Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ ހަނގުރާމަ

"އެމެރިކާގެ އަތްދަށު ނުވޭ": ބޯޑަރުތައް ބަންދުކުރަން ފެށުމުން އީރާނުން ޢިރާޤަށް ހަރުކަށި އިންޒާރެއް

29 ނޮވެމްބަރު 2026 | އާދީއްތަ 07:17

އީރާނާއި ޢިރާޤުގެ އިގުތިސާދީ ގުޅުމުގެ ތެރެއަށް އެމެރިކާއިން ވަނުމަށް ފުރުސަތު ނުދިނުމަށް ތެހެރާނުން ބަޣުދާދަށް އިންޒާރުދީފި. މި އިންޒާރު އައީ ގަވާއިދާ ހިލާފަށް ތެޔޮ ބޭރުކުރުން ހުއްޓުވުމަށް ޢިރާޤުން ބޯޑަރުތައް ބަންދުކޮށް، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރަމުންދާ ދަނޑިވަޅެއްގައި. ނަމަވެސް، ޢިރާޤުން ބުނެފައި ވަނީ މިއީ ގައުމުގެ ސިޔާދަތީ ނިންމުމެއް ކަމަށާއި، ބޭރުގެ ނުފޫޒުތަކަށް ޖާގަ ނުދޭނެ ކަމަށް

ނިއުސް ޓީމް
ނިއުސް ޓީމް | 29 ނޮވެމްބަރު 2026 | އާދީއްތަ 07:17
އެމެރިކާގެ ފިއްތުންތަކަށް ބޯނުލެނބުމަށް ޢިރާޤުގެ މައި ސަރުކާރަށް ގޮވައިލުމަށް ބަޞަރާގައި ބޭއްވި މުޒާހަރާއެއްގެ ބައިވެރިން އަޑުއުފުލަނީ

އެމެރިކާގެ ފިއްތުންތަކަށް ބޯނުލެނބުމަށް ޢިރާޤުގެ މައި ސަރުކާރަށް ގޮވައިލުމަށް ބަޞަރާގައި ބޭއްވި މުޒާހަރާއެއްގެ ބައިވެރިން އަޑުއުފުލަނީ | ރޮއިޓަރސް

ގަވާއިދާ ހިލާފަށް ތެޔޮ ބޭރުކުރުން ހުއްޓުވުމަށް ބަޣުދާދުން ބޯޑަރު ކޮންޓުރޯލުތައް ހަރުކަށިކުރަމުންދާ ދަނޑިވަޅެއްގައި، މެދުއިރުމަތީގެ މި ދެ ގައުމުގެ އިގުތިސާދީ ގުޅުންތަކުގެ ތެރެއަށް އެމެރިކާ ވަނުމަށް ފުރުސަތު ނުދިނުމަށް އީރާނުން ޢިރާޤަށް އިންޒާރު ދީފި އެވެ.

އީރާނުގެ އެންމެ މަތީ އިސްވާރު އާޔަތުالله މުޖުތަބާ ޚާމަނާއީގެ މުޝީރެއް ކަމަށްވާ މުޙައްމަދު މުޚްބިރު ހޮނިހިރު ދުވަހު ބަޣުދާދަށް އިންޒާރު ދެއްވީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ "އާލާތަކަށް" ޢިރާޤު ވިޔަނުދިނުމަށެވެ. އަދި، ބޯޑަރާ ގުޅުންހުރި މައްސަލަތަކުގައި ޢިރާޤުގެ ކަމާބެހޭ ފަރާތްތަކުން ސަމާލުވެ ތިބުމަށް އޭނާ ބާރުއެޅުއްވި އެވެ.

Advertisement - worldAdvertisement

މުޚްބިރު މިހެން ވިދާޅުވީ، ޢިރާޤުގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޤާސިމް އަލް-ޢަބޫދީ ތެހެރާނަށް ވަޑައިގަންނަވައި، އީރާނުގެ ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ އިސްވާރު މުޙްސިން ރިޒާއީއާއެކު މަޝްވަރާތައް ބާއްވަމުން ގެންދަވަނިކޮށެވެ.

"އީރާނާއި ޢިރާޤުގެ އިގުތިސާދީ އެއްބާރުލުމަށް ނޭދެވޭ އަސަރު ފޯރުވުމުގެ ފުރުސަތު ބޭރުގެ ފަރާތްތަކަށް ދީގެން ނުވާނެ،" އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޒާއީއާ ހަވާލާދީ ރިޕޯޓުކޮށްފައިވެ އެވެ. މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި ވެފައިވާ ސަލާމަތީ އެއްބަސްވުން ފުރިހަމައަށް ތަންފީޒުކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަލް-ޢަބޫދީ ވަނީ މި އެއްބަސްވުމަށް ބަޣުދާދުން ފުރިހަމައަށް އިހުތިރާމުކުރާނެ ކަމުގެ ޔަގީންކަން އަލުން ދެއްވާފަ އެވެ. މި ގޮތުން، އީރާނަށް ނުވަތަ އަވައްޓެރި އެހެން ގައުމުތަކަށް ހަމަލާ ދިނުމަށް ޢިރާޤުގެ ބިމާއި ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ބައްދަލުވުން ބާއްވާފައި މި ވަނީ، އީރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ކަނޑުގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަސަރު އިތުރަށް ފުޅާކުރުމުގެ ގޮތުން، އެ ގައުމުގެ އެއްގަމު މަގުގެ ވިޔަފާރި ހުއްޓުވުމަށް ވޮޝިންގޓަނުން މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގަ އެވެ. މި މަހުގެ ކުރީކޮޅު ޢިރާޤުގެ ހާރިޖީ ވަޒީރު ފުއާދު ޙުސައިން ވިދާޅުވީ، އީރާނާ ގުޅޭ ބޯޑަރު ހުރަސްތަކުގެ ތެރެއިން ދެ ތަނެއް ފިޔަވައި އެހެން ހުރިހާ ތަނެއް ބަންދުކުރުމަށް އެމެރިކާގެ މާލީ ވުޒާރާއިން ބަޣުދާދުގައި އެދިފައިވާ ކަމަށެވެ.

ތެހެރާނުން ރިޕޯޓުކުރަމުން ނޫސްވެރިޔާ ޢާމިރު ލާފީ ބުނީ، އެއްގަމު މަގުގެ ވިޔަފާރިއަށް އީރާނުން ބަރޯސާވާ މިންވަރު އިތުރުވަމުންދާއިރު، އިތުރު ބޯޑަރު ހުރަސްތައް ބަންދުކޮށްފާނެ ކަމުގެ ބިރަކީ އީރާނުގެ އޮފިޝަލުންނަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އެމެރިކާއިން ކަނޑުގެ މަގު ބަންދުކުރުމާ ގުޅިގެން، "އީރާނުން ވަނީ ބަދަލެއްގެ ގޮތުގައި އެ ގައުމުގެ އެއްގަމު ބޯޑަރު ހުރަސްތައް ބޭނުންކުރަން ފަށާފައި،" ލާފީ ބުންޏެވެ.

ވޮޝިންގޓަންގެ އެދުމަށް އަމަލުކޮށްފި ނަމަ ހުޅުވިފައި ހުންނާނީ އެންމެ ދެ ބޯޑަރު ހުރަސް ކަމަށް އޭނާ އިތުރަށް ބުންޏެވެ. އެއީ, ޢިރާޤުގެ އުތުރުގައި އޮންނަ ކުރުދީ ސަރަހައްދުގައި ހުންނަ ހުރަހަކާއި، މައި ސަރުކާރުގެ ސީދާ ބާރުގެ ދަށުގައި އޮންނަ ހުރަހެކެވެ.

'ސިޔާދަތީ މައްސަލައެއް'

މުޚްބިރުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ޢިރާޤު ސަރުކާރުގެ ތަރުޖަމާނު ޙައިދަރު އަލް-ޢަބޫދީ ވިދާޅުވީ، ބަޣުދާދުން އަވައްޓެރި ގައުމުތަކުގެ ސިޔާދަތަށް އިހުތިރާމުކުރާ ކަމަށާއި، ނަމަވެސް ޢިރާޤުގެ ދާހިލީ ކަންކަމުގެ ތެރެއަށް ބޭރުގެ ފަރާތްތަކުން ވަނުން ބަލައިނުގަންނާނެ ކަމަށެވެ. ޢިރާޤުގެ ސަރަހައްދުގެ ތެރޭގައި އަޅަމުންދާ ފިޔަވަޅުތަކަކީ އަވައްޓެރި ގައުމުތަކާ ދެކޮޅަށް އަމާޒުކޮށްގެން އަޅާ ފިޔަވަޅުތަކެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަމަމިއާއެކު، ބޮޑުވަޒީރު ޢަލީ އައްޒައިދީގެ ސަރުކާރުން އީރާނާއެކު އޮންނަ ވިޔަފާރި ހުރަސްތަކާއި ވައިގެ ދަތުރުފަތުރުގެ ގުޅުންތައް ދެމެހެއްޓުމަށް ވޮޝިންގޓަނާއެކު މެދުވެރިއެއްގެ ދައުރު އަދާކޮށްފައިވާ ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ. "މި ބޯޑަރު ހުރަސްތަކަކީ ސިޔާދަތީ މައްސަލައެއް،" އޭނާ ވިދާޅުވި އެވެ. އަދި، އެ ތަންތަން ހިންގުމާ މެދު އެންމެ ފަހު ބަސް ބުނާނީ ބަޣުދާދުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޢިރާޤުގެ ވަފުދު ތެހެރާނަށް ކުރި ދަތުރުގައި، ސަލާމަތީ ކަންކަމާއި ޢިރާޤާއި އީރާނުގެ ބޯޑަރު ބެލެހެއްޓުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި ކަމަށް ވެސް ތަރުޖަމާނު ވިދާޅުވި އެވެ.

ނުގަވާއިދުން ތެޔޮ ބޭރުކުރުން ހުއްޓުވުމަށް ޢިރާޤުން ހިންގާ އޮޕަރޭޝަން

ބޮޑުވަޒީރު އައްޒައިދީގެ އަމުރުފުޅަށް، ޢިރާޤުގެ ކަމާބެހޭ ފަރާތްތަކުން ވަނީ އުތުރުގެ ޒާތީ މިނިވަންކަން އޮންނަ ކުރުދީ ސަރަހައްދު ހިމެނޭ ގޮތަށް، އަވައްޓެރި ގައުމުތަކާ ގުޅޭ ނުރަސްމީ ބޯޑަރު ހުރަސްތައް ބުރާސްފަތި ދުވަހު ބަންދުކުރަން ފަށާފަ އެވެ. މި ފިޔަވަޅަކީ ގަވާއިދާ ހިލާފަށް ތެޔޮ ބޭރުކުރުން ހުއްޓުވުމަށާއި، ކުރިން ކުރުދީ އިދާރާތަކުން ބަލަހައްޓަމުން އައި ގިނަ ތެޔޮ ވަޅުތަކަކާއި ބޯޑަރު ހުރަސްތަކެއް މައި ސަރުކާރުގެ ބާރުގެ ދަށަށް ގެނައުމަށް ހިންގާ ފުޅާ ކެންޕޭނެއްގެ ބައެކެވެ.

ޢިރާޤުގެ ޖާސޫސީ އިދާރާގެ ރިޕޯޓެއްގައި ބުނެފައި ވަނީ، އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުން ރެކުމަށްޓަކައި، އުތުރު ޢިރާޤުން ވަގަށް އީރާނަށް ތެޔޮ ބޭރުކޮށް، އީރާނުގެ ތެލާ އެއްކުރަމުން ދިޔަ ކަމަށެވެ. ޢިރާޤުގެ އޮފިޝަލަކު ވިދާޅުވީ، ނުރަސްމީ މަގުތަކުން ވަގަށް ތެޔޮ ބޭރުކުރުން ހުއްޓުވުމަށް ޓަކައި، ތެލުގެ މުއްސަނދިކަން ލިބިފައިވާ ކިރްކޫކް ޕްރޮވިންސްގެ ބައެއް ސަރަހައްދުތަކުގައި އަސްކަރިއްޔާގެ ބާރު ވަރުގަދަކޮށްފައިވާ ކަމަށެވެ.

މިއާއެކު، ޙަވީޒާ ޗަސްބިން ސަރަހައްދުގައި އޮންނަ އީރާނު ބޯޑަރު ކައިރީގައި ސަލާމަތީ ފާރުތަކެއް ބިނާކުރަމުންދާ ކަމަށް ޢިރާޤުގެ ދާހިލީ ވުޒާރާއިން ހޮނިހިރު ދުވަހު އިއުލާނުކުރި އެވެ. މީގެ ތެރޭގައި 50 ކިލޯމީޓަރު ދިގު ވެލީގެ ހުރަހަކާއި، ކޮންކްރީޓް ބޯޑަރު ޕޯސްޓުތައް ހިމެނެ އެވެ.

ބަޣުދާދުގެ މި އޮޕަރޭޝަނަށް ޓްރަމްޕްގެ ތާއީދު ލިބިފައިވާއިރު، މި ކަމުގެ ސަބަބުން ބަޣުދާދާއި ކުރުދިސްތާން ސަރަހައްދުގެ ސަރުކާރާ ދެމެދު ވަނީ ނުތަނަވަސްކަން އުފެދިފަ އެވެ. ކުރުދީ ސަރުކާރުން ތުހުމަތުކުރަނީ މައި ސަރުކާރުގެ އިދާރާތަކުން އަމަލުކުރަމުންދަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށެވެ. މި ދެބަސްވުމަށް ހައްލެއް ހޯދުމަށް ޓަކައި، މައި ސަރުކާރާއި ކުރުދީ އިސްވެރިން އަންގާރަ ދުވަހު ބަޣުދާދުގައި ބައްދަލުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-ޢިރާޤްޑޮނަލްޑް ޓްރަމްޕްއާޔަތުﷲ މުޖުތަބާ ޚާމަނާއީބަޣުދާދުކުރުދިސްތާންއެމެރިކާއީރާން-އެމެރިކާ

އެންމެ ހިނގާ

1

ވަށަފަރު ގޮނޑި ގެއްލުމާ ގުޅިގެން ރައީސް މުއިއްޒުގެ އާއިލީ ބޭފުޅުން މަގާމުތަކުން ވަކި ކުރައްވައިފި!

2

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބޮޑު މެޖޯރިޓީ "ބޮޑު ބަދަލު" ޓީމްއިން ނަގައިފި

3

ސޯޝަލް މީޑިއާ މަނާކުރަން އުޅެނީ ހީލަތްތެރި ވިސްނުމަކުން؟

4

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ނަތީޖާއާއެކު ޕާޓީ އެއް ރޫހެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ބޮޑުވެގެން ދާނެ: ފައްޔާޒް

5

މެލޭޝިއާގެ ވައިގެ ސިފައިންގެ ވަސީލަތްތައް ބޭނުންކޮށްގެން ތިން ޓަނުގެ މަސްތުވާތަކެތި އުފުލައިފި

އިތުރަށް ކިޔާލަން

29 ނޮވެމްބަރު 2026

ކުވެއިތުގެ ޑްރޯން ހަމަލާގެ ތުހުމަތުތަކާއެކު، އީރާނާއި އީޔޫގެ ގުޅުން އިތުރަށް ގޯސްވުމުގެ ބިރު ބޮޑުވެއްޖެ

29 ނޮވެމްބަރު 2026
ކުވެއިތުގެ ޑްރޯން ހަމަލާގެ ތުހުމަތުތަކާއެކު، އީރާނާއި އީޔޫގެ ގުޅުން އިތުރަށް ގޯސްވުމުގެ ބިރު ބޮޑުވެއްޖެ
29 ނޮވެމްބަރު 2026

ހުރްމުޒް ކަނޑުއޮޅީގައި ޓޭންކަރެއްގައި ރޯވެ އަނދަމުންދާއިރު، އީރާނާއި އެމެރިކާއާ ދެމެދު މެސެޖުތައް ބަދަލުކުރަނީ

29 ނޮވެމްބަރު 2026
ހުރްމުޒް ކަނޑުއޮޅީގައި ޓޭންކަރެއްގައި ރޯވެ އަނދަމުންދާއިރު، އީރާނާއި އެމެރިކާއާ ދެމެދު މެސެޖުތައް ބަދަލުކުރަނީ
28 ނޮވެމްބަރު 2026

ޖަނަވަރީ މަހުގެ ނިޔަލަށް އީރާން ހަނގުރާމަ ކުރިއަށް ގެންދެވޭނެ މާލީ ގާބިލުކަން އެމެރިކާގައި އެބަހުރި: ޓްރަމްޕް

28 ނޮވެމްބަރު 2026
ޖަނަވަރީ މަހުގެ ނިޔަލަށް އީރާން ހަނގުރާމަ ކުރިއަށް ގެންދެވޭނެ މާލީ ގާބިލުކަން އެމެރިކާގައި އެބަހުރި: ޓްރަމްޕް
28 ނޮވެމްބަރު 2026

ތެޔޮ ޓޭންކަރުތަކާއި މަނަވަރަށް ހަމަލާދިން ކަމަށް އީރާނުން ކުރާ ދައުވާގައި އަސްލެއް ނެތް: އެމެރިކާ

28 ނޮވެމްބަރު 2026
ތެޔޮ ޓޭންކަރުތަކާއި މަނަވަރަށް ހަމަލާދިން ކަމަށް އީރާނުން ކުރާ ދައުވާގައި އަސްލެއް ނެތް: އެމެރިކާ
27 ނޮވެމްބަރު 2026

ބަޖެޓުގެ ފިއްތުންތަކާއެކު ވެސް އީރާން ހަނގުރާމަ ކުރިއަށް ގެންދިއުމުގެ ބާރު ޓްރަމްޕަށް އެބައޮތްތަ؟

27 ނޮވެމްބަރު 2026
ބަޖެޓުގެ ފިއްތުންތަކާއެކު ވެސް އީރާން ހަނގުރާމަ ކުރިއަށް ގެންދިއުމުގެ ބާރު ޓްރަމްޕަށް އެބައޮތްތަ؟
27 ނޮވެމްބަރު 2026

ރަޝިއާއިން ވަރުގަދަ ހަމަލާއެއް ދޭން ތައްޔާރުވާކަމުގެ އިންޒާރު ޒެލެންސްކީ ދެއްވައިފި

27 ނޮވެމްބަރު 2026
ރަޝިއާއިން ވަރުގަދަ ހަމަލާއެއް ދޭން ތައްޔާރުވާކަމުގެ އިންޒާރު ޒެލެންސްކީ ދެއްވައިފި
27 ނޮވެމްބަރު 2026

"އިޓަލީގެ ދެ ރައްޔިތުން މަރުވި ހަމަލާގައި އީރާނުގެ އަތެއް ނެތް": ހަގީގަތް ހޯދަން ކުވައިތާއި އިޓަލީވިލާތާ ގުޅިގެން މަސައްކަތްކުރަން ތައްޔާރު: ޢަރާޤްޗީ

27 ނޮވެމްބަރު 2026
"އިޓަލީގެ ދެ ރައްޔިތުން މަރުވި ހަމަލާގައި އީރާނުގެ އަތެއް ނެތް": ހަގީގަތް ހޯދަން ކުވައިތާއި އިޓަލީވިލާތާ ގުޅިގެން މަސައްކަތްކުރަން ތައްޔާރު: ޢަރާޤްޗީ
26 ނޮވެމްބަރު 2026

ޗައިނާއާއި އީޔޫއާ ދެކޮޅަށް ޓްރަމްޕްގެ އައު ޓެރިފްތަކެއް: އެމެރިކާގެ ހިއްސާގެ ބާޒާރުގައި އަގުތައް ވެއްޓި، ބައިނަލްއަގުވާމީ އިގުތިސާދީ ހާލަތު ހޫނުވެއްޖެ

26 ނޮވެމްބަރު 2026
ޗައިނާއާއި އީޔޫއާ ދެކޮޅަށް ޓްރަމްޕްގެ އައު ޓެރިފްތަކެއް: އެމެރިކާގެ ހިއްސާގެ ބާޒާރުގައި އަގުތައް ވެއްޓި، ބައިނަލްއަގުވާމީ އިގުތިސާދީ ހާލަތު ހޫނުވެއްޖެ
25 ނޮވެމްބަރު 2026

ކުރުދީންގެ ތެޔޮ ވަޅުތަކާއި ބޯޑަރުތަކަށް ޢިރާޤުގެ މައި ސަރުކާރުން އަތްގަދަކުރަން ނިންމުމުން މަސްރަހު ހޫނުވެއްޖެ

25 ނޮވެމްބަރު 2026
ކުރުދީންގެ ތެޔޮ ވަޅުތަކާއި ބޯޑަރުތަކަށް ޢިރާޤުގެ މައި ސަރުކާރުން އަތްގަދަކުރަން ނިންމުމުން މަސްރަހު ހޫނުވެއްޖެ
25 ނޮވެމްބަރު 2026

އެމެރިކާގެ %55 ރައްޔިތުން ގޮވައިލީ "ކޮންމެ އަގެއް ދައްކައިގެން ނަމަވެސް މިހާރުން މިހާރަށް ހަނގުރާމަ ހުއްޓައިލަން"

25 ނޮވެމްބަރު 2026
އެމެރިކާގެ %55 ރައްޔިތުން ގޮވައިލީ "ކޮންމެ އަގެއް ދައްކައިގެން ނަމަވެސް މިހާރުން މިހާރަށް ހަނގުރާމަ ހުއްޓައިލަން"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް