Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އުތުރު ކޮރެއާ-ޖަޕާން

އުތުރު ކޮރެއާ އާއި ޖަޕާނާ މެދު ގުޅުން އިންތިހާއަށް ގޯސްވެ، މައްސަލަތައް އާ ހަރުފަތަކަށް!

އުތުރު ކޮރެއާ އިން ދެވަނަ ބެލިސްޓިކް މިސައިލެއް ޖަޕާނު ސަރަހައްދުން ވަނީ އުދުއްސާލާފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 15 ސެޕްޓެމްބަރު 2017 | ހުކުރު 10:55
އުތުރު ކޮރެއާއިން ދަނީ ތަކުރާރުކޮށް މިސައިލްތައް ޓެސްޓްތައް ކުރަމުން

އުތުރު ކޮރެއާއިން ދަނީ ތަކުރާރުކޮށް މިސައިލްތައް ޓެސްޓްތައް ކުރަމުން

އުުތުރު ކޮރެއާ އަކީ ފިސާރި ގައުމެކޭ އެއްބަޔަކަށް ބުނެވިދާނެއެވެ. އިންޒާރު ނުދޭން ކެރޭ ގައުމެއް ނެތެވެ. މީގެ ހަފްތާތަކެއް ކުރިން އުތުރު ކޮރެއާ އިން އެމެރިކާއަށް ވަރުގަދަ އިންޒާރެއް ދިނެވެ.

ބައިނަލްއަގްވާމީ ދުނިޔޭގެ ފާޑުކިޔުން އުތުރު ކޮރެއާއަށް ކިތަންމެ ވަރަކަށް އަމާޒުވިޔަސް، ބައިނަލްއަގްވާމީ ދުނިޔެއިން ކިތަންމެ ފިޔަވަޅެއް އެޅިއަސް، އަދި އެކިޔާ ފާޑުކިޔުމަކުން ނުވަތަ އަޅާ ފިޔަވަޅަކުން އުތުރު ކޮރެއާ ހަމަ އެއްވެސް ޖެހިލުމެއް ނުވެއެވެ. ހަމައެކަނި މިސައިލް ޓެސްޓްތަައްކޮށް ނިއުކްލިއާ ހަތިޔާރު ޕްރޮގްރާމް ހިންގާމޭ ބުނަނީކީ ނޫނެވެ. އުތުރު ކޮރެއާއިން ބުނެފައި ވަނީ ޕެސިފިކްގައި އޮންނަ އެމެރިކާގެ ސަރަހައްދެއް ކަމަށްވާ ގުއާމް ކަނޑަށް މިސައިލް ހަމަލާ ދޭނެ ވާހަކައެވެ. އުތުރު ކޮރެއާ އިން ބުނަމުން ދަނީ ގުއާމް ކަނޑަށް މިސައިލް ހަމަލާ ދިނުމާ ބެހޭ ޕްލޭން އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން ރިވިއުވެސް ކުރައްވާފއިވާ ކަމަށެވެ. އެހެން ނަމަވެސް ގުއާމަށް ސީދާ ހަމަލާ ދިނުމުގެ ކުރިން އެމެރިކާގެ އަމަލުތަކަަށް ބަލާނެ ކަމަށެވެ. ގުއާމް އަކީ އެމެރިކާގެ އަސްކަރީ ބޭސްތައް ހިމެނޭ އެމެރިކާގެ ކޮންޓްރޯލްގެ ދަށުގައިވާ ސަރަހައްދެކެވެ.

އެމެރިކާ އާއި އުތުރު ކޮރެއާގެ ވާހަކަ އެއްފަރާތުގައި ބާއްވާމާތޯއެވެ. އުތުރު ކޮރެއާ އާއި ޖަޕާނުގެ ވާހަކައަށް ބަލާލަމާތޯއެވެ. އުތުރު ކޮރެއާ އާއި ޖަޕާނާ މެެދު ވަނީ އިންތިހާއަށް ގުޅުން ގޯސްވެފައެވެ. ޖަޕާނު "ކަނޑު ފައްތާލުމަށްޓަކައި" ނިއުކްލިއާ ހަތިޔާރު ބޭނުން ކޮށްފާނެ ކަމުގެ އިންޒާރު އުތުރު ކޮރެއާ އިން ވަނީ ދީފައެވެ. އުތުރު ކޮރެއާގެ ދައުލަތުން ހިންގާ ކޮރެއަން ނިއުސް އެޖެންސީން ބުރާސްފަތި ދުވަހު ބުނީ "އުތުރު ކޮރެއާގެ ގާތުގައި ޖަޕާނު ދެން އޮންނަން ނުޖެހޭ ކަަމަށާއި" ނިއުކްލިއާ ބޮމެއް ބޭނުން ކޮށްގެން ޖަޕާނު ފައްތާލަން ޖެހޭނެ ކަމަށެވެ. އުތުރު ކޮރެއާގެ ބަސްމަގު ހުރި ގޮތާބެހޭގޮތުން ޖަޕާނުން ބުނީ އުުތުރު ކޮރެއާގެ ބަސްމަގު ހުރީ ކަނޑައެޅިގެން ހަމަނުޖެހުމަށް ހިތްވަރު ލިބޭގޮތަށް ކަމަށެވެ. ޖަޕާނުގެ ވެރިރަށް ޓޯކިއޯގައި ވާހަކަފުޅު ދައްކަވަމުން އެގައުމުގެ ޗީފް ކެބިނެޓް ސެކްރެޓަރީ ޔޮޝިހިޑޭ ސަގާ ވިދާޅުވީ އުތުރު ކޮރެއާ މިހާރު "ހިނގާ މަގުން ހިނގާ ކަމަށްވާނަމަ އެގައުމު ބައިނަލްއަގްވާމީ ދުނިޔޭގައި އެކަނިވެރި ވެގެން ދާނެ" ކަމަށެވެ. ޔޮޝިހިޑޭ ސަގާ އިތުރަށް ވިދާޅުވީ އދގެ ސެކިއުރިޓީ ކައުންސިލުން އުތުރު ކޮރެއާ އާއި ދެކޮޅަށް ފާސްކޮށްފައިވާ ގަރާރުތައް ބައިނަލްއަގްވާމީ ދުނިޔެއިން ފުރިހަމައަށް ތަންފީޒު ކުރަން ޖެހޭ ކަމަށާއި އެކަން އެގޮޮތަށް ކުުރުމުން އުތުުރު ކޮރެއާއަށް ޕްރެޝަރު އައިސް އެގައުމުގެ އުސޫލު ބަދަލު ކުރާނެ ކަމަށެވެ.

އެމެރިކާ އާއި ދެކުނު ކޮރެއާއިން އަހަރަކު އެއްފަހަރު ބާއްވާ އަސްކަރީ ޑްރިލްތަކާ ގުޅިގެން ދާދިފަހުން އުުުތުރު ކޮރެއާއިން ހިތްހަމަނުޖެހުމުގެ ސަބަބުން އެޤައުމުން ވަނީ ޖަޕާނުގެ އުތުރުން ބެލިސްޓިކް މިސައިލެއްވެސް ފޮނުވާލާފައެވެ. ހުކުރު ދުވަހު ލިބިގެން ދިޔައީ އަނެއްކާ އެހެން ޚަބަރެކެވެ. އުތުރު ކޮރެއާ އިން ޖަޕާނު މަތިން އުދުއްސާލި ދެވަނަ ބެލިސްޓިކް މިސައިލް އެގައުމުން އުދުއްސާލި ޚަބަރެވެ. މިކަމާ ބެހޭގޮތުން ދެކުނު ކޮރެއާގެ އަސްކަރިއްޔާ އިން ބުނީ އުތުުރު ކޮރެއާ އިން ޖަޕާނު މަތިން އުދުއްސާލި މިސައިލް 770 ކިލޯމީޓަރު އުހަށް ދަތުރު ކުރިކަމަށާއި، ޖަޕާނުގެ ހޮކައިޑޯގެ ކަނޑަށް ވެއްޓުމުގެ ކުރިން 3،700 ކިލޯމީޓަރަށް ދުރަށް ދަތުރު ކުރިކަމަށެވެ.

ޖަޕާނު މަތިން އުތުރު ކޮރެއާ އިން ފޮނުވާލި މިސައިލާ ބެހޭގޮތުން ޖަޕާނުގެ ބޮޑު ވަޒީރު ޝިންޒޯ އަބޭ ވިދާޅުވީ އުތުރު ކޮރެއާގެ އަމަލުތައް "އެއްވެސް ގޮތަކަށް ބަލައިނުގަންނާނެ" ކަމަށެވެ. އުތުރު ކޮރެއާގެ އަމަލުތަކާއި ގުޅިގެން އެމެރިކާ އާއި ޖަޕާނުގެ އެދުމަކަށް އދ ގެ ސެކިއުރިޓީ ކައުންސިލް ވަނީ ހުކުރު ދުވަހު ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމާފައެވެ.

އުތުރު ކޮރެއާ އިން އުދުއްސާލި މިސައިލާ ބެހޭގޮތުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ވިދާޅުވީ އުތުުރު ކޮރެއާގެ އަމަލުތައް ވަރަށް ބޮޑަށް ކުށްވެރިކުރައްވާ ކަމަށެވެ. ޓިލާސަން ވަނީ އުތުރު ކޮރެއާގެ އަމަލުތައް މިހާރު ބަހައްޓަން ޖެހޭ މޭރުމުން ބަހައްޓަން ޖެހޭ އެއް ސަބަބަކީ ޗައިނާ އާއި ރަޝިއާ ކަމަށްވެސް ތުޙުމަތުކުރައްވާފައެވެ. އެގޮތުން ޓިލާސަން ވިދާޅުވީ ޗައިނާ އާއި ރަޝިއާ އިން އުތުރު ކޮރެއާގެ މިސައިލް އުދުއްސާލުންތަކަށް ފިޔަވަޅު އަޅާ މިކަމަށް ނޫނޭކޭ ބުނަން ޖެހޭ ކަމަށެވެ. އިތުރަށް ޓިލާސަން ވިދާޅުވީ އުތުރު ކޮރެއާއަށް އެތެރެ ކުރާ ތެލުގެ އެންމެ ބޮޑު އިންސައްތަ އެތެރެ ކުރަނީ ޗައިނާއިން ކަަމަށެވެ. އަދި އުތުރު ކޮރެއާގެ މަސައްކަތްތެރިންގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ގަދަކަމުން މަސައްކަތް ކުރުވުމަށް މީހުން އެގައުމަކަށް އެތެރެކުރާ ގައުމަކީ ރަޝިއާ ކަމަށެވެ.

ކޮންމެއަކަސް އުތުރު ކޮރެއާގެ އަމަލުތަކާ ގުޅިގެން ސެކިއުރިޓީ ކައުންސިލުން ހުކުރު ދުވަހު ބައްދަލުވުމެއް ބާއްވާއިރު ކަންކަންވެގެންދާނެ ގޮތަކީ ކޮބައިތޯ މިއީ ބޮޑު ސުވާލެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުރާނައާއި ފުރާނަފުޅު!

ފުރާނައާއި ފުރާނަފުޅު!

26 އެޕްރީލު 2017
އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ގޯހަށް! ނިމޭނިީ ކިހާ ހިސާބަކުންބާ؟

އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ގޯހަށް! ނިމޭނިީ ކިހާ ހިސާބަކުންބާ؟

24 އެޕްރީލު 2017
ފުޓްސަލް އާއި ފުޓުބޯޅަ ވަކިކުރަންވީތަ؟ ނުވަތަ ފުޓްސަލް މުބާރާތްތައް އޮފް ސީޒަނަށް ބަދަލުކުރަންވީތަ؟

ފުޓްސަލް އާއި ފުޓުބޯޅަ ވަކިކުރަންވީތަ؟ ނުވަތަ ފުޓްސަލް މުބާރާތްތައް އޮފް ސީޒަނަށް ބަދަލުކުރަންވީތަ؟

13 އެޕްރީލު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
އުތުރު ކޮރެއާ އާއި މެލޭޝިއާގެ ގުޅުން ވަރަށް ގޯސްވެއްޖެ! ނިމޭނީ ކިހާ ހިސާބަކުންބާ؟!

އުތުރު ކޮރެއާ އާއި މެލޭޝިއާގެ ގުޅުން ވަރަށް ގޯސްވެއްޖެ! ނިމޭނީ ކިހާ ހިސާބަކުންބާ؟!

07 މާރިޗު 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު