Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސުޕްރީމްކޯޓުގެ ހުކުމް

ސުޕްރީމް ކޯޓުގެ ހުކުމް: "ބުނެވޭކަށް ވެސް ނެތް. ނުބުނެވޭކަށް ވެސް ނެތް. ނުބުނެ މިތާ ހުރޭވެކަށްވެސް ނެތް"

އެ ބަޔަކު ބޭނުންވާ ގޮތަށް މާނަކުރުމުގެ ޖާގަ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 27 އޯގަސްޓު 2017 | އާދީއްތަ 18:20
ސުޕްރީމް ކޯޓު

ސުޕްރީމް ކޯޓު

ސުޕްރީމް ކޯޓުން ހުކުމް ކޮށްފި އެވެ. މެންބަރުންގެ ގޮނޑި ގެއްލިއްޖެ އެވެ. މެންބަރުންގެ ގޮނޑި ނުގެއްލެ އެވެ. އެގަހު ކޭލެއް މިގަހު ކޭލެއް ނޭނގުނެވެ. ހައްލެއް ހޯދަން ދިޔަ މައްސަލަ އިތުރު ހައިޖާނު ގަނޑަކަށް ހަދައިފި އެވެ. ގޮނޑި ގެއްލިއްޖެ ކަމަށް ބުނެ ސަރުކާރުން ނަށަނީ އެވެ. ގޮނޑި ނުގެއްލޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އުފާފާޅު ކުރަނީ އެވެ. ދޮހޮއްކޮބެ ވިދާޅުވެފައިވާ ފަދައިން ތިޔަ ވިދާޅުވި ބަހުގެ މާނައެއް ނޭނގުނެވެ. އަދި ހައްލެއް ވެސް ނުދެއްކުނެވެ.

ކޯޓުތަކަށް މީހުން ފާޑުކިޔަން ޖެހެނީ ފާޑުކިޔަން ޖެހޭތީކަން އެއްވެސް ޝައްކެތް ނެތް މިންވަރަށް މިއޮތް ހާމަވަނީ އެވެ. ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ ހަ މެންބަރުންގެ ތެރެއިން މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމާއި، ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިނާއި، މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުގެ އިތުރުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުލްލަތީފް މުހައްމަދު އެވެ.

މި ހަތަރު މެންބަރުންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ އެ މެންބަރުންނަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅައި ދެއްވުމަށެވެ. މީގެ އިތުރުން، މި މައްސަލަތަކުގައި ސުޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭނެ ފުރުސަތު ފަހިކޮށްދިނުމަށާއި، ބާއްވަން ނިންމާފައިވާ ބައި-އިލެކްޝަންތައް ހުއްޓުވައި ދިނުމުގެ ވަގުތީ އަމުރަކަށް މެންބަރުން އެދުނެވެ.

މެންބަރުންގެ ވަކީލުންތައް ކޯޓަށް ހާޒިރުކޮށްގެން ނިންމުން ހަވާލުކުރީ އިރުއޮއްސި 6:00 ހާއިރު އެވެ. ސިޓީއެއް ހުށަހެޅީމާ އޭގެ ޖަވާބު ތައްޔާރުވެއްޖޭ ބަލާ އަންނާށޭ ބުނީމާ ދިޔައީއެވެ. އަސްތާ އެއޮތީ ނިންމުން އަތަށް ދީފަ އެވެ. ނިންމުން ހުޅުވައި ބަލާލިއިރު އޭގައި އޮތީ މަލިކު ލަވައިގައި ބުނާ ފަދަ އެއްޗެކެވެ. "ބުނެވޭކަށް ވެސް ނެތް. ނުބުނެވާކަށް ވެސް ނެތް. ނުބުނެ މިތާ ހުރޭވެކަށްވެސް ނެތް." ހުކުމެއްތޯ ނިންމުމެއްތޯ އަމުރެއްތޯ ވެސް ރައްޔިތުން ސުވާލު އުފައްދަނީ އެވެ.

މެންބަރުން ހުށަހެޅި މައްސަލައިގައި ވަރަށް ސާފުކޮށް ބޭނުންވާ ގޮތް އެވަނީ އެވެ. ދައުލަތުން ބޭނުންވާ ގޮތް ވެސް ވަރަށް ސާފުކޮށް އެވަނީ ކޯޓުގައި ބުނެދީފަ އެވެ. ނަމަވެސް ހުކުމުގައި އޮތް އެއްޗެއް ފަހުމުވީ މީހަކު ނެތެވެ. އެބަޔަކު ބޭނުންހާ ގޮތަކަށް މާނަކުރަން ދޫކޮށްލީ އެވެ. މުޅި މައްސަލަ ރަށް މެދު ކޮށްލީ އެވެ. ގާނޫނީ ވަކީލު ހުސްނުއްސުއޫދު ނެންގެވީ ވެސް ޗާލު މިސާލެކެވެ. "މާރުކޭޓުގައި ކާށި ވިއްކަން ހުންނަ މީހާ ވެސް ބުނޭ އެއީ ކާއްޓެއް ވެއްޖިއްޔާ ކާއްޓެކޭ، ކުރުނބައެއް ވިއްޔާ ކުރުނބައެކޭ، އެވަރުވެސް ނުވި" މިއީ ކަންތައް ވެފައިވާ ގޮތެވެ. ހަމަ އެވަރު ވެސް ނުވި އެވެ. ކާއްޓެއްތޯ، ކުރޮޅިއެއްތޯ، ކުރުނބައެއްތޯ، ގަނބުޅިއެއްތޯ ވެސް ސާފުނުވިޔޯލަ އެވެ.

ހުށަހެޅުނު ކަންތައްތަކުގެ ވާހަކައެއް ނެތެވެ. 13 ޖުލައި ގައި ކޮށްފައިވާ ހުކުމަކާއި، 16 ޖުލައި ގައި ނެރެފައިވާ އަމުރުގެ ވާހަކަ އެވެ. އޭގައި ކަނޑައަޅާފައިވާ ގޮތުގެ ވާހަކަ ތަކުރާރުކޮށް، ފަހު ބަސް ބުނުމުގެ ބާރު ލިބިފައިވާކަމުގެ ވާހަކަ އެވެ. މި ހުކުމެއްގެ އިންތިޒާރުގައި މުޅި ގައުމު އޮތްވައި މިއޮތް ނެރުނު ހުކުމުން އިތުރަށް ސުވާލު އުފެދި ވާނުވާއެއްގެ ތެރެއަށް ގައުމު ވެއްޓިއްޖެ އެވެ. ޑިކްޓޭޓަރ ފިލްމުގައި ބުނާ ފަދައިން، "ޔޫ އާ އެޗްއައިވީ އަލަދީން" އަދި "ޔޫ އާ އެޗްއައިވީ އަލަދީން" އެވެ. ޕޮޒިޓިވް ވުމަށާއި، ނެގެޓިވް ވުމަށް ވެސް އަލަދީން އެވެ. މުސްކުޅިން ބުނެ އުޅޭ ފަދައިން ގެންދަވާނީ ދައްކަވަން ހުރި ތަނެއް ދައްކަވާފަ އެވެ.

ނަމަވެސް، މީގެ ކުރިން 2010 ވަނަ އަހަރު ސުޕްރީމް ކޯޓުން ނިންމި ނިންމުމެއްގައި ބުނެފައިވަނީ ޝަރީޢަތަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ޝަރީޢަތުން ކަނޑައަޅާ ނިޔާތަކަކީ ނުވަތަ އިއްވާ ޙުކުމްތަކަކީ އޮޅުން ނުފިލާގޮތަށް، ނުވަތަ ޝަރީޢަތަށް ހުށަހެޅިފައިވާ މައްސަލައަށް ނުވަތަ އަރާރުން އުފެދިފައިވާ ޚުޞޫމަތަށް ޤާނޫނުގެ އިމުގެ ތެރެއިން ފައިޞަލާކުރަނިވި ޙައްލެއް ހޯދައި ނުދެވޭ ޙުކުމް ތަކަކަށް ވެއްޖެނަމަ ނުވަތަ ޝަރީއަތުން އިއްވޭ ޙުކުމްތައް އިއްވޭ ގޮތަކީ އެޝަރީއަތްކޮށް ނިންމި ފަނޑިޔާރުން އިއްވާ ޙުކުމްތަކާމެދު އިތުރު ސުވާލުތައް އުފެދޭ ގޮތަށް ނުވަތަ ޝަރީޢަތުން ބަލަމުން އައި ޚުޞޫމަތްތެރި މައްސަލައާމެދު ފައިޞަލާކުރަނިވި އަދި ކަނޑައެޅުނު ޙުކުމުގެ ބާރުހުރި (ރެސް ޖުޑިކޭޓަރ) ޙުކުމެއް އިއްވުމަށް ހުރަސް އެޅޭގޮތަކަށް އިއްވޭ ޙުކުމަކަށް ވެއްޖެނަމަ ޢަދުލު އިންޞާފު ޤާއިމް ކުރުމަށް ހުރަސް އެޅިދާނެ ކަމަށެވެ.

އެހެންކަމުން ޝަރީއަތުން ބަލާ މައްސަލަތަކާގުޅިގެން ދެބަސްވުމާއި ޚުޞޫމަތްތެރިކަމަށް ނިމުމެއް ގެނެސް އެމައްސަލައަކަށް ޤާނޫނުގެ އިމުގެ ތެރެއިން ޙައްލެއް ހޯދައި ނުދެވޭ ފަދަ ގޮތަކަށް ޙުކުމް އިއްވުމަކީ ޢަދުލު އިންޞާފު ޤާއިމް ކުރުމުގެ މުހިންމު މަސްއޫލިއްޔަތު އަދާކުރުން ކަމުގައި ނުބެލެވޭނެތީއާއި ޝަރްޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު، ޝަރީއަތުގެ ފަރާތުން އިއްވޭ ޙުކުމް ތަކަކީ އޭގެ ޒާތުގައިވެސް އުފެދިފައިވާ ދެބަސް ވުމާއި ޚުޞޫމަތަށް ނިމުމެއް ގެނެސް ފައިޞަލާކުރަނިވި ނިންމުމެއް ނިންމޭ ނިންމުމަކަށް ވާންޖެހޭނެތީ އެ މަޤްޞަދު ޙާޞިލް ނުވާގޮތަކަށް ޙުކުމެއް އިއްވުނު ކަމުގައި ވިޔަސް އެއީ ޝަރްޢީ އަދި ޤާނޫނީ ގޮތުން ޙުކުމެއް ކަމަށް ނުބެލެވޭނެ ކަމަށެވެ.

ސުޕްރީމް ކޯޓުގެ 2010 ވަނަ އަހަރުގެ މި ހުކުމާއި، މެންބަރުންގެ މައްސަލައިގައި މި ނިންމި ނިންމުމާ އަޅާބަލާއިރު، މެންބަރުންގެ މައްސަލައިގައި މި ނިންމި ނިންމުމަކީ ޝަރްޢީ އަދި ޤާނޫނީ ގޮތުން ޙުކުމެއް ކަމަށް ބެލެވިދާނެތޯއެވެ؟

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިހާބު ނިމުނުތާ ހަފުތާއެއް ވީއިރުވެސް ރައީސްގެ ބަސްފުޅެއް ނެތް!

އިންތިހާބު ނިމުނުތާ ހަފުތާއެއް ވީއިރުވެސް ރައީސްގެ ބަސްފުޅެއް ނެތް!

14 މެއި 2017
ފުވައްމުލަކު ރައްޔިތުން ނިކުމެ ވޯޓު އަޅައި މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް "ފާސްކޮށްފި"!

ފުވައްމުލަކު ރައްޔިތުން ނިކުމެ ވޯޓު އަޅައި މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް "ފާސްކޮށްފި"!

08 މެއި 2017
"އަބުރެއް ނެތް ޕަޕެޓުންގެ ކޮމިޝަން"

"އަބުރެއް ނެތް ޕަޕެޓުންގެ ކޮމިޝަން"

12 އެޕްރީލު 2017
ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

07 މާރިޗު 2017
ސިޔާސަތެއް ނެތް ވެރިކަން!

ސިޔާސަތެއް ނެތް ވެރިކަން!

18 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު