އެމްއޭސީއެލްގެ މުވައްޒަފުންނަށް މި އަހަރުގެ ބޯނަސް ދޭން ފަށައިފި
27 ނޮވެމްބަރު 2026 | ހުކުރު 06:50އެމްއޭސީއެލްގެ އަހަރީ އާންމު ޖަލްސާއަށްފަހު މުވައްޒަފުންގެ މަސައްކަތުގެ ފެންވަރަށް ބަލައި 15،000 އާއި 30،000 ރުފިޔާއާ ދެމެދުގެ އަދަދުތަކުން ބޯނަސް ދޭން ވަނީ ފަށާފައި. މި ފައިސާ ދިނުން ލަސްވުމުގެ ކަންބޮޑުވުން އުފެދިފައިވަނިކޮށް ބޯނަސް ޖަމާކޮށްދީފައިވަނީ، ހަ މަސްދުވަހަށްވުރެ ގިނަ ދުވަހު ވަޒީފާ އަދާކުރި އަދި އަހުލާގީ މައްސަލައެއް ނެތް މުވައްޒަފުންނަށް އިސްކަންދީގެން


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އެމްއޭސީއެލްގެ މުވައްޒަފުން މަސައްކަތުގައި | ޓްވީޓަރ
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މުވައްޒަފުންނަށް މި އަހަރުގެ ބޯނަސް ދޭން ފަށައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ބުރާސްފަތި ދުވަހު އެމްއޭސީއެލްގެ އަހަރީ އާންމު ޖަލްސާ ބާއްވައި، މުވައްޒަފުންނަށް އަހަރީ ބޯނަސް ދޭން ވަނީ ނިންމާފަ އެވެ. އަދި މުވައްޒަފުންނަށް ބޯނަސް ދެނީ ޕާފޯމަންސަށް ބަލާފައި ކަމަށް މައުލޫމާތު ލިބެ އެވެ.
އެގޮތުން ބުރާސްފަތި ދުވަހުގެ ރޭ މުސާރައާއެކު ބޯނަސް ޖަމާވެފައިވާއިރު، ބައެއް މުވައްޒަފުންނަށް 30،000 ރުފިޔާ، 25،000 އަދި 15،000 ރުފިޔާ ބޯނަސްގެ ގޮތުގައި ލިބިފައިވެ އެވެ.
މީގެކުރިން އެމްއޭސީއެލުން ބުނީ، އަހަރީ ބޯނަސް ދެނީ އަހަރުގެ ހަ މަސްދުވަހަށް ވުރެ ގިނަ ދުވަހު ވަޒީފާ އަދާކުރި މުވައްޒަފުންނަށާއި، ހަ މަސްދުވަހު ވަޒީފާގައި އުޅުމަށް ފަހު، ކެނޑުނު މުވައްޒަފުންނަށް މަސައްކަތްކުރި ދުވަހުގެ މުއްދަތަށް ބަލާފައި ކަމަށެވެ. އަދި އަހުލާގީ މައްސަލައެއްގައި ވަޒީފާއިން ވަކިކުރި މުވައްޒަފުންނަށް އެ ބޯނަސް ނުދޭނެ ކަމަށް ވެސް އެމްއޭސީއެލުން ބުނެފައިވެ އެވެ.
އެމްއޭސީއެލްގެ މުވައްޒަފުންނަށް ބޯނަސް ދޭން ފަށާފައި މިވަނީ ބޯނަސް ދިނުން ވަރަށް ބޮޑަށް ލަސްވެ، މުވައްޒަފުންގެ މެދުގައި ކަންބޮޑުވުން ވަރަށް ބޮޑަށް އުފެދިފައިވަނިކޮށެވެ.
ދައުލަތުގެ ހިއްސާ އޮންނަ އެ ކުންފުނިން 2022 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ މި ބޯނަސް ދެމުންގޮސްފައިވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
އެމްއޭސީއެލްގައި 5000ށް ވުރެ ގިނަ މުވައްޒަފުން ދަނީ މަސައްކަތް ކުރަމުންނެވެ.











