕާޓީއާއި އޮންނަ ގުޅުން ދަމަހައްޓާށެވެ.

ކޮންޒަވޭޓިވް ޕާޓީއާއި ގުޅެން ނޫޅެ، ކޮމިއުނިސްޓް ޕާޓީއާއި އޮންނަ ގުޅުން ދަމަހައްޓާށެވެ.

08 އޮކްޓޯބަރު 2017
އުތުރު ކޮރެއާ އާއި ޖަޕާނާ މެދު ގުޅުން އިންތިހާއަށް ގޯސްވެ، މައްސަލަތައް އާ ހަރުފަތަކަށް!

އުތުރު ކޮރެއާ އާއި ޖަޕާނާ މެދު ގުޅުން އިންތިހާއަށް ގޯސްވެ، މައްސަލަތައް އާ ހަރުފަތަކަށް!

15 ސެޕްޓެމްބަރު 2017
ސުޕްރީމް ކޯޓުގެ ހުކުމް: "ބުނެވޭކަށް ވެސް ނެތް. ނުބުނެވޭކަށް ވެސް ނެތް. ނުބުނެ މިތާ ހުރޭވެކަށްވެސް ނެތް"

ސުޕްރީމް ކޯޓުގެ ހުކުމް: "ބުނެވޭކަށް ވެސް ނެތް. ނުބުނެވޭކަށް ވެސް ނެތް. ނުބުނެ މިތާ ހުރޭވެކަށްވެސް ނެތް"

27 އޯގަސްޓު 2017
ގަތަރާ ގުޅުން ކަނޑާލުމުން ލިބޭނެ ފައިދާއެއް ސަރުކާރަށް ބުނެއެއް ނުދެވުނު!

ގަތަރާ ގުޅުން ކަނޑާލުމުން ލިބޭނެ ފައިދާއެއް ސަރުކާރަށް ބުނެއެއް ނުދެވުނު!

10 ޖޫން 2017
ގަތަރާއި ގުޅުން ކަނޑާލުން – ދެ ހަގީގަތެއް

ގަތަރާއި ގުޅުން ކަނޑާލުން – ދެ ހަގީގަތެއް

06 ޖޫން 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު