Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސަޢުދީ-ހޫޘީންގެ ކުރިމަތިލުން

ރިޔާޟުގެ މާލީ މަރުކަޒަށް ދިން ހަމަލާއަށްފަހު ސަޢުދީގެ އިރުމަތީ ޕްރޮވިންސުން ދެ ޑްރޯން ހުއްޓުވައިފި، ޔަމަނުގެ އަސްކަރީ އޮޕަރޭޝަނުގައި ޙޫޘީންނަށް ބޮޑެތި ގެއްލުންތަކެއް

25 ނޮވެމްބަރު 2026 | ބުދަ 05:44

ޔަމަނުގެ ތަޢިއްޒު ޕްރޮވިންސްގައި ސަރުކާރު ސިފައިން ހިންގި އަސްކަރީ އޮޕަރޭޝަނެއްގައި ޙޫޘީންގެ 27 މެންބަރުން މަރާލާފައިވާއިރު، އެ ޖަމާއަތުން ސަޢުދީގެ އެކި ސަރަހައްދުތަކަށް ދެމުންދާ ޑްރޯން ހަމަލާތައް ވަނީ އިތުރުވެފައި. މި ހަމަލާތަކަށް ހަރުކަށި ރައްދެއް ދޭނެ ކަމުގެ އިންޒާރު ސަޢުދީ އިއްތިހާދުން ދީފައިވާއިރު، 2022 ވަނަ އަހަރުގެ ސުލްހައިގެ އެއްބަސްވުން ރޫޅުމާ ގުޅިގެން ޔަމަނުގެ ދާހިލީ ހަނގުރާމަ އަލުން ވަނީ ހޫނުވެފައި

ނިއުސް ޓީމް
ނިއުސް ޓީމް | 25 ނޮވެމްބަރު 2026 | ބުދަ 05:44
ސަޢުދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟުގައި ހުންނަ ޕަބްލިކް އިންވެސްޓްމެންޓް ފަންޑުގެ އިމާރާތަށް ޙޫޘީން ދިން ޑްރޯން ހަމަލާއެއްގައި ލިބިފައިވާ ގެއްލުން

ސަޢުދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟުގައި ހުންނަ ޕަބްލިކް އިންވެސްޓްމެންޓް ފަންޑުގެ އިމާރާތަށް ޙޫޘީން ދިން ޑްރޯން ހަމަލާއެއްގައި ލިބިފައިވާ ގެއްލުން | ރޮއިޓަރސް

ސަޢުދީ ޢަރަބިއްޔާގެ އިރުމަތީ ޕްރޮވިންސްގެ މަތިން ދަތުރުކުރި ދެ ޑްރޯން، އެ ގައުމު އިސްވެ އޮވެ އެކުލަވާލާފައިވާ އަސްކަރީ އިއްތިހާދުން ނޮވެންބަރު 25 ވީ ބުދަ ދުވަހުގެ ފަތިހު ހުއްޓުވައި ނައްތާލައިފި އެވެ. މި ހާދިސާ ހިނގާފައި މި ވަނީ، އަންގާރަ ދުވަހު ވެރިރަށް ރިޔާޟުގެ ކިންގް ޢަބްދުﷲ ފައިނޭންޝަލް ޑިސްޓްރިކްޓްގައި ހުންނަ ޓަވަރަކަށް ޑްރޯން ހަމަލާއެއް ދީ 11 މީހުން ޒަހަމުވެފައި ވަނިކޮށެވެ. ހަމަމިއާއެކު، ޔަމަނުގެ ހުޅަނގު ދެކުނުގައި އޮންނަ ތަޢިއްޒު ޕްރޮވިންސްގައި ސަރުކާރު ސިފައިން ހިންގި އަސްކަރީ އޮޕަރޭޝަނެއްގައި، ޙޫޘީ ޖަމާއަތުގެ 27 މެންބަރުން މަރާލާފައިވާ ކަމަށް އެ ގައުމުގެ އަސްކަރިއްޔާއިން ވަނީ ބުނެފަ އެވެ.

އިރުމަތީ ޕްރޮވިންސްގެ މަތިން އެ ދެ ޑްރޯން ހުއްޓުވައި ނައްތާލާފައިވާ ކަން އިއްތިހާދުގެ ތަރުޖަމާނު ތުރުކީ އަލް-މާލިކީ އިއުލާނުކުރެއްވީ މީސްމީޑިއާގައި ނެރުއްވި ބަޔާނެއްގަ އެވެ. ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކު މަރުވި ނުވަތަ ޒަހަމުވި ކަމުގެ، އަދި އެއްވެސް ގެއްލުމެއް ލިބުނު ކަމުގެ ތަފްސީލެއް އޭނާ ހާމަކުރައްވާފައެއް ނުވެ އެވެ.

Advertisement - worldAdvertisement

އަންގާރަ ދުވަހު ރިޔާޟުގެ މާލީ މަރުކަޒުގެ ޓަވަރަކަށް ދިން ޑްރޯން ހަމަލާގައި 11 މީހުން ޒަހަމުވިކަން ސަޢުދީ މަދަނީ ސަލާމަތާބެހޭ އިދާރާއިން ވަނީ ކަށަވަރުކޮށްދީފަ އެވެ. އެ ހަމަލާގެ ޒިންމާ ޔަމަނުގެ ޙޫޘީ ޖަމާއަތުގެ ކޮނޑުގައި އަޅުއްވަމުން އަލް-މާލިކީ ވަނީ، އެ ކަމަށް ހަރުކަށި ރައްދެއް ދޭނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ. ސަޢުދީ ޢަރަބިއްޔާގެ ވައިގެ ބަނދަރުތަކަށާއި ހަކަތައިގެ މަރުކަޒުތަކަށް އަމާޒުކޮށް ފަހަކަށް އައިސް ދެމުންދާ ހަމަލާތަކާއެކު، ޙޫޘީންނާއި އިއްތިހާދާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތައް ވަނީ އިތުރަށް ހޫނުވެފަ އެވެ.

ޔަމަނުގެ އެތެރޭގެ ކުރިމަތިލުންތަކާއި އަސްކަރީ އޮޕަރޭޝަންތައް

ސަޢުދީ ޢަރަބިއްޔާއަށް އަމާޒުވި ހަމަލާތަކުގެ އިތުރުން، ޔަމަނުގެ އެތެރޭގައި ވެސް ސަރުކާރު ސިފައިންނާއި ޙޫޘީންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ވަނީ ހިނގާފަ އެވެ. އަންގާރަ ދުވަހު ހުޅަނގު ދެކުނުގެ ތަޢިއްޒު ޕްރޮވިންސްގައި ހިންގި އޮޕަރޭޝަނެއްގައި ޙޫޘީ ޖަމާއަތުގެ 27 މެންބަރުން މަރާލާފައިވާ ކަމަށް ޔަމަނުގެ އަސްކަރިއްޔާއިން ބުންޏެވެ.

މި ގޮތުން، ޕޮޕިއުލަރ ރެސިސްޓެންސް ފައުޖުތަކުގެ އެހީތެރިކަމާއެކު ތަޢިއްޒުގެ އަލް-މިސްރާޚް އަވަށުގައި ހުރި ޙޫޘީންގެ މަގާމުތަކަށް ހަމަލާދީފައިވާ ކަމަށް އަސްކަރިއްޔާގެ 35 ވަނަ އާމަރޑް ބްރިގޭޑުން ބުންޏެވެ. މި ހަމަލާތަކުގައި އެ ޖަމާއަތުގެ އިތުރު މެންބަރުންތަކެއް ޒަހަމުވެ، ދިފާއީ ނިޒާމުތަކަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވެސް އެ ބްރިގޭޑުން ހާމަކުރި އެވެ.

މިއާއެކު، ތަޢިއްްޒު ޕްރޮވިންސްގެ އެހެން ސަރަހައްދެއް ކަމަށްވާ ޔަނާން އަވަށަށް ޙޫޘީން ދިން އާޓިލަރީ ބަޑީގެ ހަމަލާއެއްގައި އަންހެން ކުއްޖަކު މަރުވެފައިވާ ކަމަށް ޔަމަނުގެ ރަސްމީ ނޫސް އޭޖެންސީ ސަބާއިން ރިޕޯޓުކޮށްފައިވެ އެވެ.

މައުރިބާއި އަލް-ޖައުފަށް ދިން ޑްރޯން ހަމަލާތައް

މެދުތެރޭ ޔަމަނުގެ މައުރިބް ޕްރޮވިންސްގައި ގޮވާތަކެތި ހަރުކޮށްފައިވާ ޙޫޘީންގެ ޑްރޯނެއް ވައްޓާލާފައިވާ ކަމަށް ޔަމަނުގެ އަސްކަރިއްޔާއިން ވަނީ ބުނެފަ އެވެ. ހަމަމިއާއެކު، އުތުރުގެ އަލް-ޖައުފް ޕްރޮވިންސްގެ އަލް-ޙަޒްމްގެ އިރުދެކުނުގައި ހުރި ޙޫޘީންގެ މަގާމުތަކަށް އަސްކަރިއްޔާގެ ޑްރޯންތަކުން ހަމަލާދީފައިވާ ކަމަށް އަސްކަރިއްޔާގެ ޚަބަރު ވެބްސައިޓުގައި ބުނެފައިވެ އެވެ.

އަނެއްކޮޅުން، ޙޫޘީންގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ދެއްވި ބަޔާނެއްގައި ވިދާޅުވީ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ސަޢުދީ ޢަރަބިއްޔާއިން ޔަމަނުގެ އެކި ޕްރޮވިންސްތަކަށް 72 ވައިގެ އަދި މިސައިލް ހަމަލާ ދީފައިވާ ކަމަށެވެ.

ދިގުލައިގެން ގޮސްފައިވާ ހަނގުރާމައިގެ ހާލަތު

2014 ވަނަ އަހަރު ޙޫޘީން ޔަމަނުގެ ވެރިރަށް ޞަންޢާއާއި އެހެން ބައެއް ސަރަހައްދުތައް ހިފި ފަހުން، އެ ގައުމު އޮތީ ވަރުގަދަ ދާހިލީ ހަނގުރާމައެއްގެ ތެރޭގަ އެވެ. ޔަމަނުގެ ގާނޫނީ ސަރުކާރަށް އެހީތެރިވުމަށް، 2015 ވަނަ އަހަރު ސަޢުދީ ޢަރަބިއްޔާ އިސްވެ އޮވެ އުފެއްދި އަސްކަރީ އިއްތިހާދުން މި ހަނގުރާމައިގެ ތެރެއަށް ވަނުމާއެކު، އަހަރުތަކަކަށް ދެމިގެންދިޔަ ކުރިމަތިލުންތަކަކާއި އިންސާނީ ބޮޑު ކާރިސާއެއް ވަނީ އުފެދިފަ އެވެ.

2022 ވަނަ އަހަރު އެކުލަވާލި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ރޫޅުމާ ގުޅިގެން، ޖުލައި މަހުން ފެށިގެން ސަރުކާރު ސިފައިންނާއި ޙޫޘީންނާ ދެމެދު ކުރިމަތިލުންތައް ވަނީ އަލުން ހޫނުވެފަ އެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

ޔަމަންހޫޡީރިޔާޟްޞަންޢާސައުދީ-ޔަމަން

އެންމެ ހިނގާ

1

އަނެއްކާ ވެސް ހުޅުމާލެ ހޮސްޕިޓަލުގެ އިހުމާލެއް: މިއީ އެންމެ މަންމައެއްގެ ކަރުނައެއް ނޫން، މުޅި ގައުމުގެ ވޭން!

2

ސްޓޭޓް މިނިސްޓަރު ނާޒިމްގެ ތުހުމަތުތަކާއި ގުޅިގެން އިންޑިއާގެ ޚާރިޖީ ވުޒާރާގެ ސިޓީއެއް ދިވެހި ސަރުކާރަށް!

3

ރަސްމާލެ މަޝްރޫއުގެ މަސައްކަތްތައް ލަސްވަމުންދާ ކަމަށް ބުނެ އީގަލް ހިލްސް ކުންފުނިން ކަންބޮޑުވުން ފާޅުކޮށް، ސަރުކާރު ބޮޑު ޕްރެޝަރަކަށް ވައްޓާލައިފި!

4

ޚަރަދު ކުޑަ، ސާދާ ލީޑަރެއް: މެކްސިކޯގެ ރައީސާ ކްލޯޑިއާ ޝައިންބައުމްއަށް ދުނިޔޭގެ ސަމާލުކަން!

5

ދެ އަބްދުﷲގެ ގަޑުބަޑު...

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2026

ސަޢުދީ ޢަރަބިއްޔާގެ ރާބިޣު ތެޔޮ ކާރުޚާނާއަށް ހަމަލާދިން ކަމަށް ޔަމަނުގެ ޙޫޘީން ބުނެފި

23 ނޮވެމްބަރު 2026
ސަޢުދީ ޢަރަބިއްޔާގެ ރާބިޣު ތެޔޮ ކާރުޚާނާއަށް ހަމަލާދިން ކަމަށް ޔަމަނުގެ ޙޫޘީން ބުނެފި
22 ނޮވެމްބަރު 2026

ގަލްފު ސަރަހައްދުގައި މިސައިލާއި ޑްރޯން ހަމަލާތައް އިތުރުވެ، އީރާނާ ދެކޮޅަށް ފިޔަވަޅު އަޅައި ބަދަލު ހޯދައިދިނުމަށް ބަޙްރައިނުން އދ.އަށް ގޮވާލައިފި

22 ނޮވެމްބަރު 2026
ގަލްފު ސަރަހައްދުގައި މިސައިލާއި ޑްރޯން ހަމަލާތައް އިތުރުވެ، އީރާނާ ދެކޮޅަށް ފިޔަވަޅު އަޅައި ބަދަލު ހޯދައިދިނުމަށް ބަޙްރައިނުން އދ.އަށް ގޮވާލައިފި
21 ނޮވެމްބަރު 2026

ޔަމަނުގެ ހުދައިދާ ބަނދަރަށް ހޫޘީން ހަމަލާތައް ދެމުންދާތީ އދ.އިން ކަންބޮޑުވުން ފާޅުކޮށްފި

21 ނޮވެމްބަރު 2026
ޔަމަނުގެ ހުދައިދާ ބަނދަރަށް ހޫޘީން ހަމަލާތައް ދެމުންދާތީ އދ.އިން ކަންބޮޑުވުން ފާޅުކޮށްފި
18 ނޮވެމްބަރު 2026

ސައުދީގެ ރިޔާޟަށް ހޫޘީން ފޮނުވި ކްރޫޒް މިސައިލެއް ހުއްޓުވައިފި

18 ނޮވެމްބަރު 2026
ސައުދީގެ ރިޔާޟަށް ހޫޘީން ފޮނުވި ކްރޫޒް މިސައިލެއް ހުއްޓުވައިފި
16 ނޮވެމްބަރު 2026

ބާބު އަލް-މަންދަބު ދޫކޮށް ޔަމަނު ސިފައިން ފަހަތަށް ޖެހުމުން ޢަދަންއަށް ބޮޑު ނުރައްކަލެއް

16 ނޮވެމްބަރު 2026
ބާބު އަލް-މަންދަބު ދޫކޮށް ޔަމަނު ސިފައިން ފަހަތަށް ޖެހުމުން ޢަދަންއަށް ބޮޑު ނުރައްކަލެއް
15 ނޮވެމްބަރު 2026

ރިޔާޟަށް އަމާޒުކޮށް ފޮނުވާލި ދެ މިސައިލާއި ދެ ޑްރޯން ސަޢުދީ އިއްތިހާދުން ވައްޓާލައިފި

15 ނޮވެމްބަރު 2026
ރިޔާޟަށް އަމާޒުކޮށް ފޮނުވާލި ދެ މިސައިލާއި ދެ ޑްރޯން ސަޢުދީ އިއްތިހާދުން ވައްޓާލައިފި
15 ނޮވެމްބަރު 2026

ދެކުނުގެ ޢަދަނަށް ޙޫޘީންގެ މިސައިލް ހަމަލާތަކެއް، ޔަމަނު ސިފައިންގެ ރައްދު ހަމަލާތައް ވެސް ވަރުގަދަކޮށްފި

15 ނޮވެމްބަރު 2026
ދެކުނުގެ ޢަދަނަށް ޙޫޘީންގެ މިސައިލް ހަމަލާތަކެއް، ޔަމަނު ސިފައިންގެ ރައްދު ހަމަލާތައް ވެސް ވަރުގަދަކޮށްފި
13 ނޮވެމްބަރު 2026

ދަތިކުރުމުގެ ފިޔަވަޅުތަކަށް ގޮންޖަހައި ހޫޘީން އަލުން ސަޢުދީ ޢަރަބިއްޔާއަށް ހަމަލާދީފި

13 ނޮވެމްބަރު 2026
ދަތިކުރުމުގެ ފިޔަވަޅުތަކަށް ގޮންޖަހައި ހޫޘީން އަލުން ސަޢުދީ ޢަރަބިއްޔާއަށް ހަމަލާދީފި
12 ނޮވެމްބަރު 2026

ހުރްމުޒް ކަނޑުއޮޅި ކުރީގެ ހާލަތަށް ދެން ދުވަހަކު ވެސް އެނބުރި ނުދާނެ: ޤާލީބާފް

12 ނޮވެމްބަރު 2026
ހުރްމުޒް ކަނޑުއޮޅި ކުރީގެ ހާލަތަށް ދެން ދުވަހަކު ވެސް އެނބުރި ނުދާނެ: ޤާލީބާފް
12 ނޮވެމްބަރު 2026

ދިފާޢު ކުރި މިސައިލްތަކެއްގެ ބައިތަކެއް މައްކާގެ ސަބޫޙާ އަވަށަށް ވެއްޓިއްޖެ

12 ނޮވެމްބަރު 2026
ދިފާޢު ކުރި މިސައިލްތަކެއްގެ ބައިތަކެއް މައްކާގެ ސަބޫޙާ އަވަށަށް ވެއްޓިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް