Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަލް ޤައިދާ

ފަސް އަހަރަށް ފަހު އަލްޤައިދާއިން ޔޯހާން މިނިވަންކޮށްފި

ޔޯހާން ހައްޔަރުކޮށްފައިވަނީ 2011 ވަނަ އަހަރު

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 27 ޖޫން 2017 | އަންގާރަ 01:40
ޔޯހާން މިނިވަން ކުރުމުން އޭނާގެ އާއިލާއާ އެކު

ޔޯހާން މިނިވަން ކުރުމުން އޭނާގެ އާއިލާއާ އެކު

ހަނގުރާމަވެރި އަލްޤައިދާ ޖަމާޢަތުން 2011 ވަނަ އަހަރު ހިފައި ހައްޔަރުކުރި ސްވިޑެންގެ ރައްޔިތެއް ކަމުގައިވާ ޔޯހާން ގުސްތަފްސަން މިނިވަންކޮށްފިއެވެ.

އަލްޤައިދާއިން ޔޯހާން ހައްޔަރުކޮށްފައި ވަނީ، ސްވިޑެން އިން ދެކުނު އެފްރިކާއަށް ސައިކަލުގައި ދަތުރުކުރަމުން ދަނިކޮށް، އޭނާ މަޑުކޮށްގެން ހުރި ހޮޓަލަކަށް ދިން ހަމަލާއެއްގައި، 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހު މާލީގެ އުތުރުގައި އޮންނަ ސިޓީއެއް ކަމުގައިވާ ޓިމްބުކްތޫއިންނެވެ. އޭނާއާ އެކު ދެކުނު އެފްރިކާގެ ރައްޔިތެއް ކަމުގައިވާ ސްޓެފެން މެކްގައުން އާއި ނެދަލޭންޑްސްގެ ރައްޔިތެއް ކަމުގައިވާ ޖާކް ރީކް ވެސް ވަނީ ހައްޔަރުކޮށްފައެވެ. މީގެ އިތުރުން ހޮޓަލަށް ދިން ހަމަލާގައި ޖަރުމަނުގެ ފަތުރުވެރިއަކު މަރުވެފައި ވެސް ވެއެވެ.

ފްރާންސްގެ ސްޕެޝަލް ފޯސަސްއިން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 2015 ވަނަ އަހަރު ރީކް ސަލާމަތް ކުރި ނަމަވެސް، މެކްގައުންއަށް ވީގޮތެއް އަދި އަދަށް ދާންދެން ވެސް ކަށަވަރެއް ނުވެއެވެ.

ހޮޓަލަށް ދިން ހަމަލާ އާއި އެތަނުގައި ތިބި ފަތުރުވެރިން ވަގަށް ނަގައި ހައްޔަރުކުރުމުގެ ޒިންމާ، އަލްޤައިދާގެ ގޮތްޕެއް ކަމުގައިވާ، އަލްޤައިދާ އިން ދި އިސްލާމިކް މަޤްރިބް (އާޤިމް) އިން ވަނީ އުފުލާފައެވެ. އާޤިމްއަކީ، 2012 ވަނަ އަހަރު މާލީގެ އުތުރުގެ ހިސާބުތަކަށް ވެރިވެގަތް ހަނގުރާމަވެރި ޖަމާއަތްތަކުގެ ތެރެއިން އެއް ޖަމާއަތެވެ.

ޔޯހާން މިނިވަންކޮށް، އާއިލާއާ ހަވާލުކުރިކަން އިޢުލާނުކުރައްވަމުން ސްވިޑެންގެ ފޮރިން މިނިސްޓަރު މާގޮޓް ވޯލްސްޓްރޮމް ވިދާޅުވީ، ޔޯހާން ހުރީ ފުރިހަމަ ސިއްޙަތުގައި ކަމަށާއި، އޭނާ ކުރިމަތިލާން ޖެހުނު ކަންކަމާ އަޅާ ބަލާއިރު، އޭނާގެ ނަފްސާނީ ހާލަތު ވެސް ރަނގަޅު ކަމަށެވެ.

ޔޯހާން މިނިވަން ކުރުމަށް އާޤިމްގެ ހަނގުރާމަވެރިން އެއްބަސްކުރުވީ ކިހިނެއްތޯ ކުރެވުނު ސުވާލަށް ޖަވާބުދެއްވަން ދެކޮޅު ހައްދަވައި، މާގޮޓް ވިދާޅުވީ، މިއީ ފުލުހުންނާއި، ސިޔާސީ ފަރާތްތަކާއި، ޑިޕްލޮމޭޓުންނާއި، ބައިނަލްއަޤުވާމީ އެކި ފަރާތްތަކުން އަހަރުތަކެއް ވަންދެން ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ.

މީގެ އިތުރުން، ޔޯހާން ދޫކުރުމަށް އާޤިމްއަށް އަގެއް ދެއްކިތޯ ކުރެވުނު ސުވާލުގެ ޖަވާބުގައި މާގޮޓް ވިދާޅުވީ، ސްވިޑެންގެ އުސޫލަކީ މީހުން ވަގަށް ނެގުމުގެ ހާދިސާތަކުގައި ކުށްވެރިންނަށް ފައިސާ ނުދިނުން ކަމަށެވެ.

އޭއެފްޕީއަށް މައުލޫމާތުދިން މާލީގެ ސަލާމަތީ ބާރުތަކުގެ މަސްދަރަކުން ބުނެފައި ވަނީ، ޔޯހާން މިނިވަން ކުރުމުގައި މާލީގެ އޮފިޝަލުން އެހީވި ކަމަށާއި، ހަނގުރާމަވެރިން އޭނާ ދޫކޮށްލާފައި ވަނީ މާލީ ޑެޒަރޓްގެ ތެރެއަށް ކަމަށެވެ.

ދުނިޔޭގެ އެކި ޤައުމުތަކުގައި ހަރަކާތްތެރިވާ އަލްޤައިދާގެ ގޮފިތަކުން، އެ ގޮފިތަކަށް ފަންޑު ހޯދުމަށް ފަތުރުވެރިން ހައްޔަރުކޮށް، އެމީހުން މިނިވަން ކުރުމުގެ ބަދަލުގައި ފައިސާގެ ބޮޑެތި އަދަދުތައް ހޯދުމަށް ހުށަހެޅުމުގެ ހާދިސާތައް ވަރަށް ގިނައިން ހިނގާފައި އެބަހުއްޓެވެ.

އިތުރަށް ކިޔާލަން

23 މާރިޗު 2017

އިނގިރޭސި ވިލާތުގެ ޕާލިމަންޓުގެ ކައިރީގައި ދިން ހަމަލާ: ފަސް މަރު، މަދުވެގެން 40 މީހުން ޒަޚަމް

23 މާރިޗު 2017
 އިނގިރޭސި ވިލާތުގެ ޕާލިމަންޓުގެ ކައިރީގައި ދިން ހަމަލާ: ފަސް މަރު، މަދުވެގެން 40 މީހުން ޒަޚަމް
23 މާރިޗު 2017

ތިންއަހަރަށްފަހު ދެކުނުކޮރެއާގެ ފެރީ ކަނޑުއަޑިން ނަގައިފި

23 މާރިޗު 2017
ތިންއަހަރަށްފަހު ދެކުނުކޮރެއާގެ ފެރީ ކަނޑުއަޑިން ނަގައިފި
21 މާރިޗު 2017

އެންމެ އުފާވެރި ގައުމު، ޑެންމާކު ވައްޓާލުމަށްފަހު ނޯވޭއަށް

21 މާރިޗު 2017
 އެންމެ އުފާވެރި ގައުމު، ޑެންމާކު ވައްޓާލުމަށްފަހު ނޯވޭއަށް
10 ފެބުރުއަރީ 2017

"އެއް ޗައިނާ" ސިޔާސަޔަތައް ތާއީދު ކުރައްވާ ކަމަށް އެންމެ ފަހުން ޓްރަމްޕް ވިދާޅުވެއްޖެ

10 ފެބުރުއަރީ 2017
"އެއް ޗައިނާ" ސިޔާސަޔަތައް ތާއީދު ކުރައްވާ ކަމަށް އެންމެ ފަހުން ޓްރަމްޕް ވިދާޅުވެއްޖެ
06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު