Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީނުގެ ހުޅަނގު އައްސޭރި

އިނގިރޭސިވިލާތުން ހުޅަނގު އައްސޭރީގައި ޣައިރުގާނޫނީ ގޮތުން އާބާދުވުންތައް ފުޅާކުރުމުގައި ބައިވެރިވާ ކުންފުނިތަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

17 ނޮވެމްބަރު 2026 | އަންގާރަ 11:30

ހުޅަނގު އައްސޭރީގައި ޣައިރުގާނޫނީ އާބާދުވުންތައް ފުޅާކުރާ އަށް ކުންފުންޏަކާއި ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ހުރަސްއަޅާ "ޒާވް 9" ގްރޫޕާ ދެކޮޅަށް އިނގިރޭސިވިލާތުން ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފި. މި ފިޔަވަޅުތަކަކީ ފަލަސްތީނުގެ ބިންތަކުގައި ހިންގާ އިންސާނީ ހައްގުތަކާ ޚިލާފު އަމަލުތައް ހުއްޓުވައި، ދެ ދައުލަތުގެ ހައްލު ރައްކާތެރިކުރުމަށް އެޅި ފިޔަވަޅުތަކެއް ކަމަށް އެ ގައުމުން ބުނޭ

މަރްޔަމް ދާނިޝް ނަޝީދު
މަރްޔަމް ދާނިޝް ނަޝީދު | 17 ނޮވެމްބަރު 2026 | އަންގާރަ 11:30
"ދެ ދައުލަތް ގާއިމުކުރުމުގެ ހައްލު ހިމާޔަތްކުރުމަކީ މި ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރުމުގައި އެންމެ އިސްކަންދޭ މައިގަނޑު އަސާސްކަމަށް އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ އެޑް މިލިބޭންޑް ވިދާޅުވެއްޖެ

"ދެ ދައުލަތް ގާއިމުކުރުމުގެ ހައްލު ހިމާޔަތްކުރުމަކީ މި ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރުމުގައި އެންމެ އިސްކަންދޭ މައިގަނޑު އަސާސްކަމަށް އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ އެޑް މިލިބޭންޑް ވިދާޅުވެއްޖެ | އަނަދޮލު އޭޖެންސީ

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ޣައިރުގާނޫނީ ގޮތުން އާބާދުވުންތައް ފުޅާކުރުމުގައި ބައިވެރިވާ އިމާރާތްކުރުމާއި ގޯތިގެދޮރު ތަރައްގީކުރާ އަށް ކުންފުންޏަކާއި، ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ހުރަސްއަޅާ ގްރޫޕަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ކަމަށް އިނގިރޭސިވިލާތުން އަންގާރަ ދުވަހު ބުނެފި އެވެ.

އިނގިރޭސި ފޮރިން އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހިފާފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލުން ހިންގާ އަމަލުތަކާ މެދު އިނގިރޭސިވިލާތުން ގެންގުޅޭ ސިޔާސަތު މިދިޔަ ސެޕްޓެމްބަރު މަހު މުރާޖައާކޮށް "ރިސެޓް" ކުރި ފަހުން، ފޮރިން ސެކްރެޓަރީ އެޑް މިލިބޭންޑް ވަނީ އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ ގަވާއިދުތަކުގެ ދަށުން ދަތިކުރުމުގެ ފިޔަވަޅުތަކުގެ ފުރަތަމަ ބުރު ތަންފީޒު ކުރައްވަން ފައްޓަވާފަ އެވެ.

Advertisement - worldAdvertisement

އަންގާރަ ދުވަހު އެޅި ދަތިކުރުމުގެ ފިޔަވަޅުތައް އަމާޒުކޮށްފައިވަނީ ހުޅަނގު އައްސޭރީގައި ޔަހޫދީން އާބާދުކުރުމުގެ މަޝްރޫއުތަކުގައި ބައިވެރިވާ ކުންފުނިތަކަށާއި، ޣައްޒާއަށް ވަންނަ އިންސާނީ އެހީގެ ގާފިލާތަކަށް ހުރަސްއެޅުމުގައި ބައިވެރިވާ ހަރުކަށި ފިކުރުގެ ގްރޫޕަކަށް ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

އިމާރާތްކުރުމާއި ގޯތިގެދޮރު ތަރައްގީކުރާ 8 ކުންފުންޏަކާ ދެކޮޅަށް އެޅި މި ވަރުގަދަ ފިޔަވަޅުތަކުގެ ސަބަބުން، އެ ކުންފުނިތަކަށް ލިބޭ މާލީ އެހީތެރިކަމަށް ހުރަސް އެޅި، ހުޅަނގު އައްސޭރީގައި އިތުރު އިމާރާތްތައް ބިނާކުރުމަށް އެ ފަރާތްތަކުން ކުރަމުންދާ މަސައްކަތްތައް ހުއްޓުމަކަށް އަންނާނެ ކަމަށް ވެސް އެ ބަޔާނުގައި އިތުރަށް ބުނެފައިވެ އެވެ.

މި ފިޔަވަޅުތައް އިއުލާންކޮށްފައިވަނީ ހުޅަނގު އައްސޭރީގައި ޣައިރުގާނޫނީ ގޮތުން އާބާދުވުންތައް ފުޅާކުރުން ހުއްޓުވުމަށް އިސްރާއީލު ސަރުކާރުން ދެކޮޅު ހަދައި، އެކަމަށް ހިތްވަރުދީ މަގުފަހިކޮށްދެމުންދާ ދަނޑިވަޅެއްގައި، އެކަމަށް ރައްދު ދިނުމުގެ ގޮތުން ކަމަށް އިނގިރޭސި ސަރުކާރުގެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން، ޣައްޒާއަށް އެހީގެ ތަކެތި ވެއްދުމަށް ހުރަސްއަޅަމުންދާ އިސްރާއީލުގެ "ޒާވް 9" ނަމަކަށް ކިޔާ ގްރޫޕަކާ ދެކޮޅަށް ވެސް މިލިބޭންޑް ވަނީ އައު ފިޔަވަޅުތަކެއް އިއުލާން ކުރައްވާފަ އެވެ. މި ގްރޫޕަކީ މިދިޔަ އޮކްޓޯބަރު މަހާ ހަމައަށް ވެސް ޣައްޒާއަށް ވަންނަން އުޅުނު އިންސާނީ އެހީގެ ގާފިލާތައް ހުއްޓުވުމަށް މަގުތައް ބަންދުކޮށް، އެކަން ރާވައި ހިންގާފައިވާ ބައެކެވެ.

އިނގިރޭސި ސަރުކާރުގެ ސިޔާސަތުގެ މައިގަނޑު އަމާޒަކީ ފަލަސްތީނާއި އިސްރާއީލުގެ މައްސަލައަށް އޮތް "ޓޫ-ސްޓޭޓް ސޮލިއުޝަން" ނުވަތަ ދެ ދައުލަތުގެ ހައްލު ރައްކާތެރިކުރުން ކަމަށް މިލިބޭންޑް ވިދާޅުވި އެވެ.

އިސްރާއީލާއި ފަލަސްތީނުގެ ރައްޔިތުންނަށް ދާއިމީ ސުލްހައާއި ސަލާމަތްތެރިކަން ހޯދައިދިނުމަށްޓަކައި، އިސްރާއީލުގެ އައު ސަރުކާރާއި ފަލަސްތީނުގެ އޮތޯރިޓީއާ ގުޅިގެން އުފެއްދުންތެރި މަސައްކަތްތަކެއް ކުރުމަށް އިނގިރޭސި ސަރުކާރުން ދެމިއޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހުޅަނގު އައްސޭރިއާއި ޣައްޒާގެ މިހާރުގެ ހާލަތަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ހާލަތެއް ނޫން ކަމަށް ވެސް އިނގިރޭސި ފޮރިން ސެކްރެޓަރީ އިތުރަށް ވިދާޅުވި އެވެ.

އިނގިރޭސިވިލާތްއިސްރާއީލްފަލަސްތީނު

އެންމެ ހިނގާ

1

11 އަހަރު ކުރިން މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓު: ވާރިސުން ކަނޑައަޅައި ބައެއް ވާރިސުންގެ ބަސް ނަގައިފި، މަރުގެ ދިޔަ ބޭނުމެއް ނުވި!

2

ފެނަކައިގެ ކުރީގެ އެމްޑީ ސައީދުގެ ކިބައިން މަޑަވެލީ ދާއިރާގެ ކުރީގެ މެންބަރު ފިރުޝާން މާފަށް އެދިވަޑައިގެންފި

3

އިސްލާމިކް މިނިސްޓަރުގެ މަގާމު އަދާލަތު ޕާޓީއަށް ދިނުމުގެ މަޝްވަރާތަކެއް ކުރިއަށްދާކަމުގެ އަޑުތައް ފެތުރިއްޖެ

4

މާލޭގެ އަލިކަމުން ފެށިގެން ބަނޑޮސް ރިސޯޓާ ހަމައަށް: އަހުމަދު އާދަމްގެ ބަޔޮގްރަފީ ފޮތް ނެރެފި

5

ފައިސަލް އާއި އާޒިމްގެ ކެމްޕޭނަށް އެމްޕީއެލް މުވައްޒަފަކު ހުރަސްއަޅައިފި

އިތުރަށް ކިޔާލަން

16 ނޮވެމްބަރު 2026

އިންތިޚާބު ވަގަށް ނަގަން އުޅުނު ކަމުގެ ތުހުމަތުގައި ނަތަންޔާހޫގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ގޮވާލައިފި

16 ނޮވެމްބަރު 2026
އިންތިޚާބު ވަގަށް ނަގަން އުޅުނު ކަމުގެ ތުހުމަތުގައި ނަތަންޔާހޫގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ގޮވާލައިފި
16 ނޮވެމްބަރު 2026

"ނަތަންޔާހޫއަށް އިތުރު އެންމެ މިނެޓަކު ވެސް ވެރިކަމުގައި ނުހުރެވޭނެ": އިންތިޚާބު އޮޅުވާލަން އުޅުނު ކަމުގެ ތުހުމަތާއެކު އިސްރާއީލުގެ ސިޔާސީ މަސްރަހު ހޫނުވެއްޖެ

16 ނޮވެމްބަރު 2026
"ނަތަންޔާހޫއަށް އިތުރު އެންމެ މިނެޓަކު ވެސް ވެރިކަމުގައި ނުހުރެވޭނެ": އިންތިޚާބު އޮޅުވާލަން އުޅުނު ކަމުގެ ތުހުމަތާއެކު އިސްރާއީލުގެ ސިޔާސީ މަސްރަހު ހޫނުވެއްޖެ
16 ނޮވެމްބަރު 2026

ހުޅަނގު އޭޝިއާގައި ހަރަކާތްތެރިވާ އެމެރިކާގެ މަތިންދާބޯޓު އުފުލާ ދެ މަނަވަރާ 'ޔޫއެސްއެސް ރޫޒެވެލްޓް' ގުޅެނީ

16 ނޮވެމްބަރު 2026
ހުޅަނގު އޭޝިއާގައި ހަރަކާތްތެރިވާ އެމެރިކާގެ މަތިންދާބޯޓު އުފުލާ ދެ މަނަވަރާ 'ޔޫއެސްއެސް ރޫޒެވެލްޓް' ގުޅެނީ
15 ނޮވެމްބަރު 2026

2028 ގެ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އޮކާސިއޯ-ކޮރްތޭޒަށް ނިއު ޔޯކްގެ ޑިމޮކްރެޓިކް ސޯޝަލިސްޓުން ގޮވާލައިފި

15 ނޮވެމްބަރު 2026
2028 ގެ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އޮކާސިއޯ-ކޮރްތޭޒަށް ނިއު ޔޯކްގެ ޑިމޮކްރެޓިކް ސޯޝަލިސްޓުން ގޮވާލައިފި
15 ނޮވެމްބަރު 2026

ޣައްޒާގައި ގެދޮރު ގެއްލިފައިވާ 950،000 މީހުން ނުރައްކަލުގެ ތެރޭގައި، އދ.ގެ ކުއްލި ބައްދަލުވުމަކަށް ގޮވާލައިފި

15 ނޮވެމްބަރު 2026
ޣައްޒާގައި ގެދޮރު ގެއްލިފައިވާ 950،000 މީހުން ނުރައްކަލުގެ ތެރޭގައި، އދ.ގެ ކުއްލި ބައްދަލުވުމަކަށް ގޮވާލައިފި
15 ނޮވެމްބަރު 2026

ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މަޝްވަރާތަކަށް ހިޔަނި އެޅިފައިވަނިކޮށް، ބަޙްރެއިނަށް އީރާނުގެ ވަރުގަދަ ހަމަލާތަކެއް

15 ނޮވެމްބަރު 2026
ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މަޝްވަރާތަކަށް ހިޔަނި އެޅިފައިވަނިކޮށް، ބަޙްރެއިނަށް އީރާނުގެ ވަރުގަދަ ހަމަލާތަކެއް
15 ނޮވެމްބަރު 2026

ހުރްމުޒް ކަނޑުއޮޅީގައި ބާރުގަދަ ގޮވުންތަކެއް، މައިންތަކެއްގައި ޖެހި ތެޔޮ ޓޭންކަރުތަކެއްގައި ހުޅުހިފައިފި

15 ނޮވެމްބަރު 2026
ހުރްމުޒް ކަނޑުއޮޅީގައި ބާރުގަދަ ގޮވުންތަކެއް، މައިންތަކެއްގައި ޖެހި ތެޔޮ ޓޭންކަރުތަކެއްގައި ހުޅުހިފައިފި
14 ނޮވެމްބަރު 2026

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ "މި ވަގުތަށް" އަލުން ފަށަން ޓްރަމްޕް ބޭނުންފުޅު ނުވޭ، ނަމަވެސް މަޝްވަރާތަކުން ވެންސް އެކަހެރިކުރައްވައިފި

14 ނޮވެމްބަރު 2026
އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ "މި ވަގުތަށް" އަލުން ފަށަން ޓްރަމްޕް ބޭނުންފުޅު ނުވޭ، ނަމަވެސް މަޝްވަރާތަކުން ވެންސް އެކަހެރިކުރައްވައިފި
13 ނޮވެމްބަރު 2026

ބަޙްރައިނުގައި ހުރި އެމެރިކާގެ ރާޑަރުތަކާއި އަސްކަރީ މަރުކަޒަކަށް އީރާނުގެ ވަރުގަދަ ހަމަލާތަކެއް

13 ނޮވެމްބަރު 2026
ބަޙްރައިނުގައި ހުރި އެމެރިކާގެ ރާޑަރުތަކާއި އަސްކަރީ މަރުކަޒަކަށް އީރާނުގެ ވަރުގަދަ ހަމަލާތަކެއް
13 ނޮވެމްބަރު 2026

"ދަރިފުޅު އޮތީ ގަނޑުވެފައި": އެހީގެ ސާމާނަށް ހުރަސްއެޅުމުން ޣައްޒާގައި ތުއްތު ކުއްޖަކު ފިނިވެގެން މަރުވެއްޖެ

13 ނޮވެމްބަރު 2026
"ދަރިފުޅު އޮތީ ގަނޑުވެފައި": އެހީގެ ސާމާނަށް ހުރަސްއެޅުމުން ޣައްޒާގައި ތުއްތު ކުއްޖަކު ފިނިވެގެން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް