Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއީގަލް ހިލްސް

އީގަލް ހިލްސް ކުންފުނީގެ ހިއްސާދާރުންނަކީ ކޮން ބައެއްކަން ނޭނގޭއިރު، އެކަން ބެލޭނެ ގޮތެއް ވެސް ނެތް: ގާނޫނީ ވަކީލު ހަމްޒާ

28 ނޮވެމްބަރު 2026 | ހޮނިހިރު 07:20

ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ބިލުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ނިޒާމަށާއި ފަތުރުވެރިކަމަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް ގާނޫނީ ވަކީލު ހަމްޒާ ވިދާޅުވި. އަދި އެކަށީގެންވާ ދިރާސާއެއް ނެތި މިފަދަ ބޮޑު ބަދަލެއް ގެންނައިރު ރައްޔިތުންގެ ބަހެއް ނުހޯދުމަކީ ގާނޫނުއަސާސީގެ އަސާސްތަކާ ތައާރުޒުވާ ކަމެއްކަން އޭނާ ފާހަގަކުރެއްވި

އަމްނާ އިމާދު
އަމްނާ އިމާދު | 28 ނޮވެމްބަރު 2026 | ހޮނިހިރު 07:20
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ގާނޫނީ ވަކީލު ހަމްޒާ ހަލީލު ވާހަކަ ދައްކަވަނީ

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ގާނޫނީ ވަކީލު ހަމްޒާ ހަލީލު ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ރަސްމާލެ މަޝްރޫއުގެ ބޮޑު ސަރަހައްދެއް 99 އަހަރަށް ބޭރުގެ ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސްއަށް ދޭ މައްސަލައިގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރިއިރު، އެ ކުންފުނީގެ ހިއްސާދާރުންނަކީ ކޮބައިކަން ސާފުނުވާ ކަމަށާއި، މީގެ ސަބަބުން ދިވެހި ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުވާނެ ކަމަށް ގާނޫނީ ވަކީލު ހަމްޒާ ހަލީލު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ހަމްޒާ ވިދާޅުވީ، ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ބިލަކީ މުޅި ރާއްޖޭގެ އިގްތިސާދީ ނިޒާމު އެފުށްމިފުށަށް ޖަހައިލާނެ ބިލެއް ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން، ރަސްމާލެއަކީ ރާއްޖޭގެ މައިގަނޑު ވިޔަފާރި ހިނގާ ތަނަށް ބަދަލުވެގެންދާއިރު، ރާއްޖޭގެ ކުދި ރިސޯޓުތައް ބިކަވެ އެތަންތަނުގެ އަގުވެއްޓިގެންދާނެ ކަމަށާއި، އޭގެ ސަބަބުން ދިވެހިންގެ އެތައް ވަޒީފާއެއް ގެއްލި ދިވެހި ވިޔަފާރިތަކަށް އިޔާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

އެ ކުންފުނީގެ މިހާރު އެ އަންނަން އުޅުއްވާ ކުންފުނީގެ ޝެއަރ ހޯލްޑަރސްއަކީ ސާފުވާ އެއްޗެއް ނޫން އިނގޭތޯ. އެ ކުންފުނީގެ ޝެއަރ ހޯލްޑާސް ތިބި ކޮންކަމެއް، ކޮންބައެއްކަމެއް ނޭނގޭ. އަޅުގަނޑުމެންނަށް އެ ބެލޭނެ ގޮތެއްވެސް ނެތް. އަޅުގަނޑުމެން މިހާރު ލިޔެފިން އެނގޭތޯ، ކުންފުނި ރަޖިސްޓްރީކޮށްފައިވާ ގައުމަށް ލިޔެގެން މައުލޫމާތު ސާފުކުރަން. އެކަމަކު އަޅުގަނޑުމެންނަށް އެނގިފައި އޮތް ގޮތުގައި ރިޕޯޓަރުން ފޮނުއްވައިގެން ވެސް އެ މައުލޫމާތެއް ނުލިބޭ. ނުލިބޭ. އެހެންވީމާ މި ދަންނަވަނީ ބިރުވެރިކަން ވަރަށް ބޮޑެތި. އެ އަންނަނީ ކޮންބައެއްކަން ވެސް ސާފެއް ނުވޭ. އަޅުގަނޑަކަށް ޔަގީނެއް ނޫން ދައުލަތުގެ ސަރުކާރުގައި ތިއްބެވި ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާހެންނޭ
 ގާނޫނީ ވަކީލު ހަމްޒާ ހަލީލު

ހަމްޒާ ވިދާޅުވީ، ދައުލަތުން މިވަރުގެ ބޮޑު ނިންމުމެއް ނިންމައި މިފަދަ ބިލެއް އެކުލަވައިލިއިރު އެއްވެސް ދިރާސާއެއް އަދި ތަހުލީލެއް ކޮށްފައިނުވާ ކަމަށާއި، މީގެ ފަހަތުގައި ސިއްރު ފޮރުވުމުގެ ގިނަ ކަންތައްތަކެއް އެކުލެވިގެންވާ ކަމަށެވެ. އަދި މި ބިލުގެ ކަންކަން ކުރިއަށް ގެންދަވަނީ ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބާރުތަކުގެ ދަށުން އެޓާނީ ޖެނެރަލް އަންގަވައިގެންކަން ފާހަގަކުރައްވައި ހަމްޒާ ވިދާޅުވީ، ރާއްޖޭގެ އިންވެސްޓްމަންޓްތަކަށް މިފަދަ ބޮޑު ބަދަލެއް ގެންނައިރު ރައްޔިތުންގެ ބަހެއް ނުހޯދުމަކީ އެންމެ ބޮޑު ގޯސް ކަމަށެވެ. 

މީގެ އިތުރުން ހަމްޒާ ވިދާޅުވީ، ގާނޫނާއި ގާނޫނުއަސާސީ ހެދިފައިވަނީ ރައްޔިތުންނަށް މަސައްކަތްކޮށް ފައިދާ ހޯދައިދިނުމަށް ކަމަށާއި، ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށެވެ.

އެހެންކަމުން ރައްޔިތުންގެ މަތިން ހަނދާން ނައްތާލައި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ބެލުމެއްނެތި މިފަދަ ގާނޫނެއް ފާސްކުރުމަކީ ގާނޫނުއަސާސީގެ އަސާސްތަކާ ސީދާ ތައާރުޒުވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ހަމްޒާ ހަލީލުރިއަލް އެސްޓޭޓް ޤާނޫނުރަސްމާލެ

އެންމެ ހިނގާ

1

އިންސާނިއްޔަތަށްޓަކައި ކަމަށް ވިދާޅުވެ، އަލިވާގެ އިލްޔާސް އިބްރާހީމްގެ އޮޕަރޭޝަނަށް 150،000 ސިންގަޕޫރު ޑޮލަރު ހަމަޖައްސަވައިދެއްވައިފި

2

މަންޓާ އެއަރގެ އެތެރޭގެ އުދުހުންތައް ހުއްޓާލައި، ހުރިހާ ޕައިލެޓުންނާއި ކެބިން ކްރޫއިން ވަޒީފާއިން ވަކިކޮށްފި

3

ރަސްމާލެ މަޝްރޫއާ ދެކޮޅަށް އެމްޑީޕީ އިން ބާއްވާ އެއްވުން: ސްޓެލްކޯ އިން ބުނީ ކަރަންޓު ފޯރުކޮށްނުދެވޭނެ ކަމަށް!

4

ސޯޝަލް މީޑިއާ މަނާކުރަން އުޅެނީ ހީލަތްތެރި ވިސްނުމަކުން؟

5

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ނަތީޖާއާއެކު ޕާޓީ އެއް ރޫހެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ބޮޑުވެގެން ދާނެ: ފައްޔާޒް

އިތުރަށް ކިޔާލަން

27 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއު ފަދަ ބޮޑު މަޝްރޫއަކަށް ދާއިރު މިހާރުން މިހާރަށް ވެސް ދިވެހިންނަށް ލިބޭ މަންފާއެއް ފެންނަން އޮންނަން ޖެހޭނެ: އީވާ

27 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއު ފަދަ ބޮޑު މަޝްރޫއަކަށް ދާއިރު މިހާރުން މިހާރަށް ވެސް ދިވެހިންނަށް ލިބޭ މަންފާއެއް ފެންނަން އޮންނަން ޖެހޭނެ: އީވާ
27 ނޮވެމްބަރު 2026

ރާއްޖޭގެ ބިމަކީ ހަމައެކަނި ރައީސް މުއިއްޒުގެ ބިމެއް ނޫން، ބިމަށް ވާންވީ ގޮތް ނިންމޭނީ ރައްޔިތުންނަށް: މާރިޔާ

27 ނޮވެމްބަރު 2026
ރާއްޖޭގެ ބިމަކީ ހަމައެކަނި ރައީސް މުއިއްޒުގެ ބިމެއް ނޫން، ބިމަށް ވާންވީ ގޮތް ނިންމޭނީ ރައްޔިތުންނަށް: މާރިޔާ
27 ނޮވެމްބަރު 2026

ބޭހަށާއި ޑޮލަރަށް ޖެހިފައިވާ ދަނޑިވަޅެއްގައި، ކަނޑަށް ޑޮލަރު އޮއްސައިގެން ހިއްކި ރަސްމާލޭގެ ހައްގު އަގު ދިވެހިންނަށް ލިބެންޖެހޭ: މެންބަރު މީކާއީލް

27 ނޮވެމްބަރު 2026
ބޭހަށާއި ޑޮލަރަށް ޖެހިފައިވާ ދަނޑިވަޅެއްގައި، ކަނޑަށް ޑޮލަރު އޮއްސައިގެން ހިއްކި ރަސްމާލޭގެ ހައްގު އަގު ދިވެހިންނަށް ލިބެންޖެހޭ: މެންބަރު މީކާއީލް
26 ނޮވެމްބަރު 2026

ރައްޔިތުން ކައިރީ ނާހާ ކުރާ ކަމެއް ކާމިޔާބު ނުވާނެ، ޖީއެމްއާރަށް އެއާޕޯޓު ކޮންޓްރެކްޓަށް ދިން އިރުގައި ނޭހުނީ ގޯހުން: ރައީސް ނަޝީދު

26 ނޮވެމްބަރު 2026
ރައްޔިތުން ކައިރީ ނާހާ ކުރާ ކަމެއް ކާމިޔާބު ނުވާނެ، ޖީއެމްއާރަށް އެއާޕޯޓު ކޮންޓްރެކްޓަށް ދިން އިރުގައި ނޭހުނީ ގޯހުން: ރައީސް ނަޝީދު
26 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއަކީ ބާތިލު މަޝްރޫއެއް، ވޯޓަކަށް އަހަންވީ ރައީސް މުއިއްޒު ވެރިކަމުގައި ބަހައްޓަން ފެނޭތޯ: ސައްލެ

26 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއަކީ ބާތިލު މަޝްރޫއެއް، ވޯޓަކަށް އަހަންވީ ރައީސް މުއިއްޒު ވެރިކަމުގައި ބަހައްޓަން ފެނޭތޯ: ސައްލެ
26 ނޮވެމްބަރު 2026

"އީގަލް ހިލްސް" އަށް ދޫކޮށްލަން ނިންމާފައިވާ 500 ހެކްޓަރުގެ ބަދަލުގައި މާފަންނު ކޮޅުގައި ހުރި ބިލްޑިންއެއް ވެސް ނަގަން ޖެހޭނެ: އައިކު

26 ނޮވެމްބަރު 2026
"އީގަލް ހިލްސް" އަށް ދޫކޮށްލަން ނިންމާފައިވާ 500 ހެކްޓަރުގެ ބަދަލުގައި މާފަންނު ކޮޅުގައި ހުރި ބިލްޑިންއެއް ވެސް ނަގަން ޖެހޭނެ: އައިކު
26 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅިގެން ރައީސް މުއިއްޒު ޖައްސަވަނީ 2 އިންތިހާބު އެއްކޮލަން ޖެއްސެވި ފަދަ ގޯސް ހިސާބެއް: ދޮންބިލެތް

26 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅިގެން ރައީސް މުއިއްޒު ޖައްސަވަނީ 2 އިންތިހާބު އެއްކޮލަން ޖެއްސެވި ފަދަ ގޯސް ހިސާބެއް: ދޮންބިލެތް
26 ނޮވެމްބަރު 2026

ރިއަލް އެސްޓޭޓް ބިލުގެ މަގުސަދަކީ ދިވެހިރާއްޖޭގެ ބިން ބޭރު މީހުންނަށް މިލްކުކުރެވޭނެ ގޮތެއް ނުވަތަ ވިއްކޭނެ ގޮތެއް ހޯދުން: ނިޝާން

26 ނޮވެމްބަރު 2026
ރިއަލް އެސްޓޭޓް ބިލުގެ މަގުސަދަކީ ދިވެހިރާއްޖޭގެ ބިން ބޭރު މީހުންނަށް މިލްކުކުރެވޭނެ ގޮތެއް ނުވަތަ ވިއްކޭނެ ގޮތެއް ހޯދުން: ނިޝާން
26 ނޮވެމްބަރު 2026

މާލީ ހާލަތު އޮތް ގޮތުން ރަސްމާލެއިން ދިވެހިންނަށް "ކުކުޅުހާ ނިދަން އަރާވަރުގެ ހާލިވެސް" މި ސަރުކާރަށް އަޅައިނުދެވޭނެ: މެންބަރު މައުރޫފް

26 ނޮވެމްބަރު 2026
މާލީ ހާލަތު އޮތް ގޮތުން ރަސްމާލެއިން ދިވެހިންނަށް "ކުކުޅުހާ ނިދަން އަރާވަރުގެ ހާލިވެސް" މި ސަރުކާރަށް އަޅައިނުދެވޭނެ: މެންބަރު މައުރޫފް
25 ނޮވެމްބަރު 2026

ރިއަލް އެސްޓޭޓް ބިލުގެ މަސައްކަތް ނުނިމޭތީ ރައީސް މުއިއްޒު ވިދާޅުވި ގޮތަށް މަޖިލީހުގެ ދައުރު ދަންމާލައިފި

25 ނޮވެމްބަރު 2026
ރިއަލް އެސްޓޭޓް ބިލުގެ މަސައްކަތް ނުނިމޭތީ ރައީސް މުއިއްޒު ވިދާޅުވި ގޮތަށް މަޖިލީހުގެ ދައުރު ދަންމާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް