Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހޫޘީން

ޔަމަނުގެ ހުދައިދާ ބަނދަރަށް ހޫޘީން ހަމަލާތައް ދެމުންދާތީ އދ.އިން ކަންބޮޑުވުން ފާޅުކޮށްފި

21 ނޮވެމްބަރު 2026 | ހޮނިހިރު 05:03

ޔަމަނުގެ ހުދައިދާ ބަނދަރާއި އެކި ސަރަހައްދުތަކަށް ދެމުންދާ ހަމަލާތައް އިތުރުވަމުންދާތީ، އާންމުންނާއި ޒަރޫރީ ވަސީލަތްތަކަށް އޮތް ނުރައްކަލާ މެދު އދ. އިން ކަންބޮޑުވުން ފާޅުކޮށްފި. މި ހަނގުރާމައަށް އަސްކަރީ ހައްލެއް ނެތްކަން ފާހަގަކޮށް، ބައިނަލްއަގުވާމީ ގާނޫނުތަކަށް ބޯލެނބުމަށާއި ސިޔާސީ މަޝްވަރާގެ މަގަށް އެނބުރި ދިއުމަށް އދ. އިން ވަނީ ގޮވާލާފައި

މަރްޔަމް ދާނިޝް ނަޝީދު
މަރްޔަމް ދާނިޝް ނަޝީދު | 21 ނޮވެމްބަރު 2026 | ހޮނިހިރު 05:03
ޔަމަނުގެ ސަންޢާ، ސައުދާ އަދި ތާއިޒްގައި އަސްކަރީ ހަރަކާތްތައް ވަރުގަދަވަމުންދާތީ އަލުން ސިޔާސީ މަޝްވަރާތަކަށް ރުޖޫއަވުމަށް ބައިނަލްއަޤުވާމީ އިދާރާތަކުން ވަނީ ގޮވާލާފައި

ޔަމަނުގެ ސަންޢާ، ސައުދާ އަދި ތާއިޒްގައި އަސްކަރީ ހަރަކާތްތައް ވަރުގަދަވަމުންދާތީ އަލުން ސިޔާސީ މަޝްވަރާތަކަށް ރުޖޫއަވުމަށް ބައިނަލްއަޤުވާމީ އިދާރާތަކުން ވަނީ ގޮވާލާފައި | އަނަޑޯލޫ

ޔަމަނުގެ ހުދައިދާ ބަނދަރަށް ސައުދީ އިސްވެ އޮންނަ ކޯލިޝަނުން ވައިގެ ހަމަލާތަކެއް ދެމުންދާ ކަމަށް ލިބޭ ރިޕޯޓުތަކާ ގުޅިގެން އދ. އިން ހުކުރު ދުވަހު ކަންބޮޑުވުން ފާޅުކޮށްފި އެވެ. އދ. އިން އިންޒާރު ދީފައިވާ ގޮތުގައި، ހަމަލާތައް ވަރުގަދަވުމަކީ އާންމު ރައްޔިތުންނާއި، މުހިންމު އުމްރާނީ ވަސީލަތްތަކުގެ އިތުރުން، އެތައް މިލިއަން ޔަމަނު ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ތަކެތި ފޯރުކޮށްދޭ މަގުތަކަށް އޮތް ބޮޑު ނުރައްކަލެކެވެ.

އދ. ގެ ޑެޕިއުޓީ ތަރުޖަމާނު ފަރްހާން ހައްގު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރަތްކަނޑުގެ އައްސޭރީގައި އޮންނަ ހުދައިދާ ބަނދަރަށް ދެމުންދާ ހަމަލާތަކާއި، ސަންޢާ، ސާދާ އަދި ތާއިޒް ޕްރޮވިންސްތަކުގައި ކުރިއަށްދާ އަސްކަރީ ހަރަކާތްތައް އެ އިދާރާއިން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.

Advertisement - worldAdvertisement

ފަރްހާން ހައްގު ވިދާޅުވީ، ޔަމަނުގެ އެކި ސަރަހައްދުތަކުގައި އަސްކަރީ ކުރިމަތިލުންތައް އިތުރުވަމުންދާތީ އެކަމާ އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، ޔަމަނުގެ އެތައް މިލިއަން ރައްޔިތުންގެ ދިރިއިރުމާ ގުޅިފައިވާ ރަތްކަނޑުގެ ބަނދަރުތަކުގެ މަސައްކަތްތައް މެދުނުކެނޑި ކުރިއަށްދާނެކަން ކަށަވަރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.

އާންމު ރައްޔިތުންނަށާއި އާންމުން ބޭނުންކުރާ އުމްރާނީ ވަސީލަތްތަކަށް ހަމަލާދިނުން މަނާކުރާ ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކަށް ހުރިހާ ފަރާތްތަކުން ވެސް ބޯލެނބުމަށް ފަރްހާން ހައްގު ވަނީ ގޮވާލައްވާފަ އެވެ.

މީގެ އިތުރުން، މި ހަނގުރާމައަށް އަސްކަރީ ހައްލެއް ނެތްކަން ތަކުރާރުކުރައްވައި، ސިޔާސީ މަޝްވަރާތަކުގެ މަގަށް އެނބުރި ދިއުމަށް ހުރިހާ ފަރާތްތަކަށް އޭނާ ވަނީ ބާރުއަޅުއްވާފަ އެވެ.

ސައުދީ އިސްވެ އޮންނަ ކޯލިޝަނުން ހުކުރު ދުވަހު ބުނެފައިވަނީ، ޔަމަނާއި ސައުދީ އަރަބިއްޔާގެ އާންމު ރައްޔިތުންނަށް ހަމަލާދިނުމަށް ހޫޘީން ބޭނުންކުރާ ކަމަށް ތުހުމަތުކުރެވޭ މަރުކަޒުތަކާއި ވަސީލަތްތަކަށް އަމާޒުކޮށް އަސްކަރީ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ.

ޔަމަން ހަނގުރާމަހޫޡީ

އެންމެ ހިނގާ

1

ދަތުގެ ވޭނަށް ލުޔެއް ހޯދަން ދިޔަ ދަތުރު ނިމުނީ އާއިލާގެ ހިތްތައް ކުދިކުދިކޮށްލި މަރަކުން

2

ގްރެޖުއޭޝަނަށް ބޮޑު ހޭދައެއް ކުރުވުމަށްފަހު، ބޯދިގު ކަމަށް ބުނެ ރެހެންދި ސްކޫލުގެ ގިނަ ދަރިވަރުންތަކެއް ގެއަށް ފޮނުވާލައިފި

3

2028 ގެ އިންތިޚާބަށްފަހު އެއްބަސްވުން ބާތިލުވެދާނެތީ، ފެންނަ ނުފެންނަ ވޯޓަކާ ނުލައި ސޮއިނުކުރުމަށް އެދި އަލައްބާރު އަށް ސިޓީއެއް!

4

ޖަލްސާ ބޭއްވުމުގެ ކުރިން ޕީއެންސީއަށް 1 ލައްކަ މެންބަރުން ހަމަކުރުމަށް 1 މިލިއަން ޑޮލަރު ޚަރަދުކުރި!

5

އެއް ލައްކަ މެންބަރުން ހަމަވި ކަމަށް ބުނެ އުފާފާޅުކުރި ޕީއެންސީގެ މެންބަރުންގެ އަދަދު އަނެއްކާވެސް ދަށަށް

އިތުރަށް ކިޔާލަން

18 ނޮވެމްބަރު 2026

ސައުދީގެ ރިޔާޟަށް ހޫޘީން ފޮނުވި ކްރޫޒް މިސައިލެއް ހުއްޓުވައިފި

18 ނޮވެމްބަރު 2026
ސައުދީގެ ރިޔާޟަށް ހޫޘީން ފޮނުވި ކްރޫޒް މިސައިލެއް ހުއްޓުވައިފި
16 ނޮވެމްބަރު 2026

ބާބު އަލް-މަންދަބު ދޫކޮށް ޔަމަނު ސިފައިން ފަހަތަށް ޖެހުމުން ޢަދަންއަށް ބޮޑު ނުރައްކަލެއް

16 ނޮވެމްބަރު 2026
ބާބު އަލް-މަންދަބު ދޫކޮށް ޔަމަނު ސިފައިން ފަހަތަށް ޖެހުމުން ޢަދަންއަށް ބޮޑު ނުރައްކަލެއް
15 ނޮވެމްބަރު 2026

ރިޔާޟަށް އަމާޒުކޮށް ފޮނުވާލި ދެ މިސައިލާއި ދެ ޑްރޯން ސަޢުދީ އިއްތިހާދުން ވައްޓާލައިފި

15 ނޮވެމްބަރު 2026
ރިޔާޟަށް އަމާޒުކޮށް ފޮނުވާލި ދެ މިސައިލާއި ދެ ޑްރޯން ސަޢުދީ އިއްތިހާދުން ވައްޓާލައިފި
15 ނޮވެމްބަރު 2026

ދެކުނުގެ ޢަދަނަށް ޙޫޘީންގެ މިސައިލް ހަމަލާތަކެއް، ޔަމަނު ސިފައިންގެ ރައްދު ހަމަލާތައް ވެސް ވަރުގަދަކޮށްފި

15 ނޮވެމްބަރު 2026
ދެކުނުގެ ޢަދަނަށް ޙޫޘީންގެ މިސައިލް ހަމަލާތަކެއް، ޔަމަނު ސިފައިންގެ ރައްދު ހަމަލާތައް ވެސް ވަރުގަދަކޮށްފި
13 ނޮވެމްބަރު 2026

ދަތިކުރުމުގެ ފިޔަވަޅުތަކަށް ގޮންޖަހައި ހޫޘީން އަލުން ސަޢުދީ ޢަރަބިއްޔާއަށް ހަމަލާދީފި

13 ނޮވެމްބަރު 2026
ދަތިކުރުމުގެ ފިޔަވަޅުތަކަށް ގޮންޖަހައި ހޫޘީން އަލުން ސަޢުދީ ޢަރަބިއްޔާއަށް ހަމަލާދީފި
12 ނޮވެމްބަރު 2026

ދިފާޢު ކުރި މިސައިލްތަކެއްގެ ބައިތަކެއް މައްކާގެ ސަބޫޙާ އަވަށަށް ވެއްޓިއްޖެ

12 ނޮވެމްބަރު 2026
ދިފާޢު ކުރި މިސައިލްތަކެއްގެ ބައިތަކެއް މައްކާގެ ސަބޫޙާ އަވަށަށް ވެއްޓިއްޖެ
10 ނޮވެމްބަރު 2026

މިސައިލް ހަމަލާތަކަކާއެކު ރިޔާޟް ގުޑުވާލައިފި، ސައުދީ އިއްތިހާދުން ޞަންޢާއަށް ރައްދު ހަމަލާތަކެއް

10 ނޮވެމްބަރު 2026
މިސައިލް ހަމަލާތަކަކާއެކު ރިޔާޟް ގުޑުވާލައިފި، ސައުދީ އިއްތިހާދުން ޞަންޢާއަށް ރައްދު ހަމަލާތަކެއް
08 ނޮވެމްބަރު 2026

ހޫޘީންނާ ދެކޮޅަށް ޔަމަނުގެ ސަރުކާރުގެ ފައުޖުތަކުން ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ހިންގައި ބޮޑެތި ގެއްލުންތަކެއް ދީފި

08 ނޮވެމްބަރު 2026
ހޫޘީންނާ ދެކޮޅަށް ޔަމަނުގެ ސަރުކާރުގެ ފައުޖުތަކުން ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ހިންގައި ބޮޑެތި ގެއްލުންތަކެއް ދީފި
05 ނޮވެމްބަރު 2026

ތަޢިއްޒުގައި 5،000 އަށްވުރެ ގިނަ މީހުން ބަލިވެ، އާންމުންގެ އެތައް ބަޔަކު މަރުވެއްޖެ

05 ނޮވެމްބަރު 2026
ތަޢިއްޒުގައި 5،000 އަށްވުރެ ގިނަ މީހުން ބަލިވެ، އާންމުންގެ އެތައް ބަޔަކު މަރުވެއްޖެ
05 ނޮވެމްބަރު 2026

ޔަމަނުގައި ސަރުކާރު ސިފައިންނާއި ޙޫޘީންގެ ދެމެދުގައި ވަރުގަދަ ކުރިމަތިލުންތަކެއް ހިނގައި، ގިނަ ބަޔަކު މަރުވެއްޖެ

05 ނޮވެމްބަރު 2026
ޔަމަނުގައި ސަރުކާރު ސިފައިންނާއި ޙޫޘީންގެ ދެމެދުގައި ވަރުގަދަ ކުރިމަތިލުންތަކެއް ހިނގައި، ގިނަ ބަޔަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް