Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކެޓަލޯނިއާ

ސްޕެއިންގެ ގައުމީ ދުވަހު ބޭއްވި މުޒާހަރާއެއްގައި ހަަމަނުޖެހުން ހިނގައިފި

ހަމަނުޖެހުމުގައި ފުލުހަކު ޒަޚަމްވި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 13 އޮކްޓޯބަރު 2017 | ހުކުރު 06:34
ސްޕެއިންގެ ބޮޑު ވަޒީރު މާރިއާނޯ ރަޚޮއި: އެމަނިކުފާނު ދާދިފަހުން ވިދާޅުވީ ސްޕެއިންއަށް މިހާރު ދިމާވެފައިވާ ހާލަތަކީ އެގައުމުގެ 40 އަހަރުގެ ޑިމޮކްރަސީގެ ތާރީޚުގައި ދިމާވެފައިވާ އެންމެ ބޮޑު ނުރައްކާ ކަމަ

ސްޕެއިންގެ އެއްބައިވަންތަކަމަށް ގޮވާލުމަށާއި އަދި އެގައުމުގެ ގައުމީ ދުވަސް ފާހަގަކުރުމަށް ބާސެލޯނާގައި ބުރާސްފަތި ދުވަހު ބޭއްވި މުޒާހަރާއެއްގައި ހަމަނުޖެހުން ހިނގައި ފުލުހަކު ޒަޚަމްވެެއްޖެއެވެ.

ކެޓަލޯނިއާގެ ވެރިރަށް ބާސެލޯނާގައި ބޭއްވި މި މުޒާހަރާގައި 65،000 އެއްހާ މީހުން ބައިވެރިވިއިރު މިއީ ގައުމީ ދުވަސް ފާހަނގަކުރުމަށް ބޭއްވި މިފަދަ އެއްވުމެއްގައި، ތިން އަހަރުގެ ތެރޭގައި އެންމެ ގިނަ މީހުން ބައިވެރިވި އެއްވުމެެވެ.

ކެޓަލޯނިއާ، ސްޕެއިން އިން މިނިވަންވުމަށް މަސައްކަތް ކުރަމުން ދާއިރު ގައުމުގެ އެއްބައިވަންތަކަމަށް އެދި ގޮވާލާ ބާސެލޯނާގައި މި ބޭއްވި މި މުޒާހަރާގައި، ހަމަނުޖެހުން ހިނގީ ކުޑަ ދެ ގްރޫޕެއްގެ މެދުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ. ހަމަނުޖެހުން ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގޭ ކަމަށް އޮފިޝަލުން ބުނެއެވެ. ހަމަނުޖެހުމުގެ ތެރޭގައި ދެ ގޮރޫޕުގެ މީހުން ގޮނޑިފަދަ ތަކެތި އެއްބަޔަކު އަނެއް ބައެއްގެ ގަޔަށް އުކާފައި ވެއެވެ. ދެ ގްރޫޕުގެ ބައެއް މެމްބަރުން ދުުރުކުރަން ފުލުހުން ވެސް މަސައްކަތްކޮށްފައި ވެއެވެ.

ސްޕެއިން އިން ކެޓަލޯނިއާ މިނިވަންވުމަށް ކުރާ މަސައްކަތާ ގުޅިގެން ގައުމު ހަލަބޮލިވެފައިވާއިރު، ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރަން ފެނޭތޯ ބެލުމަށް އޮކްޓޯބަރު 1 ގައި ބޭއްވި ވޯޓުގައި، 90 ޕަސެންޓް މީހުން ސްޕެއިން އިން މިިނިވަން ވާން ފެންނަ ކަމަށް އާނ ބަސް ބުނެފައި ވެއެވެ. ކެޓަލޯނިއާގައި ނެގި ވޯޓާ ގުޅިގެން ސްްޕެއިންގެ މައި ސަރުކާރުން ބުނެފައި ވަނީ އެ ވޯޓަކީ ގާނޫނު އަސާސީއާ ޚިލާފު ބާތިލް އެއްޗެއް ކަމަށެވެ. ވޯޓު ނިމުނުތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ސްޕެއިންގެ ބޮޑުވަޒީރު މާރިއާނޯ ރަޚޮއި ވިދާޅުވީ ޣައިރު ގާނޫނީ ވޯޓެއްގައި ބައިވެރިކޮށް ކެޓަލޯނިއާގެ ރައްޔިތުން މޮޔަ ހައްދާފައިވާ ކަމަށެވެ. ބޮޑުވަޒީރު ވަނީ އެ ވޯޓަކީ ޑިމޮކްރަސީއަށް ކުރި ފުރައްސާރައެއް ކަމަށް ވިދާޅުވެފައެވެ.

ވޯޓަށް ފަހު ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކޮށްފިތޯ ބަލަން ސްޕެއިން އިން ވަނީ ކެޓަލޯނިއާގެ ލީޑަރަށް ފަސް ދުވަހުގެ މުހުލަތެއް ދީފައެވެ.

އިތުރަށް ކިޔާލަން

02 މެއި 2017

ރަޝިއާގެ ގައުމީ އެއާލައިންގެ ފްލައިޓެއް ބާރުގަދަ ކޮޅިގަނޑެއްގައި ޖެހި މަދުވެގެން 27 މީހުން ޒަޚަމްވެއްޖެ

02 މެއި 2017
ރަޝިއާގެ ގައުމީ އެއާލައިންގެ ފްލައިޓެއް ބާރުގަދަ ކޮޅިގަނޑެއްގައި ޖެހި މަދުވެގެން 27 މީހުން ޒަޚަމްވެއްޖެ
21 އެޕްރީލު 2017

ޕެރިހުގައި ބުރާސްފަތި ދުވަހު ބަޑިން ހަމަލާ ދިން މީހާ ދެނެގަނެވިއްޖެ: ފުލުހުން

21 އެޕްރީލު 2017
ޕެރިހުގައި ބުރާސްފަތި ދުވަހު ބަޑިން ހަމަލާ ދިން މީހާ ދެނެގަނެވިއްޖެ: ފުލުހުން
11 މާރިޗު 2017

ވައިޓްހައުސްގެ ގޯތިތެރެއަށް ހުކުރު ދުވަހު ވަން މީހަކު ހައްޔަރުކޮށްފި

11 މާރިޗު 2017
ވައިޓްހައުސްގެ ގޯތިތެރެއަށް ހުކުރު ދުވަހު ވަން މީހަކު ހައްޔަރުކޮށްފި
28 ފެބުރުއަރީ 2017

ސައޫދީ ރަސްގެފާނުގެ 9 ދުވަހުގެ ދަތުރަށް 506 ޓަނުގެ ލަގެޖް

28 ފެބުރުއަރީ 2017
ސައޫދީ ރަސްގެފާނުގެ 9 ދުވަހުގެ ދަތުރަށް 506 ޓަނުގެ ލަގެޖް
25 ފެބުރުއަރީ 2017

ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް ބައެއް މީޑިއާތައް ނުވެއްދި!

25 ފެބުރުއަރީ 2017
ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް ބައެއް މީޑިއާތައް ނުވެއްދި!
14 ފެބުރުއަރީ 2017

ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

14 ފެބުރުއަރީ 2017
ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
28 ޖެނުއަރީ 2017

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު