Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަތުރުވެރިކަން

ފަތުރުވެރިކަމުގެ ސިނާއަތުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ސަރުކާރުގެ ވަޒީރުން އެ ދާއިރާގެ އިސްވެރިންނާ ބައްދަލުކުރައްވައިފި

5 އޮކްޓޯބަރު 2026 | ހޯމަ 20:32

ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި 2027 ވަނަ އަހަރުގެ އަމާޒުތަކަށް ވާސިލުވުމަށްޓަކައި، ސަރުކާރުގެ ވަޒީރުންނާއި ދާއިރާގެ އިސް ވިޔަފާރިވެރިން މުހިންމު މަޝްވަރާތަކެއް ބާއްވައިފި. މި ބައްދަލުވުމުގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކޮށްފައި

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 5 އޮކްޓޯބަރު 2026 | ހޯމަ 20:32
ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން އާއި ކަމާގުޅޭ އެހެނިހެން ވުޒާރާތަކުގެ ވަޒީރުންނާ އެކު، ފަތުރުވެރިކަމުގެ ސިނާއަތުގެ އިސް ބޭފުޅުންނާ ހޯމަ ދުވަހު ބައްދަލުކުރެއްވުން

ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން އާއި ކަމާގުޅޭ އެހެނިހެން ވުޒާރާތަކުގެ ވަޒީރުންނާ އެކު، ފަތުރުވެރިކަމުގެ ސިނާއަތުގެ އިސް ބޭފުޅުންނާ ހޯމަ ދުވަހު ބައްދަލުކުރެއްވުން | ޓޫރިޒަމް މިނިސްޓްރީ

ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން އާއި، ކަމާގުޅޭ އެހެނިހެން ވުޒާރާތަކުގެ ވަޒީރުންނާ އެކު، ފަތުރުވެރިކަމުގެ ސިނާއަތުގެ އިސް ބޭފުޅުންނާ ހޯމަ ދުވަހު ބައްދަލުކުރައްވައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ، މި ބައްދަލުކުރެއްވުމަކީ ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުމަށް ސިލްސިލާކޮށް ބާއްވަމުން އަންނަ މަޝްވަރާތަކުގެ ތެރެއިން ބޭއްވުނު މުހިންމު ބައްދަލުކުރެއްވުމެއް ކަމަށެވެ.

Advertisement - newsAdvertisement

މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށާއި، 2027 ވަނަ އަހަރަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒުތަކަށް ވާސިލުވުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ އިތުރުން، މިހާރު މި ސިނާއަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އަވަސް ހައްލުތަކެއް ހޯދުމާ ގުޅޭގޮތުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ. މި ބައްދަލުކުރެއްވުމުގައި ސިނާއަތުގެ ތަޖުރިބާކާރުންގެ ލަފަޔާއި މަޝްވަރާގެ މަތިން މުހިންމު ލަނޑުދަނޑިތަކަކަށް އެއްބަސްވެވުނު ކަމަށް ވެސް ބުނެފައިވެ އެވެ. އަދި މިއީ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ކަމާގުޅޭ ފަރާތްތަކާ ގާތުން މަސައްކަތްކުރުމަށް ސަރުކާރުންދޭ ހާއްސަ އަހަންމިއްޔަތުކަން ހާމަވެގެންދިޔަ ކަމެއް ކަމަށް ބުނެފައިވެ އެވެ.

މި ބައްދަލުކުރެއްވުމުގައި ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ތަޖުރިބާކާރު އަދި ފުންނާބުއުސް ވިޔަފާރިވެރިން ބައިވެރިވެވަޑައިގެންނެވި އެވެ. އޭގެ ތެރޭގައި ކްރައުން ކުންފުނީގެ ޗެއަރޕާސަން ހުސައިން އަފީފް (ޗަމްޕާ އަފީފް)، ސަން ސިޔާމް ގްރޫޕުގެ ވެރިޔާ އަހްމަދު ސިޔާމް މުހައްމަދު އަދި ވިލާ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ސިޔާދު ޤާސިމް ހިމެނިވަޑައިގަންނަވަ އެވެ. 

ފަތުރުވެރިކަމާ ބެހޭ ވަޒީރާއި ކަމާ ގުޅުން ހުރި އެހެން މިނިސްޓްރީތަކުން، އިންޑަސްޓްރީގެ އިސްވެރިންނާ މި ބައްދަލުކުރެއްވީ ޓޫރިސްޓުންނަށް ރާއްޖެއިން ބުކިން ހަދައިދޭ އޮންލައިން ބުކިންގ ޕްލެޓްފޯމްތަކާއި، ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް ގާނޫނަށް ގެނައި ބަދަލުތަކަށް އިތުރު އިސްލާހުތަކެއް ގެންނަން ސަރުކާރުން ނިންމާފައިވާ ދަނޑިވަޅެއްގަ އެވެ.

ޓެކްސްއާ ބެހޭ ގާނޫނަށް މިދިޔަ މަހު ގެނެވުނު އިސްލާހު ތަސްދީގުކުރުމާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ބޭފުޅުންނާއި ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ ފަރާތުން ބޮޑެތި ކަންބޮޑުވުންތަކަކާއި ޝަކުވާތަކެއް ވަނީ ފެންމަތިވެފަ އެވެ. އަދި މި ބަދަލުތަކާ ގުޅިގެން ޔޫރަޕްގެ ބައެއް ޓުއާ އޮޕަރޭޓަރުން ރާއްޖެއަށް ބުކިން ހެދުން މެދުކަނޑާލާފައިވާކަން ވެސް ވަނީ ފާހަގަކުރެވިފަ އެވެ.

ގާނޫނަށް މިފަދަ ބަދަލެއް ގެނައުމުގެ މައިގަނޑު މަގުސަދަކީ އޯފްޝޯ ބުކިން ޕްލެޓްފޯމްތަކާއި ރާއްޖެއިން ބޭރުގެ އެޖެންޓުން ދޭ ހިދުމަތްތަކުން ޖީއެސްޓީ ނެގޭނެ އުސޫލުތައް އެކަށައަޅައި، ޓެކްސް ނެގުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ކަމަށް ބުނެފައިވާއިރު، މި ބަދަލުތަކާއެކު ޓެކްސް ނަގަން ފަށައިފިނަމަ، ބޭރުގެ ޓްރެވަލް އެޖެންޓުންގެ އަތުން ލިބޭނެ ކަމަށް ލަފާކުރާ 299.3 މިލިއަން ރުފިޔާ އާއި ފޮރިން ޓުއާ އޮޕަރޭޓަރުން ދައްކާނެ ކަމަށް ބެލެވޭ 1.3 ބިލިއަން ރުފިޔާއާއެކު، ދައުލަތުގެ އާމްދަނީއަށް އަހަރަކު ގާތްގަނޑަކަށް 1.6 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ފަތުރުވެރިކަންމުހައްމަދު އަމީންޓީޖީއެސްޓީ ގާނޫން

އެންމެ ހިނގާ

1

މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި އަންހެން ދަރިވަރަކު ނިޔާވެއްޖެ

2

ފެނަކަ އުވާލައި ސްޓެލްކޯއަށް ބަދަލުކުރުމަށް ނިންމި ނިންމުމާއެކު، ހެޑް އޮފީހުގެ މުވައްޒަފުންނަށް ވާންވީ ގޮތެއް ނޭނގި މުވައްޒަފުން ބޮޑު ހާސްކަމެއްގައި!

3

ދ.މީދޫގައި ރާއްޖެޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ބޮޑު ސްކްރީންގައި ދެއްކުމަށް ކުރި މަސައްކަތަށް ހުރަސްއަޅައިފި، ޕީއެންސީ ޓިކެޓުގައި އިންތިޚާބުވި ކައުންސިލު ރައީސް އެންގެވީ ޕްރޮގްރާމް ދެއްކުމަކީ މަސްލަހަތު ނަގާލުންކަމަށް!

4

މުއިއްޒުގެ ހެޔޮފުޅުކަން ދައްކަން އަނެއްކާވެސް އުނބަށް

5

ޗައިނާގެ އިންޒާރުތަކަށް ބެލުމެއްނެތި އެމެރިކާއިން ޓައިވާނަށް އާ އަސްކަރީ މަތިންދާބޯޓުތައް ފޮނުވަން ފަށައިފި

އިތުރަށް ކިޔާލަން

05 އޮކްޓޯބަރު 2026

ފިނި މޫސުމުގައި ފަތުރުވެރިކަން ހީނަރުވިޔަ ނުދިނުމަށްޓަކައި، ޓްރެވަލް އޭޖެންސީތަކުން ނަގާ ޓެކްސް ފަސްކުރިކަން މުއިއްޒު ސަރުކާރުން ރަސްމީކޮށް ކަށަވަރުކޮށްދޭން ޖެހޭ: ރިޕޯޓު

05 އޮކްޓޯބަރު 2026
ފިނި މޫސުމުގައި ފަތުރުވެރިކަން ހީނަރުވިޔަ ނުދިނުމަށްޓަކައި، ޓްރެވަލް އޭޖެންސީތަކުން ނަގާ ޓެކްސް ފަސްކުރިކަން މުއިއްޒު ސަރުކާރުން ރަސްމީކޮށް ކަށަވަރުކޮށްދޭން ޖެހޭ: ރިޕޯޓު
04 އޮކްޓޯބަރު 2026

މުއިއްޒުގެ ހެޔޮފުޅުކަން ދައްކަން އަނެއްކާވެސް އުނބަށް

04 އޮކްޓޯބަރު 2026
މުއިއްޒުގެ ހެޔޮފުޅުކަން ދައްކަން އަނެއްކާވެސް އުނބަށް
04 އޮކްޓޯބަރު 2026

ވެރިކަން ލިބިއްޖެނަމަ ފަތުރުވެރިކަމުގެ ސިނާއަތަށް ގާނޫނީ ރައްކާތެރިކަން ހޯދައިދޭނަން: ފައްޔާޒު

04 އޮކްޓޯބަރު 2026
ވެރިކަން ލިބިއްޖެނަމަ ފަތުރުވެރިކަމުގެ ސިނާއަތަށް ގާނޫނީ ރައްކާތެރިކަން ހޯދައިދޭނަން: ފައްޔާޒު
27 ސެޕްޓެމްބަރު 2026

އޭއައި އާއި ޑިޖިޓަލް ވަސީލަތްތަކުން ފަތުރުވެރިކަން ކުރިއެރުވުމަށް މިނިސްޓަރު އަމީން ގޮވާލައްވައިފި

27 ސެޕްޓެމްބަރު 2026
އޭއައި އާއި ޑިޖިޓަލް ވަސީލަތްތަކުން ފަތުރުވެރިކަން ކުރިއެރުވުމަށް މިނިސްޓަރު އަމީން ގޮވާލައްވައިފި
27 ސެޕްޓެމްބަރު 2026

ވަޒީރު ސައީދު އާއި ވަޒީރު އަމީންގެ ދައުރު ޕާކިސްތާނުގައި ރައްޔިތުންގެ މަޖިލީހުން އަދާކުރުން، މިއީ ކުޑަކަމެއްނޫން!

27 ސެޕްޓެމްބަރު 2026
ވަޒީރު ސައީދު އާއި ވަޒީރު އަމީންގެ ދައުރު ޕާކިސްތާނުގައި ރައްޔިތުންގެ މަޖިލީހުން އަދާކުރުން، މިއީ ކުޑަކަމެއްނޫން!
21 ސެޕްޓެމްބަރު 2026

ރައީސް މުއިއްޒުގެ އެންމެ އިޝާރާތަކުން ގައުމުގެ އިގުތިސާދީ "ރަންބިސް އަޅާ ކުކުޅު" ކަމަށްވާ ފަތުރުވެރިކަން ހަލާކުކޮށް، ގައުމު ދަނީ ބަނގުރޫޓުކުރަމުން: ފައްޔާޒު

21 ސެޕްޓެމްބަރު 2026
ރައީސް މުއިއްޒުގެ އެންމެ އިޝާރާތަކުން ގައުމުގެ އިގުތިސާދީ "ރަންބިސް އަޅާ ކުކުޅު" ކަމަށްވާ ފަތުރުވެރިކަން ހަލާކުކޮށް، ގައުމު ދަނީ ބަނގުރޫޓުކުރަމުން: ފައްޔާޒު
18 ސެޕްޓެމްބަރު 2026

މީރާގެ އާމްދަނީ އިތުރުވި ނަމަވެސް، ފަތުރުވެރިކަން ދަށްވުމާ ގުޅިގެން ޑޮލަރު ލިބުނު މިންވަރު ދަށަށް!

18 ސެޕްޓެމްބަރު 2026
މީރާގެ އާމްދަނީ އިތުރުވި ނަމަވެސް، ފަތުރުވެރިކަން ދަށްވުމާ ގުޅިގެން ޑޮލަރު ލިބުނު މިންވަރު ދަށަށް!
18 ސެޕްޓެމްބަރު 2026

ފަތުރުވެރިކަމަށް ލިބިދާނެ ގެއްލުމަކަށްޓަކައި ބޭރުގެ އޭޖެންޓުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރުމުގެ މައްސަލަ އަލުން ދިރާސާކުރުމަށް މެންބަރު ކުޑޫ އެދިވަޑައިގެންފި

18 ސެޕްޓެމްބަރު 2026
ފަތުރުވެރިކަމަށް ލިބިދާނެ ގެއްލުމަކަށްޓަކައި ބޭރުގެ އޭޖެންޓުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރުމުގެ މައްސަލަ އަލުން ދިރާސާކުރުމަށް މެންބަރު ކުޑޫ އެދިވަޑައިގެންފި
17 ސެޕްޓެމްބަރު 2026

ބޭރުގެ ޓުއަރ އޮޕަރޭޓަރުން އަތުން ޓެކްސް ނަގަން ނިންމުމާއި ގުޅިގެން އޭގެ އަސަރުތައް ދެނެގަތުމަށް މަޓާޓޯއިން ސަރވޭއެއް ފަށައިފި

17 ސެޕްޓެމްބަރު 2026
ބޭރުގެ ޓުއަރ އޮޕަރޭޓަރުން އަތުން ޓެކްސް ނަގަން ނިންމުމާއި ގުޅިގެން އޭގެ އަސަރުތައް ދެނެގަތުމަށް މަޓާޓޯއިން ސަރވޭއެއް ފަށައިފި
17 ސެޕްޓެމްބަރު 2026

ފަތުރުވެރިކަމުގެ ދާއިރާ ސަލާމަތްކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް މިހިނދުން މިހިނދަށް ފެށުމަށް ޝާހިދު ސަރުކާރަށް ގޮވާލައްވައިފި

17 ސެޕްޓެމްބަރު 2026
ފަތުރުވެރިކަމުގެ ދާއިރާ ސަލާމަތްކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް މިހިނދުން މިހިނދަށް ފެށުމަށް ޝާހިދު ސަރުކާރަށް ގޮވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް