Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުފަތުރުވެރިކަން

އަހަރުގެ މިހާތަނަށް ފަތުރުވެރިން އައުން 3.2 އިންސައްތަ ދަށްވިއިރު، އެންމެ ގިނަ ފަތުރުވެރިން އައީ ޗައިނާއިން

28 ނޮވެމްބަރު 2026 | ހޮނިހިރު 12:03

މި އަހަރުގެ ނޮވެމްބަރު 25 އާ ހަމައަށް 1.9 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، އެންމެ ގިނަ މީހުން ޒިޔާރަތްކުރީ ޗައިނާ މާކެޓުން. ރާއްޖޭގެ ފަތުރުވެރިކަމުގެ ބެޑް ކެޕޭސިޓީ 68،000 އަށްވުރެ މައްޗަށް އަރާފައިވާއިރު، ގިނަ ފަތުރުވެރިން ރިސޯޓުތަކުގައި މަޑުކޮށްފައިވާކަން ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ. މި މުއްދަތުގައި 40 އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ބާއްވާފައިވާއިރު، އެންމެ ގިނަ ފްލައިޓް އޮޕަރޭޓްކޮށްފައިވަނީ އެމިރޭޓްސްއިން

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 28 ނޮވެމްބަރު 2026 | ހޮނިހިރު 12:03
ރާއްޖެ އަންނަ ފަތުރުވެރިން

ރާއްޖެ އަންނަ ފަތުރުވެރިން | ގޫގުލް

މި އަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާ ފަތުރުވެރިންގެ އަދަދު، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ދަށްވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. 

އެ މިނިސްޓްރީ އިން އާންމުކޮށްފައިވާ ތަފާސްހިސާބުގައި ބުނީ މި އަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1.9 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށެވެ. އެ މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި މުއްދަތުގެ ތެރޭގައި ޖުމްލަ 1،948،874 (އެއް މިލިއަން ނުވަ ލައްކަ ސާޅިސް އަށް ހާސް އަށް ސަތޭކަ ހަތްދިހަ ހަތަރު) ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 3.2 އިންސައްތައިގެ ދަށްވުމެކެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ މާކެޓުތަކަށް ބަލާއިރު، ލިސްޓުގެ އެއްވަނައިގައި އޮތީ ޗައިނާ އެވެ. އެ ގައުމުން 347،630 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ ޖުމްލަ ފަތުރުވެރިންގެ 18.2 އިންސައްތަ އެވެ. ދެވަނައިގައި 14.5 އިންސައްތައާއެކު ރަޝިޔާ އޮތްއިރު، ތިން ވަނައިގައި އޮތީ 7.8 އިންސައްތައާއެކު އިނގިރޭސިވިލާތެވެ. މީގެ އިތުރުން ޖަރުމަނުވިލާތް، އިޓަލީ، އިންޑިއާ، އެމެރިކާ، އޮސްޓްރޭލިއާ، ފްރާންސް އަދި ސްޕެއިން ހިމެނެނީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގަައުމުތަކުގެ ތެރޭގަ އެވެ.

ފަތުރުވެރިން ރާއްޖޭގައި މަޑުކުރާ ތަންތަނަށް ބަލާއިރު، 73.8 އިންސައްތަ ފަތުރުވެރިން ރިސޯޓުތަކުގައި މަޑުކޮށްފައިވެ އެވެ. އަދި 21.8 އިންސައްތަ ފަތުރުވެރިން ގެސްޓްހައުސްތަކުގައި މަޑުކޮށްފައިވާއިރު، ހޮޓާތަކުގައި 2.2 އިންސައްތަ އަދި ސަފާރީ އުޅަނދުފަހަރުގައި 2.0 އިންސައްތަ ފަތުރުވެރިން ވަނީ މަޑުކޮށްފަ އެވެ. ރާއްޖެއަށް ފަތުރުވެރިން އެތެރެވާ ބަނދަރުތަކަށް ބަލާއިރު، 98 އިންސައްތަ ފަތުރުވެރިން ރާއްޖެއަށް އެތެރެވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ބެޑް ކެޕޭސިޓީއަށް ބަލާއިރު، ނޮވެމްބަރު 25 ގެ ނިޔަލަށް އޮޕަރޭޝަނުގައި ޖުމްލަ 68،370 އެނދު އެބަހުއްޓެވެ. މީގެ ތެރޭގައި 180 ރިސޯޓަކުން 45،205 އެނދާއި، 936 ގެސްޓްހައުސްއަކުން 17،074 އެނދާއި، 17 ހޮޓަލަކުން 2،772 އެނދުގެ އިތުރުން 164 ސަފާރީ އުޅަނދަކުން 3،319 އެނދު ހިމެނެ އެވެ. މިއީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޖުމްލަ އެނދުގެ 98.9 އިންސައްތަ އެވެ. އަތޮޅުތަކަށް ބަލާއިރު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ކ. އަތޮޅަށެވެ.

ވައިގެ ދަތުރުފަތުރަށް ބަލާއިރު، އޮކްޓޫބަރު މަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 40 އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ބާއްވަ އެވެ. މީގެ ތެރޭގައި އެންމެ ގިނަ ދަތުރުތައް ބާއްވަނީ ހަފުތާއަކު 26 ދަތުރާއެކު އެމިރޭޓްސްއިންނެވެ. ދެވަނަ އަށް އެންމެ ގިނަ ދަތުރު ބާއްވަނީ އިންޑިގޯއިންނެވެ. މީގެ އިތުރުން ގަތަރު އެއާވޭސް، ފްލައި ދުބާއީ، ސްރީލަންކަން އެއާލައިންސް އަދި ސިންގަޕޯ އެއާލައިންސް ފަދަ އެއާލައިންތަކުން ގަވާއިދުން ދަތުރުތައް ބާއްވަމުންދެ އެވެ.

ޗައިނާފަތުރުވެރިކަން

އެންމެ ހިނގާ

1

އިންސާނިއްޔަތަށްޓަކައި ކަމަށް ވިދާޅުވެ، އަލިވާގެ އިލްޔާސް އިބްރާހީމްގެ އޮޕަރޭޝަނަށް 150،000 ސިންގަޕޫރު ޑޮލަރު ހަމަޖައްސަވައިދެއްވައިފި

2

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބޮޑު މެޖޯރިޓީ "ބޮޑު ބަދަލު" ޓީމްއިން ނަގައިފި

3

ސޯޝަލް މީޑިއާ މަނާކުރަން އުޅެނީ ހީލަތްތެރި ވިސްނުމަކުން؟

4

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ނަތީޖާއާއެކު ޕާޓީ އެއް ރޫހެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ބޮޑުވެގެން ދާނެ: ފައްޔާޒް

5

މެލޭޝިއާގެ ވައިގެ ސިފައިންގެ ވަސީލަތްތައް ބޭނުންކޮށްގެން ތިން ޓަނުގެ މަސްތުވާތަކެތި އުފުލައިފި

އިތުރަށް ކިޔާލަން

26 ނޮވެމްބަރު 2026

ޗައިނާއާއި އީޔޫއާ ދެކޮޅަށް ޓްރަމްޕްގެ އައު ޓެރިފްތަކެއް: އެމެރިކާގެ ހިއްސާގެ ބާޒާރުގައި އަގުތައް ވެއްޓި، ބައިނަލްއަގުވާމީ އިގުތިސާދީ ހާލަތު ހޫނުވެއްޖެ

26 ނޮވެމްބަރު 2026
ޗައިނާއާއި އީޔޫއާ ދެކޮޅަށް ޓްރަމްޕްގެ އައު ޓެރިފްތަކެއް: އެމެރިކާގެ ހިއްސާގެ ބާޒާރުގައި އަގުތައް ވެއްޓި، ބައިނަލްއަގުވާމީ އިގުތިސާދީ ހާލަތު ހޫނުވެއްޖެ
25 ނޮވެމްބަރު 2026

ޕާކިސްތާނުގެ ހުވަފެންތަކާއެކު ޒީޝާން ޢަލީ ޗައިނާގެ ޖައްވީ ސްޓޭޝަނަށް

25 ނޮވެމްބަރު 2026
ޕާކިސްތާނުގެ ހުވަފެންތަކާއެކު ޒީޝާން ޢަލީ ޗައިނާގެ ޖައްވީ ސްޓޭޝަނަށް
19 ނޮވެމްބަރު 2026

ޖީއެސްޓީ ސިޔާސަތަށް ސަރުކާރުން ބަދަލު ގެންނަން ޖެހުނީ ރާއްޖެ ބޮއިކޮޓް ކޮށްފާނެ ކަމުގެ ބިރު އޮތުމުން: ޚަލީލް

19 ނޮވެމްބަރު 2026
ޖީއެސްޓީ ސިޔާސަތަށް ސަރުކާރުން ބަދަލު ގެންނަން ޖެހުނީ ރާއްޖެ ބޮއިކޮޓް ކޮށްފާނެ ކަމުގެ ބިރު އޮތުމުން: ޚަލީލް
10 ނޮވެމްބަރު 2026

ބީއެމްއެލްއިން ރަޝިޔާ ފަތުރުވެރިންގެ ފައިސާ ބަލައި ނުގަންނަ މައްސަލައެއް ފެންމަތިވެއްޖެ

10 ނޮވެމްބަރު 2026
ބީއެމްއެލްއިން ރަޝިޔާ ފަތުރުވެރިންގެ ފައިސާ ބަލައި ނުގަންނަ މައްސަލައެއް ފެންމަތިވެއްޖެ
09 ނޮވެމްބަރު 2026

ސަރުކާރުން ތަރައްގީ ކުރާ ރިސޯޓުތަކުގެ ފައިދާ ބެހުމަށް ކުންފުންޏެއް އުފައްދަވައިފި

09 ނޮވެމްބަރު 2026
ސަރުކާރުން ތަރައްގީ ކުރާ ރިސޯޓުތަކުގެ ފައިދާ ބެހުމަށް ކުންފުންޏެއް އުފައްދަވައިފި
29 އޮކްޓޯބަރު 2026

މިއަހަރަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް އަންދާޒާކުރި އަދަދަށް އަންނާނެ ކަމަށް މިހާރު ނުބެލެވޭ: މިނިސްޓަރު ޒަރީރު

29 އޮކްޓޯބަރު 2026
މިއަހަރަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް އަންދާޒާކުރި އަދަދަށް އަންނާނެ ކަމަށް މިހާރު ނުބެލެވޭ: މިނިސްޓަރު ޒަރީރު
21 އޮކްޓޯބަރު 2026

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުން ހުއްޓާލަން ހުށަހެޅި ބިލު ކޮމިޓީ އަށް

21 އޮކްޓޯބަރު 2026
ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުން ހުއްޓާލަން ހުށަހެޅި ބިލު ކޮމިޓީ އަށް
20 އޮކްޓޯބަރު 2026

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުން ހުއްޓާލަން މަޖިލީހަށް ހުށަހަޅައިފި

20 އޮކްޓޯބަރު 2026
ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުން ހުއްޓާލަން މަޖިލީހަށް ހުށަހަޅައިފި
17 އޮކްޓޯބަރު 2026

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ މި މުއްދަތާއި އަޅާބަލާއިރު މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 3.4 އިންސައްތަ ދަށަށް!

17 އޮކްޓޯބަރު 2026
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ މި މުއްދަތާއި އަޅާބަލާއިރު މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 3.4 އިންސައްތަ ދަށަށް!
05 އޮކްޓޯބަރު 2026

ފަތުރުވެރިކަމުގެ ސިނާއަތުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ސަރުކާރުގެ ވަޒީރުން އެ ދާއިރާގެ އިސްވެރިންނާ ބައްދަލުކުރައްވައިފި

05 އޮކްޓޯބަރު 2026
ފަތުރުވެރިކަމުގެ ސިނާއަތުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ސަރުކާރުގެ ވަޒީރުން އެ ދާއިރާގެ އިސްވެރިންނާ ބައްދަލުކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް