Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސޯޝަލް މީޑިއާ

16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން ކޮންޓްރޯލްކުރަން ދިރާސާކުރަނީ

25 ނޮވެމްބަރު 2026 | ބުދަ 12:17

ކުޑަކުދިންނަށް ރައްކާތެރި އޮންލައިން މާހައުލެއް ގާއިމުކުރުމަށްޓަކައި 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން ހިފެހެއްޓުމާ ގުޅޭގޮތުން ސަރުކާރުން އަންނަނީ ދިރާސާކުރަމުން. މިކަމާ ގުޅޭ މަޝްވަރާ ކަރުދާހެއް ސޯޝަލް ކައުންސިލަށް ހުށަހަޅާފައިވާއިރު، މީގެ މައިގަނޑު މަގުސަދަކީ ސައިބަރ ބުލިއިންގ ފަދަ ނުރައްކާތަކުން ކުދިން ސަލާމަތްކޮށް، ޑިޖިޓަލް ވަސީލަތްތައް ބޭނުންތެރި ގޮތުގައި ބޭނުންކުރުމަށް މަގުފަހިކޮށްދިނުން ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވި

އަމްނާ އިމާދު
އަމްނާ އިމާދު | 25 ނޮވެމްބަރު 2026 | ބުދަ 12:17
ބުދަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވާހަކަ ދައްކަވަނީ

ބުދަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

އޮންލައިން މާހައުލަކީ ކުޑަކުދިންނަށް ރައްކާތެރި ތަނަކަށް ހެދުމުގެ ގޮތުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުމުގައި ބައެއް ކަހަލަ ހިފެހެއްޓުންތައް ނުވަތަ ރެސްޓްރިކްޝަންތައް ގެނައުމާ ގުޅޭގޮތުން ދިރާސާކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އިހުސާން ވިދާޅުވީ، ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކުޑަކުދިންނަށް ރައްކާތެރި އޮންލައިން މާހައުލެއް ގާއިމުކުރުމަށް ގަވަނަންސްގެ ގޮތުން ކުރަމުންދާ މަސައްކަތްތަކަށް ރާއްޖެއިން ވެސް ބަލަމުން އަންނަ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ރާއްޖެ ޑިޖިޓަލައިޒޭޝަނާ ދިމާލަށް ދާއިރު، ކުޑަކުދިންނަށް ގެއްލުންވާ ފަދަ ކަންކަމާއި ބުލީކުރުން ފަދަ ނުރައްކާތަކުން ރައްކާތެރިކުރުމަށްޓަކައި ޓެކްނިކަލް ޓީމުތަކުން ލަފާދީފައިވަނީ އެފަދަ ހިފެހެއްޓުންތައް ގެނައުމަށް އެންމެ އެކަށޭނަ އުމުރަކީ 16 އަހަރު ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު އިހުސާން ވިދާޅުވީ، ސަރުކާރުގެ "މޯލްޑިވްސް 2.0" ސިޔާސަތުގެ ދަށުން އުމުރުން 10 އަހަރުން މަތީގެ ކުދިންނަށް އީފާސް މެދުވެރިކޮށް ތައުލީމީ އަދި ސިއްހީ މައުލޫމާތުތައް ފަދަ ބޭނުންތެރި ޚިދުމަތްތަކަށް އެކްސެސް ލިބެންޖެހޭ ކަމަށެވެ.

މީގައި ވިސްނާވަޑައިގަންނަވަންޖެހޭ މުހިންމު ތަންކޮޅަކީ ރާއްޖެ ޑިޖިޓަލައިޒޭޝަނާ ދިމާލަށް ދާއިރުގައި، ޚާއްސަކޮށް މޯލްޑިވްސް 2.0 ގެ ސިޔާސަތު އަޅުގަނޑުމެން ތަންފީޒުކުރަމުންދާއިރުގައި އުމުރުން 10 އަހަރުން މަތީގެ ކުދިންނަށް ވެސް އީފާސް މެދުވެރިކޮށް ތައުލީމީ އަދި ސިއްހީ މައުލޫމާތާއި ކުދިންގެ ޑިވެލޮޕްމެންޓަށް ބޭނުންވާ ހުރިހާ ދިމާލަކަށް އެކްސެސް ބަރާބަރަށް އޮވެފައި، އެހެންނަމަވެސް ގެއްލުންހުރި އެކްސްޕްލޮއިޓޭޝަނާއި ބުލީކުރުން ފަދަ ކަންކަމަށް އެކްސްޕޯޒްވާ ސޯޝަލް މީޑިއާތައް އެ ކުދިންނަށް ނުފެންނާނެ ގޮތަކަށް ޑިޖިޓަލް އެންވަޔަރަންމަންޓެއްގައި މެނޭޖްކުރެވޭނީ ކިހިނެއްތޯ، މިއީ އަޅުގަނޑުމެން ދިރާސާކޮށް ހައްލެއް ހޯދަން މަސައްކަތްކުރާ ކަމަކީ
އަލީ އިހުސާން 

މީގެއިތުރުން މިނިސްޓަރު އިހުސާން ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް ކުޑަކުދިންނާއި ޒުވާނުން މީސްމީޑިއާގެ ނުރަނގަޅު ކަންކަމުގެ ތެރެއަށް ވަންނަމުންދާ ކަމަށާއި، ސައިބަރ ބުލިއިންގ އާއި އޮންލައިން ގްރޫމިން ފަދަ ނުރައްކާތެރި ކަންކަމުގެ ޝިކާރައަކަށް ކުދިން ވެގެންދާ މައްސަލައަކީ މުޅި ދުނިޔެއަށް ވެސް ދިމާވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށެވެ. އަދި ރާއްޖެއަކީ އިސްލާމީ ގައުމަކަށްވެފައި، އެކުވެރި، ކުޑަ މުޖުތަމައަކަށް ވާއިރު މިފަދަ ގެއްލުންދެނިވި ކަންކަމުން ކުޑަކުދިން ރައްކާތެރިކުރުމަކީ ސަރުކާރުގެ ބޮޑު ޒިންމާއެއް ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވި އެވެ. 

މި މައްސަލައާ ގުޅިގެން 16 އަހަރުން ދަށުގެ ކުދިންނަށް ވަކި މީސްމީޑިއާ އެޕްތަކެއް ބޭނުންކުރުން މަނާކުރުމާ ގުޅޭގޮތުން ގޮތްތަކެއް ކަނޑައެޅުމަށް ސޯޝަލް ކައުންސިލަށް ކަރުދާހެއް ހުށަހަޅާފައިވާ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވި އެވެ. 

މި ޑިސްްކަޝަންގައި އަޅުގަނޑުމެންވާނެ ސަރުކާރު ތެރޭގައި އަޅުގަނޑުމެންގެ ބައެއް ސްޓޭކް ހޯލްޑަރުންނާ މަޝްވަރާކޮށްފައި، ރައީސުލްޖުމްހޫރިއްޔާ އެކަށައަޅުއްވާފައި އޮންނާނެ ސޯޝަލް ކައުންސިލެއް ކެބިނެޓުގެ ސަބް ކޮމިޓީއެއްގެ ގޮތުގައި. އެ ކައުންސިލުގެ ލަފަޔަކަށް އަޅުގަނޑުމެން އިއްޔެ ވާނެ ޕޭޕަރެއް ހުށަހަޅާފައި
އަލީ އިހުސާން 

މި މައްސަލައިގައި އަދި އެއްވެސް ނިންމުމެއް ނިންމާފައި ނުވާކަން ފާހަގަކުރައްވައި މިނިސްޓަރު އިހުސާން ވިދާޅުވީ، އެއްވެސް ގާނޫނަކަށް އިސްލާހު ގެނައުމުގެ ކުރިން ނުވަތަ ކެބިނެޓަށް ހުށަހެޅުމުގެ ކުރިން ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.

މިހާރު ސޯޝަލް ކައުންސިލަށް ފޮނުވާފައިވަނީ މިނިސްޓަރުންގެ މެދުގައި ހިޔާލު ބަދަލުކޮށް މަޝްވަރާކުރުމަށް ތައްޔާރުކުރި ކަރުދާހެއް ކަމަށާއި، ކެބިނެޓުގައި ސޯޝަލް މީޑިއާ އެއްކޮށް މަނާކުރުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް ވެސް މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.

ސޯޝަލް މީޑިއާމޯލްޑިވްސް 2.0އަލީ އިޙްސާން

އެންމެ ހިނގާ

1

އަނެއްކާ ވެސް ހުޅުމާލެ ހޮސްޕިޓަލުގެ އިހުމާލެއް: މިއީ އެންމެ މަންމައެއްގެ ކަރުނައެއް ނޫން، މުޅި ގައުމުގެ ވޭން!

2

ސްޓޭޓް މިނިސްޓަރު ނާޒިމްގެ ތުހުމަތުތަކާއި ގުޅިގެން އިންޑިއާގެ ޚާރިޖީ ވުޒާރާގެ ސިޓީއެއް ދިވެހި ސަރުކާރަށް!

3

ރަސްމާލެ މަޝްރޫއުގެ މަސައްކަތްތައް ލަސްވަމުންދާ ކަމަށް ބުނެ އީގަލް ހިލްސް ކުންފުނިން ކަންބޮޑުވުން ފާޅުކޮށް، ސަރުކާރު ބޮޑު ޕްރެޝަރަކަށް ވައްޓާލައިފި!

4

ދެ އަބްދުﷲގެ ގަޑުބަޑު...

5

330 ވޯޓުގެ ތަފާތުން އުތުރު ކެރޮލައިނާގެ ގޮނޑި ފުރޮޅައިލާ، 1992 އަށް ފަހު އެންމެ ވަރުގަދަ އަޣުލަބިއްޔަތެއް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އިތުރަށް ކިޔާލަން

10 އޮކްޓޯބަރު 2026

"އަދުގެ ރައީސުލްޖުމްހޫރިއްޔާ" އާއި "އަދުގެ ސަރުކާރު"

10 އޮކްޓޯބަރު 2026
"އަދުގެ ރައީސުލްޖުމްހޫރިއްޔާ" އާއި "އަދުގެ ސަރުކާރު"
07 އޮކްޓޯބަރު 2026

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ހުކުމެއްގައި ހުރި މީހަކު ޕެރޯލް ބޯޑުން ދޫކޮށްލި މައްސަލައިގައި މިނިސްޓަރު އިހުސާން މަޖިލީހަށް ހާޒިރުކުރަން އެދިއްޖެ

07 އޮކްޓޯބަރު 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ހުކުމެއްގައި ހުރި މީހަކު ޕެރޯލް ބޯޑުން ދޫކޮށްލި މައްސަލައިގައި މިނިސްޓަރު އިހުސާން މަޖިލީހަށް ހާޒިރުކުރަން އެދިއްޖެ
28 ސެޕްޓެމްބަރު 2026

އަޅުގަނޑުމެން ދިން ނަސޭހަތް ގަބޫލުކޮށްގެން ގޭންގު މާރާމާރީތަކުގައި އުޅުނު ޒުވާނުން ދަނީ އެކަމުން ދުރުވާން ވަރަށް ބޮޑަށް މަަސައްކަތްކުރަމުން: އިހުސާން

28 ސެޕްޓެމްބަރު 2026
އަޅުގަނޑުމެން ދިން ނަސޭހަތް ގަބޫލުކޮށްގެން ގޭންގު މާރާމާރީތަކުގައި އުޅުނު ޒުވާނުން ދަނީ އެކަމުން ދުރުވާން ވަރަށް ބޮޑަށް މަަސައްކަތްކުރަމުން: އިހުސާން
28 ސެޕްޓެމްބަރު 2026

ހަމައެކަނި އަދަދުތަކަކުން ރައްކާތެރިކަން ޔަޤީނެއް ނުކުރެވޭ، ދިވެހިންނަށް ބޭނުންވަނީ ފެންނަ، އިހުސާސްވާ ޤާނޫނު ތަންފީޒުކުރާ ނިޒާމެއް!

28 ސެޕްޓެމްބަރު 2026
ހަމައެކަނި އަދަދުތަކަކުން ރައްކާތެރިކަން ޔަޤީނެއް ނުކުރެވޭ، ދިވެހިންނަށް ބޭނުންވަނީ ފެންނަ، އިހުސާސްވާ ޤާނޫނު ތަންފީޒުކުރާ ނިޒާމެއް!
30 އޯގަސްޓު 2026

ބިދޭސީ ސިއްހީ ޚިދުމަތްތެރިންގެ ކެޓަގަރީ ބަދަލުކުރުމާ ގުޅިގެން އެ އާއިލާތަކަށް ބޮޑެތި ގޮންޖެހުންތަކެއް! އެމްއެޗްޕީޔޫގެ ސިޓީއެއް މިނިސްޓަރު އިހުސާނަށް!

30 އޯގަސްޓު 2026
ބިދޭސީ ސިއްހީ ޚިދުމަތްތެރިންގެ ކެޓަގަރީ ބަދަލުކުރުމާ ގުޅިގެން އެ އާއިލާތަކަށް ބޮޑެތި ގޮންޖެހުންތަކެއް! އެމްއެޗްޕީޔޫގެ ސިޓީއެއް މިނިސްޓަރު އިހުސާނަށް!
25 އޯގަސްޓު 2026

ޓޭންކަރާއި ބޮޑު ބަޑި ނެރެގެން ހައްޔަރު ކުރަންޖެހޭ މީހާ ހޯމް މިނިސްޓަރަށް ވަރަށް ސާފުކޮށް އެނގޭނެ: ބޮންޑާ

25 އޯގަސްޓު 2026
ޓޭންކަރާއި ބޮޑު ބަޑި ނެރެގެން ހައްޔަރު ކުރަންޖެހޭ މީހާ ހޯމް މިނިސްޓަރަށް ވަރަށް ސާފުކޮށް އެނގޭނެ: ބޮންޑާ
24 އޯގަސްޓު 2026

ކަޅުބާޒާރުން ސަރުކާރުގެ ކުންފުނިތަކުން ޑޮލަރު ގަންނަމުންދާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެއީ މަނީލޯންޑަރިންގ ކަމަށް ހޯމް މިނިސްޓަރު އިހުސާން ވިދާޅުވެއްޖެ

24 އޯގަސްޓު 2026
ކަޅުބާޒާރުން ސަރުކާރުގެ ކުންފުނިތަކުން ޑޮލަރު ގަންނަމުންދާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެއީ މަނީލޯންޑަރިންގ ކަމަށް ހޯމް މިނިސްޓަރު އިހުސާން ވިދާޅުވެއްޖެ
24 އޯގަސްޓު 2026

ނިއުޒީލެންޑުގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރާ ބިލު ޤާނޫނު ހަދާ މަޖިލީހަށް

24 އޯގަސްޓު 2026
ނިއުޒީލެންޑުގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރާ ބިލު ޤާނޫނު ހަދާ މަޖިލީހަށް
21 އޯގަސްޓު 2026

މޯދީގެ ކެބިނެޓް ވަޒީރުންނަށް ސޯޝަލް މީޑިއާ ސްކޯ ދީފި، އެންމެ މަތީ ސްކޯ ހޯއްދެވީ މޯދީ

21 އޯގަސްޓު 2026
މޯދީގެ ކެބިނެޓް ވަޒީރުންނަށް ސޯޝަލް މީޑިއާ ސްކޯ ދީފި، އެންމެ މަތީ ސްކޯ ހޯއްދެވީ މޯދީ
18 އޯގަސްޓު 2026

މެޓާގެ މައްސަލަތައް ކޯޓަށް: ސޯޝަލް މީޑިއާ ކުންފުނިތަކަށް ދުނިޔޭގެ ފެންވަރުގައި ބޮޑެތި ގާނޫނީ ހުރަސްތަކެއް ކުރިމަތިވަނީތަ؟

18 އޯގަސްޓު 2026
މެޓާގެ މައްސަލަތައް ކޯޓަށް: ސޯޝަލް މީޑިއާ ކުންފުނިތަކަށް ދުނިޔޭގެ ފެންވަރުގައި ބޮޑެތި ގާނޫނީ ހުރަސްތަކެއް ކުރިމަތިވަނީތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް