Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއެމްޕީއާރްސީ

އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ޝިއުރީ މަގާމުން އިސްތިއުފާ ދެއްވައިފި

24 އޯގަސްޓު 2026 | ހޯމަ 09:45

އެމްއެމްޕީއާރުސީގެ މާލީ ހާލަތު ގޯސްވެ، މެނޭޖުމަންޓަށް ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ މަގާމުން އިސްތިއުފާ ދެއްވައިފި. 2024ގެ ޖޫން މަހު އެ މަގާމާ ހަވާލުވެވަޑައިގަތް ޝިއުރީ އިސްތިއުފާ ދެއްވި ސަބަބު ހާމަކުރައްވާފައި ނުވާއިރު، އޭނާ ވަނީ މުވައްޒަފުންނާ ބައްދަލުކުރައްވައި އެކަން އިއުލާނުކުރައްވާފަ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 24 އޯގަސްޓު 2026 | ހޯމަ 09:45
އެމްއެމްޕީއާރްސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން އެ ކުންފުނީގެ އެމްޑީގެ މަގާމުގައި ހުންނެވި އިބްރާހިމް ޝިއުރީ

އެމްއެމްޕީއާރްސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން އެ ކުންފުނީގެ އެމްޑީގެ މަގާމުގައި ހުންނެވި އިބްރާހިމް ޝިއުރީ | ޕީއެސްއެމް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހިމް ޝިއުރީ އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ. 

މިކަން ރާއްޖެއެމްވީ އަށް ވަނީ ކަށަވަރުވެފަ އެވެ. އިތުބާރުހުރި މަސްދަރަކުން ރާއްޖެއެމްވީއާ ހިއްސާ ކުރި މައުލޫމާތެއްގައި ބުނީ، މުވައްޒަފުންނާ ބައްދަލު ކުރުމަށްފަހު މަގާމުން އިސްތިއުފާ ދެއްވިކަން އޭނާ އިއުލާނު ކުރައްވާފައިވާ ކަމަށެވެ. އެހެން ނަމަވެސް މަގާމުން އިސްތިއުފާ ދެއްވި ސަބަބުން ހާމަކުރައްވާފައެއް ނުވެ އެވެ. 

Advertisement - newsAdvertisement

ޝިއުރީ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކޮށްފައިވަނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހުގަ އެވެ. އޭނާ އެންމެ ފަހުން މަސައްކަތް ކުރެއްވީ ވޯލްޑް ބޭންކު "އެންހޭންސިން އެމްޕްލޮޔަބިލިޓީ އެންޑް ރެޒިލިއެންސް އޮފް ޔޫތް" ޕްރޮޖެކްޓެއްގެ ސްޓިއަރިންގ ކޮމިޓީ މެމްބަރެއްގެ ގޮތުގަ އެވެ.

އެއަށްފަހު، އެމްއެމްޕީއާރްސީ ގެ އެމްޑީ ކަމަށް އައްޔަނު ކުރުމާ ހަމައަށް ޝިއުރީ ހުންނެވީ ޓީޓީ އެސޯސިއޭޝަންގެ ނައިބު ރައީސްގެ މަގާމުގަ އެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު އެމްއެމްޕީއާރްސީ ގެ މާލީ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އަދި އެ ހާލަތަށް ތަން ދިޔައީ ފިނޭންސް މިނިސްޓްރީން ދޭން ޖެހޭ ފައިސާ ނުދީގެން ކަމަށް މައުލޫމާތު ލިބޭ ކަމަށް އެމްއެމްޕީއާރުސީގެ ކުރީގެ ބޯޑު މެންބަރު އަބްދުﷲ ސުއޫދު ވަނީ ރާއްޖެއެމްވީ އަށް ވިދާޅުވެފަ އެވެ. އަދި ތަޖުރިބާ ހުރި މުވައްޒަފުން މަދު ވުމަކީ ވެސް އެމްއެމްޕީއާރުސީ އަށް ދިމާވާ މައްސަލަ އެއް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ސުއޫދު ވިދާޅުވެފައި ވަނީ އެމްއެމްޕީއާރްސީ ގެ މާލީ ގެއްލުމުގެ ހާލަތުގެ މައިގަނޑު ސަބަބަކީ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ޝިއުރީ އާ ޗެއަރމަން ކަމަށެވެ. 

މިކަމުގެ އިތުރު ތަފްސީލު ހޯދުމަށް ރާއްޖެއެމްވީ އިން ޝިއުރީ އަށް ގުޅުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ. 

އެމްއެމްޕީއާރްސީއިބްރާހިމް ޝިއުރީހޫނު ހަބަރު

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

5

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

އިތުރަށް ކިޔާލަން

23 އޯގަސްޓު 2026

ރައީސްގެ އާއިލީ ވަކީލު އާޒިމާ ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކެރެޓަރީގެ މަޤާމަށް އައްޔަނުކޮށްފި

23 އޯގަސްޓު 2026
ރައީސްގެ އާއިލީ ވަކީލު އާޒިމާ ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކެރެޓަރީގެ މަޤާމަށް އައްޔަނުކޮށްފި
19 އޯގަސްޓު 2026

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

19 އޯގަސްޓު 2026
މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!
11 އޯގަސްޓު 2026

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

11 އޯގަސްޓު 2026
ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި
04 އޯގަސްޓު 2026

ކައުންސިލުގެ ބަހެއް ނެތި ކައުންސިލުގެ އިހުތިސާސުގައި ހުންނަ ބިންތަކާއި ތަންތަން ކެބިނެޓަށް ނެގޭ ގޮތަށް ހަދަނީ

04 އޯގަސްޓު 2026
ކައުންސިލުގެ ބަހެއް ނެތި ކައުންސިލުގެ އިހުތިސާސުގައި ހުންނަ ބިންތަކާއި ތަންތަން ކެބިނެޓަށް ނެގޭ ގޮތަށް ހަދަނީ
25 ޖުލައި 2026

އިމްތިހާން ކަރުދާސް ލީކުވި މައްސަލައިގައި ކޮކްރޯޗް ޕާޓީގެ މުޒާހަރާތައް ހޫނުވެ އެންމެ ފަހުން އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވައިފި

25 ޖުލައި 2026
އިމްތިހާން ކަރުދާސް ލީކުވި މައްސަލައިގައި ކޮކްރޯޗް ޕާޓީގެ މުޒާހަރާތައް ހޫނުވެ އެންމެ ފަހުން އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވައިފި
20 ޖުލައި 2026

ޔަމަނުގެ ހޫޘީން ސައުދީއާ ދެކޮޅަށް ކަނޑުގެ ބްލޮކޭޑެއް އިއުލާނުކޮށްފި

20 ޖުލައި 2026
ޔަމަނުގެ ހޫޘީން ސައުދީއާ ދެކޮޅަށް ކަނޑުގެ ބްލޮކޭޑެއް އިއުލާނުކޮށްފި
12 ޖުލައި 2026

ކުވޭތުގެ ބޯޑަރު މަރުކަޒުތަކަކާއި ތެޔޮ ޕްލެޓްފޯމަކަށް ހަމަލާދީފި

12 ޖުލައި 2026
ކުވޭތުގެ ބޯޑަރު މަރުކަޒުތަކަކާއި ތެޔޮ ޕްލެޓްފޯމަކަށް ހަމަލާދީފި
12 ޖުލައި 2026

އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ހަމަލާ ދީފި

12 ޖުލައި 2026
އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ހަމަލާ ދީފި
09 ޖުލައި 2026

އީރާނުން ކުވެއިތާއި ބަހްރައިން އަށް ހަމަލާދޭން ފަށައިފި

09 ޖުލައި 2026
އީރާނުން ކުވެއިތާއި ބަހްރައިން އަށް ހަމަލާދޭން ފަށައިފި
06 ޖޫން 2026

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގެ ވަގުތީ ނަތީޖާ އިން ސޯބެ ކުރި ހޯއްދަވައިފި

06 ޖޫން 2026
ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގެ ވަގުތީ ނަތީޖާ އިން ސޯބެ ކުރި ހޯއްދަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް