Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކެޓަލޯނިއާ

ކެޓަލޯނިއާގެ މިނިވަންކަން އިއުލާންކޮށްފިތޯ ބަލަން ފަސް ދުވަހުގެ މުހުލަތެއް ސްޕެއިނުން ދީފި

ކެޓަލޯނިއާގެ ލީޑަރު ވަނީ އަންގާރަ ދުވަހު އެ ސަރަހައްދުގެ މިނިވަންކަން އިއުލާންކުރުމުގެ ގަރާރުގައި ސޮއި ކުރައްވާފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 12 އޮކްޓޯބަރު 2017 | ބުރާސްފަތި 02:49
ކެޓަލޯނިއާގެ ލީޑަރު ކާލެސް ޕުއިޖްޑެމޮންޓް

ކެޓަލޯނިއާގެ ލީޑަރު ކާލެސް ޕުއިޖްޑެމޮންޓް

ކެޓަލޯނިއާގެ ލީޑަރު ކާލެސް ޕުއިޖްޑެމޮންޓް ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރައްވައިފިތޯ ނުވަތަ ނޫންތޯ ސާފުކޮށްދެއްވުމަށް ސްޕެއިންގެ ސަރުކާރުން ކެޓަލޯނިއާގެ ލީޑަރަށް މުހުލަތެއް ދީފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ކެޓަލޯނިއާގެ ލީޑަރު މިނިވަންކަން އިއުލާން ކުރައްވައިފި ކަމަށް ވިދާޅުވެއްޖެ ނަމަ، މިނިވަންކަން އަނބުރާ ގެންދިއުުމަށް ޕުއިޖްޑެމޮންޓް އަށް އިތުރު ތިން ދުވަސް ދޭނެއެވެ. އަދި އެ ގޮތަށް އަމަލު ނުކޮށްފި ނަމަ ސްޕެއިންގެ ސަރުކާރުން ކެޓަލޯނިއާގެ މިނިވަންކަން ސަސްޕެންޑްކޮށް ސްޕެއިންގެ މައި ސަރުކާރުގެ ފުރިހަަމަ ބާރު ހިންގާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކެޓަލޯނިއާގެ ލީޑަރު ވަނީ އަންގާރަ ދުވަހު އެ ސަރަހައްދުގެ މިނިވަންކަން އިއުލާންކުރުމުގެ ގަރާރުގައި ސޮއެ ކުރައްވާފައެވެ. އެހެންނަމަވެސް މަޝްވަރާކުރުމަށް ވަގުތު ދޭންކަމަށް ވިދާޅުވެ ގަރާރު ތަންފީޒު ކުރުން ވަނީ ފަސްކޮށްފައެވެ.

ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރަން ފެނޭތޯ ބެލުމަށް އޮކްޓޯބަރު 1 ގައި ބޭއްވި ވޯޓުގައި، 90 ޕަސެންޓް މީހުން ސްޕެއިން އިން މިިނިވަން ވާން ފެންނަ ކަމަށް އާނ ބަސް ބުނެފައި ވެއެވެ. ކެޓަލޯނިއާގައި ނެގި ވޯޓާ ގުޅިގެން ސްްޕެއިންގެ މައި ސަރުކާރުން ބުނެފައި ވަނީ އެ ވޯޓަކީ ގާނޫނު އަސާސީއާ ޚިލާފު ބާތިލް އެއްޗެއް ކަމަށެވެ. ވޯޓު ނިމުނުތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ސްޕެއިންގެ ބޮޑުވަޒީރު މާރިއާނޯ ރަޚޮއި ވިދާޅުވީ ޣައިރު ގާނޫނީ ވޯޓެއްގައި ބައިވެރިކޮށް ކެޓަލޯނިއާގެ ރައްޔިތުން މޮޔަ ހައްދާފައިވާ ކަމަށެވެ. ބޮޑުވަޒީރު ވަނީ އެ ވޯޓަކީ ޑިމޮކްރަސީއަށް ކުރި ފުރައްސާރައެއް ކަމަށް ވިދާޅުވެފައެވެ.

ސްޕެއިންގެ ކެޓަލޯނިއާއަކީ ސްޕެއިންގެ އެންމެ ފުދުންތެރި އަދި މުއްސަނދި ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ، އަމިއްލަ ބަހަކާއި، ސަގާފަތަކާއި އަދި އަމިއްލަ ތާރީޚެއް އޮތް ސަރަހައްދެކެެވެ.

އިތުރަށް ކިޔާލަން

21 ޖުލައި 2017

2001 ގެ ފަހުން އެންމެ ބޮޑު ހަނަފަސްކަން އުތުރު ކޮރެއާ އަށް ކުރިމަތިވެއްޖެ

21 ޖުލައި 2017
2001 ގެ ފަހުން އެންމެ ބޮޑު ހަނަފަސްކަން އުތުރު ކޮރެއާ އަށް ކުރިމަތިވެއްޖެ
27 ޖޫން 2017

ފަސް އަހަރަށް ފަހު އަލްޤައިދާއިން ޔޯހާން މިނިވަންކޮށްފި

27 ޖޫން 2017
ފަސް އަހަރަށް ފަހު އަލްޤައިދާއިން ޔޯހާން މިނިވަންކޮށްފި
03 މެއި 2017

މޫސަލް އާރާސްތު ކުރުމަށް މަދުވެގެން ފަސް އަހަރު ބޭނުންވޭ: އޮފިޝަލުން

03 މެއި 2017
މޫސަލް އާރާސްތު ކުރުމަށް މަދުވެގެން ފަސް އަހަރު ބޭނުންވޭ: އޮފިޝަލުން
20 އެޕްރީލު 2017

ޓްރަމްޕް ހުވާކުރުމުގެ ރަސްމިއްޔާތައް ވެނެޒުއޭލާއިން ފަސް ލައްކަ ޑޮލަރު ދިން

20 އެޕްރީލު 2017
ޓްރަމްޕް ހުވާކުރުމުގެ ރަސްމިއްޔާތައް ވެނެޒުއޭލާއިން ފަސް ލައްކަ ޑޮލަރު ދިން
29 މާރިޗު 2017

އައިވަރީ ކޯސްޓްގެ ފަސްޓް ލޭޑީގެ މައްޗަށް ކުރެވުނު ދައުވާ ސާބިތެއް ނުވި

29 މާރިޗު 2017
އައިވަރީ ކޯސްޓްގެ ފަސްޓް ލޭޑީގެ މައްޗަށް ކުރެވުނު ދައުވާ ސާބިތެއް ނުވި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު