Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

ރަސްމާލެ މަޝްރޫއަކީ ބާތިލު މަޝްރޫއެއް، ވޯޓަކަށް އަހަންވީ ރައީސް މުއިއްޒު ވެރިކަމުގައި ބަހައްޓަން ފެނޭތޯ: ސައްލެ

26 ނޮވެމްބަރު 2026 | ބުރާސްފަތި 17:47

ރަސްމާލެ މަޝްރޫއަކީ ގާނޫނާ ހިލާފަށް ބޭރުގެ ބަޔަކަށް ރާއްޖޭގެ ބިން ދިނުމަށް ހިންގާ ބާތިލު މަޝްރޫއެއް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ސަލީމް އެކަން ކުށްވެރިކުރައްވައިފި. ގައުމުގެ މިނިވަންކަމާއި އިގްތިސާދަށް ގެއްލުންވާ މިފަދަ ކަންކަމަށް އެމްޑީޕީން ޖާގަ ނުދޭނެ ކަމަށާއި، މި މަޝްރޫއާ މެދު ރައްޔިތުންގެ އެއްވެސް ރުހުމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 26 ނޮވެމްބަރު 2026 | ބުރާސްފަތި 17:47
ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމް އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވާހަކަ ދައްކަވަނީ

ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމް އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވާހަކަ ދައްކަވަނީ | އިބްރާހިމް ޝާބިލް

ރަސްމާލެ މަޝްރޫއަކީ ބާތިލު މަޝްރޫއެއް ކަމަށާއި ބާތިލު މަޝްރޫއެއްގެ ހެޔޮ ގޮތް އަހާކަށް ރައްޔިތުންގެ ގާތަށް ދާކަށް ނުޖެހޭނެ ކަމަށް އަދި ރެފެރެންޑްރަމްއަކަށް ދާންވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގައި ބަހައްޓަން ފެނޭތޯ ބެލުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ "އަހާބަލަ" ނަމުގައި އެމްޑީޕީން އާޓިފިޝަލް ބީޗުގައި ބޭއްވި އެއްވުމުގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ ރައީސް މުއިއްޒުއަކަށް ވެސް އަދި މިގައުމުގެ އެހެން ވެރިއަކަށް ވެސް ދިވެހިރާއްޖޭއިން އެންމެ ވެލިފުކެއްގެ މިންވަރު ވެސް ބޭރުގެ ބަޔަކަށް ނުދެވޭނެ ކަމަށެވެ. އަދި ދިވެހި ރައްޔިތުން އެކަމަށް ޖާގައެއް ވެސް ނުދޭނެ ކަމަށް ސަލީމް ވިދާޅުވި އެވެ. 

Advertisement - newsAdvertisement

ދިވެހި ރައްޔިތުންނަކީ ގައުމު ދެކެ ނުހަނު ލޯބިވާ، އެމީހުންގެ ދިވެހިވަންތަ ކަމަށް ނުހަނު އިހުތިރާމް ކުރާ އަދި ގައުމުގެ އިއްޒަތާއި ޝަރަފަށްޓަކައި ވަރަށް ބޮޑެތި ގުރުބާނީ ވެފައި ތިބި ބައެއްކަން ފާހަގަކުރައްވާ ސަލީމް ވިދާޅުވީ، ދުނިޔޭގެ އުޑެއް ބުޑެއް ނުދަންނަ ބަޔަކު ގައުމެއްގެ ވެރިކަމާއި ހަވާލުވީމަ ވާނެ ހައެތި މިހާރު ވަމުންދާ ކަމަށެވެ. 

20 ބިލިއަން ޑޮލަރު އަގުކޮށްފައި ގައުމީ އެއްބައިވަންތަކަން ވިއްކާލަން މީހެއްގެ ހިޔާލަށް ވެސް އަންނަނީ އިގްތިސާދަކީ ކޯއްޗެއް ކަމާއި ގައުމީ ވަންތަކަމަކީ ކޯއްޗެއްކަން ނޭނގޭތީ ކަމަށް ސަލީމް ވިދާޅުވި އެވެ. ހަމައެއާއެކު، ބިލިއަން ޑޮލަރަކުން އަދި ޓްރިލިއަން ޑޮލަރުން ވެސް ގައުމީވަންތަކަން ވިއްކާ ވެސް އަދި އަގެއް ވެސް ނުކުރެވޭނެ ކަމަށް ސަލީމް ވިދާޅުވި އެވެ. އަދި ގައުމުގެ ވެރިން ވެސް އަދި ޕާޓީ ވެސް ދެމި އޮންނާނީ ގައުމު އޮވެގެން ކަމަށާއި އިގުތިސާދު ވެސް ބޭއްވޭނީ ގައުމު ދެމިއޮވެގެން ކަމަށް ސަލީމް ވިދާޅުވި އެވެ. 

އެހެންވީމާ ވަރަށް ސާފުކޮށް އަޅުގަނޑުމެން މިދަންނަވަނީ ދިވެހި ރައްޔިތުންގެ ޝުއޫރުހުރި ގޮތް އަޅުގަނޑުމެންނަށް އޮޅިފައި އެއް ނެތޭ. މި މަޝްރޫއާ މެދުގައި ރުހޭ ހަމަ އެއްވެސް ދިވެހި ރައްޔިތެއް ނެތް، އަޅުގަނޑުމެން އަހަންޏާ އަހަންވީ ހަމަ އެންމެ ސުވާލެއް. މީނާ ވެރިކަމުގައި ބަހައްޓަން އެންމެ ދުވަހަކަށް ވެސް ފެނޭތޯ ނުވަތަ ނޫންތޯ. އެނޫން އިތުރު ސުވާލަކަށް ދިވެހި ރައްޔިތުންގެ ގާތަކަށް ނުޖެހޭ. ބާތިލް މަޝްރޫއެއްގެ ހެޔޮ ގޮތް ރަނގަޅު ގޮތް އަހާކަށް ރައްޔިތުންގެ ގާތަކަށް ދާކަށް ނުޖެހޭ. އަޅުގަނޑުމެން ބުނަންވާ އެއްޗެއް ވަރަށް ސާފުކޮށް ބުނަން ކުރަން ޖެހޭނެ
އަހުމަދު ސަލީމް (ސައްލެ)

މީގެއިތުރުން ރަސްމާލެ މަޝްރޫއަކީ ގާނޫނާއި ގަވާއިދާ ހިލާފަށް އެވޯޑުކޮށްފައިވާ ބާތިލު މަޝްރޫއެއް ކަމަށް ސަލީމް ވިދާޅުވި އެވެ. އަދި ރަސްމާލެ މަޝްރޫއަކީ ސާފުކޮށް ދިވެހި ބިމުން އެހެން ބަޔަކަށް ބައެއް ދިނުން ނޫން އެހެން ކަމެއް މާނަކުރެވޭ މަޝްރޫއެއް ނޫން ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ. 

ގައުމަށް ހިޔާނާތްތެރި މިވަނީ ގައުމު ކޮންކަމެއް ނުކޮށްދީގެންތޯ އާއި ދިވެހިރާއްޖޭގެ ވެރިންނަށް ނުދެނީ ކޯއްޗެއްތޯ އަދި ވެރިން ބަދަލުގައި އިސްކުރަނީ ހިޔާނަތްތޯ ސުވާލު އުފައްދަވާ ސަލީމް ވިދާޅުވީ ރަސްމާލެ މަޝްރޫއަށް އެމްޑީޕީން އާއެކޭ ބުނެވޭނެ އެއްވެސް ހުއްޖަތެއް ނެތް ކަމަށެވެ. 

އަޅުގަނޑުމެންނަކީ ކޮރަޕްޝަންއާ ދެކޮޅަށް ނުކުތް މީހުން، އަޅުގަނޑުމެންނަކީ ހިޔާނާތައް ނޫނެކޭ ބުނަން ނުކުތް މީހުން، އަޅުގަނޑުމެންނަކީ އިންސާފާއި ހަމަހަމަކަމަށް ނުކުތް މީހުން، ދެން މި މަޝްރޫއުއަށް އޯކޭ ބެނުވޭނެ ގޮތަކީ އޯކޭ ބުނެވޭނެ ގޮތަކީ ކޮބައިތޯ
އަޙުމަދު ސަލީމް (ސައްލެ)

މީގެ އިތުރުން، ދިވެހިރާއްޖެއަށް ލިބިފައިވާ އެންމެ ބޮޑު ނިއުމަތަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށް ވުމާއި، އެއް ބަހަކުން ވާހަކަދައްކާ އެއް ބައެއްގެ ގޮތުގައި އޮތުން ކަމަށާއި، މި ބޮޑު ނިއުމަތް ހަލާކު ކޮށްލަން ޖާގައެއް ނުދޭނެ ކަމަށް ސަލީމް ވިދާޅުވި އެވެ. އަދި ދިވެހިރާއްޖޭގެ މިނިވަންކަން ވިއްކާލާފައި ހޯދާނެ 5000 ފްލެޓެއް އަދި ވަޒީފާތަކެއް ނުހުންނާނެ ކަމަށް ސަލީމް ވިދާޅުވި އެވެ. 

ސަލީމް ވިދާޅުވީ، ބިން ބަޔަކަށް ނުދީ އަދި މިނިވަންކަމަށް ބުރޫނާރުވާ ފްލެޓް އަޅާނެ ގޮތާއި ވަޒީފާ އުފައްދާނެ ގޮތާއި އިގުތިސާދު ކުރިއަރުވާނެ ގޮތް އެމްޑީޕީން ދައްކާފައި ވާނެ ކަމަށެވެ.  

އެމްޑީޕީއަހުމަދު ސަލީމްރަސްމާލެ

އެންމެ ހިނގާ

1

ސްޓޭޓް މިނިސްޓަރު ނާޒިމްގެ ތުހުމަތުތަކާއި ގުޅިގެން އިންޑިއާގެ ޚާރިޖީ ވުޒާރާގެ ސިޓީއެއް ދިވެހި ސަރުކާރަށް!

2

އިންސާނިއްޔަތަށްޓަކައި ކަމަށް ވިދާޅުވެ، އަލިވާގެ އިލްޔާސް އިބްރާހީމްގެ އޮޕަރޭޝަނަށް 150،000 ސިންގަޕޫރު ޑޮލަރު ހަމަޖައްސަވައިދެއްވައިފި

3

މަންޓާ އެއަރގެ އެތެރޭގެ އުދުހުންތައް ހުއްޓާލައި، ހުރިހާ ޕައިލެޓުންނާއި ކެބިން ކްރޫއިން ވަޒީފާއިން ވަކިކޮށްފި

4

ބެންޣާޒީގައި ރަޝިއާގެ މަނަވަރަކަށް ދިން ހަމަލާގައި ލީބިޔާގެ ދެ ސިފައިން މަރުވެ، ބަދަލުހިފާނެ ކަމުގެ އިންޒާރު ދީފި

5

ރަސްމާލެ މަޝްރޫއާ ދެކޮޅަށް އެމްޑީޕީ އިން ބާއްވާ އެއްވުން: ސްޓެލްކޯ އިން ބުނީ ކަރަންޓު ފޯރުކޮށްނުދެވޭނެ ކަމަށް!

އިތުރަށް ކިޔާލަން

26 ނޮވެމްބަރު 2026

"އީގަލް ހިލްސް" އަށް ދޫކޮށްލަން ނިންމާފައިވާ 500 ހެކްޓަރުގެ ބަދަލުގައި މާފަންނު ކޮޅުގައި ހުރި ބިލްޑިންއެއް ވެސް ނަގަން ޖެހޭނެ: އައިކު

26 ނޮވެމްބަރު 2026
"އީގަލް ހިލްސް" އަށް ދޫކޮށްލަން ނިންމާފައިވާ 500 ހެކްޓަރުގެ ބަދަލުގައި މާފަންނު ކޮޅުގައި ހުރި ބިލްޑިންއެއް ވެސް ނަގަން ޖެހޭނެ: އައިކު
26 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅިގެން ރައީސް މުއިއްޒު ޖައްސަވަނީ 2 އިންތިހާބު އެއްކޮލަން ޖެއްސެވި ފަދަ ގޯސް ހިސާބެއް: ދޮންބިލެތް

26 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅިގެން ރައީސް މުއިއްޒު ޖައްސަވަނީ 2 އިންތިހާބު އެއްކޮލަން ޖެއްސެވި ފަދަ ގޯސް ހިސާބެއް: ދޮންބިލެތް
26 ނޮވެމްބަރު 2026

ރިއަލް އެސްޓޭޓް ބިލުގެ މަގުސަދަކީ ދިވެހިރާއްޖޭގެ ބިން ބޭރު މީހުންނަށް މިލްކުކުރެވޭނެ ގޮތެއް ނުވަތަ ވިއްކޭނެ ގޮތެއް ހޯދުން: ނިޝާން

26 ނޮވެމްބަރު 2026
ރިއަލް އެސްޓޭޓް ބިލުގެ މަގުސަދަކީ ދިވެހިރާއްޖޭގެ ބިން ބޭރު މީހުންނަށް މިލްކުކުރެވޭނެ ގޮތެއް ނުވަތަ ވިއްކޭނެ ގޮތެއް ހޯދުން: ނިޝާން
26 ނޮވެމްބަރު 2026

މާލީ ހާލަތު އޮތް ގޮތުން ރަސްމާލެއިން ދިވެހިންނަށް "ކުކުޅުހާ ނިދަން އަރާވަރުގެ ހާލިވެސް" މި ސަރުކާރަށް އަޅައިނުދެވޭނެ: މެންބަރު މައުރޫފް

26 ނޮވެމްބަރު 2026
މާލީ ހާލަތު އޮތް ގޮތުން ރަސްމާލެއިން ދިވެހިންނަށް "ކުކުޅުހާ ނިދަން އަރާވަރުގެ ހާލިވެސް" މި ސަރުކާރަށް އަޅައިނުދެވޭނެ: މެންބަރު މައުރޫފް
25 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ދެކޮޅަށް އެމްޑީޕީ އިން ބާއްވާ އެއްވުން: ސްޓެލްކޯ އިން ބުނީ ކަރަންޓު ފޯރުކޮށްނުދެވޭނެ ކަމަށް!

25 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ދެކޮޅަށް އެމްޑީޕީ އިން ބާއްވާ އެއްވުން: ސްޓެލްކޯ އިން ބުނީ ކަރަންޓު ފޯރުކޮށްނުދެވޭނެ ކަމަށް!
25 ނޮވެމްބަރު 2026

އިންތިޚާބު ކުރިއަށްދާއިރު ފުލުހުންގެ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ވަނީ ދީފައި: އެމްޑީޕީ

25 ނޮވެމްބަރު 2026
އިންތިޚާބު ކުރިއަށްދާއިރު ފުލުހުންގެ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ވަނީ ދީފައި: އެމްޑީޕީ
25 ނޮވެމްބަރު 2026

ރިއަލް އެސްޓޭޓް ބިލުގެ މަސައްކަތް ނުނިމޭތީ ރައީސް މުއިއްޒު ވިދާޅުވި ގޮތަށް މަޖިލީހުގެ ދައުރު ދަންމާލައިފި

25 ނޮވެމްބަރު 2026
ރިއަލް އެސްޓޭޓް ބިލުގެ މަސައްކަތް ނުނިމޭތީ ރައީސް މުއިއްޒު ވިދާޅުވި ގޮތަށް މަޖިލީހުގެ ދައުރު ދަންމާލައިފި
24 ނޮވެމްބަރު 2026

ސްޓޭޓް މިނިސްޓަރު ނާޒިމްގެ ތުހުމަތުތަކާއި ގުޅިގެން އިންޑިއާގެ ޚާރިޖީ ވުޒާރާގެ ސިޓީއެއް ދިވެހި ސަރުކާރަށް!

24 ނޮވެމްބަރު 2026
ސްޓޭޓް މިނިސްޓަރު ނާޒިމްގެ ތުހުމަތުތަކާއި ގުޅިގެން އިންޑިއާގެ ޚާރިޖީ ވުޒާރާގެ ސިޓީއެއް ދިވެހި ސަރުކާރަށް!
24 ނޮވެމްބަރު 2026

ރަސްމާލެ އީގަލް ހިލްސްއަށް ދިނުމުގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެދި ހުށަހެޅި މައްސަލައިގެ ކޮމިޓީ ކެންސަލްކޮށްފި

24 ނޮވެމްބަރު 2026
ރަސްމާލެ އީގަލް ހިލްސްއަށް ދިނުމުގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެދި ހުށަހެޅި މައްސަލައިގެ ކޮމިޓީ ކެންސަލްކޮށްފި
24 ނޮވެމްބަރު 2026

އަލައްބާރު ވިދާޅުވާ ބްރަދަރ އަބްދުﷲ އަކީ މިނިސްޓަރު މުއްތަލިބުތޯ ސުވާލުކުރުމުން މުއްތަލިބު ޖަވާބު ނުދެއްވި!

24 ނޮވެމްބަރު 2026
އަލައްބާރު ވިދާޅުވާ ބްރަދަރ އަބްދުﷲ އަކީ މިނިސްޓަރު މުއްތަލިބުތޯ ސުވާލުކުރުމުން މުއްތަލިބު ޖަވާބު ނުދެއްވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް