Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާ-ޔޫކްރެއިން ހަނގުރާމަ

ރަޝިއާގެ ހަމަލާތަކުގައި ކީވްއިން 15 މީހުން މަރުވެއްޖެ، ބަދަލުގައި ޔޫކްރެއިނުން ރަޝިއާގެ މަނަވަރެއް ފައްތާލައިފި

24 ނޮވެމްބަރު 2026 | އަންގާރަ 05:51

ޔޫކްރެއިނުން ރަޝިއާގެ ތެޔޮ ރައްކާކުރާ މަރުކަޒުތަކަށާއި އަސްކަރީ މަނަވަރަކަށް ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން، ރަޝިއާއިން ކީވްގެ އެކި ސަރަހައްދުތަކަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފި. މި ހަމަލާތަކުގައި އާންމުން ދިރިއުޅޭ އިމާރާތްތަކާއި ހަކަތައިގެ ވިއުގައަށް އަމާޒުކޮށްފައިވާއިރު، ގިނަ ބަޔަކު މަރުވެ ބައެއް މީހުން ވަނީ އިމާރާތްތަކުގެ ދަށުގައި ތާށިވެފައި

ނިއުސް ޓީމް
ނިއުސް ޓީމް | 24 ނޮވެމްބަރު 2026 | އަންގާރަ 05:51

ރަޝިއާއިން ޔޫކްރެއިންގެ ވެރިރަށް ކީވްއަށް ދިން ހަމަލާއަކާ ގުޅިގެން، އެ ސިޓީގެ ސުޕަމާކެޓެއްގައި ރޯވި އަލިފާންގަނޑު ނިއްވުމަށް ފަޔަރ ފައިޓަރުންނާއި ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ އުޅަނދުފަހަރުން މަސައްކަތް ކުރަނީ. | އެކްސް

ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން ޔޫކްރެއިނަށް "ވޭންދެނިވި" ރައްދެއް ދެއްވާނެ ކަމަށް ވިދާޅުވިތާ ދުވަސްކޮޅެއް ފަހުން، ރަޝިއާއިން ޔޫކްރެއިންގެ ވެރިރަށް ކީވް ސަރަހައްދަށް ދިން ވަރުގަދަ ހަމަލާތަކެއްގައި ގާތްގަނޑަކަށް 15 މީހުން މަރުވެ، ވެއްޓިފައިވާ އިމާރާތެއްގެ ދަށުގައި ގިނަ އަދަދެއްގެ ބަޔަކު ތާށިވެފައި ތިބުމުން އެ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ޔޫކްރެއިންގެ މީހުން ސަލާމަތްކުރާ ޓީމުތަކުން ފަށައިފި އެވެ.

ރަޝިއާ-ޔޫކްރެއިން ހަނގުރާމައަށް ފަސް އަހަރު ފުރެމުންދާއިރު، ފިނިމޫސުމަކާ ކުރިމަތިލާން ތައްޔާރުވަމުންދާ ޔޫކްރެއިނަށް ރަޝިއާއިން ދަނީ ކޮންމެ ރެއަކު ޑްރޯނާއި މިސައިލްގެ ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.

Advertisement - worldAdvertisement

ކީވްގެ އުތުރުން ގާތްގަނޑަކަށް 45 ކިލޯމީޓަރު ދުރުގައި އޮންނަ ޑައިމާގައި ހުންނަ ފަސް ބުރީގެ އިމާރާތަކަށް ރޭގަނޑު ދިން ހަމަލާއެއްގައި ގާތްގަނޑަކަށް 11 މީހުން މަރުވެފައިވާ ކަމަށް ކީވް ސަރަހައްދުގެ އޮފިޝަލެއް ކަމަށްވާ ޓައިމޫރް ޓްކަޗެންކޯ ހޯމަ ދުވަހު ވިދާޅުވި އެވެ. ވެއްޓިފައިވާ އިމާރާތުގެ ދަށުން އިތުރު މީހެއްގެ ހަށިގަނޑު ފެނުމާއެކު މަރުވި މީހުންގެ އަދަދު 11 އަށް އަރާފައިވާ ކަމަށް ޓްކަޗެންކޯ ވިދާޅުވި އެވެ. މަރުވި މީހުންގެ ތެރޭގައި ފުރާވަރުގެ ކުއްޖަކު ވެސް ހިމެނޭ ކަމަށް ޔޫކްރެއިންގެ ސްޓޭޓް އިމަޖެންސީ ސަރވިސްއިން ބުނެފައިވެ އެވެ.

"ޖަވާބެއް ނުލިބޭ ނުވަތަ ނުގުޅޭ" ދެ ކުޑަކުދިން ހިމެނޭ ގޮތަށް 11 މީހަކު ހޯދުމުގެ މަސައްކަތް މީހުން ސަލާމަތްކުރާ ޓީމުތަކުން ކުރަމުންދާ ކަމަށް އެ އިދާރާއިން ބުންޏެވެ. މީގެ އިތުރުން، ވެއްޓިފައިވާ އިމާރާތުގެ ދަށުން އުމުރުން 79 އަހަރުގެ އަންހެނަކާއި ކުޑަކުއްޖަކު ހިމެނޭ ގޮތަށް ބައެއް މީހުން ދިރިތިއްބައި ސަލާމަތްކޮށްފައިވާ ކަމަށް ޓްކަޗެންކޯ ވިދާޅުވި އެވެ. ވެއްޓިފައިވާ އިމާރާތުގެ ދަށުގައި އަދިވެސް މީހުން ތާށިވެފައި ތިބި ކަމަށް ބެލެވޭ ކަމަށާއި، ދިރިތިއްބައި ނުވަތަ މަރުވެފައި ތިބި ނަމަވެސް އެ މީހުން ނެރުމަށް ސަލާމަތީ ޓީމުތަކުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

ކީވްގެ ދެކުނުން އޮންނަ ވިޝްނޭވޭ ސިޓީގެ ސުޕަމާކެޓަކަށް ރަޝިއާއިން ދިން ހަމަލާއެއްގައި އިތުރު ތިން މީހުން މަރުވެ، ތިން ކުޑަކުދިން ހިމެނޭ ގޮތަށް 15 މީހުން ޒަޚަމުވެފައިވާ ކަމަށް އެ ސިޓީގެ މޭޔަރު އިލްޔާ ޑިކޯވް ވިދާޅުވި އެވެ. "މީހުން ފިހާރައަށް ގޮސް ތިބީ ގެއަށް ބޭނުންވާ ސާމާނު ގަންނަން. އާދައިގެ ވިޔަފާރި ދަތުރެއް ރަޝިއާގެ ހަމަލާއެއްގެ ސަބަބުން ބޮޑު ހިތާމައަކަށް ބަދަލުވެގެން ދިޔައީ،" ޓްކަޗެންކޯ ވިދާޅުވި އެވެ.

ހަމަމިއާއެކު، ކައިރީގައި އޮންނަ ބިލާ ސާކްވާގައި ހުރި އާންމުން ދިރިއުޅޭ ގެއަކަށް ދިން ހަމަލާއެއްގައި އިތުރު މީހަކު މަރުވެ، އެ އިމާރާތުގައި އަލިފާން ރޯވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން ރަޝިއާއިން ޑްނިޕްރޯޕެތުރޯވްސްކް ސަރަހައްދުގެ ކަރަންޓު ސަބްސްޓޭޝަނަކަށް ވެސް ހަމަލާދީފައިވާ ކަމަށް ބޮޑުވަޒީރު ސަރްހީ ކޮރެޓްސްކީ ވިދާޅުވި އެވެ.

ފިނިހޫނުމިން ގަނޑުވާ ދަރަޖައަށް ވެއްޓެމުންދާއިރު، ރަޝިއާއިން ވަނީ ޔޫކްރެއިނަށާއި ހާއްސަކޮށް އެ ގައުމުގެ ހަކަތައިގެ ވިއުގައަށް ދޭ ހަމަލާތައް ވަރުގަދަކޮށްފަ އެވެ. ރަޝިއާއިން ޔޫކްރެއިންގެ އަތުން ފޭރިގަނެފައިވާ ކްރައިމިއާ ޕެނިންސުލާގައި ރަޝިއާގެ ވެރިކަން ރަމްޒުކޮށްދޭ ކިއެރްޗް ބުރިޖަށް ޔޫކްރެއިނުން ދިން ހަމަލާތަކުގެ ރައްދުގައި، ރަޝިއާއިން "ވަރަށް ބޮޑަށް ވޭންދެނިވި" ހަމަލާތަކެއް ދޭނެ ކަމަށް ޕުޓިން ވަނީ ބުރާސްފަތި ދުވަހު ވައުދުވެވަޑައިގަންނަވާފަ އެވެ. ޔޫކްރެއިނުން އެއް ހަފުތާގެ ތެރޭގައި އެ ބުރިޖަށް ތިން ފަހަރު ހަމަލާދީ، އެއްގަމު އުޅަނދުތައް ދަތުރުކުރާ ބައި ވަކިކޮށްލައި، ރޭލުގެ ހިދުމަތްތައް ވަނީ ހުއްޓުވާލައިފަ އެވެ.

ރަޝިއާގެ އެތެރެއަށާއި ބޭރަށް ޔޫކްރެއިންގެ ހަމަލާތައް

މިއާއެކު، ރަޝިއާގެ ތަތާރުސްތާން ސަރަހައްދުގައި ހުރި ތެޔޮ ރައްކާކުރާ މަރުކަޒުތަކަކަށް ޑްރޯން ހަމަލާތަކެއް ދީ، ގިނަ ތަންތަނަކަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރަޝިއާގެ މީޑިއާތަކުން ބުނެ އެވެ. ނަމަވެސް، މި ހަމަލާތަކުގައި އެއްވެސް މީހަކު މަރުވި ކަމުގެ ނުވަތަ ޒަހަމުވި ކަމުގެ ރިޕޯޓެއް ލިބިފައި ނުވާ ކަމަށް ކަމާބެހޭ އިދާރާތަކާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

ތަތާރުސްތާންގެ އަލްމެތުޔެވްސްކް ސަރަހައްދުގައި ހުރި ތެޔޮ މަރުކަޒަކަށް އަމާޒުކޮށް ދިން މި ހަމަލާގައި އެ ތަނުގައި އަލިފާން ރޯވެފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކުރެ އެވެ. މީގެ އިތުރުން، ރޮސްތޯވްގެ ނޮވޮޝަޚްތިންސްކް ސަރަހައްދަށް ވެސް ޑްރޯން ހަމަލާތަކެއް ދީ، ޕެޓްރޯލިއަމް އުފައްދާ ކާރުޚާނާއަކަށް ގެއްލުންވެ، ތެޔޮ ރައްކާކުރާ ޓޭންކެއްގައި އަލިފާން ރޯވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އަދި، ވޮލްގާ ސަރަހައްދުގެ ޕިއެރްމް ސިޓީގައި ހުންނަ ބޮޑު ތެޔޮ ސާފުކުރާ ކާރުޚާނާއަކަށް ވެސް ހަމަލާދީފައިވާ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ. ޔޫކްރެއިންގެ ބޯޑަރާ ގާތްގަނޑަކަށް 1،000 ކިލޯމީޓަރު ދުރުގައި އޮންނަ ތަތާރުސްތާނަށް ދިން މި ހަމަލާތަކުން ދައްކުވައިދެނީ ރަޝިއާގެ އެތެރެއަށް ހަމަލާދިނުމުގެ ގާބިލުކަން ކީވްއަށް ލިބިފައިވާ މިންވަރު ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.

ލީބިޔާ ކައިރިން ދިން ހަމަލާ ކީވްއިން ކަށަވަރުކޮށްދީފި

ޔޫކްރެއިންގެ އަސްކަރިއްޔާއިން ލީބިޔާގެ އައްސޭރިފަށާ ކައިރިން ރަޝިއާގެ އަސްކަރީ މަނަވަރެއް ކަމަށްވާ 'މާކިއުރީ' ފައްތާލާފައިވާ ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮދީމީރް ޒެލެންސްކީ ހޯމަ ދުވަހު ވިދާޅުވި އެވެ. 2023 ވަނަ އަހަރު ހިދުމަތަށް ނެރުނު، ރަޝިއާގެ އެންމެ އައު މަނަވަރުތަކުގެ ތެރޭގައި ހިމެނޭ މި މަނަވަރު ފައްތާލާފައި ވަނީ ޔޫކްރެއިނުގައި އުފައްދާފައިވާ ކަނޑުގައި ދުއްވާ ހަތް ޑްރޯން ބޭނުންކޮށްގެން ކަމަށް ޒެލެންސްކީ ވިދާޅުވި އެވެ.

މި ގޮތުން، ދެވަނަ އަމާޒެއްގެ ގޮތުގައި ރަޝިއާގެ މުދާ އުފުލާ ބޯޓެއް ކަމަށްވާ 'އެމްވީ އަންގާރާ' އަށް ވެސް ހަމަލާދީފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވި އެވެ. އެ ބޯޓަކީ ރަޝިއާއިން ހަތިޔާރު އުފުލުމަށް ބޭނުންކުރާ ބޯޓެއް ކަމަށް ޔޫކްރެއިންގެ ރައީސް ތުހުމަތުކުރެއްވި އެވެ.

"ކަނޑައެޅިފައިވާ ކަނޑުގެ ސަރަހައްދުތަކުގައި އަޅުގަނޑުމެންގެ އޮޕަރޭޝަންތައް ކުރިއަށް އެބަދޭ،" ޒެލެންސްކީ ވިދާޅުވި އެވެ. މި ހަމަލާގައި މަނަވަރާއެކު ރަޝިއާގެ 'ކޭއޭ-27' މަރުކާގެ އަސްކަރީ ހެލިކޮޕްޓަރެއް ވެސް ހަލާކުކޮށްލާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވި އެވެ.

މަސްދަރު: އަލް ޖަޒީރާ

ރަޝިޔާ-ޔޫކްރެއިންވްލަޑިމިއަރ ޕުޓިންކީވްވުލެޑިމިއަރ ޒެލެންސްކީކްރައިމިއާލީބިޔާ

އެންމެ ހިނގާ

1

އަނެއްކާ ވެސް ހުޅުމާލެ ހޮސްޕިޓަލުގެ އިހުމާލެއް: މިއީ އެންމެ މަންމައެއްގެ ކަރުނައެއް ނޫން، މުޅި ގައުމުގެ ވޭން!

2

ރަސްމާލެ މަޝްރޫއުގެ މަސައްކަތްތައް ލަސްވަމުންދާ ކަމަށް ބުނެ އީގަލް ހިލްސް ކުންފުނިން ކަންބޮޑުވުން ފާޅުކޮށް، ސަރުކާރު ބޮޑު ޕްރެޝަރަކަށް ވައްޓާލައިފި!

3

ބަންޑާރަނައިބު އުޝާމްގެ އާއިލީ މަސްލަހަތު އޮންނަ އާރްސީސީ އަށް ބީލަމަކާ ނުލައި، 631 މިލިއަން ރުފިޔާގެ މަޝްރޫއެއް ހަވާލު ކުރިކަމުގެ ތުހުމަތު

4

ޚަރަދު ކުޑަ، ސާދާ ލީޑަރެއް: މެކްސިކޯގެ ރައީސާ ކްލޯޑިއާ ޝައިންބައުމްއަށް ދުނިޔޭގެ ސަމާލުކަން!

5

ރައީސް މުއިއްޒުގެ ސަރުކާރު ދަނީ ހަމަމަގަކުން ނޫން ކަމަށް ވިދާޅުވެ ނަޝީދުގެ ބަހުގެ ހަމަލާތަކެއް!

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2026

ލީބިޔާގެ ބެންޣާޒީ ބަނދަރުގައި އޮތް ރަޝިއާގެ މަނަވަރަކަށް ޑްރޯން ހަމަލާއެއްދީ ފައްތާލައިފި

23 ނޮވެމްބަރު 2026
ލީބިޔާގެ ބެންޣާޒީ ބަނދަރުގައި އޮތް ރަޝިއާގެ މަނަވަރަކަށް ޑްރޯން ހަމަލާއެއްދީ ފައްތާލައިފި
23 ނޮވެމްބަރު 2026

ރަޝިއާގެ ހަމަލާތަކުގައި ޔޫކްރެއިނުން ހަތް މީހުން މަރުވުމާ ގުޅިގެން، ޕެޓްރިއަޓް މިސައިލްތައް ދޫކޮށްދިނުމަށް ޒެލެންސްކީ ގޮވާލައްވައިފި

23 ނޮވެމްބަރު 2026
ރަޝިއާގެ ހަމަލާތަކުގައި ޔޫކްރެއިނުން ހަތް މީހުން މަރުވުމާ ގުޅިގެން، ޕެޓްރިއަޓް މިސައިލްތައް ދޫކޮށްދިނުމަށް ޒެލެންސްކީ ގޮވާލައްވައިފި
22 ނޮވެމްބަރު 2026

ފިންލެންޑް ކަނޑުއޮޅީގައި ރަޝިއާގެ އާގުބޯޓަކަށް ޑްރޯން ހަމަލާތަކެއް، ބޯލްޓިކް ކަނޑަށް ރަޝިއާ-ޔޫކްރެއިން ހަނގުރާނަ ފެތުރެނީ

22 ނޮވެމްބަރު 2026
ފިންލެންޑް ކަނޑުއޮޅީގައި ރަޝިއާގެ އާގުބޯޓަކަށް ޑްރޯން ހަމަލާތަކެއް، ބޯލްޓިކް ކަނޑަށް ރަޝިއާ-ޔޫކްރެއިން ހަނގުރާނަ ފެތުރެނީ
19 ނޮވެމްބަރު 2026

ޓްރަމްޕް: ނިއުކްލިއާ ހަތިޔާރު މަދުކުރުމަށް އެމެރިކާ އާއި ރަޝިޔާ އަދި ޗައިނާއަށް ހާއްސަ ފުރުސަތުތަކެއް އެބައޮތް: ޓްރަމްޕް

19 ނޮވެމްބަރު 2026
ޓްރަމްޕް: ނިއުކްލިއާ ހަތިޔާރު މަދުކުރުމަށް އެމެރިކާ އާއި ރަޝިޔާ އަދި ޗައިނާއަށް ހާއްސަ ފުރުސަތުތަކެއް އެބައޮތް: ޓްރަމްޕް
18 ނޮވެމްބަރު 2026

ޓްރަމްޕް ޗައިނާއަށް ވަޑައިގެން ދުނިޔޭގެ ސުލްހައަށް މަޝްވަރާކުރައްވަނީ

18 ނޮވެމްބަރު 2026
ޓްރަމްޕް ޗައިނާއަށް ވަޑައިގެން ދުނިޔޭގެ ސުލްހައަށް މަޝްވަރާކުރައްވަނީ
17 ނޮވެމްބަރު 2026

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމާ ގާތްވެއްޖެ: ޓްރަމްޕް

17 ނޮވެމްބަރު 2026
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމާ ގާތްވެއްޖެ: ޓްރަމްޕް
14 ނޮވެމްބަރު 2026

ޒެލެންސްކީއަށް ޕުޓިންގެ ކުރިމަތީގައި ދޫދެއްވަން މަޖުބޫރުވެއްޖެ

14 ނޮވެމްބަރު 2026
ޒެލެންސްކީއަށް ޕުޓިންގެ ކުރިމަތީގައި ދޫދެއްވަން މަޖުބޫރުވެއްޖެ
14 ނޮވެމްބަރު 2026

އަބޫ ދާބީ މަޝްވަރާތަކަށްފަހު ރަޝިއާއާއި ޔޫކްރެއިނުން ބަދަލުކުރި ހަމަލާތަކުގައި 10 މީހުން މަރުވެއްޖެ

14 ނޮވެމްބަރު 2026
އަބޫ ދާބީ މަޝްވަރާތަކަށްފަހު ރަޝިއާއާއި ޔޫކްރެއިނުން ބަދަލުކުރި ހަމަލާތަކުގައި 10 މީހުން މަރުވެއްޖެ
14 ނޮވެމްބަރު 2026

ޗައިނާގައި ބާއްވާ އޭޕެކް ސަމިޓުގެ ހަވާސާގައި ޓްރަމްޕާއި ޝީ އަދި ޕުޓިން ބައްދަލުކުރައްވަނީ

14 ނޮވެމްބަރު 2026
ޗައިނާގައި ބާއްވާ އޭޕެކް ސަމިޓުގެ ހަވާސާގައި ޓްރަމްޕާއި ޝީ އަދި ޕުޓިން ބައްދަލުކުރައްވަނީ
13 ނޮވެމްބަރު 2026

ސުލްހައިގެ މަޝްވަރާތަކުގައި ވިލާތުގެ ޤައުމުތައް ބައިވެރިކުރަން ރަޝިއާއާއި ޔޫކްރެއިނުން އެއްބަސްވެއްޖެ

13 ނޮވެމްބަރު 2026
ސުލްހައިގެ މަޝްވަރާތަކުގައި ވިލާތުގެ ޤައުމުތައް ބައިވެރިކުރަން ރަޝިއާއާއި ޔޫކްރެއިނުން އެއްބަސްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް