Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

ކުޑަކުދިންގެ އަދުލުގެ ގާނޫނު ތަންފީޒު ނުކުރާތީ ހޯމް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީ މަޖިލީހަށް ހާޒިރުކުރަނީ

ކުޑަކުދިންގެ އަދުލުގެ ގާނޫނު ތަންފީޒުކުރުމުގައި ހުރި ގޮންޖެހުންތަކާއި، ރީހެބިލިޓޭޓް ކުރާ މަރުކަޒުތައް ގާއިމުނުވުމުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކާ ގުޅޭގޮތުން މެންބަރު ކުޑޫ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި. މީގެ އިތުރުން ކުށްކުރާ ކުދިންނަށް ބޭނުންވާ ޑައިވަރޝަން ޕްރޮގްރާމްތަކާއި ތަމްރީނު ލިބިފައިވާ މުވައްޒަފުން މަދުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުން ކުރާ މަސައްކަތް ސާފުކުރުމަށް އޭނާ ވަނީ އެދިވަޑައިގެންފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 21 ޖުލައި 2026 | އަންގާރަ 09:49
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) | ރައްޔިތުންގެ މަޖިލިސް

ކުޑަކުދިންގެ އަދުލުގެ ގާނޫނު ތަންފީޒު ކުރުމުގައި ގާނޫނުގައިވާ ގޮތަށް ފުރިހަމަ އަށް ނުގެންދެވެންވީ ސަބަބު ހޯދުމަށް ޓަކައި ހޯމް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީ މަޖިލީހަށް ހާޒިރު ކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެދިވަޑައިގެންފި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީއެއްގައި މެންބަރު ވިދާޅުވީ ކުޑަކުދިންގެ ޖިނާއީ އަދުލުގެ ގާނޫނަކީ ކުޑަކުދިން ކުރާ ކުށްތަކަށް ޖަވާބުދާރީ ކުރުވުމުގައި އެކުދިންގެ މަސްލަހަތު ހިމާޔަތްކޮށް، އިސްލާޙު ކުރުމަށް ބާރު އަޅާ، ޒަމާނީ ގާނޫނެއް ނަމަވެސް، މި ގާނޫނު ތަންފީޒު ކުރުމުގައި ބައެއް ކަންކަން ގާނޫނުގައިވާ ގޮތަށް ފުރިހަމަ އަށް ކުރިއަށް ނުދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. 

އެ ސިޓީގައި ވަނީ މެންބަރަށް އެކަމާ ގުޅިގެން ފާހަގަ ކުރެވޭ ބައެއް ކަންކަން ވެސް ހިމަނުއްވާފަ އެވެ. 

އެގޮތުން ގާނޫނުގައި ބަޔާން ކޮށްފައިވާ "ޖުވެނައިލް ޑިޓެންޝަން ސެންޓަރު" ތަކާއި "ކުޑަކުދިން ރީހެބިލިޓޭޓް ކުރާ މަރުކަޒުތައް" ގާނޫނުގައިވާ މިންގަނޑަށް އަދިވެސް ފުރިހަމަ އަށް ގާއިމުވެފައި ނުވާ ކަމަށް މެންބަރު ވިދާޅުވި އެވެ. މީގެ ސަބަބުން ކުށްކުރާ ކުދިން ބައިތިއްބާނެ އެކަށީގެންވާ މާހައުލެއް ނެތުމުގެ މައްސަލަ ކުރިމަތިވާ ކަމަށާއި މި ސެންޓަރުތައް ގާއިމުކުރެވޭނީ ކޮންއިރަކުން ތޯ މެންބަރު ވަނީ ސުވާލު ކުރައްވާފަ އެވެ. 

މީގެ އިތުރުން ކުށްކުރާ ކުދިން ޝަރީއަތަށް ފޮނުވުމުގެ ބަދަލުގައި މުޖުތަމަށް އަހުލުވެރި ކުރުވުމަށް ހިންގަން ޖެހޭ "ޑައިވަރޝަން" ޕްރޮގްރާމްތައް މުޅި ރާއްޖެ އަށް ފުޅާ ދާއިރާއެއްގައި ހިންގަމުން ނުދާއިރު މި މަސައްކަތުގެ އަދާ ހަމަ ހޯއްދެވުމަށް މެންބަރު އެދިވަޑައިގެންފައިވެ އެވެ. 

މެންބަރު ވިދާޅުވީ ކުޑަކުދިންގެ މައްސަލަތައް ބަލާނެ ޚާއްސަ ފުލުހުންނާއި ޕްރޮސެކިއުޓަރުން އަދި ފަނޑިޔާރުން ތަމްރީނު ކުރުމުގައި ލަސްތަކެއް ހުރިކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި ޕްރޮބޭޝަން އޮފިސަރުންނާ ސޯޝަލް ވޯކަރުންގެ އަދަދު މަދުވުމުގެ ސަބަބުން ކުދިން މޮނިޓަރު ކުރުމަށް ހުރަސްތަކެއް ކުރިމަތިވަމުން ދާއިރު މިކަމަށް ހައްލެއް ހޯދުމަށް ކުރެވެމުންދާ މަސައްކަތާ ގުޅޭ ގޮތުން މެންބަރު ސުވާލު ކުރައްވާފައިވެ އެވެ.

ޖިނާއީ މަސްއޫލިއްޔަތު އުފުލަން ޖެހޭ އުމުރު 15 އަހަރަށް ބަދަލުކުރުމާ ގުޅިގެން އެއަށްވުރެ ހަގު ކުދިން ކުރާ ކުށްތަކަށް އެކަށީގެންވާ އިސްލާހީ ފިޔަވަޅު އެޅުމުގައި އިދާރީ އަދި ގާނޫނީ އުނިކަންތައްތަކެއް ހުރިކަން ބައެއް ފަރާތްތަކުން ފާހަގަކުރާ ކަމަށް ވިދާޅުވެ މެންބަރު ވަނީ މި މައްސަލަ އަށް ހައްލެއް ހޯދުމަށް ދަނީ ކޮން މަސައްކަތެއް ތޯ ވެސް އައްސަވާފަ އެވެ. 

ކުޑޫ ވިދާޅުވީ ކުޑަކުދިންގެ ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ އެކި މުއައްސަސާތައް، ފުލުހުންނާ، ޑީޖޭއޭ، ޖުވެނައިލް ކޯޓް، އަދި މިނިސްޓްރީގެ މެދުގައި މައުލޫމާތު ބަދަލުކުރުމާއި މަސައްކަތްތައް ވިލަރެސްކުރުމުގައި ހުރި ލަސްތަކުގެ ސަބަބުން ގާނޫނު ތަންފީޒު ކުރުމަށް ހުރަސް އެޅޭ ކަމަށެވެ. އެހެން ކަމުން މި މައްސަލައަށް ހައްލެއް ހޯދުމަށް ކުރާ މަސައްކަތާ ގުޅިގެން ވެސް މެންބަރު ސުވާލު ކުރެއްވި އެވެ. 

އޭގެ އިތުރުން، ގާނޫނީ ގޮންޖެހުންތަކެއް ހުރި ކަމަށް ބުނެ ކުޑަކުދިންގެ ނާޖާއިޒް ފައިދާ ހޯދާ ފަރާތްތަކާ ދެކޮޅަށް އެޅޭ ފިޔަވަޅުތައް މަދު ކަމަށް ތަންފީޒީ އިދާރާތަކުން ގަބޫލު ކުރާއިރު، އެކަމަށް ހައްލެއް ހޯދައިދިނުމަށް ގުޅުންހުރި ގާނޫނުތަކަށް މަޖިލީހުން ބަދަލު ގެނަސްދީފައިވާއިރު އެފަދަ ފަރާތްތަކާ ދެކޮޅަށް އަދިވެސް ފިޔަވަޅު އެޅޭލެއް މަދު ކަމަށް މެންބަރު ވިދާޅުވި އެވެ. 

ކުޑޫ ވިދާޅުވީ ކުޑަކުދިން ކުށަށް ހުށަހެޅޭ އެންމެ ބޮޑު އެއް ސަބަބަކީ އެކުދިންގެ ނާޖާއިޒު ފައިދާ ހޯދާ ބޮޑެތި މީހުން ކަމަށްވީއިރު، އެ ފަރާތްތަކާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް ނާޅާނަމަ، މި މައްސަލަ ހައްލު ނުވާނެ ކަމަށެވެ. އެހެންކަމުން އެ ކުދިންގެ ނާޖާއިޒު ފައިދާ ނަގާ ފަރާތްތައް ނުވަތަ އެކްސްޕްލޮއިޓް ކުރާ ފަރާތްތަކާ ދެކޮޅަށް އަޅާ ފިޔަވަޅުތައް އިތުރުވެއްޖެތޯ ވަނީ އައްސަވާފަ އެވެ. 

ކުޑަކުދިންގެ އަދުލުގެ ގާނޫނު ތަންފީޒު ކުރުމަށްޓަކައި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް (ޑީޖޭޖޭ) އަދި ޖުވެނައިލް ކޯޓް އުފެދިފައިވާއިރު ގާނޫނު ތަންފީޒު ކުރުމަށް އެ މުއައްސަސާތަކަށް އެކަށީގެންވާ ބަޖެޓަކާއި އެހެނިހެން އެހީތެރިކަން ފޯރު ކޮށްދޭން ޖެހޭ ކަމަށް ކުޑޫ ވިދާޅުވި އެވެ. އޭގެ އިތުރުން ގާނޫނު ތަންފީޒު ވަމުންދޭތޯ ބެލުމުގެ ޒިންމާއެއް ޗިލްރަންސް އޮމްބަޑްސް ޕަރސަންސްގެ އޮފީހާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ޒިންމާ އެއް ވެސް އޮތް އިރު، ގާނޫނު ތަންފީޒު ކުރުމަށްޓަކައި ޑީޖޭޖޭ އަށް އެކަށީގެންވާ ބަޖެޓާ މުވައްޒަފުން އަދި އެހެނިހެން ވަސީލަތްތައް ފޯރު ކޮށްދޭތޯ އާއި ގާނޫނު ތަންފީޒު ކުރުމަށް ކުރާ މަސައްކަތް މޮނިޓަރު ކުރުމަށް އޮމްބަޑްސް ޕަރސަންސްގެ އޮފީހާ އެޗްއާރްސީއެް އިން ކުރަމުން ދަނީ ކޮން މަސައްކަތެއްތޯ މެންބަރު އެއްސެވި އެވެ. 

މެންބަރު ވިދާޅުވީ ކުރީގެ ޑްރަގް އެކްޓަށް އަމަލު ކުރަމުން ދިޔައިރު ވެސް ދެ ގާނޫނުގެ މެދުގައި ފުށުއެރުންތަކެއް ހުރުމުގެ ސަބަބުން ކަމާބެހޭ އިދާރާތަކަށް ބޮޑެތި ގޮންޖެހުންތަކެއް ދިމާވި ކަމަށެވެ. މިފަދަ ފުށުއެރުންތަކުގެ ނަތީޖާއަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ކުޑަކުއްޖަކަށް ވީތީ ލިބޭ ރައްކާތެރިކަން ނުލިބި، އެ ނޫން ގާނޫނެއްގެ ދަށުން ކުޑަކުދިންނާ ދެކޮޅަށް ޖިނާއީ ދައުވާއެއް ކުރިއަށް ގެންދިއުން ކަމަށް ވެސް ކުޑޫ ވިދާޅުވި އެވެ. 

އެހެންވެ، އާ ޑްރަގް އެކްޓުގެ ދަށުން ވެސް އަދި އެންޓި ޓެރަރިޒަމް ގާނޫނު ފަދަ އެހެން ގާނޫނުތަކުގެ ދަށުން ވެސް ފުށުއެރުންތަކެއް ހުރި ނަމަ އެކަންކަމަށް ގާނޫނީ ހައްލެއް ބޭނުންވާ ކަމަށް މެންބަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ ކުޑަކުދިންގެ އަދުލުގެ ގާނޫނު ތަންފީޒު ކުރުމުގައި އެނޫން އެހެން ގާނޫނެއްގެ ސަބަބުން އެއްވެސް ގޮންޖެހުމެއް ކުރިމަތި ވަމުންދޭތޯ ވެސް ސާފުކުރައްވަން ބޭނުންވާ ކަމަށެވެ. 

މި ގާނޫނުގެ ބެލެނިވެރި އިދާރާ އަކީ ހޯމް މިނިސްޓްރީ ކަމުގައި ވީ ނަމަވެސް މި ގާނޫނު ތަންފީޒު ކުރުމުގައި ހެލްތު މިނިސްޓްރީގެ ބައިވެރިވުން އޮންނަ ކަމަށް ފެންނާތީ ސަރުކާރުގެ އެ ދެ ވުޒާރާގެ ކަމާބެހޭ ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ އަށް ހާޒިރު ކޮށްދިނުމަށް މެންބަރު އެދިވަޑައިގެންފައިވެ އެވެ. 

ރައްޔިތުންގެ މަޖިލިސްކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު 19/2019ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީހެލްތު މިނިސްޓްރީ

އިތުރަށް ކިޔާލަން

20 ޖުލައި 2026

ވާނުވާ އެންގުމެއް ނެތި އަނެއްކާ ވެސް މަޖިލިސް ޖަލްސާ ކެންސަލް: މެންބަރުންނަށް ވެސް ރަސްމީ އެންގުމެއް ނާންގާ!

20 ޖުލައި 2026
ވާނުވާ އެންގުމެއް ނެތި އަނެއްކާ ވެސް މަޖިލިސް ޖަލްސާ ކެންސަލް: މެންބަރުންނަށް ވެސް ރަސްމީ އެންގުމެއް ނާންގާ!
15 ޖުލައި 2026

އައްޑޫގައި ފެނަކައިގެ ހިޔާނާތާ ގުޅޭ މަނީ ލޯންޑްރިންގެ ތަހުގީގެއް ހިންގަނީ!

15 ޖުލައި 2026
އައްޑޫގައި ފެނަކައިގެ ހިޔާނާތާ ގުޅޭ މަނީ ލޯންޑްރިންގެ ތަހުގީގެއް ހިންގަނީ!
15 ޖުލައި 2026

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އަމީޒާ އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި

15 ޖުލައި 2026
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އަމީޒާ އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި
15 ޖުލައި 2026

މި ސަރުކާރުން މަސައްކަތްތެރިން ގެންގުޅެނީ ހިފާ ގެންގުޅޭތަކެތި ގެންގުޅޭ އުސޫލުން: މައުރޫފް

15 ޖުލައި 2026
މި ސަރުކާރުން މަސައްކަތްތެރިން ގެންގުޅެނީ ހިފާ ގެންގުޅޭތަކެތި ގެންގުޅޭ އުސޫލުން: މައުރޫފް
15 ޖުލައި 2026

ބޭރު ފައިސާގެ ބާޒާރަށް އަންނަ ބަދަލުތަކާ ޑޮލަރުގެ ކަޅު ބާޒާރެއް އުފެދިފައިވާތީ އެމްޑީޕީގެ ޕީޖީ އާ ގަވަރުނަރު ބައްދަލު ކުރެއްވުމަށް އެދިއްޖެ

15 ޖުލައި 2026
ބޭރު ފައިސާގެ ބާޒާރަށް އަންނަ ބަދަލުތަކާ ޑޮލަރުގެ ކަޅު ބާޒާރެއް އުފެދިފައިވާތީ އެމްޑީޕީގެ ޕީޖީ އާ ގަވަރުނަރު ބައްދަލު ކުރެއްވުމަށް އެދިއްޖެ
15 ޖުލައި 2026

ލ. ހިތަދޫ އިން ކޮންމެ ބައިގަޑިއަކުން ކަރަންޓު ކެނޑޭތީ އެ މައްސަލަ އެންމެ ފަހުން މަޖިލީހަށް!

15 ޖުލައި 2026
ލ. ހިތަދޫ އިން ކޮންމެ ބައިގަޑިއަކުން ކަރަންޓު ކެނޑޭތީ އެ މައްސަލަ އެންމެ ފަހުން މަޖިލީހަށް!
14 ޖުލައި 2026

ކުނި މެނޭޖް ކުރުމަށް ބޭނުންވާ ފެސިލިޓީތައް ގާއިމް ކުރުމަށް ބޭނުންވާ ފައިސާ ވެސް ސަރުކާރުގައި ނެތް: މައުރޫފް

14 ޖުލައި 2026
ކުނި މެނޭޖް ކުރުމަށް ބޭނުންވާ ފެސިލިޓީތައް ގާއިމް ކުރުމަށް ބޭނުންވާ ފައިސާ ވެސް ސަރުކާރުގައި ނެތް: މައުރޫފް
14 ޖުލައި 2026

ގައިދީންނަށް ގުނަވަން ޓްރާންސްޕްލާންޓް ނުކުރެވޭ ގޮތަށް ބިލަށް ގެނައި ބޮޑެތި ބަދަލުތަކާ އެކު ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު މަޖިލީހުން ފާސްކޮށްފި

14 ޖުލައި 2026
ގައިދީންނަށް ގުނަވަން ޓްރާންސްޕްލާންޓް ނުކުރެވޭ ގޮތަށް ބިލަށް ގެނައި ބޮޑެތި ބަދަލުތަކާ އެކު ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު މަޖިލީހުން ފާސްކޮށްފި
14 ޖުލައި 2026

މިއަހަރު ނިންމާނެ ކަމަށް ވިދާޅުވި ކަންނެލި ފެކްޓްރީ ނިމެން އަދި ދޮޅު އަހަރު ނަގާނެ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވެއްޖެ

14 ޖުލައި 2026
މިއަހަރު ނިންމާނެ ކަމަށް ވިދާޅުވި ކަންނެލި ފެކްޓްރީ ނިމެން އަދި ދޮޅު އަހަރު ނަގާނެ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވެއްޖެ
14 ޖުލައި 2026

އަދަބުތައް ލުއި ކޮށް، ގައިދީންނާ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނަށް ގުނަވަން ޓްރާންސްޕްލާންޓް ނުކުރެވޭ ގޮތަށް ބިލަށް ބޮޑެތި އިސްލާހުތަކެއް

14 ޖުލައި 2026
އަދަބުތައް ލުއި ކޮށް، ގައިދީންނާ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނަށް ގުނަވަން ޓްރާންސްޕްލާންޓް ނުކުރެވޭ ގޮތަށް ބިލަށް ބޮޑެތި އިސްލާހުތަކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު