Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޕީޕީއެމް

ކޮންޒަވޭޓިވް ޕާޓީއާއި ގުޅެން ނޫޅެ، ކޮމިއުނިސްޓް ޕާޓީއާއި އޮންނަ ގުޅުން ދަމަހައްޓާށެވެ.

އެމްޑީޕީއަކީ ކޮންޒަވޭޓިވް ޕާޓީގެ ސިސްޓަރ ޕާޓީއެއް

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 8 އޮކްޓޯބަރު 2017 | އާދީއްތަ 05:01
ޕީޕީއެމް މެމްބަރުން ކޮންޒަވޭޓިވް ކޮންފަރެންސްގައި ޑީޔޫޕީގެ ބޭފުޅަކާއިއެކު ފޮޓޯއަކަށް ހުއްޓިގެން

ޕީޕީއެމް މެމްބަރުން ކޮންޒަވޭޓިވް ކޮންފަރެންސްގައި ޑީޔޫޕީގެ ބޭފުޅަކާއިއެކު ފޮޓޯއަކަށް ހުއްޓިގެން

ނިމިގެން ދިޔަ ހަފްތާގެ ތެރޭގައި ބައެއް ފަރާތްތަކަށް މާބޮޑު ސިހުމެއް ލިބިގެން ދިޔައީ އިނގިރޭސިވިލާތުގެ ކޮންޒަވޭޓިވް ޕާޓީގެ އަހަރީ ޖަލްސާއަށް ވެރިކަންކުރާ ޕާޓީ، ޕީޕީއެމްގެ މަޖިލިސް މެމްބަރުންގެ ވަފުދެއް ޒިޔާރަތްކޮށް، ފޮޓޯ ނަގައި، ޓްވީޓް ކުރަން ފެށުމުންނެވެ. އިނގިރޭސިވިލާތުގެ ވެރިކަންކުރާ ޕާޓީ ކޮންޒަވޭޓީވް ޕާޓީއަކީ ލާދީނީ ފިކުރު ރާއްޖޭގައި އަށަގަންނުވަން އުޅޭ ޕާޓީއެއްކަމަށް ބުނި ބަޔަކު، މިއަދު ގޮސް ކޮންޒަވޭޓިވް ޕާޓީގެ އިސް ބޭފުޅުންގެ ތެރެއިން އެއްކޮށް ސެލްފީ ނަގާލަން އެއްބަސްވި ކޮންމެ ބޭފުޅަކާއިއެކު ސެލްފީ ނެގީމައި ބައެއް ފަރާތްތަކަށް ސިހުން ލިބުނީއެވެ. އެކަމަކު ޕީޕީއެމްއަކީ ކޮންޒަވޭޓީވް ޕާޓީއާއި ވާދަވެރި ލޭބަރ ޕާޓީއަށްވުރެ ގަދަޔަށް ކޮންޒަވޭޓިވް ޕާޓީއަށް އެއްޗެހި ކިޔައި އުޅުނު ބައެކެވެ.

މި ދެންނެވި ކޮންފަރެންސަށް ދިޔުމަށްފަހު ޕީޕީއެމްގެ މަޖިލިސް މެމްބަރުންނަށް ހީވީ އެހެންފަދަ ކަމެއްހެންނެވެ. ހަމަހަޤީގަތުގައިވެސް އައު ކުކުޅަކަށް ގައު ބިހެއް އެޅުނީއެވެ. ޕީޕީއެމްއާއި ކޮންޒަވޭޓިވް ޕާޓީއާއިދެމެދު ގާތް ގުޅުމެއް އޮތްކަމަށް ދައްކައި، އެމްޑީޕީއާއި ކޮންޒަވޭޓިވް ޕާޓީއާއި އޮތް ގުޅުން ކެނޑުނީކަމަށް ދެއްކުމަށް މަސައްކަތްކުރަން ފެށިއެވެ. އެހެންނަމަވެސް ކަން އޮތީ އެހެން ނޫންކަން މިދަތުރުގައި ވަޑައިގެންނެވި ޕީޕިއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ނިހާން ހުސެން މަނިކަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ.

ކޮންޒަވޭޓިވް ޕާޓީގެ އަހަރީ ޖަލްސާއަށް ކޮންމެ އަހަރަކުވެސް އެކި ޤައުމުތަކުގެ ސިޔާސީ ޕާޓީތަކާއި ވެރިކަންކުރާ ޕާޓީތަކަށް ދައުވަތު އަރުވައެވެ. އެއީ ހުޅުވާލެވިފައިވާ ޑިމޮކްރަސީތަކުގައި އެހެން ބައެއް ސިޔާސީ ޕާޓީތަކުންވެސް ކަންކުރާ އުޞޫލެވެ. މިފަދަ ބައެއް އިވެންޓްތަކަށް ދައުވަތުއަރުވައިގެން ސިޔާސީ ޕާޓީތަކުންދާއިރު، ޓިކެޓް ގަނެގެން ދެވޭ އިވެންޓްތައްވެސް ހުރެއެވެ.

ޕީޕީއެމްއިން ހަނދާން ނެތުނު އެއް ކަމަކީ އެމްޑީޕީއާއި އިނގިރޭސި ކޮންޒަވޭޓިވް ޕާޓީއާއި ދެމެދު އޮންނަނީ ރަސްމީ ގުޅުމެއްކަމެވެ. އެއީ ކޮންމެހެން ކެނެރީގޭ މުހައްމަދު ނަޝީދާއި ކުރީގެ ބޮޑުވަޒީރު ޑޭވިޑް ކެމެރަން އާއި އޮންނަ ރަހުމަތްތެރިކަމަކުން އޮންނަ ގުޅުމެއް ނޫނެވެ. އެހެންނަމަ ކެމެރަން ބޮޑުވަޒީރުކަމަށް ކެމެރަން ވަޑައިގަތުމުގެ ކުރިންނާއި އޭގެ ފަހުން ކޮންޒަވޭޓިވް ޕާޓީއާއިއެކު އެމްޑީޕީއަށް މަސައްކަތް ނުކުރެވުނީސް ނޫންތޯއެވެ؟ އެމްޑީޕީ އަކީ ސެންޓަރ ރައިޓް އަދި ކޮންޒަވޭޓިވް ފަލްސަފާ ޤަބޫލުކުރާ ސިޔާސީ ޕާޓީއެކެވެ. އިނގިރޭސި ކޮންޒަވޭޓިވް ޕާޓީއާއި އެމްޑީޕީއާއި ދެމެދު އޮންނަނީ މިގުޅުމެވެ. އެމްޑީޕީއަކީ ކޮންޒަވޭޓިވް ޕާޓީގެ 'ސިސްޓަރ ޕާޓީ'އެކެވެ.

ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަފެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) އާއި އެމްޑީޕީއާއިވެސް އޮންނަނީ މިދެންނެވި ކޮންޒަވޭޓިވް ވިސްނުން ގެންގުޅޭ ސިޔާސީ ޕާޓީތަކުގެ ތެރެއިން އޮންނަ ގާތް ގުޅުމެކެވެ. ލަންކާގެ ސަރުކާރުގައި ގާތް ބޭފުޅުން ތިއްބެވިކަމަށް ސަރުކާރުން ކިތަންމެ ވަރަށް ބުނިނަމަވެސް، ޔޫއެންޕީގެ ކޯލިޝަން ސަރުކާރެއްގައި އެމްޑީޕީއާއި ލަންކާ ސަރުކާރާއިއެކު އޮންނަ ގުޅުމެއް މިހާރުގެ ދިވެހި ސަރުކާރަށް ނުބޭއްވޭނެއެވެ. ކޮޅުނބުގެ މަގުމައްޗަށް ނިކުމެ ހިނގައިގެން ރައީސް ނަޝީދު ހައްޔަރު ނުކުރެވޭނެއޭ ބަޔަކު މީހުން ބުނަނީ އެހެންވެއެވެ.

"ދުނިޔޭގެ ގިނަ ކޮންޒަވޭޓިވް ޕާޓީތަކަކީ ވަރަށް އެކުގައި މަސައްކަތްކުރާ ބައެއް. އަޅުގަނޑުމެންގެ ފިކުރު އެއްގޮތްވަނީ މިޒަމާނުގެ ކޮންޒަވޭޓިވް ފިކުރުތަކެއް ގެންގުޅޭތީ. ޕީޕީއެމްގެ މުސްތަޝާރު ގެންގުޅުއްވަނީ ކޮންޒަވޭޓިވް ފިކުރެއް ނޫން"، މިކަމާއި ގުޅޭ ގޮތުން ރާއްޖެ.އެމްވީއާއި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ތަރުޖަމާނު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވިއެވެ. ޕީޕީއެމްއަކީ ސެންޓަރ ރައިޓް ޕާޓީއެއްކަމަށް ދެއްކުމަށް އެޕާޓީގެ ބައެއް ފަރާތްތަކުން މަސައްކަތްކުރެއްވިނަމަވެސް، ޕީޕީއެމްއަކީ ސެންޓަރ ރައިޓް ޕާޓީއެއް ނޫނެވެ. ކޮންޒަވޭޓިވް ޕާޓީއެއްވެސް ނޫނެވެ. އެހެން ކަމުން ޕީޕީއެމް ކިތަންމެ ވަރަކަށް އުޅުނަސް، އެޕާޓީގެ ސިޔާސީ ޕްލެޓްފޯމް އެއްކޮށް އޯވަރހޯލްނުކޮށެއް ކޮންޒަވޭޓިވް ޕާޓީގެ ސިސްޓަރ ޕާޓީއަކަށްވެ، ގާތްކޮށެއް ނޫޅެވޭނެއެވެ.

ޕީޕީއެމްގެ މެމްބަރުންތަކެއް ގޮސް ކޮންޒަވޭޓިވް ޕާޓީގެ ކޮންފަރެންސްގައި ތިބެ ފޮޓޯއެއް ނަގާލުން ފިޔަވައި އިތުރު ކަމެއް ނުކުރެއެވެ. އެހެން ނަމަވެސް އެމްޑީޕީއިން ކޮންޒަވޭޓިވް ޕާޓީގެ ހަރަކާތްތަކަށް ދަނީ ހަމައެކަނި ފޮޓޯއެއް ނަގާލާކަށް ނޫނެވެ. ކޮންޒަވޭޓިވް ޕާޓީއާއިއެކު އެއަށްވުރެ ގާތުން އެމްޑީޕީ މަސައްކަތްކުރެއެވެ. ކޮންޒަވޭޓިވް ކޮންފަރެންސްތަކުގައި ރައީސް ނަޝީދު ވަނީ ތަރައްޤީ ކުރައްވާފައެވެ. އެމްޑީޕީއާއި ކޮންޒަވޭޓީވް ޕާޓީގެ ގުޅުން އޮތް ގޮތް ސިފަކުރައްވަމުން މެމްބަރު އިންތި ވިދާޅުވީ، "އެމްޑީޕީގެ ދޭ ނޫންތޯ ކޮންޒަވޭޓިވް ޕާޓީގެ ޚާއްސަ ދައުވަތުތަކަށް އެޤައުމުގެ މެމްބަރުންނާއި ކައުންސިލަރުން ހޮވުމަށް ކެމްޕޭންކޮށް ޑޯރ ޓު ޑޯ ކެމްޕޭންތަކަށްވެސް. ކޮންޒަވޭޓިވް ޕާޓީގެ ޤާނޫން ހަދާ މަޖިލިސް މެމްބަރުންނާއި ކައުންސިލަރުންނާއި އެކްސްޕަރޓުން ފޮނުއްވައެއް ނޫންތޯ އެމްޑީޕީގެ ކެމްޕޭންތަކަށް އެހީވުމަށްވެސް. މިގުޅުމަކީ ރަސްމީ ގުޅުމެއް. މިއީ މާކުރީއްސުރެ ޤާއިމްކޮށްފައިވާ ގުޅުމެއް".

މި ދަތުރުގައި ފެނިގެން ދިޔަ އަނެއް މަންޒަރަކީ ޕީޕީއެމްގެ މެމްބަރުންނަށް ކޮންޒަވޭޓިވް ޕާޓީއާއި އެޕާޓީގެ ކޯލިޝަން ޕާޓްނަރުން ވަކިނުކުރެނުނު މަންޒަރެވެ. މީގެ ކުރިން ރާއްޖެއަށް ޒިޔާރަތްކޮށް ޕީޕީއެމް ސަރުކާރަށް ސަނާ ކިޔައި އުޅުނު، އަދި ބައެއް މެމްބަރުންގެ ބަހުންނަމަ 'އަވަރ ގްރޭޓް ފެރެންޑް' އިއަން ޕެއިސްލީއަށް ރާއްޖޭގެ ވާހަކަ ކިޔައިދިނުމުން އެމްޑީޕީއަށް ހަޖަމްނުވިކަމަށް ޕީޕީއެމްއިން ބުންޏެވެ. ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަކީ އެއީކީ ކޮންޒަވޭޓިވް ޕާޓީގެ ބޭފުޅެއް ނޫންކަމެވެ. އެއީ ކޮންޒަވޭޓިވް ޕާޓީއާއިއެކު ކޭސް-ބައި-ކޭސް އުޞޫލުން އިނގިރޭސި ޤާނޫން ހަދާ މަޖިލީހުގައި ވޯޓުދޭން އެއްބަސްވެފައިވާ ޑިމޮކްރެޓިކް ޔޫނިއަނިސްޓް ޕާޓީގެ ބޭފުޅެކެވެ.

ކޮންޒަވޭޓިވް ޕާޓީއާއި ގާތްވާން ލިމިޓްތަކެއް އޮތްނަމަވެސް، ޕީޕީއެމްއަށް ގާތްވެވޭނެ ޕާޓީއެއް އެބައޮތެވެ. ޕީޕީއެމްގެ ސިޔާސީ ފިކުރާއި އެންމެ ބޮޑަށް ގުޅެނީވެސް މިދެންނެވި ޕާޓީގެ ވިސްނުމާއިއެވެ. އެއީ ޗައިނާގައި ހަރަކާތްތެރިވުމުގެ ހުއްދަ އޮންނަ ހަމައެކަނި ޕާޓީކަމަށްވާ ކޮމިއުނިސްޓް ޕާޓީއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކުނި ބިލުގައި ނުޖެހި ދެނެއް ނޫޅެވޭނެ

ކުނި ބިލުގައި ނުޖެހި ދެނެއް ނޫޅެވޭނެ

30 މާރިޗު 2023
މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

30 އެޕްރީލު 2021
މާލެ ސިޓީގައި އުޅޭ ބުޅާތައް ގެންގުޅެން އެންމެ ރަނގަޅުވާނީ ކޮންތަނެއް؟

މާލެ ސިޓީގައި އުޅޭ ބުޅާތައް ގެންގުޅެން އެންމެ ރަނގަޅުވާނީ ކޮންތަނެއް؟

25 ޑިސެމްބަރު 2019

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު