Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

މުއިއްޒު ސަރުކާރުން އީގަލްސް ހިލްސްއާއެކު ހެދި ރަސްމާލެ އެއްބަސްވުން ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

28 ސެޕްޓެމްބަރު 2026 | ހޯމަ 14:10

ރަސްމާލެ ތަރައްޤީކުރުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުން ޤާނޫނުއަސާސީއާ ޚިލާފު ކަމަށް ބުނެ، އެ އެއްބަސްވުން ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފި. މި މައްސަލައިގައި ބުނެފައިވަނީ އެއްވެސް ކުއްޔަކާ ނުލައި 99 އަހަރަށް ބިން ދިނުމަކީ ޤާނޫނީ ބާރެއް ނެތް ކަމެއް ކަމަށާއި، އެހެންކަމުން ކޯޓުން ވަކި ގޮތެއް ނިންމަންދެން އެއްބަސްވުމަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކަށްވެސް ވަނީ އެދިފައި

ރާއްޖެ އެމްވީ | 28 ސެޕްޓެމްބަރު 2026 | ހޯމަ 14:10
ރަސްމާލޭގައި "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" ތަރައްގީކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން

ރަސްމާލޭގައި "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" ތަރައްގީކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން | އީގަލް ހިލްސް

ރަސްމާލެ ތަރައްޤީކުރުމަށް އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން ސޮއިކޮށްފައިވާ "ކޮމާޝަލް ޓާމްސް އެގްރީމަންޓް" ގެ ޞައްޙަކަމާ މެދު ސުވާލު އުފައްދައި، އާންމު މަޞްލަޙަތާ ގުޅުންހުރި ދުސްތޫރީ މައްސަލައެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓާއި، ޔޫނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސްއާ ދެމެދު 2026 ސެޕްޓެމްބަރު 21 ވަނަ ދުވަހު ސޮއިކުރި މި އެއްބަސްވުމުގެ ދުސްތޫރީ ޞައްޙަކަމާ މެދު ސުވާލު އުފައްދައި، ސުޕްރީމް ކޯޓަށް މި ދުސްތޫރީ މައްސަލަ ހުށަހަޅާފައިވަނީ މިއަދުގެ ވަގުތެއްގަ އެވެ.

Advertisement - newsAdvertisement

މި އެއްބަސްވުމުގެ ފުރިހަމަ އިބާރާތާއި ތަފްސީލުތައް ހާމަކުރުމަށް ދިވެހި ސަރުކާރުން ވަނީ އިންކާރުކޮށްފަ އެވެ. ނަމަވެސް، ސަރުކާރާއި އީގަލް ހިލްސް ކުންފުނިން އާންމުކޮށްފައިވާ ބަޔާންތަކަށް ބަލާއިރު، އެއްބަސްވުމުގެ ދަށުން އަންނަނިވި ކަންކަން ހިމެނޭކަން ހާމަވާކަން މައްސަލަ ހުށަހެޅުއްވި ގާނޫނީ ވަކީލް އަލީ ހުސެއިން ވަނީ ފާހަގަ ކުރައްވާފަ އެވެ.

ހ. ރަސްމާލެއިން ހިއްކާފައިވާ 500 ހެކްޓަރަށްވުރެ ބޮޑު ބިން، 99 އަހަރުގެ މުއްދަތަށް އީގަލް ހިލްސް ކުންފުންޏަށް ވަނީ ދީފަ އެވެ.

ށ. މި ބިންތަކުގެ މިލްކުވެރިކަމުގެ މަޞްލަޙަތުތައް އީގަލް ހިލްސްއަށް ދީފައިވަނީ، ބިން ކުއްޔަށް ހިފުމަށް ދައްކަންޖެހޭ އިކުއިޒިޝަން ކޮސްޓެއް ނުވަތަ ކުއްޔެއް ދެއްކުމަކާ ނުލަ އެވެ.

ނ. އެ ބިމުގައި ތަރައްޤީކުރާ ތަންތަނާ ގުޅޭގޮތުން، ތިންވަނަ ފަރާތްތަކަށް ދާއިމީކޮށް އާވަމުންދާ (ރޯލިންގ) ލީސް އެގްރީމަންޓްތައް ހެދުމުގެ ޙައްޤު އީގަލް ހިލްސްއަށް ވަނީ ދީފަ އެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 250 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، ދައުލަތުގެ މުދަލެއް ނުވަތަ ފައިސާއެއް ދޫކޮށްލަންވާނީ ނުވަތަ ވިއްކަންވާނީ ނުވަތަ ކުއްޔަށް ދޭންވާނީ ނުވަތަ އެ ނޫންވެސް ގޮތަކަށް އޭގެ މިލްކުވެރިކަން ބަދަލުކުރަންވާނީ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅި މި މައްސަލައިގައި ފާހަގަކޮށްފައިވަނީ، ދައުލަތުގެ މުދަލެއް ބޭރުގެ ފަރާތަކަށް 99 އަހަރުގެ މުއްދަތަށް އެއްފަހަރާ ކުއްޔަށް ދިނުމަށް ދައުލަތަށް ބާރުލިބޭ އެއްވެސް ޤާނޫނީ އޮނިގަނޑެއް ރާއްޖޭގައި ނެތް ކަމަށެވެ. އަދި ޤާނޫނީ ބާރެއް ނެތި، ބޭރުގެ ފަރާތްތަކަށް މިފަދަ ދިގު މުއްދަތަކަށް ބިން ކުއްޔަށް ދިނުމަށް އެކުލަވާލާ ކޮންމެ އެއްބަސްވުމަކީ ޤާނޫނުއަސާސީގެ 250 ވަނަ މާއްދާއާ ސީދާ ޚިލާފު ކަމެއް ކަމަށްވެސް މި މައްސަލައިގައި ވަނީ ބުނެފަ އެވެ.

މީގެ އިތުރުން، އެ ބިމުގެ މައްޗަށް ތިންވަނަ ފަރާތްތަކުގެ ޙައްޤުތައް ދާއިމީކޮށް އުފެއްދުމުގެ ބާރު އީގަލް ހިލްސްއަށް ދިނުމަށް އެއްބަސްވުމުގައި ހިމަނާފައިވާ މާއްދާތަކުގެ ޤާނޫނީ ޞައްޙަކަމާ މެދުވެސް މި މައްސަލައިގައި ސުވާލު އުފައްދާފައިވެ އެވެ. ޤާނޫނުއަސާސީގެ 251 ވަނަ މާއްދާގައި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިމުގެ މިލްކުވެރިކަން ނުވަތަ ކުލީގެ ޙައްޤު ދެވޭނެ އެންމެ ދިގު މުއްދަތަކީ 99 އަހަރު ކަމަށް ކަނޑައަޅާފައި އޮތް ނަމަވެސް، މި އެއްބަސްވުމުގެ ސަބަބުން، ވަކި މުއްދަތެއް ނެތް ގޮތަށް (ދާއިމަށް) ރާއްޖޭގެ ބިމުގެ މައްޗަށް ބޭރުގެ ފަރާތްތަކަށް މިލްކުވެރިކަމުގެ މަޞްލަޙަތުތައް ލިބިގެންދާނެ މަގެއް ފަހިވެގެންދާ ކަމަށް މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.

އެހެންކަމުން، މި އެއްބަސްވުމަކީ ޤާނޫނުއަސާސީގެ 250 ވަނަ މާއްދާއާއި 251 ވަނަ މާއްދާއާ ސީދާ ޚިލާފު އެއްބަސްވުމެއް ކަމަށްވާތީ، މިއީ ބާތިލު އެއްބަސްވުމެއް ކަމަށް ކަނޑައަޅައިދިނުމަށް މި މައްސަލައިގައި ސުޕްރީމް ކޯޓުގައި ވަނީ އެދިފަ އެވެ.

މީގެ އިތުރުން، މި މައްސަލައިގައި ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމަންދެން، އެއްބަސްވުމަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކަށްވެސް ވަނީ އެދިފަ އެވެ.

ވަގުތީ އަމުރަކަށް އެދިފައިވަނީ، މި މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތްތަކެއްގެ މަޞްލަޙަތަށްޓަކައި، ބިމުގެ މައްޗަށް ތިންވަނަ ފަރާތްތަކުގެ ޙައްޤުތަކާއި މަޞްލަޙަތުތައް އުފެދުން ހުއްޓުވުމަށެވެ. މިކަމުގެ ބޭނުމަކީ ކޯޓުގެ ޙުކުމް ތަންފީޛުކުރުމަށް ހުރަސްއެޅިދާނެ ކަންކަން ނައްތާލުމާއި، އެއްބަސްވުމަށް އަމަލުކުރުމުގެ ސަބަބުން އުފެދިދާނެ ތިންވަނަ ފަރާތްތަކުގެ ޙައްޤުތައް އަނބުރާ އިއާދަކުރަން ޖެހުމުން ދައުލަތަށް އުފުލަންޖެހިދާނެ ބޮޑެތި ބުރަތަކުންނާއި ލިބިދާނެ އިއާދަނުކުރެވޭނެ ގެއްލުންތަކުން ސަލާމަތްވުމެވެ.

ރަސްމާލެ އީގަލް ހިލްސްއަލީ ހުސެއިންހޫނު ހަބަރު

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

4

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

5

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

އިތުރަށް ކިޔާލަން

28 ސެޕްޓެމްބަރު 2026

ރަސްމާލެ މަޝްރޫއު: ދީނާއި ގައުމަށް ޣައްދާރުވެރިވުމުގެ ނަތީޖާ ޚުދު ރައީސް މުއިއްޒު އަށް ވެސް ވަރަށް ހިތިވާނެ: ޝެއިޚް އިމްރާން

28 ސެޕްޓެމްބަރު 2026
ރަސްމާލެ މަޝްރޫއު: ދީނާއި ގައުމަށް ޣައްދާރުވެރިވުމުގެ ނަތީޖާ ޚުދު ރައީސް މުއިއްޒު އަށް ވެސް ވަރަށް ހިތިވާނެ: ޝެއިޚް އިމްރާން
28 ސެޕްޓެމްބަރު 2026

މުއިއްޒު ސަރުކާރުން ހެދި އީގަލް ހިލްސް އެއްބަސްވުމުގައިވާ މިލްކުވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު 99 އަހަރު ގުނަން ފަށާނެ ކަމަށް ބުނެފައިވާ ބައި އުނިކޮށްފި

28 ސެޕްޓެމްބަރު 2026
މުއިއްޒު ސަރުކާރުން ހެދި އީގަލް ހިލްސް އެއްބަސްވުމުގައިވާ މިލްކުވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު 99 އަހަރު ގުނަން ފަށާނެ ކަމަށް ބުނެފައިވާ ބައި އުނިކޮށްފި
28 ސެޕްޓެމްބަރު 2026

ރަސްމާލެ މަޝްރޫއާއެކު ކާބަފައިން ދިފާއުކުރި މިނިވަންކަން އަޅުގަނޑުމެން ދޫކޮށްލަނީތޯއެވެ؟

28 ސެޕްޓެމްބަރު 2026
ރަސްމާލެ މަޝްރޫއާއެކު ކާބަފައިން ދިފާއުކުރި މިނިވަންކަން އަޅުގަނޑުމެން ދޫކޮށްލަނީތޯއެވެ؟
28 ސެޕްޓެމްބަރު 2026

900 އަހަރު ސައްތައިން ސައްތަ މުސްލިމު ގައުމެއްގެ ގޮތުގައި އޮތް ދިވެހިރާއްޖެ ޔަހޫދީންގެ ވަޒަނަކަށް ހަދަން ފުރުސަތު ދީގެން ނުވާނެ، މަޝްރޫއު ހުއްޓުވަން ޖެހޭ: މެމްބަރު އައްބާސް

28 ސެޕްޓެމްބަރު 2026
900 އަހަރު ސައްތައިން ސައްތަ މުސްލިމު ގައުމެއްގެ ގޮތުގައި އޮތް ދިވެހިރާއްޖެ ޔަހޫދީންގެ ވަޒަނަކަށް ހަދަން ފުރުސަތު ދީގެން ނުވާނެ، މަޝްރޫއު ހުއްޓުވަން ޖެހޭ: މެމްބަރު އައްބާސް
28 ސެޕްޓެމްބަރު 2026

އީގަލްސް ހިލްސް މަޝްރޫއާ ގުޅިގެން ނުރުހުން ފާޅުކުރާ ދިވެހިން ބްލެކްލިސްޓް ކުރުމުގެ މަސައްކަތް މުއިއްޒު ސަރުކާރާ ގުޅިގެން ޔޫއޭއީން ފަށައިފި

28 ސެޕްޓެމްބަރު 2026
އީގަލްސް ހިލްސް މަޝްރޫއާ ގުޅިގެން ނުރުހުން ފާޅުކުރާ ދިވެހިން ބްލެކްލިސްޓް ކުރުމުގެ މަސައްކަތް މުއިއްޒު ސަރުކާރާ ގުޅިގެން ޔޫއޭއީން ފަށައިފި
28 ސެޕްޓެމްބަރު 2026

އީގަލް ހިލްސްއާއެކު އިތުރު އެއްބަސްވުންތަކެއްގައި ސޮއިކުރުމުގެ ކުރިން ރަސްމާލެ މަޝްރޫއު މިހާރުން މިހާރަށް އޮޑިޓްކުރުމަށް ގޮވާލައިފި

28 ސެޕްޓެމްބަރު 2026
އީގަލް ހިލްސްއާއެކު އިތުރު އެއްބަސްވުންތަކެއްގައި ސޮއިކުރުމުގެ ކުރިން ރަސްމާލެ މަޝްރޫއު މިހާރުން މިހާރަށް އޮޑިޓްކުރުމަށް ގޮވާލައިފި
28 ސެޕްޓެމްބަރު 2026

ޤައުމުގެ ބޮޑު ބައެއް ބޭރު ބަޔަކަށް ދިނުމާ ގުޅިގެން ޑރ. އިޔާޒް ވިދާޅުވީ، އިސްތިޤްލާލާއި މިނިވަންކަން ދެމެހެއްޓުމަކީ ކޮންމެ މުވާތިނެއްގެ މައްޗަށް ވާޖިބުވެގެންވާކަމެއް ކަމުގައި

28 ސެޕްޓެމްބަރު 2026
ޤައުމުގެ ބޮޑު ބައެއް ބޭރު ބަޔަކަށް ދިނުމާ ގުޅިގެން ޑރ. އިޔާޒް ވިދާޅުވީ، އިސްތިޤްލާލާއި މިނިވަންކަން ދެމެހެއްޓުމަކީ ކޮންމެ މުވާތިނެއްގެ މައްޗަށް ވާޖިބުވެގެންވާކަމެއް ކަމުގައި
27 ސެޕްޓެމްބަރު 2026

ރަސްމާލެ މަޝްރޫއަކީ ދިވެހި ދައުލަތަށް ގެއްލުންވާ ގޮތަށް އޮތް "ބޮޑު އޮޅުވާލުމެއް": ފައްޔާޒު

27 ސެޕްޓެމްބަރު 2026
ރަސްމާލެ މަޝްރޫއަކީ ދިވެހި ދައުލަތަށް ގެއްލުންވާ ގޮތަށް އޮތް "ބޮޑު އޮޅުވާލުމެއް": ފައްޔާޒު
27 ސެޕްޓެމްބަރު 2026

ރަސްމާލެ: ގެދޮރުގެ ވައުދުން ބޭރުވެ، ޔަހޫދީންނަށް ނުއަގުގައި ދީފި!

27 ސެޕްޓެމްބަރު 2026
ރަސްމާލެ: ގެދޮރުގެ ވައުދުން ބޭރުވެ، ޔަހޫދީންނަށް ނުއަގުގައި ދީފި!
27 ސެޕްޓެމްބަރު 2026

ޝެއިޚު ފަޒްލޫނާއެކު އިލްމުވެރިންގެ ކަޅި ރަސްމާލެއަށް

27 ސެޕްޓެމްބަރު 2026
ޝެއިޚު ފަޒްލޫނާއެކު އިލްމުވެރިންގެ ކަޅި ރަސްމާލެއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް