Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުސިއްހީ ނިޒާމު

ސިއްހީ ހައްގުން ރައްޔިތުން މަހުރޫމު، ބޮޑުންނަށް ރައްޔިތުންގެ ފައިސާ!

28 ނޮވެމްބަރު 2026 | ހޮނިހިރު 08:34

ރާއްޖޭގެ ސިއްހީ ނިޒާމު ބޮއްސުންލައި، އާސަންދައިގެ ޚިދުމަތް ހޯދުމަށް އާންމު ރައްޔިތުން ބޮޑެތި ތަކުލީފުތަކެއް އުފުލަމުންދާ ދަނޑިވަޅެއްގައި، ވަކި ބޭފުޅެއްގެ ބޭސްފަރުވާއަށް ދައުލަތުން ބޮޑު ހޭދައެއް ކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައި. އަސާސީ ބޭހާއި ޓެސްޓުތައް ނުހެދި ރައްޔިތުން ސަލާންޖަހަން ޖެހިފައިވާއިރު، ދައުލަތުގެ ފައިސާ މިފަދަ ގޮތަކަށް ބޭނުންކުރުމަކީ ބޭއިންސާފެއް ކަމަށް ގިނަ ބަޔަކު ދެކޭ

އަމްނާ އިމާދު
އަމްނާ އިމާދު | 28 ނޮވެމްބަރު 2026 | ހޮނިހިރު 08:34
އިންސާނިއްޔަތަށްޓަކައި ކަމަށް ވިދާޅުވެ، އަލިވާގެ އިލްޔާސް އިބްރާހީމްގެ އޮޕަރޭޝަނަށް 150،000 ސިންގަޕޫރު ޑޮލަރު ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ހަމަޖައްސަވައިދެއްވާފައި

އިންސާނިއްޔަތަށްޓަކައި ކަމަށް ވިދާޅުވެ، އަލިވާގެ އިލްޔާސް އިބްރާހީމްގެ އޮޕަރޭޝަނަށް 150،000 ސިންގަޕޫރު ޑޮލަރު ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ހަމަޖައްސަވައިދެއްވާފައި | ސަން އޮންލައިން

ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ މ. އަލިވާގޭ އިލްޔާސް އިބްރާހީމްގެ އޮޕަރޭޝަނަށް ހަރަދުވާ 150000 ސިންގަޕޫރު ޑޮލަރު، ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ 10 ވަނަ މާއްދާގެ ދަށުން ހާއްސަ އިނާޔަތެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހަމަޖައްސަވަައި ދެއްވާފަ އެވެ. ސަރުކާރުން ބުނެފައިވަނީ މިއީ އެމަނިކުފާނު ދައުލަތަށް ކޮށްދެއްވި ގިނަ ޚިދުމަތްތަކަށާއި ސީރިއަސް ސިއްހީ ހާލަތަކަށް ރިއާޔަތްކޮށް އިންސާނިއްޔަތުކަމުގެ ގޮތުން ދިން އެހީއެއް ކަމަށެވެ.

ނަމަވެސް، ރައްޔިތުންގެ ފައިސާއިން މިހާ ބޮޑު އަދަދެއް ވަކި ބޭފުޅަކަށް ދެއްވަން ނިންމެވުމާ ގުޅިގެން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. ގައުމަށް ޚިދުމަތް ކުރައްވާ ބޭފުޅުންނަށް ވަޒީފާގައި އުޅުއްވާއިރު އެކަށީގެންވާ މުސާރައާއި ބޮޑެތި އިނާޔަތްތައް ދެމުންދާއިރު، ރިޓަޔަރ ކުރެއްވުމަށް ފަހުގައި ވެސް ދައުލަތުގެ ބަޖެޓުން ބޮޑެތި ހަރަދުތައް ދަނީ ކުރަމުންނެވެ. އާންމު ރައްޔިތުން ދެކޭގޮތުގައި ދައުލަތުގެ ފައިސާއަކީ ވަކި ބޭފުޅުންނަށް މިފަދަ ގޮތަކަށް ބަހާލަން އޮންނަ އެއްޗެއް ނޫނެވެ.

މި ކަންބޮޑުވުންތައް އިތުރަށް ގަދަވެގެންދަނީ މި ސަރުކާރު އައިފަހުން ރާއްޖޭގެ ސިއްހީ ނިޒާމު ދުވަހަކު ވެސް ދަށަށް ނުދާ މިންވަރަށް ވެއްޓިފައިވާތީ ކަމަށް ވެސް ބުނެވިދާނެ އެވެ. ކުރިން ފަސޭހަކަމާއެކު ލިބެމުންދިޔަ ބޭސް އާސަންދައިން ނުތިބޭތާގައި އަގުބޮޑުކޮށް ރާއްޖެއިން ގަންނަން ވެސް ނުލިބެ އެވެ.

ބޭސް ސިޓީއަށް ސަލާމްޖަހަން ޖެހިފައިވާއިރު، ބޭހުގެ ފެންވަރު ވަރަށް ބޮޑަށް ވަނީ ދަށަށް ގޮސްފަ އެވެ. ބޭހުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދޭނެ ކަމަށް ރައީސް މުއިއްޒުގެ އިތުރުން ސަރުކާރުގެ އިސް ބޭފުޅުން 2024 ވަނަ އަހަރުން ފެށިގެން އެކި ތާރީހުތައް ދެއްވި ނަމަވެސް، މިއަދާ ހަމައަށް ވެސް އެ މައްސަލައަށް އެއްވެސް ހައްލެއް ލިބިފައެއް ނުވެ އެވެ.

ހަމައެއާއެކު، އަތޮޅުތެރޭގެ ރަށްރަށުގެ ސިއްހީ މަރުކަޒުތަކުންނާއި ރީޖަނަލް ހޮސްޕިޓަލްތަކުން ކުރިން ހަދަމުންދިޔަ އެންމެ އާދައިގެ ލޭގެ ޓެސްޓާއި ހަކުރު ޓެސްޓު ވެސް ނުހެދޭ ކަމުގެ ޝަކުވާ ވަނީ އިންތިހާއަށް ބޮޑުވެފަ އެވެ. ހައްޖާއި އުމްރާގެ މަތިވެރި އަޅުކަމަށް ފުރަން ތައްޔާރުވާ މީހުންނަށް ޖަހަންޖެހޭ ވެކްސިން ވެސް ގައުމުން ލިބޭކަށް ނެތެވެ. މީގެ އިތުރުން ޚާއްސަ ޑޮކްޓަރަކަށް ދައްކަން އެޕޮއިންޓްމަންޓަކަށް އެދުމުން ތިން މަސް ނުވަތަ ހަތަރު މަސް ދުވަހުގެ ދިގު އިންތިޒާރެއް ކުރަންޖެހޭކަމީ ފެންނަން އޮތް ހަގީގަތެވެ. ގިނަ ފަހަރަށް ބަލި މީހާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދިން ނަމަވެސް، ޖެހިފައިވާ ބައްޔެއް ދެނެގަތުމަށް ސިއްހީ ނިޒާމު ވަނީ ނުކުޅެދިފަ އެވެ. މިއަދު ފެންނަނީ މުޅި ސިއްހީ ނިޒާމު އެއްކޮށް ފެއިލްވެ، ރައްޔިތުން ގޮތްހުސްވެފައިވާ މަންޒަރެއް ނޫންތޯ އެވެ. 

މީގެ އިތުރުން އާދައިގެ ރައްޔިތަކަށް އާސަންދަ ހަމަޖެހުމަކީ މިއަދު ބޮޑު ތަކުލީފަކަށް ވެފައިވާ ކަމެކެވެ. އެތައް އާދޭހަކަށް ފަހު އެހީއެއް ލިބުނަސް ލިބެނީ ރާއްޖެއާ އެންމެ ކައިރި އިންޑިއާގެ ކޮޗިން ނުވަތަ ޓްރިވެންޑްރަމް ފަދަ ތަނަކުން ފަރުވާ ހޯދުމަށެވެ. އެތައް ބަޔަކު އާސަންދަ ލިމިޓް ހަމަވެގެން ގޮތްހުސްވެ، ރާއްޖެއިން ބޭރަށް ގޮސް ހާލުގައި ޖެހި، އާންމު ރައްޔިތުންގެ ދީލަތި އެހީއަށް އެދި ސޯޝަލް މީޑިއާގައި ސަލާންޖެހުން މިއަދު ވަނީ އާއްމުވެފަ އެވެ. ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށް ފައިސާ ހޯދަން އެކި އިވެންޓްތައް ބާއްވަން ޖެހިފައިވާއިރު، ދިވެހި ރައްޔިތުންގެ ހެޔޮކަމުން އެފަދަ އެހީތައް ފޯރުކޮށްދެމުންދާ މަންޒަރު ކޮންމެ ދުވަހަކު ސޯޝަލް މީޑިއާއިން ދަނީ ފެންނަމުންނެވެ. 

އާންމު ރައްޔިތު މީހާ އަމިއްލަ ފުރާނަ ސަލާމަތްކުރަން ސިއްހީ ފަރުވާއަށް އެދި މިފަދަ ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހިފައިވާ ދަނޑިވަޅެއްގައި، ސިޔާސީ ބޭފުޅުންނަށާއި ސަރުކާރުން ބޭނުންވާ ވަކި ބޭފުޅަކަށް ދައުލަތުގެ ބަޖެޓުން މިހާ ބޮޑު ހޭދައެއް ކުރުމަކީ ރައްޔިތުންނަށް ކުރެވޭ ކޮންފަދަ ބޮޑު ބޭއިންސާފެއްތޯ އެވެ. ރައްޔިތުންގެ ފައިސާއިން ބޭސްފަރުވާ ކުރުމުގެ ހައްގު އެންމެ އިސްކަމެއްގެ ގޮތުގައި ލިބެންޖެހޭ އާންމު ރައްޔިތުން މަގުމަތިވެ، ސަލާންޖަހަން ދޫކޮށްލާފައި ވަކި ބަޔަކަށް އިސްކަންދިނުމަކީ ރައްޔިތުންނަށް އެންމެ ހައްގު މިންވަރުތޯ އެވެ.

އިލްޔާސް އިބްރާހީމްޑރ. މުހައްމަދު މުއިއްޒުސިންގަޕޫރުޞިއްޙީ ނިޒާމުދައުލަތުގެ ބަޖެޓް

އެންމެ ހިނގާ

1

އިންސާނިއްޔަތަށްޓަކައި ކަމަށް ވިދާޅުވެ، އަލިވާގެ އިލްޔާސް އިބްރާހީމްގެ އޮޕަރޭޝަނަށް 150،000 ސިންގަޕޫރު ޑޮލަރު ހަމަޖައްސަވައިދެއްވައިފި

2

މަންޓާ އެއަރގެ އެތެރޭގެ އުދުހުންތައް ހުއްޓާލައި، ހުރިހާ ޕައިލެޓުންނާއި ކެބިން ކްރޫއިން ވަޒީފާއިން ވަކިކޮށްފި

3

ރަސްމާލެ މަޝްރޫއާ ދެކޮޅަށް އެމްޑީޕީ އިން ބާއްވާ އެއްވުން: ސްޓެލްކޯ އިން ބުނީ ކަރަންޓު ފޯރުކޮށްނުދެވޭނެ ކަމަށް!

4

ސޯޝަލް މީޑިއާ މަނާކުރަން އުޅެނީ ހީލަތްތެރި ވިސްނުމަކުން؟

5

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ނަތީޖާއާއެކު ޕާޓީ އެއް ރޫހެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ބޮޑުވެގެން ދާނެ: ފައްޔާޒް

އިތުރަށް ކިޔާލަން

26 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅިގެން ރައީސް މުއިއްޒު ޖައްސަވަނީ 2 އިންތިހާބު އެއްކޮލަން ޖެއްސެވި ފަދަ ގޯސް ހިސާބެއް: ދޮންބިލެތް

26 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅިގެން ރައީސް މުއިއްޒު ޖައްސަވަނީ 2 އިންތިހާބު އެއްކޮލަން ޖެއްސެވި ފަދަ ގޯސް ހިސާބެއް: ދޮންބިލެތް
26 ނޮވެމްބަރު 2026

އިންސާނިއްޔަތަށްޓަކައި ކަމަށް ވިދާޅުވެ، އަލިވާގެ އިލްޔާސް އިބްރާހީމްގެ އޮޕަރޭޝަނަށް 150،000 ސިންގަޕޫރު ޑޮލަރު ހަމަޖައްސަވައިދެއްވައިފި

26 ނޮވެމްބަރު 2026
އިންސާނިއްޔަތަށްޓަކައި ކަމަށް ވިދާޅުވެ، އަލިވާގެ އިލްޔާސް އިބްރާހީމްގެ އޮޕަރޭޝަނަށް 150،000 ސިންގަޕޫރު ޑޮލަރު ހަމަޖައްސަވައިދެއްވައިފި
25 ނޮވެމްބަރު 2026

"ބޮޑުހިލަ އެބަ ގެންނަން": 2024 އިން 2026 އަށް ބަދަލުނުވި މި ސަރުކާރުގެ ހަމައެކަނި ޖުމްލަ!

25 ނޮވެމްބަރު 2026
"ބޮޑުހިލަ އެބަ ގެންނަން": 2024 އިން 2026 އަށް ބަދަލުނުވި މި ސަރުކާރުގެ ހަމައެކަނި ޖުމްލަ!
24 ނޮވެމްބަރު 2026

ރައީސް މުއިއްޒު ގެންދަވަނީ ޕާކިންގ ޒޯނުތައް ބަހާލި ގޮތަށް މުޅި ޤައުމު ބަހައި، ފޮތިކޮށް ވިއްކަމުން: އާޒިމް

24 ނޮވެމްބަރު 2026
ރައީސް މުއިއްޒު ގެންދަވަނީ ޕާކިންގ ޒޯނުތައް ބަހާލި ގޮތަށް މުޅި ޤައުމު ބަހައި، ފޮތިކޮށް ވިއްކަމުން: އާޒިމް
24 ނޮވެމްބަރު 2026

އަންނަ އަހަރުގެ ބަޖެޓުގެ ދަރަނި ފޫބެއްދުމަށް ގިނަ އަދަދަކަށް ދަރަންޏަށް ފައިސާ ހޯދަން ހުށަހަޅައިފި

24 ނޮވެމްބަރު 2026
އަންނަ އަހަރުގެ ބަޖެޓުގެ ދަރަނި ފޫބެއްދުމަށް ގިނަ އަދަދަކަށް ދަރަންޏަށް ފައިސާ ހޯދަން ހުށަހަޅައިފި
23 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއުގެ މަސައްކަތްތައް ލަސްވަމުންދާ ކަމަށް ބުނެ އީގަލް ހިލްސް ކުންފުނިން ކަންބޮޑުވުން ފާޅުކޮށް، ސަރުކާރު ބޮޑު ޕްރެޝަރަކަށް ވައްޓާލައިފި!

23 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއުގެ މަސައްކަތްތައް ލަސްވަމުންދާ ކަމަށް ބުނެ އީގަލް ހިލްސް ކުންފުނިން ކަންބޮޑުވުން ފާޅުކޮށް، ސަރުކާރު ބޮޑު ޕްރެޝަރަކަށް ވައްޓާލައިފި!
23 ނޮވެމްބަރު 2026

ރައްޔިތުންގެ މަޖިލީހަކީ މިހާރު ގާނޫނުއަސާސީގެ އެއްވެސް މާއްދާއަކަށް ނުވަތަ ގާނޫނަކަށް އިހުތިރާމްކުރާ ތަނެއް ނޫން: މެންބަރު މީކާއީލް

23 ނޮވެމްބަރު 2026
ރައްޔިތުންގެ މަޖިލީހަކީ މިހާރު ގާނޫނުއަސާސީގެ އެއްވެސް މާއްދާއަކަށް ނުވަތަ ގާނޫނަކަށް އިހުތިރާމްކުރާ ތަނެއް ނޫން: މެންބަރު މީކާއީލް
23 ނޮވެމްބަރު 2026

ރައީސް މުއިއްޒުގެ މިސަރުކާރު ހިންގަނީ ރައްޔިތުންގެ ލުއި ލޯނުން: މެންބަރު ޣަފޫރު

23 ނޮވެމްބަރު 2026
ރައީސް މުއިއްޒުގެ މިސަރުކާރު ހިންގަނީ ރައްޔިތުންގެ ލުއި ލޯނުން: މެންބަރު ޣަފޫރު
23 ނޮވެމްބަރު 2026

ފިނޭންސް މިނިސްޓަރު ހުށަހެޅުއްވި ގޮތަށް ނޫނީ ބަޖެޓު ފާސްކުރުމުގެ ވިސްނުމެއް ޕީއެންސީ މެންބަރުންގެ ނެތް: ނާޒިލް

23 ނޮވެމްބަރު 2026
ފިނޭންސް މިނިސްޓަރު ހުށަހެޅުއްވި ގޮތަށް ނޫނީ ބަޖެޓު ފާސްކުރުމުގެ ވިސްނުމެއް ޕީއެންސީ މެންބަރުންގެ ނެތް: ނާޒިލް
22 ނޮވެމްބަރު 2026

ސަރުކާރަށް ތިން އަހަރުން މުއިއްޒުގެ ހަގީގަތް

22 ނޮވެމްބަރު 2026
ސަރުކާރަށް ތިން އަހަރުން މުއިއްޒުގެ ހަގީގަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް