Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

މާލީ ހާލަތު އޮތް ގޮތުން ރަސްމާލެއިން ދިވެހިންނަށް "ކުކުޅުހާ ނިދަން އަރާވަރުގެ ހާލިވެސް" މި ސަރުކާރަށް އަޅައިނުދެވޭނެ: މެންބަރު މައުރޫފް

26 ނޮވެމްބަރު 2026 | ބުރާސްފަތި 08:18

ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވެ ތަކެތީގެ އަގު އުފުލެމުންދާއިރު، ކުރީ ސަރުކާރުން ފެށި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ނުނިމި ވަނިކޮށް ރަސްމާލެއިން އާންމުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ހަގީގަތަކަށް ވާނެ ކަމެއް ނޫން ކަމަށް މެންބަރު މައުރޫފް ވިދާޅުވި. ރަސްމާލެ މަޝްރޫއަކީ އޮޅުވާލުމެއްގެ ގޮތުގައި ސިފަކުރައްވައި، އެ ތަނުން ބިން ގަނެވޭނީ ހަމައެކަނި މަހުޖަނުންނަށް ކަމަށް އޭނާ ވިދާޅުވި

އަމްނާ އިމާދު
އަމްނާ އިމާދު | 26 ނޮވެމްބަރު 2026 | ބުރާސްފަތި 08:18
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވާހަކަ ދައްކަވަނީ

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ރާއްޖޭގެ މިހާރުގެ އިގްތިސާދީ އަދި މާލީ ހާލަތު އޮތް ގޮތުން ރަސްމާލެ ހިއްކައިގެން އާންމު ދިވެހި ރައްޔިތުންނަށް އެ ތަނުގައި ބޯހިޔާވަހިކަމެއް މި ސަރުކާރަށް ފޯރުކޮށްނުދެވޭނެ ކަމަށާއި، ދިވެހިންނަށް "ކުކުޅުހާ ނިދަން އަރާވަރުގެ ހާލިވެސް" އެ ތަނުގައި އަޅައިނުދެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މެންބަރު މައުރޫފް ވިދާޅުވީ، ރާއްޖޭގެ އިގްތިސާދީ ދުވެލި މިއަހަރު ސުން އިންސައްތައިގައި ހުންނާނެ ކަމަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ލަފާކުރަމުންދާއިރު، ބާޒާރުގައި ޑޮލަރުގެ އަގު 26 ރުފިޔާއަށް އަރައި ތަކެތީގެ އަގު އިންތިހާއަށް އުފުލެމުންދާ ކަމަށެވެ. އަދި ދައުލަތުގެ ބަޖެޓު ފާސްކުރިއިރު އެމްއެމްއޭގެ ގަވަރުނަރާއި އޮޑިޓަރ ޖެނެރަލް ވެސް މާލީ ހާލަތާ ގުޅޭގޮތުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރައްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

Advertisement - newsAdvertisement

މީގެ އިތުރުން މެންބަރު މައުރޫފް ވިދާޅުވީ ކުރީ ސަރުކާރުން ހިއްކަން ފެށި ގުޅީފަޅާއި، ގިރާވަރުފަޅު އަދި އުތުރުތިލަފަޅު އެއްކޮށް ހިއްކައި ނުނިމި، އެ ތަންތަނުގައި ފެނާއި ނަރުދަމާ އަދި މަގުހެދުން ފަދަ އަސާސީ ޚިދުމަތްތައް ގާއިމުނުކުރެވި ވަނިކޮށް، ރަސްމާލޭގެ ބޮޑު ސަރަހައްދެއް ހިއްކައިގެން އާންމުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ހަގީގަތަކަށް ވާނެ ކަމެއް ނޫން ކަމަށެވެ. 

އެ އަނެއްކާ ވެސް ދައްކަނީ އޮޅުވާލަން. ކުރިން ދުވަހު އަޅުގަނޑު މަޖިލީހުގައި ކުރި ސުވާލަކާ ގުޅޭގޮތުން މުއްތަލިބު ވިދާޅުވި ކުކުޅުހާ ނިދަން އަރާހެން ހާލިތަކެއްހޭ އަޅުގަނޑުމެން އަނެއްކާ ވެސް އަޅުގަނޑު އުންމީދު ކުރަނީ ދިވެހި ރައްޔިތުން އުޅެންޖެހޭނީ. އެ ވަރުން ވެސް މި މީހުންނަށް ނުކޮށްދެވޭނެ. ކުކުޅުހާ ނިދަން އަރާވަރުގެ ހާލި ވެސް މި މީހުންނަށް ހަދާނުދެވޭނެ. އެ ވަރުގެ ނާގާބިލު އޮޅުވާލުން ބޮޑު މަކަރާއި ހީލަތުން ވެރިކަމުގައި ތިބި ބައެއް. އެހެންވީމަ އެބޭފުޅުން ދައްކާ ވާހަކައެއް ދިވެހި ރައްޔިތުން ގަބޫލުކުރާނެ ކަމެއް ނެތް.
މައުރޫފް ޒާކިރު

މެންބަރު މައުރޫފް ވިދާޅުވީ، ފުށިދިއްގަރުފަޅު ނުވަތަ ރަސްމާލެ އެއްކޮށް ވިއްކާލުމަށް މި ސަރުކާރުން މަސައްކަތް ކުރާ ކަމަށެވެ.  އަދި އެ ތަނުން ބިން ގަނެވޭނީ މަހުޖަނުންނާއި މިލިއަނަރުންނަށް ކަމަށާއި، ރައްޔިތުންގެ ފިއްތުންތައް ބޮޑުވެއްޖެ ހާލަތެއްގައި ކުޑަ ތަންކޮޅެއްގައި "ސްލަމް" އެއް ފަދަ ތަނެއް ހަދައި ރައްޔިތުންނަށް ދައްކާލުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވި އެވެ.

ނަމަވެސް އެއީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހަގީގީ ހައްލެއް ނުވަތަ ދާއިމީ ގެނެސްދޭނެ ކަމެއް ނޫން ކަމަށް ވެސް މެންބަރު މައުރޫފް ވިދާޅުވި އެވެ. 

ރަސްމާލެމައުރޫފް ޒާކިރު

އެންމެ ހިނގާ

1

އަނެއްކާ ވެސް ހުޅުމާލެ ހޮސްޕިޓަލުގެ އިހުމާލެއް: މިއީ އެންމެ މަންމައެއްގެ ކަރުނައެއް ނޫން، މުޅި ގައުމުގެ ވޭން!

2

ސްޓޭޓް މިނިސްޓަރު ނާޒިމްގެ ތުހުމަތުތަކާއި ގުޅިގެން އިންޑިއާގެ ޚާރިޖީ ވުޒާރާގެ ސިޓީއެއް ދިވެހި ސަރުކާރަށް!

3

ރަސްމާލެ މަޝްރޫއުގެ މަސައްކަތްތައް ލަސްވަމުންދާ ކަމަށް ބުނެ އީގަލް ހިލްސް ކުންފުނިން ކަންބޮޑުވުން ފާޅުކޮށް، ސަރުކާރު ބޮޑު ޕްރެޝަރަކަށް ވައްޓާލައިފި!

4

އަލިވާގެ އިލްޔާސް އިބްރާހީމްގެ އޮޕަރޭޝަނަށް 150،000 ސިންގަޕޫރު ޑޮލަރު ހަމަޖައްސަވައިދެއްވައިފި

5

މަންޓާ އެއަރގެ އެތެރޭގެ އުދުހުންތައް ހުއްޓާލައި، ހުރިހާ ޕައިލެޓުންނާއި ކެބިން ކްރޫއިން ވަޒީފާއިން ވަކިކޮށްފި

އިތުރަށް ކިޔާލަން

25 ނޮވެމްބަރު 2026

ރިއަލް އެސްޓޭޓް ބިލުގެ މަސައްކަތް ނުނިމޭތީ ރައީސް މުއިއްޒު ވިދާޅުވި ގޮތަށް މަޖިލީހުގެ ދައުރު ދަންމާލައިފި

25 ނޮވެމްބަރު 2026
ރިއަލް އެސްޓޭޓް ބިލުގެ މަސައްކަތް ނުނިމޭތީ ރައީސް މުއިއްޒު ވިދާޅުވި ގޮތަށް މަޖިލީހުގެ ދައުރު ދަންމާލައިފި
24 ނޮވެމްބަރު 2026

ސްޓޭޓް މިނިސްޓަރު ނާޒިމްގެ ތުހުމަތުތަކާއި ގުޅިގެން އިންޑިއާގެ ޚާރިޖީ ވުޒާރާގެ ސިޓީއެއް ދިވެހި ސަރުކާރަށް!

24 ނޮވެމްބަރު 2026
ސްޓޭޓް މިނިސްޓަރު ނާޒިމްގެ ތުހުމަތުތަކާއި ގުޅިގެން އިންޑިއާގެ ޚާރިޖީ ވުޒާރާގެ ސިޓީއެއް ދިވެހި ސަރުކާރަށް!
24 ނޮވެމްބަރު 2026

ރަސްމާލެ އީގަލް ހިލްސްއަށް ދިނުމުގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެދި ހުށަހެޅި މައްސަލައިގެ ކޮމިޓީ ކެންސަލްކޮށްފި

24 ނޮވެމްބަރު 2026
ރަސްމާލެ އީގަލް ހިލްސްއަށް ދިނުމުގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެދި ހުށަހެޅި މައްސަލައިގެ ކޮމިޓީ ކެންސަލްކޮށްފި
24 ނޮވެމްބަރު 2026

އަލައްބާރު ވިދާޅުވާ ބްރަދަރ އަބްދުﷲ އަކީ މިނިސްޓަރު މުއްތަލިބުތޯ ސުވާލުކުރުމުން މުއްތަލިބު ޖަވާބު ނުދެއްވި!

24 ނޮވެމްބަރު 2026
އަލައްބާރު ވިދާޅުވާ ބްރަދަރ އަބްދުﷲ އަކީ މިނިސްޓަރު މުއްތަލިބުތޯ ސުވާލުކުރުމުން މުއްތަލިބު ޖަވާބު ނުދެއްވި!
23 ނޮވެމްބަރު 2026

ދެ އަބްދުﷲގެ ގަޑުބަޑު...

23 ނޮވެމްބަރު 2026
ދެ އަބްދުﷲގެ ގަޑުބަޑު...
23 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުން އަޅުގަނޑުމެންގެ ސަރުކާރެއްގައި ބާތިލުކުރާނެކަމުގެ ޔަޤީންކަން ދެން: ފައިސަލް

23 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއުގެ އެއްބަސްވުން އަޅުގަނޑުމެންގެ ސަރުކާރެއްގައި ބާތިލުކުރާނެކަމުގެ ޔަޤީންކަން ދެން: ފައިސަލް
23 ނޮވެމްބަރު 2026

ރަސްމާލެ އީގަލް ހިލްސްއަށް ދިނުމުގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެދި ހުށަހެޅި މައްސަލަ ކޮމިޓީއަށް

23 ނޮވެމްބަރު 2026
ރަސްމާލެ އީގަލް ހިލްސްއަށް ދިނުމުގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެދި ހުށަހެޅި މައްސަލަ ކޮމިޓީއަށް
22 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ބާއްވާ ބޮޑު އެއްވުން ޑިސެންބަރު 3 އަށް އަވަސްކޮށްފި!

22 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ދެކޮޅަށް ބާއްވާ ބޮޑު އެއްވުން ޑިސެންބަރު 3 އަށް އަވަސްކޮށްފި!
22 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއުގައި ފެންނަނީ މިނިސްޓަރު މުއްތަލިބު އެކަމަކު މިނިސްްޓްރީން ބުނަނީ ރަސްމާލެއާ ގުޅޭ މައުލޫމާތަކީ އެ މިނިސްޓްރީގައި ހުރި މައުލޫމާތެއް ނޫން ކަމަށް!

22 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއުގައި ފެންނަނީ މިނިސްޓަރު މުއްތަލިބު އެކަމަކު މިނިސްްޓްރީން ބުނަނީ ރަސްމާލެއާ ގުޅޭ މައުލޫމާތަކީ އެ މިނިސްޓްރީގައި ހުރި މައުލޫމާތެއް ނޫން ކަމަށް!
22 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއު މިހާރު އޮތް ގޮތަށް ކުރިއަށް ގެންގޮސްފިނަމަ ޖީއެމްއާރަށް ދޭންޖެހުނު ވަރަށްވުރެ ބޮޑު ބަދަލެއް ދައުލަތުން ދޭންޖެހިދާނެ: ފައްޔާޒް

22 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއު މިހާރު އޮތް ގޮތަށް ކުރިއަށް ގެންގޮސްފިނަމަ ޖީއެމްއާރަށް ދޭންޖެހުނު ވަރަށްވުރެ ބޮޑު ބަދަލެއް ދައުލަތުން ދޭންޖެހިދާނެ: ފައްޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް