Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

ރައްޔިތުން ކައިރީ ނާހާ ކުރާ ކަމެއް ކާމިޔާބު ނުވާނެ، ޖީއެމްއާރަށް އެއާޕޯޓު ކޮންޓްރެކްޓަށް ދިން އިރުގައި ނޭހުނީ ގޯހުން: ރައީސް ނަޝީދު

26 ނޮވެމްބަރު 2026 | ބުރާސްފަތި 18:23

ރާއްޖޭގެ އިގުތިސާދީ އަދި މާލީ ސިޔާސަތުތައް ފެއިލްވެފައިވާ ކަމަށް ވިދާޅުވެ، ރަސްމާލެ ފަދަ ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންދަންވާނީ ރައްޔިތުންގެ ލަފާ ހޯދުމަށްފަހު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ. ދަރަނި އަދާކުރަން ދައުލަތުގެ މުދާ ނުއަގުގައި ވިއްކުމަކީ ގައުމު ހަލާކުވާނެ ކަމެއްކަން ފާހަގަކުރައްވައި، ސަރުކާރުގެ ނިންމުންތައް ރައްޔިތުންނަށް ސާފުކޮށްދިނުމަށް އެމަނިކުފާނު ގޮވާލެއްވި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 26 ނޮވެމްބަރު 2026 | ބުރާސްފަތި 18:23
ކުރީގެ ރައީސް ނަޝީދު

ކުރީގެ ރައީސް ނަޝީދު | ސޯޝަލް މީޑިއާ

ރައްޔިތުން ކައިރީ ނާހާ ކުރާ ކަމެއް ކާމިޔާބު ނުވާނެ ކަމަށާއި ޖީއެމްއާރަށް އެއާޕޯޓު ކޮންޓްރެކްޓަށް ދިން އިރުގައި ނޭހުމަކީ ގޯހެއް ކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް ނަޝީދު ވިދާޅުވެއްޖެ އެވެ.   

ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީން "އަހާބަލަ" ނަމުގައި އާޓިފިޝަލް ބީޗުގައި ކުރިއަށް ގެންދިޔަ އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ދިވެހިރާއްޖެ މިހާރު މިއޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށެވެ. އަދި ދިވެހިރާއްޖޭގެ މުސްތަގުބަލު ފުރޮޅިގެން ދާގޮތް ދިވެހި ރައްޔިތުންނަށް ސާފުވާން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. 

Advertisement - newsAdvertisement

މިހާރު ދިމާވެގެން އުޅޭ ކަމަކީ ދިވެހި ސަރުކާރުގެ ދަރަނި ބޮޑުވެގެން އަލުން އަނބުރާ އެކުލަވާލަން ނޭނގި އަދި އެ ދަރަނި އަދާކުރާނެ ގޮތެއް ވެސް ނޭނގި ކުއްލިއަކަށް ފައިސާކޮޅެއް ބޭނުންވީމާ ނުއަގުގައި "ފައްޓަރު ބައި" ވިއްކާލަން ވެގެން ނުކުތުން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ގައުމުތަކުން ދަރަނީގެ ތުންފަތް މައްޗަށް އައުމުން ކުއްލިއަކަށް ފައިސާ ހޯދަން އުޅެގަންނަ ބޮނޑީގައި ނުއަގުގައި ކަންކަން ކުރަމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މާލީ ސިޔާސަތު އަދި އިގުތިސާދީ ސިޔާސަތު ވަނީ އިންތިހާއަށް ފެއިލްވެފައި ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ދިވެހި ރައްޔިތުންގެ ގާތުގައި މިސަރުކާރުން ކުރަން މިއުޅޭ ކަމެއް ވަރަށް ސާފުކޮށް ކިޔާދޭން ޖެހޭ ކަމަށާއި ރައްޔިތުންނަށް އޮޅުންފިލުވައި ދިނުމަށްފަހު ރައްޔިތުން ގާތު މިކަން ކުރަން ފެނޭތޯ ނުވަތަ ނުފެނޭތޯ އަހަންޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

އަޅުގަނޑުމެންގެ ރާއްޖޭގައި މުޅި ރާއްޖޭގެ މިސްރާބު ބަދަލުވާ ކަންކަން ކުރިއަށް ގެންގޮސްގެން ނުވާނެ ހަމައެކަނި ރާއްޖޭގެ ވެރިންނަށް ފެންނަ ގޮތަކަށް. އަޅުގަނޑު ކައިރީ ބޭފުޅުން އަހާ ޖީއެމްއާރަށް ކޮންޓްރެކްޓަށް ދިން އިރު ރައްޔިތުން ކައިރީ ނޭހީ ކީއްވެހޭ. އަޅުގަނޑު މިއަދު މިބުނަނީ އެއީ ގޯހުންނޭ. އެ ތަޖުރިބާގައޭ އަޅުގަނޑު މިހުރީ މިތަނަށް އައިސް. ރައްޔިތުން ކައިރީ ނާހާ ކުރާކަމަކުން ކާމިޔާބެއް ނުލިބޭނެ
ރައީސް މުހައްމަދު ނަޝީދު 

ކޮންމެ ކަމެއްގެ ފަހަތަށް ރާއްޖޭގެ މުޅި ރައްޔިތުން އަންނަން ޖެހޭ ކަމަށާއި ރައްޔިތުންގެ ގާތުގައި އަހާފައި ނޫނީ ރަސްމާލެ މަޝްރޫއަށް ތާއީދުކޮށްގެން ނުވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. 

މީގެ އިތުރުން، ފުށިދިއްގަރު ފަޅުގައި މި މަޝްރޫއު ހިންގުމަކީ އެމަނިކުފާނު ކަންބޮޑުވެ ވަޑައިގަންނަވާކަމެއްކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ރަސްމާލެ މަޝްރޫއު ފުށިދިއްގަރު ފަޅުގައި ހިންގައިފި ނަމަ ރާއްޖެ ހަލާކު ވާނެ ކަމަށެވެ.  

ރަސްމާލެމުހައްމަދު ނަޝީދު

އެންމެ ހިނގާ

1

ސްޓޭޓް މިނިސްޓަރު ނާޒިމްގެ ތުހުމަތުތަކާއި ގުޅިގެން އިންޑިއާގެ ޚާރިޖީ ވުޒާރާގެ ސިޓީއެއް ދިވެހި ސަރުކާރަށް!

2

އިންސާނިއްޔަތަށްޓަކައި ކަމަށް ވިދާޅުވެ، އަލިވާގެ އިލްޔާސް އިބްރާހީމްގެ އޮޕަރޭޝަނަށް 150،000 ސިންގަޕޫރު ޑޮލަރު ހަމަޖައްސަވައިދެއްވައިފި

3

މަންޓާ އެއަރގެ އެތެރޭގެ އުދުހުންތައް ހުއްޓާލައި، ހުރިހާ ޕައިލެޓުންނާއި ކެބިން ކްރޫއިން ވަޒީފާއިން ވަކިކޮށްފި

4

ބެންޣާޒީގައި ރަޝިއާގެ މަނަވަރަކަށް ދިން ހަމަލާގައި ލީބިޔާގެ ދެ ސިފައިން މަރުވެ، ބަދަލުހިފާނެ ކަމުގެ އިންޒާރު ދީފި

5

ރަސްމާލެ މަޝްރޫއާ ދެކޮޅަށް އެމްޑީޕީ އިން ބާއްވާ އެއްވުން: ސްޓެލްކޯ އިން ބުނީ ކަރަންޓު ފޯރުކޮށްނުދެވޭނެ ކަމަށް!

އިތުރަށް ކިޔާލަން

26 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއަކީ ބާތިލު މަޝްރޫއެއް، ވޯޓަކަށް އަހަންވީ ރައީސް މުއިއްޒު ވެރިކަމުގައި ބަހައްޓަން ފެނޭތޯ: ސައްލެ

26 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއަކީ ބާތިލު މަޝްރޫއެއް، ވޯޓަކަށް އަހަންވީ ރައީސް މުއިއްޒު ވެރިކަމުގައި ބަހައްޓަން ފެނޭތޯ: ސައްލެ
26 ނޮވެމްބަރު 2026

"އީގަލް ހިލްސް" އަށް ދޫކޮށްލަން ނިންމާފައިވާ 500 ހެކްޓަރުގެ ބަދަލުގައި މާފަންނު ކޮޅުގައި ހުރި ބިލްޑިންއެއް ވެސް ނަގަން ޖެހޭނެ: އައިކު

26 ނޮވެމްބަރު 2026
"އީގަލް ހިލްސް" އަށް ދޫކޮށްލަން ނިންމާފައިވާ 500 ހެކްޓަރުގެ ބަދަލުގައި މާފަންނު ކޮޅުގައި ހުރި ބިލްޑިންއެއް ވެސް ނަގަން ޖެހޭނެ: އައިކު
26 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅިގެން ރައީސް މުއިއްޒު ޖައްސަވަނީ 2 އިންތިހާބު އެއްކޮލަން ޖެއްސެވި ފަދަ ގޯސް ހިސާބެއް: ދޮންބިލެތް

26 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅިގެން ރައީސް މުއިއްޒު ޖައްސަވަނީ 2 އިންތިހާބު އެއްކޮލަން ޖެއްސެވި ފަދަ ގޯސް ހިސާބެއް: ދޮންބިލެތް
26 ނޮވެމްބަރު 2026

ރިއަލް އެސްޓޭޓް ބިލުގެ މަގުސަދަކީ ދިވެހިރާއްޖޭގެ ބިން ބޭރު މީހުންނަށް މިލްކުކުރެވޭނެ ގޮތެއް ނުވަތަ ވިއްކޭނެ ގޮތެއް ހޯދުން: ނިޝާން

26 ނޮވެމްބަރު 2026
ރިއަލް އެސްޓޭޓް ބިލުގެ މަގުސަދަކީ ދިވެހިރާއްޖޭގެ ބިން ބޭރު މީހުންނަށް މިލްކުކުރެވޭނެ ގޮތެއް ނުވަތަ ވިއްކޭނެ ގޮތެއް ހޯދުން: ނިޝާން
26 ނޮވެމްބަރު 2026

މާލީ ހާލަތު އޮތް ގޮތުން ރަސްމާލެއިން ދިވެހިންނަށް "ކުކުޅުހާ ނިދަން އަރާވަރުގެ ހާލިވެސް" މި ސަރުކާރަށް އަޅައިނުދެވޭނެ: މެންބަރު މައުރޫފް

26 ނޮވެމްބަރު 2026
މާލީ ހާލަތު އޮތް ގޮތުން ރަސްމާލެއިން ދިވެހިންނަށް "ކުކުޅުހާ ނިދަން އަރާވަރުގެ ހާލިވެސް" މި ސަރުކާރަށް އަޅައިނުދެވޭނެ: މެންބަރު މައުރޫފް
25 ނޮވެމްބަރު 2026

ރިއަލް އެސްޓޭޓް ބިލުގެ މަސައްކަތް ނުނިމޭތީ ރައީސް މުއިއްޒު ވިދާޅުވި ގޮތަށް މަޖިލީހުގެ ދައުރު ދަންމާލައިފި

25 ނޮވެމްބަރު 2026
ރިއަލް އެސްޓޭޓް ބިލުގެ މަސައްކަތް ނުނިމޭތީ ރައީސް މުއިއްޒު ވިދާޅުވި ގޮތަށް މަޖިލީހުގެ ދައުރު ދަންމާލައިފި
24 ނޮވެމްބަރު 2026

ސްޓޭޓް މިނިސްޓަރު ނާޒިމްގެ ތުހުމަތުތަކާއި ގުޅިގެން އިންޑިއާގެ ޚާރިޖީ ވުޒާރާގެ ސިޓީއެއް ދިވެހި ސަރުކާރަށް!

24 ނޮވެމްބަރު 2026
ސްޓޭޓް މިނިސްޓަރު ނާޒިމްގެ ތުހުމަތުތަކާއި ގުޅިގެން އިންޑިއާގެ ޚާރިޖީ ވުޒާރާގެ ސިޓީއެއް ދިވެހި ސަރުކާރަށް!
24 ނޮވެމްބަރު 2026

ރަސްމާލެ އީގަލް ހިލްސްއަށް ދިނުމުގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެދި ހުށަހެޅި މައްސަލައިގެ ކޮމިޓީ ކެންސަލްކޮށްފި

24 ނޮވެމްބަރު 2026
ރަސްމާލެ އީގަލް ހިލްސްއަށް ދިނުމުގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެދި ހުށަހެޅި މައްސަލައިގެ ކޮމިޓީ ކެންސަލްކޮށްފި
24 ނޮވެމްބަރު 2026

އަލައްބާރު ވިދާޅުވާ ބްރަދަރ އަބްދުﷲ އަކީ މިނިސްޓަރު މުއްތަލިބުތޯ ސުވާލުކުރުމުން މުއްތަލިބު ޖަވާބު ނުދެއްވި!

24 ނޮވެމްބަރު 2026
އަލައްބާރު ވިދާޅުވާ ބްރަދަރ އަބްދުﷲ އަކީ މިނިސްޓަރު މުއްތަލިބުތޯ ސުވާލުކުރުމުން މުއްތަލިބު ޖަވާބު ނުދެއްވި!
23 ނޮވެމްބަރު 2026

ގައުމެއްގެ ތަރައްގީ ގުޅިފައި އޮންނަނީ އަންހެނުންގެ ތަރައްގީއަށް: ރައީސް ނަޝީދު

23 ނޮވެމްބަރު 2026
ގައުމެއްގެ ތަރައްގީ ގުޅިފައި އޮންނަނީ އަންހެނުންގެ ތަރައްގީއަށް: ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް