Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ފިލްމާއި މިޔުޒިކް"ކީއްވެ؟"

އެންމެން އިންތިޒާރުކުރަމުން އައި "ކީއްވެ؟" ދިވެހި ފިލްމުގެ ޓްރެއިލަރ ދައްކާލައިފި

29 އޮކްޓޯބަރު 2026 | ބުރާސްފަތި 15:49

އީސާ ޝަރީފް ޑައިރެކްޓްކޮށް، ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ "ކީއްވެ؟" ފިލްމުގެ ޓްރެއިލަރ އާންމުކުރުމާއެކު ބެލުންތެރިންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައި. އާއިލީ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުގެ ޓިކެޓް މިހާރު ބުކްކުރެވޭއިރު، ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު. މި ފިލްމުން ޝީލާ، ނިޝާ އަދި ދަރާ ރަޝީދު ފަދަ ތަޖުރިބާކާރު ތަރިންތަކެއް ފެނިގެންދާނެ

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 29 އޮކްޓޯބަރު 2026 | ބުރާސްފަތި 15:49
އެންމެން އިންތިޒާރުކުރަމުން އައި "ކީއްވެ؟" ފިލްމުގެ ޓްރެއިލަރ ދައްކާލައިފި

އެންމެން އިންތިޒާރުކުރަމުން އައި "ކީއްވެ؟" ފިލްމުގެ ޓްރެއިލަރ ދައްކާލައިފި | ސޯޝަލް މީޑިއާ

ދިވެހި ފިލްމީ ދާއިރާއަށް ލޯބިކުރާ ފަރާތްތަކުން އެންމެ ކެތްމަދުވެފައި ތިބި، އަދި ކާމިޔާބު ޕްރޮޑަކްޝަން ހައުސްތަކެއް ކަމަށްވާ، ސްލޭމް ސްޓޫޑިއޯ އާއި ނޫރު އެންޑް މޫވީސް، ސެޓާން ސްޓޫޑިއޯ އަދި ކިޑް ޕްރޮޑަކްޝަން ގުޅިގެން ސިނަމާތަކަށް ގެންނަން ތައްޔާރު ކުރާ ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ ރަސްމީކޮށް އާންމުކޮށްފި އެވެ.

މި ޓްރެއިލަރާއެކު ފިލްމަށް އޮތް އިންތިޒާރާއި ޝައުޤުވެރިކަން ވަނީ އިތުރަށް ބޮޑުވެގެން ގޮސްފަ އެވެ. 25 އަހަރަށް ފަހު ދިވެހި ސިނަމާގެ ލެޖެންޑަރީ އެކްޓަރ ރީކޯ މޫސާ މަނިކުގެ މި ފިލްމްގެ ލީޑް ރޯލުން ފެނިގެންދާއިރު، އޭނާގެ ހުނަރުވެރި އަދި އަސަރުގަދަ އެކްޓިންގ ޓްރެއިލަރއިން ވަރަށް ފުރިހަމައަށް ފެނިގެންދެ އެވެ.

އެގޮތުން މޫސަގެ އަޑުން "އަދި އެއްފުރުސަތު ދީ.." އާއި "ހަތަރު ވަނަ މީހަކާވެސް އިންނަންވީތަ..؟" ބުނާ އަޑު އިވެ އެވެ. އަދި މި ޑައިލޮގުތަކުން އެކަނިވެސް ފިލްމާ މެދު އޮތް ޝައުގުވެރިކަން އިތުރުވެގެންދެ އެވެ. އާއިލީ ގުޅުންތަކާއި ލޯބީގެ އުނދަގޫ އިހުސާސްތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުގެ ވާހަކަ، ޓްރެއިލަރގެ ޒަރީއާއިން ބެލުންތެރިންނަށް ކޮންމެވެސް ވަރަކަށް ސިފަކޮށްދީފައިވެ އެވެ.

މި ފިލްމުގައި މޫސަގެ އިތުރުން މަޝްހޫރު ތަރި ޝީލާ ނަޖީބް، މަރިޔަމް ނިޝާ، ޝަމީލް އަދި ދަރާ ރަޝީދު ފެނިގެންދާއިރު، މި ފިލްމުގައި ގެނެސްދެވިފައިވާ މި ވާހަކައަކީ އެހެން ދިވެހި ފިލްމްތަކާއި ޚިލާފަށް ދިރިއުޅުމުގެ މެދުއުމުރުގައި ދިމާވާ މައްސަލަތަކަށް އަލިއަޅުވާލެވިގެން ހަދާފައިވާ ފިލްމެއްކަމަށް ބެލެވެ އެވެ.

މި ފިލްމް ޚައްސާވާ އެތައް ކަމެއް ހުރި އިރު ފާހަގަކޮށްލަން ޖެހޭ އަނެއްކަމަކީ، 20 އަހަރުގެ މެދުކެނޑުމަކަށްފަހު ކުޅަދާނަ ޑައިރެކްޓަރު އީސާ ޝަރީފްގެ އެނބުރި އައުމެވެ. އެގޮތުން އީސަ ގެނެސްދޭ މި އުފެއްދުމުގެ މަންޒަރުތަކާއި ސިނަމެޓިކް ފެންވަރު ވަރަށް މަތިކަން ޓްރެއިލަރއިން ހާމަވެ އެވެ.

މި ފިލްމްގެ ޕްރިމިއަރ ނައިޓުގެ ޓިކެޓް (https://saturnstudio.mv/booking) ވެބްސައިޓް މެދުވެރިކޮށް ވިއްކަމުންދާއިރު، 7458800 ގެ ވައިބަރ ނަންބަރުން އެހެނިހެން ޝޯތަކުގެ ޓިކެޓް ބުކްކުރުމަށް ވަނީ ހުޅުވާލެވިފަ އެވެ. އަދި ފިލްމުގެ ޓްރެއިލަރ އާންމުކުރުމާއެކު، ޓިކެޓަށް އޮތް ޑިމާންޑް ވަނީ ކުއްލިއަކަށް މައްޗަށް ގޮސްފައިކަން ފިލްމްގެ ޕްރޮޑަކްޝަން ހައުސްއިން މައުލޫމާތުދެ އެވެ.

ކުލަގަދަ އިވެންޓަކާ އެކު މި ފިލްމު ރަސްމީކޮށް ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ 25 ނޮވެމްބަރ 2026 ގަ އެވެ.

ކީއްވެ؟ސްލޭމް ސްޓޫޑިއޯނޫރު އެންޑް މޫވީސްސެޓާން ސްޓޫޑިއޯ

އެންމެ ހިނގާ

1

އަލައްބާރުގެ ވާހަކަތަކުން ފަޅާއެރި ސިއްރު: އެތައް މިލިއަން ޑޮލަރެއް ދިޔައީ ކޮން އަބްދުﷲ އަކަށް؟

2

ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި، ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރަން ދައުލަތުން އިންކާރުކުރޭ!

3

19 އަހަރުގެ ވެރިކަމަށް ފަހު ޔަހޫދީ ނަތަންޔާހޫގެ ސިޔާސީ ހަޔާތް ނިމުމަކަށް އަންނަނީތަ؟

4

އިންތިޚާބަށްފަހު އީރާނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަން ޓްރަމްޕް ގަލްފުގެ ޤައުމުތަކަށް އަންގަވައިފި

5

ގޭސް ހޮޅިތަކުގެ ތެރެއިން ވަދެ ރަޝިޔާ ސިފައިން ވަށައިލައި، ޔޫކްރެއިނުން ކުއްލި ހަމަލާތަކެއް ދީފި

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2025

'ޕަރީ' ގެ ޕޯސްޓަރ ޗެލެންޖް އިން އެއްވަނަ އަށް އައި ޕޯސްޓަރު ހޮވާ 10،000 ރުފިޔާ ދީފި!

02 ޑިސެމްބަރު 2025
'ޕަރީ' ގެ ޕޯސްޓަރ ޗެލެންޖް އިން އެއްވަނަ އަށް އައި ޕޯސްޓަރު ހޮވާ 10،000 ރުފިޔާ ދީފި!
23 އޮކްޓޯބަރު 2025

ދިރާގު x އައިސިކް މިއުޒިކް ޝޯގައި ޒުވާން ދިވެހި ހުނަރުވެރިން!

23 އޮކްޓޯބަރު 2025
ދިރާގު x އައިސިކް މިއުޒިކް ޝޯގައި ޒުވާން ދިވެހި ހުނަރުވެރިން!
02 މެއި 2021

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

02 މެއި 2021
ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
12 ޑިސެމްބަރު 2019

ބަންގްލަދޭޝްގެ ރާޅާއެޅުންތެރިޔާ އައިޝާގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް ހެދި ފިލްމު ދެއްކުން މަނާކުރުމަށް ގޮވާލަނީ

12 ޑިސެމްބަރު 2019
ބަންގްލަދޭޝްގެ ރާޅާއެޅުންތެރިޔާ އައިޝާގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް ހެދި ފިލްމު ދެއްކުން މަނާކުރުމަށް ގޮވާލަނީ
21 ނޮވެމްބަރު 2018

ކައިވެންޏަށް 9 އަހަރު ފުރުން ފާހަގަކުރަން ޝިލްޕާ ޝެޓީ ޚިޔާރުކުރީ ދިވެހިރާއްޖެ

21 ނޮވެމްބަރު 2018
ކައިވެންޏަށް 9 އަހަރު ފުރުން ފާހަގަކުރަން ޝިލްޕާ ޝެޓީ ޚިޔާރުކުރީ ދިވެހިރާއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް