Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

"އީގަލް ހިލްސް" އަށް ދޫކޮށްލަން ނިންމާފައިވާ 500 ހެކްޓަރުގެ ބަދަލުގައި މާފަންނު ކޮޅުގައި ހުރި ބިލްޑިންއެއް ވެސް ނަގަން ޖެހޭނެ: އައިކު

26 ނޮވެމްބަރު 2026 | ބުރާސްފަތި 13:40

ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއަކީ ކޮރަޕްޝަނާއި ޚިޔާނާތް އެކުލެވޭ ބޮޑު ޖިނާއީ މައްސަލައެއްގެ ގޮތުގައި ސިފަކުރައްވައި، އެކަމުގައި އިސްކޮށް އުޅުއްވާ ފަރާތްތަކުން އަމިއްލަ ހައިސިއްޔަތުން ޒިންމާ އުފުލަންޖެހޭނެ ކަމަށް ވަކީލު އައިކު އަހުމަދު އީސާ ވިދާޅުވެއްޖެ. މި އެއްބަސްވުން ބާތިލުކޮށް އެތަން އަނބުރާ ދައުލަތަށް ހޯދަންޖެހޭ ކަމަށާއި، ވެރިކަން ނިމުމުން ޖަވާބުދާރީނުވެ ތިބޭ ސަގާފަތް ނައްތާލައި މިފަދަ މައްސަލަތައް ތަހުގީގުކުރަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 26 ނޮވެމްބަރު 2026 | ބުރާސްފަތި 13:40
 ޤާނޫނީ ވަކީލު އައިކު އަހުމަދު އީސާ

ޤާނޫނީ ވަކީލު އައިކު އަހުމަދު އީސާ | ރާއްޖެއެމްވީ

ރަސްމާލެއިން ޔޫއޭއީގެ "އީގަލް ހިލްސް" ކުންފުންޏަށް ދޫކޮށްލަން ނިންމާފައިވާ 500 ހެކްޓަރުގެ ބަދަލުގައި މާފަންނު ކޮޅުގައި ހުރި ބިލްޑިންގއެއް ވެސް ނަގަން ޖެހޭނެ ކަމަށް ޤާނޫނީ ވަކީލު އައިކު އަހުމަދު އީސާ ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީން ގެނެސްދިން "އަހާބަލަ" ހާއްސަ ކަވަރޭޖްގައި ވާހަކަދައްކަވަމުން އައިކު ވިދާޅުވީ ރަސްމާލެއިން ބޮޑު ބައެއް ދޫކޮށްލަނީ ދިވެހި ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުވާ ގޮތަށް ކަމަށެވެ. އަދި މި މަޝްރޫއުގައި ސޮއިކުރާ ހިސާބުން "އީގަލް ހިލްސް" ކުންފުންޏަށް ވެސް ހައްގުތަކެއް ލިބިގެންދާނެ ކަމަށް އައިކު ވިދާޅުވި އެވެ. 

Advertisement - newsAdvertisement

ޖީއެމްއާރު މައްސަލަ މިސާލަކަށް ނަންގަވާ އައިކު ވިދާޅުވީ އެއްބަސްވުން ބާތިލު ކުރީ އެއްބަސްވުމާ ހިލާފަށް ކަމުގައި ވާނަމަ އެފަރާތަކަށް ބަދަލު ދޭން ޖެހޭ ކަމަށެވެ. އެހެންކަމުން އެކަން ކުރަން ވަރަށް ބޮޑު ތަހުގީގެއް ކުރަން ޖެހޭ ކަމަށެވެ. 

ތަހުގީގު ކުރަން ޖެހޭނެ ކިތައްމެހާ ވެސް ބޮޑަކަށް ތަހުގީގު ކުރަން ޖެހޭ، އަޅުގަނޑު ދެކޭ ގޮތުގައި މިކަން ކުރެއްވުމުގައި އިސްރޯލެއް އަދާކުރައްވާ ބޭބޭފުޅުން ހަމަ ޕާސަނަލް ލެވަލްއެއްގައި މީގެ ޒިންމާވެސް އުފުލަން ޖެހޭނެ. އަޅުގަނޑަށް ހަމަ ގަބޫލު ކުރެވޭ ގޮތުގައި ތި 500 ހެކްޓަރުގެ ބަދަލުގައި މާފަންނު ކޮޅުގައި ހުރި ބިލްޑިންގ އެއްވެސް ހަމަ ނަގަން ޖެހޭނެ
އައިކު އަހުމަދު އީސާ

މި މައްސަލަ ތަހުގީގު ކުރަން ރިޔާސީ ކޮމިޝަނެއް ހަދަން ނުޖެހޭ ކަމަށާއި ދައުލަތުގެ ހުރިހާ އެޖަންސީތަކަކުން ފުރިހަމައަށް މަސައްކަތް ކުރާ ކަމުގައި ވާނަމަ މި މައްސަލަތައް ބެލޭނެ ކަމަށް އައިކު ވިދާޅުވި އެވެ. އަދި މިއީ ބޮޑު ޖިނާއީ މައްސަލައެއް ކަަމަށާއި، މިއީ ވައްކަމާއި ހިޔާނާތް އަދި ކޮރަޕްޝަންގެ މައްސަލައެއްގެ ގޮތުގައި އައިކު ސިފަކުރެއްވި އެވެ.

މީގެ އިތުރުން އައިކު ވަނީ މީގެ ކުރިން ރައީސްކަން ކުރައްވާފައި ހުންނެވި ބޭފުޅުން ހިންގަވާފައިވާ ހިޔާނަތްތައް ނުބަލާ ކަމަށް ވިދާޅުވެ ފާޑު ވިދާޅުވެފަ އެވެ. 

އަޅުގަނޑުމެން ދިވެހިރާއްޖޭގައި ވަރަށް ބޮޑު ކަލްޗަރއެއް އުފެދިފައި މިއޮންނަނީ ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންގެ 5 އަހަރު ކުރައްވާނެހާ ކަމެއް ކުރައްވާފައި ދެން ހަމަ އަރާމުގައި ގޭގައި އިންނަވަންވީ. ނިމޭއިރު ހުންނަނީ ގެވެސް ހަދާނިމިފައި އާންމު ގޮތެއްގައި، ހަމަ އަރާމުގައި ގޭގައި އިންނަވަނީ ބައެއް ބޭފުޅުން ސިޓިންގ ރޫމްގައި އިންނަވައިގެން ޖަލްސާ ބާއްވަނީ އަނެއްބައި ބޭފުޅުން ސިޔާސީ ކަންކަމުގެ ތެރެއަށް ދޭތެރެއަކުން އަންގަ ކޮށްޕާލަ ކޮށްޕާލާ މި އިންނަނީ
އައިކު އަހުމަދު އީސާ

ދިވެހިރާއްޖެގައި ކަންކަން ހިނގަން ޖެހެނީ މިގޮތަށް ނޫން ކަމަށް އައިކު ވިދާޅުވި އެވެ. ހަމައެއާއެކު، ރަސްމާލެ މަޝްރޫއުގައި އެންމެ ރަނގަޅު ގޮތަކީ މިހާރު އޮތް އެއްބަސްވުން ބާތިލުކުރުމަށްފަހު އެތަން އަނބުރާ ހޯދާފައި، އެކަން އޮންނަ އުސޫލުން ރަނގަޅު ގޮތަކަށް ކުރިއަށް ގެންދިޔުން ކަމަށް އައިކު ވިދާޅުވި އެވެ. 

އީގަލް ހިލްސްއައިކް އަހުމަދު އީސާރަސްމާލެ

އެންމެ ހިނގާ

1

ސްޓޭޓް މިނިސްޓަރު ނާޒިމްގެ ތުހުމަތުތަކާއި ގުޅިގެން އިންޑިއާގެ ޚާރިޖީ ވުޒާރާގެ ސިޓީއެއް ދިވެހި ސަރުކާރަށް!

2

އިންސާނިއްޔަތަށްޓަކައި ކަމަށް ވިދާޅުވެ، އަލިވާގެ އިލްޔާސް އިބްރާހީމްގެ އޮޕަރޭޝަނަށް 150،000 ސިންގަޕޫރު ޑޮލަރު ހަމަޖައްސަވައިދެއްވައިފި

3

މަންޓާ އެއަރގެ އެތެރޭގެ އުދުހުންތައް ހުއްޓާލައި، ހުރިހާ ޕައިލެޓުންނާއި ކެބިން ކްރޫއިން ވަޒީފާއިން ވަކިކޮށްފި

4

ބެންޣާޒީގައި ރަޝިއާގެ މަނަވަރަކަށް ދިން ހަމަލާގައި ލީބިޔާގެ ދެ ސިފައިން މަރުވެ، ބަދަލުހިފާނެ ކަމުގެ އިންޒާރު ދީފި

5

ރަސްމާލެ މަޝްރޫއާ ދެކޮޅަށް އެމްޑީޕީ އިން ބާއްވާ އެއްވުން: ސްޓެލްކޯ އިން ބުނީ ކަރަންޓު ފޯރުކޮށްނުދެވޭނެ ކަމަށް!

އިތުރަށް ކިޔާލަން

26 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅިގެން ރައީސް މުއިއްޒު ޖައްސަވަނީ 2 އިންތިހާބު އެއްކޮލަން ޖެއްސެވި ފަދަ ގޯސް ހިސާބެއް: ދޮންބިލެތް

26 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅިގެން ރައީސް މުއިއްޒު ޖައްސަވަނީ 2 އިންތިހާބު އެއްކޮލަން ޖެއްސެވި ފަދަ ގޯސް ހިސާބެއް: ދޮންބިލެތް
26 ނޮވެމްބަރު 2026

ރިއަލް އެސްޓޭޓް ބިލުގެ މަގުސަދަކީ ދިވެހިރާއްޖޭގެ ބިން ބޭރު މީހުންނަށް މިލްކުކުރެވޭނެ ގޮތެއް ނުވަތަ ވިއްކޭނެ ގޮތެއް ހޯދުން: ނިޝާން

26 ނޮވެމްބަރު 2026
ރިއަލް އެސްޓޭޓް ބިލުގެ މަގުސަދަކީ ދިވެހިރާއްޖޭގެ ބިން ބޭރު މީހުންނަށް މިލްކުކުރެވޭނެ ގޮތެއް ނުވަތަ ވިއްކޭނެ ގޮތެއް ހޯދުން: ނިޝާން
26 ނޮވެމްބަރު 2026

މާލީ ހާލަތު އޮތް ގޮތުން ރަސްމާލެއިން ދިވެހިންނަށް "ކުކުޅުހާ ނިދަން އަރާވަރުގެ ހާލިވެސް" މި ސަރުކާރަށް އަޅައިނުދެވޭނެ: މެންބަރު މައުރޫފް

26 ނޮވެމްބަރު 2026
މާލީ ހާލަތު އޮތް ގޮތުން ރަސްމާލެއިން ދިވެހިންނަށް "ކުކުޅުހާ ނިދަން އަރާވަރުގެ ހާލިވެސް" މި ސަރުކާރަށް އަޅައިނުދެވޭނެ: މެންބަރު މައުރޫފް
25 ނޮވެމްބަރު 2026

ރިއަލް އެސްޓޭޓް ބިލުގެ މަސައްކަތް ނުނިމޭތީ ރައީސް މުއިއްޒު ވިދާޅުވި ގޮތަށް މަޖިލީހުގެ ދައުރު ދަންމާލައިފި

25 ނޮވެމްބަރު 2026
ރިއަލް އެސްޓޭޓް ބިލުގެ މަސައްކަތް ނުނިމޭތީ ރައީސް މުއިއްޒު ވިދާޅުވި ގޮތަށް މަޖިލީހުގެ ދައުރު ދަންމާލައިފި
24 ނޮވެމްބަރު 2026

ސްޓޭޓް މިނިސްޓަރު ނާޒިމްގެ ތުހުމަތުތަކާއި ގުޅިގެން އިންޑިއާގެ ޚާރިޖީ ވުޒާރާގެ ސިޓީއެއް ދިވެހި ސަރުކާރަށް!

24 ނޮވެމްބަރު 2026
ސްޓޭޓް މިނިސްޓަރު ނާޒިމްގެ ތުހުމަތުތަކާއި ގުޅިގެން އިންޑިއާގެ ޚާރިޖީ ވުޒާރާގެ ސިޓީއެއް ދިވެހި ސަރުކާރަށް!
24 ނޮވެމްބަރު 2026

ރަސްމާލެ އީގަލް ހިލްސްއަށް ދިނުމުގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެދި ހުށަހެޅި މައްސަލައިގެ ކޮމިޓީ ކެންސަލްކޮށްފި

24 ނޮވެމްބަރު 2026
ރަސްމާލެ އީގަލް ހިލްސްއަށް ދިނުމުގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެދި ހުށަހެޅި މައްސަލައިގެ ކޮމިޓީ ކެންސަލްކޮށްފި
24 ނޮވެމްބަރު 2026

އަލައްބާރު ވިދާޅުވާ ބްރަދަރ އަބްދުﷲ އަކީ މިނިސްޓަރު މުއްތަލިބުތޯ ސުވާލުކުރުމުން މުއްތަލިބު ޖަވާބު ނުދެއްވި!

24 ނޮވެމްބަރު 2026
އަލައްބާރު ވިދާޅުވާ ބްރަދަރ އަބްދުﷲ އަކީ މިނިސްޓަރު މުއްތަލިބުތޯ ސުވާލުކުރުމުން މުއްތަލިބު ޖަވާބު ނުދެއްވި!
23 ނޮވެމްބަރު 2026

ދެ އަބްދުﷲގެ ގަޑުބަޑު...

23 ނޮވެމްބަރު 2026
ދެ އަބްދުﷲގެ ގަޑުބަޑު...
23 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއުގެ މަސައްކަތްތައް ލަސްވަމުންދާ ކަމަށް ބުނެ އީގަލް ހިލްސް ކުންފުނިން ކަންބޮޑުވުން ފާޅުކޮށް، ސަރުކާރު ބޮޑު ޕްރެޝަރަކަށް ވައްޓާލައިފި!

23 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއުގެ މަސައްކަތްތައް ލަސްވަމުންދާ ކަމަށް ބުނެ އީގަލް ހިލްސް ކުންފުނިން ކަންބޮޑުވުން ފާޅުކޮށް، ސަރުކާރު ބޮޑު ޕްރެޝަރަކަށް ވައްޓާލައިފި!
23 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުން އަޅުގަނޑުމެންގެ ސަރުކާރެއްގައި ބާތިލުކުރާނެކަމުގެ ޔަޤީންކަން ދެން: ފައިސަލް

23 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއުގެ އެއްބަސްވުން އަޅުގަނޑުމެންގެ ސަރުކާރެއްގައި ބާތިލުކުރާނެކަމުގެ ޔަޤީންކަން ދެން: ފައިސަލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް