Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ މަޝްރޫއު

ރަސްމާލެ މަޝްރޫއާ ގުޅިގެން ރައީސް މުއިއްޒު ޖައްސަވަނީ 2 އިންތިހާބު އެއްކޮލަން ޖެއްސެވި ފަދަ ގޯސް ހިސާބެއް: ދޮންބިލެތް

26 ނޮވެމްބަރު 2026 | ބުރާސްފަތި 13:06

ޕީއެންސީގެ ދަފްތަރު ބޮޑުކުރުމަށް ވަޒީފާގެ ބިރުދައްކައިގެން މީހުން ވައްދަމުންދާ ކަމަށް ބިލެއްދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ހަލީމް ތުހުމަތު ކުރައްވައިފި. ރަސްމާލެ މަޝްރޫއާ މެދު ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ މި މަޝްރޫއާ ގުޅޭގޮތުން ސަރުކާރުން ޖައްސަވަނީ ގޯސް ހިސާބެއް ކަމަށާއި ގިނަ ރައްޔިތުން މިކަމާ ދެކޮޅު ކަމަށް

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 26 ނޮވެމްބަރު 2026 | ބުރާސްފަތި 13:06
ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް) ރާއްޖެޓީވީން ގެނެސްދިން "އަހާބަލަ" ކަވަރޭޖްގައި

ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް) ރާއްޖެޓީވީން ގެނެސްދިން "އަހާބަލަ" ކަވަރޭޖްގައި | ރާއްޖެއެމްވީ

ރަސްމާލެ މަޝްރޫއާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ޖައްސަވަނީ 2 އިންތިހާބު އެއްކޮލަން ޖެއްސެވި ފަދަ ގޯސް ހިސާބެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީން ގެނެސްދިން "އަހާބަލަ" ހާއްސަ ކަވަރޭޖްގައި ވާހަކަދައްކަވަމުން އަހުމަދު ވިދާޅުވީ ވެރިކަން ކުރާ ޕާޓީ ޕީއެންސީއަށް އެއްލަކަ މެންބަރުން ހަމަކުރުމަށްޓަކައި ވަރަށް ގިނައިން ވަޒީފާތަކެއް ބަހާފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ތިބީ ވަރަށް ކުޑަ މުސާރައަކަށް ނަމަވެސް ވަޒީފާއަށް ބަރޯސާވެގެން ކަމަށެވެ. 

Advertisement - newsAdvertisement

އެގޮތުން، ކޮންމެ ދުވަހަކު އެމްޑީޕީ މެންބަރެއް ޕީއެންސީއަށް މަޖުބޫރީ ހާލަތުގައި ވައްދަމުންދާ ކަމަށް އަހުމަދު ވިދާޅުވި އެވެ. 

މިހާރު އަޅުގަނޑުގެ ދަރިއަކު ވަޒީފާގައި ހުރިއްޔާ އެބަ އަންގާ ދަރިފުޅަށް އެބަ އަންގާ މުޅި އާއިލާ ވައްދަން ޕާޓީއަށް، ނުވައްދާފިއްޔާ ދަރިފުޅުގެ ވަޒީފާއެބަ ގެއްލޭ. އެހެންވީމާ ހިތާ ދެކޮޅަށް ވެސް ވަރަށް ގިނަ މީހުން ޕީއެންސީއަށް ވަދެއްޖެ. ލައްކައެއް ހަމަކުރަން އެ ކުރާ މަސައްކަތަކީ ހަމަ ކަނޑައެޅިގެން ބިރު ދައްކައިގެން މީހުން ވައްދަމުން އެދަނީ
އަހުމަދު ހަލީމް (ދޮންބިލެތް)

މިހާރު މުޒާހަރާއަކަށް ގޮވާލާއިރު ސަރުކާރުގެ ޓީމުތަކުން މުޒަހަރާގައި ބައިވެރިވަނީ ކޮން ބައެއްތޯ ބަލަން ފޮޓޯ ނަގަން ނުކުންނަ ކަމަށް އަހުމަދު ވިދާޅުވި އެވެ. ނަމަވެސް މިގޮތަށް އަބަދަކު ނުހިފެހެއްޓޭނެ ކަމަށާއި އެ ބަދަލު އަންނަތަން ފެންނަ ކަމަށް އަހުމަދު ވިދާޅުވި އެވެ. 

ހަމައެއާއެކު ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ގިނަ އަދަދެއްގެ ރައްޔިތުންގެ ކަންބޮޑުވުން ހުރިކަން ފާހަގަކުރައްވާ އަހުމަދު ވިދާޅުވީ ރަސްމާލެ މަޝްރޫއާ ގުޅިގެން ރައީސް މުއިއްޒު ޖައްސަވާ ހިސާބު ވަރަށް ބޮޑަށް ގޯސް ކަމަށެވެ. 

އެއީ އެބޭފުޅާ ޖެއްސެވި ފެންނަ ނުފެންނަ ވޯޓެއް ރެފެރެންޑްރަމްއެއް ވެސް ވަރަށް ފަހުން ހިސާބެއް ޖެއްސެވި. ޖެއްސެވީމާ ލިބުނީ ތިރީހަކަށް ޕަސަންޓް. އެހެންވީމަ އަޅުގަނޑު ދެކޭ ގޮތުގައި މިހާރުގެ ވެސް މި ޕްރޮޖެކްޓުގެ ރާއްޖޭގެ ރައްޔިތުންގެ ނަތީޖާއަކީ އަޅުގަނޑަށް ފެންނަ ގޮތުގައި އަދި އެޔަށް އިތުރު ކޮށްލައްވާ 10 ވަރަކަށް ނޫނީ 15 ވަރަކަށް ޕަސަންޓް މިހާރު 85 ޕަސަންޓް ނޫނީ 90 ޕަސަންޓް މީހުން މިގޮތަށް މި ޕްރޮޖެކްޓް ހިންގަން އިދިކޮޅު ވާނެ
އަހުމަދު ހަލީމް (ދޮންބިލެތް)

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ބޮޑު އިސްކަމެއް ދީގެން ދެ އިންތިހާބު އެއްކޮލުމަށް ފެނޭތޯ ބެލުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގާފަ އެވެ. މިވޯޓުން ދިވެހި ރައްޔިތުންގެ 70 އިންސައްތަ ވަނީ ރައީސް މުއިއްޒުގެ ޕީއެންސީ އަށް ނޫނެކޭ ބުނެފަ އެވެ. އަދި މި ވޯޓުން 148،000 އަށްވުރެ ގިނަ މީހުން ސަރުކާރަށް ނޫނެކޭ ބުނެފައިވާއިރު، ސަރުކާރަށް ލިބުނު ވޯޓު ޕީއެންސީ ދަފްތަރުގައި މެންބަރުން ތިބި އަދަދަށްވުރެ ވެސް މަދެވެ.

ޑރ. މުހައްމަދު މުއިއްޒުއަޙްމަދު ޙަލީމްރަސްމާލެ

އެންމެ ހިނގާ

1

ސްޓޭޓް މިނިސްޓަރު ނާޒިމްގެ ތުހުމަތުތަކާއި ގުޅިގެން އިންޑިއާގެ ޚާރިޖީ ވުޒާރާގެ ސިޓީއެއް ދިވެހި ސަރުކާރަށް!

2

އިންސާނިއްޔަތަށްޓަކައި ކަމަށް ވިދާޅުވެ، އަލިވާގެ އިލްޔާސް އިބްރާހީމްގެ އޮޕަރޭޝަނަށް 150،000 ސިންގަޕޫރު ޑޮލަރު ހަމަޖައްސަވައިދެއްވައިފި

3

މަންޓާ އެއަރގެ އެތެރޭގެ އުދުހުންތައް ހުއްޓާލައި، ހުރިހާ ޕައިލެޓުންނާއި ކެބިން ކްރޫއިން ވަޒީފާއިން ވަކިކޮށްފި

4

ބެންޣާޒީގައި ރަޝިއާގެ މަނަވަރަކަށް ދިން ހަމަލާގައި ލީބިޔާގެ ދެ ސިފައިން މަރުވެ، ބަދަލުހިފާނެ ކަމުގެ އިންޒާރު ދީފި

5

ރަސްމާލެ މަޝްރޫއާ ދެކޮޅަށް އެމްޑީޕީ އިން ބާއްވާ އެއްވުން: ސްޓެލްކޯ އިން ބުނީ ކަރަންޓު ފޯރުކޮށްނުދެވޭނެ ކަމަށް!

އިތުރަށް ކިޔާލަން

26 ނޮވެމްބަރު 2026

ރިއަލް އެސްޓޭޓް ބިލުގެ މަގުސަދަކީ ދިވެހިރާއްޖޭގެ ބިން ބޭރު މީހުންނަށް މިލްކުކުރެވޭނެ ގޮތެއް ނުވަތަ ވިއްކޭނެ ގޮތެއް ހޯދުން: ނިޝާން

26 ނޮވެމްބަރު 2026
ރިއަލް އެސްޓޭޓް ބިލުގެ މަގުސަދަކީ ދިވެހިރާއްޖޭގެ ބިން ބޭރު މީހުންނަށް މިލްކުކުރެވޭނެ ގޮތެއް ނުވަތަ ވިއްކޭނެ ގޮތެއް ހޯދުން: ނިޝާން
26 ނޮވެމްބަރު 2026

މާލީ ހާލަތު އޮތް ގޮތުން ރަސްމާލެއިން ދިވެހިންނަށް "ކުކުޅުހާ ނިދަން އަރާވަރުގެ ހާލިވެސް" މި ސަރުކާރަށް އަޅައިނުދެވޭނެ: މެންބަރު މައުރޫފް

26 ނޮވެމްބަރު 2026
މާލީ ހާލަތު އޮތް ގޮތުން ރަސްމާލެއިން ދިވެހިންނަށް "ކުކުޅުހާ ނިދަން އަރާވަރުގެ ހާލިވެސް" މި ސަރުކާރަށް އަޅައިނުދެވޭނެ: މެންބަރު މައުރޫފް
26 ނޮވެމްބަރު 2026

އިންސާނިއްޔަތަށްޓަކައި ކަމަށް ވިދާޅުވެ، އަލިވާގެ އިލްޔާސް އިބްރާހީމްގެ އޮޕަރޭޝަނަށް 150،000 ސިންގަޕޫރު ޑޮލަރު ހަމަޖައްސަވައިދެއްވައިފި

26 ނޮވެމްބަރު 2026
އިންސާނިއްޔަތަށްޓަކައި ކަމަށް ވިދާޅުވެ، އަލިވާގެ އިލްޔާސް އިބްރާހީމްގެ އޮޕަރޭޝަނަށް 150،000 ސިންގަޕޫރު ޑޮލަރު ހަމަޖައްސަވައިދެއްވައިފި
25 ނޮވެމްބަރު 2026

"ބޮޑުހިލަ އެބަ ގެންނަން": 2024 އިން 2026 އަށް ބަދަލުނުވި މި ސަރުކާރުގެ ހަމައެކަނި ޖުމްލަ!

25 ނޮވެމްބަރު 2026
"ބޮޑުހިލަ އެބަ ގެންނަން": 2024 އިން 2026 އަށް ބަދަލުނުވި މި ސަރުކާރުގެ ހަމައެކަނި ޖުމްލަ!
25 ނޮވެމްބަރު 2026

ރިއަލް އެސްޓޭޓް ބިލުގެ މަސައްކަތް ނުނިމޭތީ ރައީސް މުއިއްޒު ވިދާޅުވި ގޮތަށް މަޖިލީހުގެ ދައުރު ދަންމާލައިފި

25 ނޮވެމްބަރު 2026
ރިއަލް އެސްޓޭޓް ބިލުގެ މަސައްކަތް ނުނިމޭތީ ރައީސް މުއިއްޒު ވިދާޅުވި ގޮތަށް މަޖިލީހުގެ ދައުރު ދަންމާލައިފި
24 ނޮވެމްބަރު 2026

ސްޓޭޓް މިނިސްޓަރު ނާޒިމްގެ ތުހުމަތުތަކާއި ގުޅިގެން އިންޑިއާގެ ޚާރިޖީ ވުޒާރާގެ ސިޓީއެއް ދިވެހި ސަރުކާރަށް!

24 ނޮވެމްބަރު 2026
ސްޓޭޓް މިނިސްޓަރު ނާޒިމްގެ ތުހުމަތުތަކާއި ގުޅިގެން އިންޑިއާގެ ޚާރިޖީ ވުޒާރާގެ ސިޓީއެއް ދިވެހި ސަރުކާރަށް!
24 ނޮވެމްބަރު 2026

ރަސްމާލެ އީގަލް ހިލްސްއަށް ދިނުމުގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެދި ހުށަހެޅި މައްސަލައިގެ ކޮމިޓީ ކެންސަލްކޮށްފި

24 ނޮވެމްބަރު 2026
ރަސްމާލެ އީގަލް ހިލްސްއަށް ދިނުމުގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެދި ހުށަހެޅި މައްސަލައިގެ ކޮމިޓީ ކެންސަލްކޮށްފި
24 ނޮވެމްބަރު 2026

އަލައްބާރު ވިދާޅުވާ ބްރަދަރ އަބްދުﷲ އަކީ މިނިސްޓަރު މުއްތަލިބުތޯ ސުވާލުކުރުމުން މުއްތަލިބު ޖަވާބު ނުދެއްވި!

24 ނޮވެމްބަރު 2026
އަލައްބާރު ވިދާޅުވާ ބްރަދަރ އަބްދުﷲ އަކީ މިނިސްޓަރު މުއްތަލިބުތޯ ސުވާލުކުރުމުން މުއްތަލިބު ޖަވާބު ނުދެއްވި!
24 ނޮވެމްބަރު 2026

ރައީސް މުއިއްޒު ގެންދަވަނީ ޕާކިންގ ޒޯނުތައް ބަހާލި ގޮތަށް މުޅި ޤައުމު ބަހައި، ފޮތިކޮށް ވިއްކަމުން: އާޒިމް

24 ނޮވެމްބަރު 2026
ރައީސް މުއިއްޒު ގެންދަވަނީ ޕާކިންގ ޒޯނުތައް ބަހާލި ގޮތަށް މުޅި ޤައުމު ބަހައި، ފޮތިކޮށް ވިއްކަމުން: އާޒިމް
23 ނޮވެމްބަރު 2026

ދެ އަބްދުﷲގެ ގަޑުބަޑު...

23 ނޮވެމްބަރު 2026
ދެ އަބްދުﷲގެ ގަޑުބަޑު...
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް