Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕަބްލިކް ސަރވިސް މީޑިއާ

ސަރުކާރުގެ ޚިދުމަތުން ރިޓަޔާ ކުރެއްވި ޝަކީބު ޕީއެސްއެމް ގެ އެމްޑީ އަކަށް އައްޔަނު ކޮށްފި

10 ޑިސެމްބަރު 2025 | ބުދަ 11:52

އަހްމަދު ޝަކީބް އަކީ ރައީސް މުއިއްޒުގެ ސަރުކާރުގައި ޕީއެސްއެމްގެ އެމްޑީގެ މަގާމަށް އައްޔަންކުރި ހަތަރުވަނަ އެމްޑީ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 10 ޑިސެމްބަރު 2025 | ބުދަ 11:52
ރައީސް އޮފީހުން ގެނެސްދޭ "ރައްޔިތުންނާއެކު" ޕޮޑްކާސްޓުގެ ހޯސްޓް އަހްމަދު ޝަކީބް

ރައީސް އޮފީހުން ގެނެސްދޭ "ރައްޔިތުންނާއެކު" ޕޮޑްކާސްޓުގެ ހޯސްޓް އަހްމަދު ޝަކީބް

ޕަބްލިކް ސާރވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމަށް އަހްމަދު ޝަކީބް (ޝަކީއްބެ) އައްޔަނު ކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ބުނީ، ޕީއެސްއެމް ގެ ޑިރެކްޓަރުން ގެ ބޯޑުގެ މެނޭޖިންގް ޑިރެކްޓަރު ގެ މަގާމަށް، އަހްމަދު ޝަކީބު ބުދަ ދުވަހު އައްޔަނު ކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ޝަކީބް އެ މަގާމަށް އައްޔަނު ކޮށްފައި ވަނީ ޕީއެސްއެމް ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި އެންމެ ފަހުން ހުންނެވި އިބްރާހިމް ނަސްރީން މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

އެއް އަހަރާއި ހަފްތާއެއްގެ މުއްދަތަށް ޕީއެސްއެމްގެ އެމްޑީގެ މަގާމުގައި ހުންނެވި ނަސްރީން އިސްތިއުފާ ދެއްވީ ސަރުކާރުގެ އެހެން މިނިސްޓްރީއަކުން ވަޒީފާ އެއް ލިބިވަޑައިގަތުމުންނެވެ.

އޭގެ ފަހުން ނަސްރީން އައްޔަނު ކޮށްފައި ވަނީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށެވެ.

ޝަކީބް އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ޕީއެސްއެމްގެ އެމްޑީގެ މަގާމަށް އައްޔަންކުރި ހަތަރު ވަނަ އެމްޑީ އެވެ. މީގެ ކުރިން އެ މަގާމު ފުރުއްވާފައި ވަނީ ނަސްރީން ގެ އިތުރުން، ޒީނާ ޒާހިރާއި މުހައްމަދު ސައީދް އެވެ.

ޕީއެސްއެމް ގެ އެމްޑީ ގެ މަގާމަށް އައްޔަނު ކުރި އަހްމަދު ޝަކީބް ސަރުކާރުގެ ޚިދުމަތުން ރިޓަޔާ ކުރެއްވީ މިދިއަ 2024 ވަނަ އަހަރުގަ އެވެ. ޝަކީބް ވަނީ ތައުލީމީ ދާއިރާ އާއި މީޑިއާގެ ދާއިރާގައި 35 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފަ އެވެ.

ޝަކީބް އެންމެ ފަހުން ހުންނެވީ ނޭޝަނަލް އިސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) ގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގަ އެވެ. އޭގެ ކުރިން ހުންނެވީ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ)ގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގަ އެވެ. އެ މަގާމުގައި ޝަކީބް ވަނީ 16 އަހަރު ސަރުކާރަށް ޚިދުމަތް ކުރައްވާފަ އެވެ.

ޝަކީބު މަގާމަށް އައްޔަނު ކުރެއްވި އިރު ގެންދެވީ ރައީސް މުއިއްޒު ޕްރޮމޯޓު ކުރުމަށް ޕޮޑްކާސްޓް ސިލްސިލާ އެއް "ރައްޔިތުންނާ އެކު" ނަމުގައި ހޮސްޓް ކުރައްވަމުންނެވެ.

ޕަބްލިކް ސަރވިސް މީޑިއާޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އަހްމަދު ޝަކީބު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2025

ޕީއެސްއެމްގެ ކުރީގެ އެމްޑީ ނަސްރީން ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް

02 ޑިސެމްބަރު 2025
ޕީއެސްއެމްގެ ކުރީގެ އެމްޑީ ނަސްރީން ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް
29 ނޮވެމްބަރު 2025

މިނިސްޓްރީ އެއްގެ ވަޒީފާ އަކަށް ބަދަލު ވުމަށް، ޕީއެސްއެމް ގެ އެމްޑީ ނަސްރީން އިސްތިއުފާ ދެއްވައިފި

29 ނޮވެމްބަރު 2025
މިނިސްޓްރީ އެއްގެ ވަޒީފާ އަކަށް ބަދަލު ވުމަށް، ޕީއެސްއެމް ގެ އެމްޑީ ނަސްރީން އިސްތިއުފާ ދެއްވައިފި
30 ޖެނުއަރީ 2025

ކުންފުނިތަކުގެ ވެރިންގެ މުސާރަ 90،000އަށް ދައްކުރަން އަންގަައިފި

30 ޖެނުއަރީ 2025
ކުންފުނިތަކުގެ ވެރިންގެ މުސާރަ 90،000އަށް ދައްކުރަން އަންގަައިފި
19 ޑިސެމްބަރު 2024

އެޗްޑީސީގެ އެމްޑީ ފަޒުލް ސަސްޕެންޑްކޮށްފި

19 ޑިސެމްބަރު 2024
އެޗްޑީސީގެ އެމްޑީ ފަޒުލް ސަސްޕެންޑްކޮށްފި
21 މެއި 2024

ސަސްޕެންޝަން އުވާލިތާ މަސްދުވަސް ނުވަނީސް މިފްކޯގެ ސީއީއޯ ކަމުގެ މަގާމުން ސަމާހު ވަކިކޮށްފި

21 މެއި 2024
ސަސްޕެންޝަން އުވާލިތާ މަސްދުވަސް ނުވަނީސް މިފްކޯގެ ސީއީއޯ ކަމުގެ މަގާމުން ސަމާހު ވަކިކޮށްފި
13 މެއި 2024

ޕީސީބީއަށް އައްޔަންކުރެއްވި 6 މެންބަރުންނަށް މަޖިލީހުން ރުހުން ދީފި

13 މެއި 2024
ޕީސީބީއަށް އައްޔަންކުރެއްވި 6 މެންބަރުންނަށް މަޖިލީހުން ރުހުން ދީފި
18 މާރިޗު 2024

މިފްކޯގެ ސީއީއޯ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފި

18 މާރިޗު 2024
މިފްކޯގެ ސީއީއޯ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފި
08 ޑިސެމްބަރު 2023

ސަރުކާރު ބައެއް ކުންފުނިތަކުގެ ބޯޑުތަކަށް ބަދަލުތަކެއް

08 ޑިސެމްބަރު 2023
ސަރުކާރު ބައެއް ކުންފުނިތަކުގެ ބޯޑުތަކަށް ބަދަލުތަކެއް
29 ނޮވެމްބަރު 2023

ޕީސީބީގެ ބޯޑުން މުޣުނީގެ ނަން އުނިކުރީ، ދައުލަތުގެ އެހެން ދިމާއެއްގައި ޚިދުމަތްކުރަން ފުރުސަތު ދޭން

29 ނޮވެމްބަރު 2023
ޕީސީބީގެ ބޯޑުން މުޣުނީގެ ނަން އުނިކުރީ، ދައުލަތުގެ އެހެން ދިމާއެއްގައި ޚިދުމަތްކުރަން ފުރުސަތު ދޭން
23 ނޮވެމްބަރު 2023

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރު ކަމަށް ހަސަން މުޣުނީ

23 ނޮވެމްބަރު 2023
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރު ކަމަށް ހަސަން މުޣުނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް