Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

ބޭހަށާއި ޑޮލަރަށް ޖެހިފައިވާ ދަނޑިވަޅެއްގައި، ކަނޑަށް ޑޮލަރު އޮއްސައިގެން ހިއްކި ރަސްމާލޭގެ ހައްގު އަގު ދިވެހިންނަށް ލިބެންޖެހޭ: މެންބަރު މީކާއީލް

27 ނޮވެމްބަރު 2026 | ހުކުރު 07:23

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ރައްޔިތުންނަށް ވީ ވައުދާ ޚިލާފު ކަމެއް ކަމަށް މެންބަރު މީކާއީލް ވިދާޅުވި. މިކަމާ ދެކޮޅަށް އަޑުއުފުލުމުން އެއީ އިންޑިއާ އަޑީގައި އޮވެގެން ކުރާ ކަމެއްގެ ގޮތުގައި ސިފަކޮށް، ޚާރިޖީ ގުޅުންތައް ގޯސްނުކުރުމަށް ވެސް އޭނާ ސަރުކާރަށް ގޮވާލެއްވި

އަމްނާ އިމާދު
އަމްނާ އިމާދު | 27 ނޮވެމްބަރު 2026 | ހުކުރު 07:23
އެމްޑީޕީން ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ "އަހާބަލަ" މުޒާހަރާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވާހަކަ ދައްކަވަނީ

އެމްޑީޕީން ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ "އަހާބަލަ" މުޒާހަރާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ދިވެހި ރައްޔިތުން އަސާސީ ބޭހަށާއި ޑޮލަރަށް ޖެހިފައިވާ ދަނޑިވަޅެއްގައި، ކަނޑަށް ޑޮލަރު އޮއްސައިގެން ހިއްކި ރަސްމާލޭގެ ހައްގު އަގު ދިވެހިންނަށް ލިބެންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

މެންބަރު މީކާއީލް މިހެން ވިދާޅުވީ، އެމްޑީޕީން ބުރާސްފަތި ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ކުރިއަށް ގެންދިޔަ "އަހާބަލަ" މުޒާހަރާގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

އެގޮތުން 2024 ވަނަ އަހަރު ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއު ފައްޓަވަމުން އެ ތަނަކީ ހަމައެކަނި ދިވެހިންގެ ގެދޮރުވެރިކަމަށާއި ބޯހިޔާވަހިކަމަށް ޚާއްސަކުރާނެ ތަނެއްގެ ގޮތުގައި ސަރުކާރުން ބުނެފައިވާކަން މެންބަރު މީކާއީލް ފާހަގަކުރެއްވި އެވެ. އަދި އޭގެ ޖެހިގެން އައި އަހަރު، ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުން ގާތު އަހަންޖެހޭނެ ކަމަށް ބުނެ ގާނޫނުއަސާސީ އިސްލާހުކުރީ ވެސް މި ސަރުކާރުން ކަމަށް ވިދާޅުވި އެވެ.

އެހެންކަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅުތަކަށާއި ދެއްކެވި ވާހަކަފުޅުތަކަށް އެމަނިކުފާނު އިހުތިރާމުކުރައްވަން މެންބަރު މީކާއީލް ވަނީ ގޮވާލައްވާފަ އެވެ.

ރައްޔިތުން ނޭނގުމެއްގެ ތެރޭގައި ބައިތިއްބައިގެން، ސިއްރުވެރި ގޮތަކަށް ދިވެހީންގެ ބިން 99 އަހަރަށް ބޭރުގެ ފަރާތަކަށް ވިއްކާލާއިރު ދިވެހިންނާއި އެމްޑީޕީގެ އިސްލާހީ ހަރަކާތުގެ ބައިވެރިން މަޑަކުން ނުތިބޭނެ
މީކާއީލް އަހުމަދު ނަސީމް

މީގެއިތުރުން، ރަސްމާލޭގެ ބޮޑު ސަރަހައްދެއް 99 އަހަރަށް އީގަލް ހިލްސްއަށް ދިނުމާ ދެކޮޅު ހަދައި އަޑުއުފުލުމުން އެއީ އަވައްޓެރި އިންޑިއާ އަޑީގައި އޮވެގެން މަޝްރޫއު ހުއްޓުވަން ކުރާ ކަމެއް ކަމަށް ދައްކަން ސަރުކާރުން މަސައްކަތްކުރާ ކަމަށް ވިދާޅުވެ މެންބަރު މީކާއީލް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި އިންޑިއާއާ ދެމެދު އޮތް ގުޅުން އަނެއްކާ ވެސް ގޯސްކޮށް، ޚާރިޖީ ބޮޑު ކޯޅުމެއްގެ ތެރެއަށް ރާއްޖެ ވައްޓައިނުލުމަށް މެންބަރު މީކާއީލް ވަނީ ސަރުކާރަށް ގޮވާލައްވާފަ އެވެ. 

އީގަލް ހިލްސްއެމްޑީޕީރަސްމާލެމީކާއިލް އަހުމަދު ނަސީމް

އެންމެ ހިނގާ

1

ސްޓޭޓް މިނިސްޓަރު ނާޒިމްގެ ތުހުމަތުތަކާއި ގުޅިގެން އިންޑިއާގެ ޚާރިޖީ ވުޒާރާގެ ސިޓީއެއް ދިވެހި ސަރުކާރަށް!

2

އިންސާނިއްޔަތަށްޓަކައި ކަމަށް ވިދާޅުވެ، އަލިވާގެ އިލްޔާސް އިބްރާހީމްގެ އޮޕަރޭޝަނަށް 150،000 ސިންގަޕޫރު ޑޮލަރު ހަމަޖައްސަވައިދެއްވައިފި

3

މަންޓާ އެއަރގެ އެތެރޭގެ އުދުހުންތައް ހުއްޓާލައި، ހުރިހާ ޕައިލެޓުންނާއި ކެބިން ކްރޫއިން ވަޒީފާއިން ވަކިކޮށްފި

4

ބެންޣާޒީގައި ރަޝިއާގެ މަނަވަރަކަށް ދިން ހަމަލާގައި ލީބިޔާގެ ދެ ސިފައިން މަރުވެ، ބަދަލުހިފާނެ ކަމުގެ އިންޒާރު ދީފި

5

ރަސްމާލެ މަޝްރޫއާ ދެކޮޅަށް އެމްޑީޕީ އިން ބާއްވާ އެއްވުން: ސްޓެލްކޯ އިން ބުނީ ކަރަންޓު ފޯރުކޮށްނުދެވޭނެ ކަމަށް!

އިތުރަށް ކިޔާލަން

26 ނޮވެމްބަރު 2026

ރައްޔިތުން ކައިރީ ނާހާ ކުރާ ކަމެއް ކާމިޔާބު ނުވާނެ، ޖީއެމްއާރަށް އެއާޕޯޓު ކޮންޓްރެކްޓަށް ދިން އިރުގައި ނޭހުނީ ގޯހުން: ރައީސް ނަޝީދު

26 ނޮވެމްބަރު 2026
ރައްޔިތުން ކައިރީ ނާހާ ކުރާ ކަމެއް ކާމިޔާބު ނުވާނެ، ޖީއެމްއާރަށް އެއާޕޯޓު ކޮންޓްރެކްޓަށް ދިން އިރުގައި ނޭހުނީ ގޯހުން: ރައީސް ނަޝީދު
26 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއަކީ ބާތިލު މަޝްރޫއެއް، ވޯޓަކަށް އަހަންވީ ރައީސް މުއިއްޒު ވެރިކަމުގައި ބަހައްޓަން ފެނޭތޯ: ސައްލެ

26 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއަކީ ބާތިލު މަޝްރޫއެއް، ވޯޓަކަށް އަހަންވީ ރައީސް މުއިއްޒު ވެރިކަމުގައި ބަހައްޓަން ފެނޭތޯ: ސައްލެ
26 ނޮވެމްބަރު 2026

"އީގަލް ހިލްސް" އަށް ދޫކޮށްލަން ނިންމާފައިވާ 500 ހެކްޓަރުގެ ބަދަލުގައި މާފަންނު ކޮޅުގައި ހުރި ބިލްޑިންއެއް ވެސް ނަގަން ޖެހޭނެ: އައިކު

26 ނޮވެމްބަރު 2026
"އީގަލް ހިލްސް" އަށް ދޫކޮށްލަން ނިންމާފައިވާ 500 ހެކްޓަރުގެ ބަދަލުގައި މާފަންނު ކޮޅުގައި ހުރި ބިލްޑިންއެއް ވެސް ނަގަން ޖެހޭނެ: އައިކު
26 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅިގެން ރައީސް މުއިއްޒު ޖައްސަވަނީ 2 އިންތިހާބު އެއްކޮލަން ޖެއްސެވި ފަދަ ގޯސް ހިސާބެއް: ދޮންބިލެތް

26 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅިގެން ރައީސް މުއިއްޒު ޖައްސަވަނީ 2 އިންތިހާބު އެއްކޮލަން ޖެއްސެވި ފަދަ ގޯސް ހިސާބެއް: ދޮންބިލެތް
26 ނޮވެމްބަރު 2026

ރިއަލް އެސްޓޭޓް ބިލުގެ މަގުސަދަކީ ދިވެހިރާއްޖޭގެ ބިން ބޭރު މީހުންނަށް މިލްކުކުރެވޭނެ ގޮތެއް ނުވަތަ ވިއްކޭނެ ގޮތެއް ހޯދުން: ނިޝާން

26 ނޮވެމްބަރު 2026
ރިއަލް އެސްޓޭޓް ބިލުގެ މަގުސަދަކީ ދިވެހިރާއްޖޭގެ ބިން ބޭރު މީހުންނަށް މިލްކުކުރެވޭނެ ގޮތެއް ނުވަތަ ވިއްކޭނެ ގޮތެއް ހޯދުން: ނިޝާން
26 ނޮވެމްބަރު 2026

މާލީ ހާލަތު އޮތް ގޮތުން ރަސްމާލެއިން ދިވެހިންނަށް "ކުކުޅުހާ ނިދަން އަރާވަރުގެ ހާލިވެސް" މި ސަރުކާރަށް އަޅައިނުދެވޭނެ: މެންބަރު މައުރޫފް

26 ނޮވެމްބަރު 2026
މާލީ ހާލަތު އޮތް ގޮތުން ރަސްމާލެއިން ދިވެހިންނަށް "ކުކުޅުހާ ނިދަން އަރާވަރުގެ ހާލިވެސް" މި ސަރުކާރަށް އަޅައިނުދެވޭނެ: މެންބަރު މައުރޫފް
25 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ދެކޮޅަށް އެމްޑީޕީ އިން ބާއްވާ އެއްވުން: ސްޓެލްކޯ އިން ބުނީ ކަރަންޓު ފޯރުކޮށްނުދެވޭނެ ކަމަށް!

25 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ދެކޮޅަށް އެމްޑީޕީ އިން ބާއްވާ އެއްވުން: ސްޓެލްކޯ އިން ބުނީ ކަރަންޓު ފޯރުކޮށްނުދެވޭނެ ކަމަށް!
25 ނޮވެމްބަރު 2026

އިންތިޚާބު ކުރިއަށްދާއިރު ފުލުހުންގެ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ވަނީ ދީފައި: އެމްޑީޕީ

25 ނޮވެމްބަރު 2026
އިންތިޚާބު ކުރިއަށްދާއިރު ފުލުހުންގެ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ވަނީ ދީފައި: އެމްޑީޕީ
25 ނޮވެމްބަރު 2026

ރިއަލް އެސްޓޭޓް ބިލުގެ މަސައްކަތް ނުނިމޭތީ ރައީސް މުއިއްޒު ވިދާޅުވި ގޮތަށް މަޖިލީހުގެ ދައުރު ދަންމާލައިފި

25 ނޮވެމްބަރު 2026
ރިއަލް އެސްޓޭޓް ބިލުގެ މަސައްކަތް ނުނިމޭތީ ރައީސް މުއިއްޒު ވިދާޅުވި ގޮތަށް މަޖިލީހުގެ ދައުރު ދަންމާލައިފި
25 ނޮވެމްބަރު 2026

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ޕާޓީއަށް ވައްދަން މަޖުބޫރުކުރާނަމަ އަދަބުދެވޭ އިސްލާހެއް ހުށަހެޅީ އެކަން މިއަދު ބޮއްސުންލައިގެން ގޮސްފައިވާތީ: މީކާއީލް

25 ނޮވެމްބަރު 2026
ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ޕާޓީއަށް ވައްދަން މަޖުބޫރުކުރާނަމަ އަދަބުދެވޭ އިސްލާހެއް ހުށަހެޅީ އެކަން މިއަދު ބޮއްސުންލައިގެން ގޮސްފައިވާތީ: މީކާއީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް