Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ލައިފް ސްޓައިލްސްމާޓްފޯނު

ކުދިން މެދުކެނޑުމެއްނެތި ފޯނާ ކުޅެން ތިބޭ ތިބުން ހުއްޓުވުމަށް ބެލެނިވެރިންނަށް ކުރެވިދާނެ ފަސް ކަމެއް

ކުދިން ފޯނަށް ދެވިހިފާ މައްސަލައަށް ހައްލު ހޯދުމަށްޓަކައި، ހަރުކަށި ފިޔަވަޅު އެޅުމުގެ ބަދަލުގައި މަޝްވަރާގެ އުސޫލުން ކަންކަން ނިންމުމަށާއި ބެލެނިވެރިން އަމަލީ ނަމޫނާ ދެއްކުމަށް ތަޖުރިބާކާރުން ލަފާދޭ. މީގެ އިތުރުން ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރާ ގޮތާ މެދު ކުދިން ހޭލުންތެރިކުރުވައި، އުފެއްދުންތެރި ކަންކަމަށް އެކުދިންގެ ސަމާލުކަން އަނބުރާލުމަކީ މުހިންމު ކަމެއް.

ރާއްޖެ އެމްވީ | 19 ޖުލައި 2026 | އާދީއްތަ 10:42
ރޭގަނޑުގެ ވަގުތެއްގައި، ފޮރުވައިގެން ޒުވާން އަންހެނަކު އޭނާގެ ސްމާޓްފޯން ބޭނުންކުރަނީ

ރޭގަނޑުގެ ވަގުތެއްގައި، ފޮރުވައިގެން ޒުވާން އަންހެނަކު އޭނާގެ ސްމާޓްފޯން ބޭނުންކުރަނީ | ގެޓީ އިމޭޖަސް

ޒުވާން އުމުރުފުރައިގެ ކުދިންނާއި އަދި އެއަަށްވުރެ ހަގު އުމުރުފުރާތަކުގެ ކުދިން ފޯނަށް ދެވިހިފާ ކަމުގެ ވާހަކަ އަކީ އާންމު ވާހަކައެކެވެ. އެކުދިންގެ ދިރިއުޅުމުގެ އެންމެ ގާތް އެކުވެރިއަކީ ސްމާޓްފޯނު ކަމުގައިވަނީ ވެފައެވެ. މިއީ ބެލެނިވެރިންގެ ކަންބޮޑުވުން އިންތިހާ އަށް އޮތް ކަމެއް ކަމުގައި ވިޔަސް ބައެއް ބެލެނިވެރިންތިބީ މިކަމުގައި ހަދާނެ ގޮތް ހުސްވެފަ އެވެ.

ބައެއް ގައުމުތަކުގައި މިކަމަށް ގާނޫނުތަކާއި ގަވައިދުތައް ދަނީ ހަދަމުންނެވެ. އެކަންކަމުން ކޮންމެވެސް ވަރެއްގެ ހައްލެއް ލިބުނުކަމުގައި ވިޔަސް މުޅި މައްސަލައަށް އަދި ހައްލެއް ލިބޭ ކަމަކަށް ނުވެ އެވެ.

މިސާލަކަށް އިނގިރޭސިވިލާތުގައި އިންސްޓަގްރާމް، ޓިކްޓޮކް އަދި ޔޫޓިއުބް ފަދަ އެޕްލިކޭޝަންތައް، ކަނޑައެޅިފައިވާ ވަގުތުތަކުގައި ފުރާވަރުގެ ކުދިންނަށް އޮޓޮމެޓިކުން ބޭނުން ނުކުރެވޭ ގޮތް ހެދެ އެވެ. ނަމަވެސް، އެ ކުދިން ބޭނުންނަމަ މި ވަގުތުތަކުގައިވެސް އެޕްލިކޭޝަންތައް ބޭނުންކުރެވޭ ގޮތަށް ސެޓިންގްސް ބަދަލުކުރުމުގެ އިޚުތިޔާރު އޮންނާނެ އެވެ.

ކުދިންގެ ސަމާލުކަން އިތުރުކުރުމަށާއި، ނިދުމުގެ ފެންވަރު ރަނގަޅުކުރުމުގެ އިތުރުން އާއިލީ ގުޅުން ބަދަހިކުރުމަށް އިނގިރޭސި ސަރުކާރުން އެކުލަވާލާފައިވާ ސިޔާސަތުގެ ދަށުން، ކުދިން އެޕްލިކޭޝަންތަކަށް ދެވިހިފާ ގޮތަށް ފަރުމާކޮށްފައިވާ "އޮޓޯ-ޕްލޭ" ވީޑިއޯތަކާއި، މެދުކެނޑުމެއްނެތި ފެންނަ "އިންފިނިޓް ސްކްރޯލިންގް" ފަދަ ފީޗާތައްވެސް ބަންދުކުރެވޭނެ އެވެ.

އެހެން ނަމަވެސް އެކަންކަން ވެސް ކުރެވެނީ އެފަދަ ގާނޫނުތަކާއި ގަވައިދުތައް ހުންނަ އަދި ގާނޫނުތަކާއި ގަވައިދުތައް ތަންފީޒުކުރުން ވަރުގަދަ ގައުމުތަކުގަ އެވެ. އެނޫން ގައުމުތަކުގައި ހޯދަން ޖެހޭނީ މުޅިން ތަފާތު ހައްލެކެވެ.

ކުދިން ފޯނާ ދުރުކުރުމަށް ބެލެނިވެރިންނަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ކަމާބެހޭ މާހިރުން ދެއްވާފައިވާ ބައެއް އިރުޝާދުތައް ތިރީގައި މިވަނީ އެވެ.

1. ކުދިކުދި ފިޔަވަޅުތަކުން ފަށައި، ހަގީގަތާ އެއްގޮތަށް އަމަލުކުރުން

ކުދިންނަށް މިހާރުވެސް ޓެބްލެޓާއި ސްމާޓްފޯން ދީފައިވާ ބެލެނިވެރިންނަށް، އެންމެ ރަނގަޅު ގޮތަކީ އެ ތަކެތި އެއްކޮށް އަތުލުން ކަމަށް ހީވެދާނެ އެވެ. ނަމަވެސް، ކުޑަކުދިންގެ ނަފްސާނީ ބަލިތަކާބެހޭ މާހިރު ޑރ. ޖޭން ގިލްމޯ ގަބޫލުކުރައްވާ ގޮތުގައި އެއީ އެންމެ ރަނގަޅު ނަތީޖާ ނުކުންނާނެ ގޮތެއް ނޫނެވެ.

"އާދަވެފައިވާ ކަމެއް ބަދަލުކުރުމަކީ އަބަދުވެސް އުނދަގޫވާނެ ކަމެއް،" އޭނާ ވިދާޅުވި އެވެ. އެހެންކަމުން، ސްކްރީން ވަގުތާ ގުޅޭގޮތުން ދެބަސްވެ ޒުވާބުކުރާ ވަގުތެއްގައި މިފަދަ ހަރުކަށި ފިޔަވަޅެއް އެޅުމުގެ ބަދަލުގައި، ހަމަޖެހިލައިގެން ތިބޭ ވަގުތެއްގައި އެކަމާ ވާހަކަދެއްކުމަށް އޭނާ ލަފާދެއްވަ އެވެ. ސަބަބަކީ ސިކުނޑި ހަމަޖެހިފައި ހުންނަ ވަގުތުތަކުގައި މުއާމަލާތް ކުރުމަށް ފަސޭހަވާނެތީ އެވެ.

ފޯނު ބޭނުންކުރާ ވަގުތު މަދުކުރުމަށް އެޅިދާނެ ފުރަތަމަ ފިޔަވަޅަކީ، ގޭތެރޭގައި ފޯނު ބާއްވާނެ ވަކި ތަނެއް ކަނޑައެޅުމެވެ.

"ޗާޖަރުތައް ބަހައްޓާނެ ވަކި ތަނެއް ހަމަޖައްސާށެވެ. ފޯނު ބޭނުންކުރުން މެދުކަނޑާލުމުގެ ގޮތުން، ދުރުގައި ހުންނަތަނެއްގައި ޗާޖަށް ޖަހާފައި ބޭއްވުމަށް އާދަކުރާށެވެ."

2. ކުދިން ބައިވެރިކޮށްގެން މަސައްކަތްކުރުން

ކުޑަކުދިންގެ ނަފްސާނީ ބަލިތަކާބެހޭ މާހިރު ޑރ. މޭރީހޭން ބޭކާ ވިދާޅުވާ ގޮތުގައި، ބޮޑެތި ކުދިންނާއި ފުރާވަރުގެ ކުދިންގެ މައްޗަށް ގަވާއިދުތަކެއް މަޖުބޫރުކުރުމުގެ ބަދަލުގައި، އެކަމާ ގުޅޭގޮތުން ކުރެވޭ މަޝްވަރާތަކުގައި އެކުދިން ބައިވެރިކުރުމުން ނަތީޖާ ރަނގަޅުވެ އެވެ.

ސޯޝަލް މީޑިއާ ބޭނުންކުރުމަށް އެކުދިންގެ ރައްޓެހިންގެ ފަރާތުން އަންނަ ފިއްތުންތައް ބަލައިގަތުމަކީ ކުދިންގެ އެއްބާރުލުން ހޯދުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. މިސާލަކަށް "ތިޔައީ ރައްޓެހިންނާ ގުޅުން ބަދަހިކުރާ ގޮތްކަން މަންމަ/ބައްޕައަށް އެނގޭ. ސޯޝަލް މީޑިއާގައި ނޫޅޭނަމަ ރައްޓެހިންގެ މެދުގައި އޮންނަ ގުޅުން ކުޑަވެދާނެ ކަމުގެ ކަންބޮޑުވުން އޮންނާނެކަންވެސް ގަބޫލުކުރަން،" ފަދަ ބަސްތަކުން ކުދިންނާ ވާހަކަދެއްކިދާނެ އެވެ.

"އެހެންވީމާ، މުޅި ދުވަހު ފޯނުގައި ނީންނާނެ ގޮތަކަށް، ދުވަހުގެ ތާވަލުން ފޯނާ ދުރުގައި ހުންނާނެ ވަގުތުތަކެއް ހަމަޖެއްސުމާ ގުޅޭގޮތުން ވާހަކަދައްކަމާ ހިނގާ،" މިފަދައިން ބުނެވިދާނެ އެވެ.

ޕޭރަންޓިންގް ކޯޗު އޮލީވިއާ އެޑްވާޑްސް އިތުރަށް ވިދާޅުވީ، ކުދިންނާއެކު އޮންނަ ގުޅުން ބަދަހިކުރުމަކީ ފޯނު ބޭނުންކުރުން ކޮންޓްރޯލްކުރުމަށް ފަސޭހަވާނެ ކަމެއް ކަމަށެވެ.

"ކުދިންގެ އެއްބާރުލުން ހޯދުމަށްޓަކައި އެކުދިންނާއެކު ވަރުގަދަ ގުޅުމެއް އޮންނަންޖެހޭނެ."

3. ސްކްރީން ވަގުތަކީ އުނގެނުމުގެ ފުރުސަތަކަށް ހެދުން

ސޯޝަލް މީޑިއާގައި ހަލުވިކަމާއެކު ބަދަލުވަމުންދާ ޓްރެންޑްތަކާ އެއްވަރަށް ކުރިއަށް ދިއުމަކީ ގިނަ ބެލެނިވެރިންނަށް ދަތި ކަމެކެވެ. ނަމަވެސް، މިކަމާ ގުޅޭގޮތުން ކުދިންނާއެކު ފާޅުކަން ބޮޑު ގޮތެއްގައި މަޝްވަރާކުރުމަކީ ބޮޑެތި މީހުންނާއި ކުދިންނަށްވެސް އެކަކު އަނެކެއްގެ ކިބައިން އުނގެނުމަށް ލިބޭ ފުރުސަތެކެވެ.

އޮލީވިއާ ވިދާޅުވީ: "ކުދިން ގާތު މިފަދަ ސުވާލުތައް ކުރެވިދާނެ އެވެ. ސޯޝަލް މީޑިއާ މަސައްކަތް ކުރަނީ ކިހިނެއް ކަމަށް ހީވޭ ހެއްޔެވެ؟ މީހުން އެ އެޕްލިކޭޝަނެއްގައި ގިނަ ވަގުތު ބޭިތިއްބުމަށް އެ އެޕްލިކޭޝަންތައް ފަރުމާކޮށްފައިވަނީ ކިހިނެއް ހެއްޔެވެ؟ މީހުން އެއަށް ހޭދަކުރާ ވަގުތުން އެ ކުންފުނިތަކަށް ފައިސާ ލިބޭކަން އެނގޭ ހެއްޔެވެ؟"

މީގެ އިތުރުން، އިންޓަނެޓުން ފެންނަ މައުލޫމާތުގެ ސައްހަކަން ދެނެގަންނާނެ ގޮތް ކުދިންނަށް އަމަލީގޮތުން ދަސްކޮށްދެވިދާނެ ކަމަށް ޖޭން ވިދާޅުވިއެވެ. "އެއްޗެއް ބަލާއިރު، އެއީ ތެދެއްތޯ ސުވާލުކޮށް، އެއީ ތެދެއްކަން ނުވަތަ ނޫންކަން ކަށަވަރުކުރާނެ ގޮތް ކުދިންނާއެކު ބަލާށެވެ."

4. ނަމޫނާ ދެއްކުން

ކުދިންނަކީ ބެލެނިވެރިން ކުރާ ކަންތައްތައް ނަކަލުކުރާ ބަޔަކަށްވާއިރު، ކުދިންގެ ކިބައިގައި ފޯނު ބޭނުންކުރުމުގެ ރަނގަޅު އާދަ އަށަގަންނުވަން ބޭނުންނަމަ، ފުރަތަމަ ބެލެނިވެރިންގެ އަމިއްލަ އާދަތަކަށް ބަލަންޖެހެ އެވެ.

ފޯނާއި ޓެބްލެޓަކީ ހުރިހާ އުމުރެއްގެ މީހުންނަށްވެސް މުނިފޫހިފިލުވުމަށް އޮތް ވަސީލަތަކަށް ވީނަމަވެސް، ބައެއް ފަހަރު ފޫހިވުމަކީވެސް ބޮޑެތި މީހުންނާއި ކުދިންނަށް ފައިދާހުރި ކަމެއް ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.

"ސްކްރީނަށް ބަލާއިރު އަހަރެމެންނަށް ބެލެނީ ބޭރު ދުނިޔެއަށެވެ. ނަމަވެސް، އެއްވެސް ކަމެއް ނުކޮށް ހަމަހިމޭނުން ތިބޭ ވަގުތު، މާޒީއާ މެދު ވިސްނުމަށާއި މުސްތަގުބަލު ތަސައްވަރު ކުރުމަށް ފުރުސަތު ލިބެ އެވެ. މިއީ އުފެއްދުންތެރި ޚިޔާލުތައް އައުމަށް މަގުފަހިވާ ކަމެކެވެ."

"އެހެންކަމުން، ކުރާނެ ކަމެއް ނެތް ކަމަށް ބުނެ ކުދިން ޝަކުވާކުރާ ވަގުތުތަކުގައި، އެކުދިން އެގޮތަށް ތިބުމަކީ މައްސަލައެއް ނޫނެވެ. ހަގީގަތުގައި އެއީ ރަނގަޅު ކަމެކެވެ."

5. ކަންބޮޑުނުވުން

ދަރިން ބޮޑުކުރުމަކީ ދުވަހަކުވެސް ފަސޭހަ ކަމެއް ނޫނެވެ. ވަކިން ހާއްސަކޮށް، ސްކްރީންތަކުގެ ނުފޫޒު ގަދަވެފައިވާ މި ޒަމާނުގައި، އޭގެ ސަބަބުން ކުރާ އަސަރުތައް ދެނެގަންނަމުންދާ ދަނޑިވަޅެއްގައި ކުދިން ބޮޑުކުރުމަކީ ބެލެނިވެރިން ކަންބޮޑުވާނެ ކަމެކެވެ.

ޔުނިވަރސިޓީ އޮފް އެސެކްސްގެ ޑިޖިޓަލް ކޮމިއުނިކޭޝަންސްގެ މާހިރު ޑރ. ޓޯނީ ސެމްޕްސަން ވިދާޅުވީ، ބެލެނިވެރިން މާބޮޑަށް ބިރުގަނެ ހާސްވާން ނުޖެހޭ ކަމަށެވެ.

"މީޑިއާތަކުން ފަތުރާ ބިރުވެރި ޚަބަރުތަކުގެ ސަބަބުން، ހުރިހާ ފުރާވަރުގެ ކުދިންނަކީ ސޯޝަލް މީޑިއާއަށް ދެވިހިފާފައިވާ ބައެއް ކަމަށް ބެލެނިވެރިންނަށް ގަބޫލުކުރެވެނީ،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް، ކުޑަކުދިންނާއި ފުރާވަރުގެ ކުދިންގެ ސިކުނޑިއަކީ އާލާވުމުގެ ބާރު (neuroplasticity) ގަދަ ސިކުނޑިތަކެކެވެ. އެހެންކަމުން، ބޮޑެތި މީހުންނަށްވުރެ އަވަހަށް ކަންކަމަށް ހޭނުމާއި، ކަންކަމުން އަރައިގަތުމުގެ ގާބިލުކަން އެކުދިންގެ ކިބައިގައި ހުރެ އެވެ.

އޭނާ އިތުރަށް ވިދާޅުވީ، ސޯޝަލް މީޑިއާގެ ސަބަބުން ކުދިންގެ ސަމާލުކަން ދޭ މިންވަރު ކުޑަވާ ކަމަށް ގިނަ ބަޔަކު ބުނި ނަމަވެސް، ހަގީގަތުގައި ސޯޝަލް މީޑިއާއިން ކުރާ ކަމަކީ ކުދިންގެ ސަމާލުކަން ވިޔަފާރި އުސޫލުން ތައްޔާރުކޮށްފައިވާ ކޮންޓެންޓްތަކަށް އަނބުރާލުން ކަމަށެވެ.

"ޓެކްނޮލޮޖީ ރަނގަޅު ގޮތުގައި ބޭނުންކުރުމަކީ، އުފެއްދުންތެރިކަމާއި، އާ ކަންތައްތައް ހޯދުމާއި، އުނގެނުމަށް ސިކުނޑި ތަރައްގީކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ."

ސްމާޓްފޯނުސޯޝަލް މީޑިއާއިންސްޓަގްރާމްޓިކްޓޮކްޔޫޓިއުބް

އިތުރަށް ކިޔާލަން

02 ޖުލައި 2026

ވޯލްޑް ކަޕްގެ ތެރޭގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރާ ފުރައްސާރައިގެ 89،000 މައްސަލައެއް، މިއީ 13 އިންސައްތަ އިތުރުވުމެއް!

02 ޖުލައި 2026
ވޯލްޑް ކަޕްގެ ތެރޭގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރާ ފުރައްސާރައިގެ 89،000 މައްސަލައެއް، މިއީ 13 އިންސައްތަ އިތުރުވުމެއް!
01 ޖުލައި 2026

ސްމާޓްފޯނު ބޭނުން ކުރުމުން ހަށިގަނޑުގެ ބައްޓަމަށް ނޭދެވޭ ބަދަލުތައް އާދޭ

01 ޖުލައި 2026
ސްމާޓްފޯނު ބޭނުން ކުރުމުން ހަށިގަނޑުގެ ބައްޓަމަށް ނޭދެވޭ ބަދަލުތައް އާދޭ
27 ޖޫން 2026

އޮސްޓްރޭލިއާގައި ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަށް އެކުލަވާލާފައިވާ ގަވާއިދުތައް އިތުރަށް ހަރުކަށިކޮށް، އެކަމަށް އިހުމާލުވާ ޓެކްނޮލޮޖީ ކުންފުނިތައް ޖޫރިމަނާކުރާ މިންވަރު ދެގުނައަށް ބޮޑުކުރުމަށް އެ ގައުމުން ނިންމައިފި

27 ޖޫން 2026
އޮސްޓްރޭލިއާގައި ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަށް އެކުލަވާލާފައިވާ ގަވާއިދުތައް އިތުރަށް ހަރުކަށިކޮށް، އެކަމަށް އިހުމާލުވާ ޓެކްނޮލޮޖީ ކުންފުނިތައް ޖޫރިމަނާކުރާ މިންވަރު ދެގުނައަށް ބޮޑުކުރުމަށް އެ ގައުމުން ނިންމައިފި
18 ޖޫން 2026

އެމްޑީޕީ ބޮޑު މުޒާހަރާ: ރައްޔިތުންނަށް ލިބޭ ފެށުމެއް

18 ޖޫން 2026
އެމްޑީޕީ ބޮޑު މުޒާހަރާ: ރައްޔިތުންނަށް ލިބޭ ފެށުމެއް
16 ޖޫން 2026

ޚަބަރަށް ކުރާ އިތުބާރު ރެކޯޑް މިންވަރަކަށް ދުނިޔޭގެ ފެންވަރުގައި ދަށަށް ގޮސްފި

16 ޖޫން 2026
ޚަބަރަށް ކުރާ އިތުބާރު ރެކޯޑް މިންވަރަކަށް ދުނިޔޭގެ ފެންވަރުގައި ދަށަށް ގޮސްފި
13 ޖޫން 2026

ކުޑަ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަކީ އަމަލީގޮތުން ތަންފީޒުކުރެވޭނެ ކަމެއް ނޫން!

13 ޖޫން 2026
ކުޑަ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަކީ އަމަލީގޮތުން ތަންފީޒުކުރެވޭނެ ކަމެއް ނޫން!
09 މެއި 2026

ބޭންކް އެކައުންޓް ކުއްޔަށް ދިނުން: މިއީ ޖިނާއީ ބޮޑެތި ކުށްތަކަށް މަގުފަހިވެ، ހަރުކަށި އަދަބުތައް ކުރިމަތިވެދާނެ ކަމެއް

09 މެއި 2026
ބޭންކް އެކައުންޓް ކުއްޔަށް ދިނުން: މިއީ ޖިނާއީ ބޮޑެތި ކުށްތަކަށް މަގުފަހިވެ، ހަރުކަށި އަދަބުތައް ކުރިމަތިވެދާނެ ކަމެއް
19 ފެބުރުއަރީ 2026

ކުޑަ ކުދިންނަށް ނޭދެވޭ އަސަރު ކުރާ ކަމަށް ބުނެ ކުރި ދައުވާގައި، ހެކި ބަސް ދިނުމަށް ޒަކަބާގް ކޯޓަށް ހާޒިރު ކޮށްފި

19 ފެބުރުއަރީ 2026
ކުޑަ ކުދިންނަށް ނޭދެވޭ އަސަރު ކުރާ ކަމަށް ބުނެ ކުރި ދައުވާގައި، ހެކި ބަސް ދިނުމަށް ޒަކަބާގް ކޯޓަށް ހާޒިރު ކޮށްފި
18 ފެބުރުއަރީ 2026

ސޯޝަލް މީޑިއާއަށް ކުދިން ދެވިހިފާ މައްސަލައިގައި ޒަކަބާގް ކޯޓަށް ހާޒިރު ކުރަނީ

18 ފެބުރުއަރީ 2026
ސޯޝަލް މީޑިއާއަށް ކުދިން ދެވިހިފާ މައްސަލައިގައި ޒަކަބާގް ކޯޓަށް ހާޒިރު ކުރަނީ
11 ފެބުރުއަރީ 2026

ރާއްޖޭގައި 16 އަހަރުން ދަށުގެ ކުދިންނަށް ޔޫޓިއުބް އާ ޓިކްޓޮކް ހިމެނޭހެން ސޯޝަލް މީޑިއާ މަނާކުރަން ގޮވާލާ ޕެޓިޝަނެއް މަޖިލީހަށް

11 ފެބުރުއަރީ 2026
ރާއްޖޭގައި 16 އަހަރުން ދަށުގެ ކުދިންނަށް ޔޫޓިއުބް އާ ޓިކްޓޮކް ހިމެނޭހެން ސޯޝަލް މީޑިއާ މަނާކުރަން ގޮވާލާ ޕެޓިޝަނެއް މަޖިލީހަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު