Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދިވެހި ފިލުމު ކީއްވެ؟

"ފިލްމު ޕްރިމިއަރ ކުރާނެކަމުގެ ޔަޤީންކަން ދިނުމަށްފަހު، ފަހު ވަގުތު ދައުލަތުގެ މީޑިއާއިން އަމަލުކުރި ޣައިރު ޒިންމާދާރު ގޮތުގެ ސަބަބުން އިއާދަ ނުކުރެވޭ ވަރުގެ މާލީ ގެއްލުންތައް ލިބިއްޖެ"

26 ނޮވެމްބަރު 2026 | ބުރާސްފަތި 14:10

ދިވެހި ފިލްމު "ކީއްވެ؟" ގެ ޕްރިމިއާ ލައިވްކޮށްދޭން އެއްބަސްވުމަށްފަހު، ސިޔާސީ ބޭފުޅުން ބައިވެރިވާތީ ކަމަށް ބުނެ ޕީއެސްއެމްއިން ފަހުވަގުތު އެކަން ހުއްޓާލުމުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ޕްރޮޑަކްޝަން ހައުސްތަކުން ބުނެފި. މި ނިންމުމަކީ ޣައިރު ޒިންމާދާރު އަމަލެއް ކަމަށް ފާހަގަކޮށް، ލިބުނު މާލީ ގެއްލުމުގެ ބަދަލު ހޯދުމަށް ގާނޫނީ ފިޔަވަޅު އެޅުމަށް ވަނީ ނިންމާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 26 ނޮވެމްބަރު 2026 | ބުރާސްފަތި 14:10
އެންމެން އިންތިޒާރުކުރަމުން އައި "ކީއްވެ؟" ފިލްމުގެ ޓްރެއިލަރ ދައްކާލައިފި

އެންމެން އިންތިޒާރުކުރަމުން އައި "ކީއްވެ؟" ފިލްމުގެ ޓްރެއިލަރ ދައްކާލައިފި | ސޯޝަލް މީޑިއާ

ދިވެހި ފީޗާ ފިލްމު "ކީއްވެ؟" ގެ ޕްރިމިއާ ލައިވްކޮށް ގެނެސްދިނުމަށް ޕަބްލިކް ސާވިސް މީޑިއާއާ އެކު އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހު، ފަހުވަގުތު އެ ފިލްމުގެ ޕްރިމިއާ ލައިވް ނުކޮށްދިނުމުގެ ސަބަބުން އިއާދަ ނުކުރެވޭ ވަރުގެ މާލީ ގެއްލުންތައް ލިބިފައިވާކަމަށް ފިލްމު ޕްރޮޑަކްޝަން ހައުސްތަކުން ބުނެފި އެވެ.

ފިލްމު ޕްރޮޑަކްޝަން ހައުސްތަކުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ފިލްމުގެ ޕްރިމިއާ ލައިވްކޮށް ގެނެސްދިނުމަށް ފިލްމު ޕްރޮޑަކްޝަން ހައުސް އާއި ޕީއެސްއެމްއާ ދެމެދު ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު އެއްބަސްވެފައިވާކަމަށެވެ. ނަމަވެސް ޕްރިމިއާ ފެށުމަށް ދެ ގަޑިއިރަށްވެފައި ވަނިކޮށް، ޕީއެސްއެމްއިން "ކީއްވެ؟" ފިލްމުގެ ޕްރިމިއާ ލައިވް ނުކޮށްދެވޭނެކަން އެންގިކަމަށް ބަޔާނުގައިވެ އެވެ.

Advertisement - newsAdvertisement

ނަމަވެސް އޭގެ ކުރިން ޕީއެސްއެމްއިން ވަނީ އޮލިމްޕަހުގައި ސެޓަޕް ޖަހައި، ޕްރިމިއާ އޮންނާނެކަން ދުރާލައި ބެލުންތެރިންނަށް ވެސް އަންގާފަ އެވެ. މި ނިންމުން ނިންމުމުގެ ސަބަބެއް ގޮތުގައި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަކީބު ފާހަގަކުރައްވާފައިވަނީ، ޕްރިމިއާ އިވެންޓަށް ދައުވަތު އެރުވިގެން ބައެއް ސިޔާސީ ބޭފުޅުން ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވުންކަމަށް ބަޔާނުގައިވެ އެވެ.

ޕްރޮޑަކްޝަން ހައުސްތަކުން ބުނެފައިވަނީ، އިވެންޓަށް ދައުވަތު އަރުވާފައިވަނީ ދައުވަތާއި، ސަރުކާރުގެ އިސް މަގާމުތައް ފުރުއްވާފައިވާ އަދި ފުރުއްވަމުން ގެންދަވާ އެކިއެކި ފަންތީގެ ބޭފުޅުންނާއި، ފަންނާނުންނާއި، އާންމު ފަރާތްތަކަށް ވަކި ސިޔާސީ ފިކުރަކަށް ބެލުމެއް ނެތިކަމަށެވެ.

ބަޔާނުގައި ބުނެފައިވަނީ، އެއްބަސްވުމާ އެއްގޮތަށް ޕީއެސްއެމްއިން ޕްރިމިއާ ލައިވް ނުކޮށްދިނުމުގެ ސަބަބުން އިއާދަ ނުކުރެވޭ ބޮޑު ގެއްލުމެއް ލިބުނުކަމަށެވެ. އެއްބަސްވުމާ ހިލާފުވުމުގެ ސަބަބުން ޕްރޮޑަކްޝަން ހައުސްއަށް ލިބުނު މާލީ ގެއްލުންތަކުގެ ބަދަލު ހޯދުމަށް އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.

ޕްރޮޑަކްޝަން ހައުސްތަކުން ފާހަގަކުރެއްވީ، ޕީއެސްއެމްއަކީ ދައުލަތުގެ ބަޖެޓުން ފައިސާދޭ ތަނަކަށްވާއިރު، ޕީއެސްއެމް މަސައްކަތް ކުރަންޖެހޭނީ ވަކި ބައެއްގެ ނުފޫޒެއް ނެތި ކަމަށެވެ. ފިލްމު ޕްރިމިއަރ ކުރާނެކަމުގެ ޔަޤީންކަން ދިނުމަށްފަހު، ފަހުވަގުތު ދައުލަތުގެ މީޑިއާއިން އަމަލުކުރި ޣައިރު ޒިންމާދާރު ގޮތުގެ ސަބަބުން އިއާދަ ނުކުރެވޭ ވަރުގެ މާލީ ގެއްލުންތައް ލިބިއްޖެކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

މި ފިލްމުގެ ޕްރިމިއާ ނައިޓުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އަދި ކުރީގެ ނައިބުރައީސް ފައިސަލް ނަސީމްގެ އިތުރުން ސިޔާސީ އެކި ފިކުރުތަކުގެ ނަން މަޝްހޫރު ގިނަ ބަޔަކު ބައިވެރިވި އެވެ.

ކީއްވެ؟ޕަބްލިކް ސަރވިސް މީޑިއާއަހްމަދު ޝަކީބު

އެންމެ ހިނގާ

1

ސްޓޭޓް މިނިސްޓަރު ނާޒިމްގެ ތުހުމަތުތަކާއި ގުޅިގެން އިންޑިއާގެ ޚާރިޖީ ވުޒާރާގެ ސިޓީއެއް ދިވެހި ސަރުކާރަށް!

2

އިންސާނިއްޔަތަށްޓަކައި ކަމަށް ވިދާޅުވެ، އަލިވާގެ އިލްޔާސް އިބްރާހީމްގެ އޮޕަރޭޝަނަށް 150،000 ސިންގަޕޫރު ޑޮލަރު ހަމަޖައްސަވައިދެއްވައިފި

3

މަންޓާ އެއަރގެ އެތެރޭގެ އުދުހުންތައް ހުއްޓާލައި، ހުރިހާ ޕައިލެޓުންނާއި ކެބިން ކްރޫއިން ވަޒީފާއިން ވަކިކޮށްފި

4

ބެންޣާޒީގައި ރަޝިއާގެ މަނަވަރަކަށް ދިން ހަމަލާގައި ލީބިޔާގެ ދެ ސިފައިން މަރުވެ، ބަދަލުހިފާނެ ކަމުގެ އިންޒާރު ދީފި

5

ރަސްމާލެ މަޝްރޫއާ ދެކޮޅަށް އެމްޑީޕީ އިން ބާއްވާ އެއްވުން: ސްޓެލްކޯ އިން ބުނީ ކަރަންޓު ފޯރުކޮށްނުދެވޭނެ ކަމަށް!

އިތުރަށް ކިޔާލަން

29 އޮކްޓޯބަރު 2026

އެންމެން އިންތިޒާރުކުރަމުން އައި "ކީއްވެ؟" ދިވެހި ފިލްމުގެ ޓްރެއިލަރ ދައްކާލައިފި

29 އޮކްޓޯބަރު 2026
އެންމެން އިންތިޒާރުކުރަމުން އައި "ކީއްވެ؟" ދިވެހި ފިލްމުގެ ޓްރެއިލަރ ދައްކާލައިފި
01 އޯގަސްޓު 2026

ލޯކަލްކައުންސިލު އިންތިޚާބާއި ރެފަރެންޑަމް ވޯޓުގެ ތެރޭގައި ޕީއެސްއެމް އިން ވަނީ ގާނޫނާ ޚިލާފުވެފައި، ޕީއެސްއެމް އިސްލާހު ކުރަން ޖެހޭ: ޓީއެމް

01 އޯގަސްޓު 2026
ލޯކަލްކައުންސިލު އިންތިޚާބާއި ރެފަރެންޑަމް ވޯޓުގެ ތެރޭގައި ޕީއެސްއެމް އިން ވަނީ ގާނޫނާ ޚިލާފުވެފައި، ޕީއެސްއެމް އިސްލާހު ކުރަން ޖެހޭ: ޓީއެމް
31 ޖުލައި 2026

އޭޕްރީލް މަހު އޮތް އިންތިޚާބުތަކުގައި ވޯޓަކަށް 3،000 އާއި 10،000ރ. އާ ދެމެދުގެ ރިޝްވަތު ހުށަހެޅި، ޕީއެސްއެމް ވަކިފަރާތަކަށް ޖެހި، ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރި: ޓްރާންސްޕޭރަންސީ

04 މެއި 2026

ޕީއެސްއެމް އިން ޕާޓީތަކުގެ މެދުގައި ތަފާތުކޮށް، މައުލޫމާތު ފޯރުކޮށްދިނުމުގެ ފުރުސަތު އެމްޑީޕީ އަށް ދީފައިނުވާތީ ހުށަހެޅި ގަރާރު ބޭރުކޮށްލައިފި

04 މެއި 2026
ޕީއެސްއެމް އިން ޕާޓީތަކުގެ މެދުގައި ތަފާތުކޮށް، މައުލޫމާތު ފޯރުކޮށްދިނުމުގެ ފުރުސަތު އެމްޑީޕީ އަށް ދީފައިނުވާތީ ހުށަހެޅި ގަރާރު ބޭރުކޮށްލައިފި
29 އެޕްރީލު 2026

900 މިލިއަން ޑޮލަރުގެ ލޯނު ދެއްކި ކަމަށް ބުނާއިރު، 650 މިލިއަން ޑޮލަރުގެ ދަރަނި ނެގީ މިސަރުކާރުން: މެންބަރު ޝަމްހީދު

29 އެޕްރީލު 2026
900 މިލިއަން ޑޮލަރުގެ ލޯނު ދެއްކި ކަމަށް ބުނާއިރު، 650 މިލިއަން ޑޮލަރުގެ ދަރަނި ނެގީ މިސަރުކާރުން: މެންބަރު ޝަމްހީދު
27 އެޕްރީލު 2026

ރާއްޖެޓީވީ އާ ބެހޭ ގޮތުން ބާރަށު ދާއިރާގެ މެންބަރު ހެއްދެވީ ބޮޑު އިތުރުފުޅެއް!

27 އެޕްރީލު 2026
ރާއްޖެޓީވީ އާ ބެހޭ ގޮތުން ބާރަށު ދާއިރާގެ މެންބަރު ހެއްދެވީ ބޮޑު އިތުރުފުޅެއް!
27 އެޕްރީލު 2026

ނިމުނު އިންތިޚާބުގައި ޕީއެސްއެމް ފެނުނީ ޕީއެންސީގެ މީޑިއާ ވިންގް އެއްގެ ގޮތުގައި: މީކާއިލް

27 އެޕްރީލު 2026
ނިމުނު އިންތިޚާބުގައި ޕީއެސްއެމް ފެނުނީ ޕީއެންސީގެ މީޑިއާ ވިންގް އެއްގެ ގޮތުގައި: މީކާއިލް
19 އެޕްރީލު 2026

ޕީއެސްއެމް އިން ޕާޓީތަކުގެ މެދުގައި ތަފާތުކޮށް، މައުލޫމާތު ފޯރުކޮށްދިނުމުގެ ފުރުސަތު އެމްޑީޕީ އަށް ދީފައިނުވާތީ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި

19 އެޕްރީލު 2026
ޕީއެސްއެމް އިން ޕާޓީތަކުގެ މެދުގައި ތަފާތުކޮށް، މައުލޫމާތު ފޯރުކޮށްދިނުމުގެ ފުރުސަތު އެމްޑީޕީ އަށް ދީފައިނުވާތީ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި
09 ޖެނުއަރީ 2026

ޕީއެސްއެމްގެ އެމްޑީ އަށް ރައީސް އޮފީހުން އެލަވަންސް އެއް ދޭ ކަމުގެ އަޑު ގަދަވެ، ފާޑުކިޔުން ބޮޑުވެފައި ވަނިކޮށް ސަރުކާރުން އެކަން ދޮގުކޮށްފި

09 ޖެނުއަރީ 2026
ޕީއެސްއެމްގެ އެމްޑީ އަށް ރައީސް އޮފީހުން އެލަވަންސް އެއް ދޭ ކަމުގެ އަޑު ގަދަވެ، ފާޑުކިޔުން ބޮޑުވެފައި ވަނިކޮށް ސަރުކާރުން އެކަން ދޮގުކޮށްފި
10 ޑިސެމްބަރު 2025

ސަރުކާރުގެ ޚިދުމަތުން ރިޓަޔާ ކުރެއްވި ޝަކީބު ޕީއެސްއެމް ގެ އެމްޑީ އަކަށް އައްޔަނު ކޮށްފި

10 ޑިސެމްބަރު 2025
ސަރުކާރުގެ ޚިދުމަތުން ރިޓަޔާ ކުރެއްވި ޝަކީބު ޕީއެސްއެމް ގެ އެމްޑީ އަކަށް އައްޔަނު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް