Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައުދީ-ހޫޘީ

ސައުދީގެ ރިޔާޟަށް ހޫޘީން ފޮނުވި ކްރޫޒް މިސައިލެއް ހުއްޓުވައިފި

18 ނޮވެމްބަރު 2026 | ބުދަ 11:23

ހޫޘީން ސައުދީގެ ރިޔާޟަށް އަމާޒުކޮށް ފޮނުވާލި މިސައިލް ކާމިޔާބުކަމާއެކު ހުއްޓުވާފައިވާ ކަމަށާއި، މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް ސައުދީ ކޯލިޝަނުން ވަނީ ބުނެފައި. މި ހަމަލާއާ ގުޅިގެން ސައުދީގެ ބައެއް ސަރަހައްދުތަކަށް ނެރުނު ސަލާމަތީ އިންޒާރުތައް މިހާރު ވަނީ އުވާލާފައި. ނަމަވެސް، މި ހަމަލާއާ ގުޅޭގޮތުން ހޫޘީން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވޭ

މަރްޔަމް ދާނިޝް ނަޝީދު
މަރްޔަމް ދާނިޝް ނަޝީދު | 18 ނޮވެމްބަރު 2026 | ބުދަ 11:23
ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާއަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް އަލުން ވަރުގަދަކުރުމާ ގުޅިގެން، އެ ގައުމުގެ ޚަމީސް މުޝައިތާއި ނަޖްރާން އަދި ޖާޒާން ސަރަހައްދުގައި ސިވިލް ޑިފެންސްއިން ކުއްލި ސަލާމަތީ އިންޒާރުތަކެއް ވަނީ ނެރެފި

ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާއަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް އަލުން ވަރުގަދަކުރުމާ ގުޅިގެން، އެ ގައުމުގެ ޚަމީސް މުޝައިތާއި ނަޖްރާން އަދި ޖާޒާން ސަރަހައްދުގައި ސިވިލް ޑިފެންސްއިން ކުއްލި ސަލާމަތީ އިންޒާރުތަކެއް ވަނީ ނެރެފި | އަނަދޮލު އޭޖެންސީ

ޔަމަނުގައި ހަރަކާތްތެރިވާ ސައުދީ އިސްވެ އޮންނަ ކޯލިޝަނުން ބުދަ ދުވަހު ބުނި ގޮތުގައި، ހޫޘީން ސައުދީ އަރަބިއްޔާގެ ރިޔާޟަށް އަމާޒުކޮށް ފޮނުވާލި ކްރޫޒް މިސައިލެއް އެ ގައުމުގެ ދިފާއީ ބާރުތަކުން ވަނީ ހުއްޓުވައި ވައިގެ ތެރޭގައި ގޮއްވާލާފަ އެވެ. މި ހަމަލާއާ ގުޅިގެން ސައުދީގެ ދެކުނުގެ ބައެއް ސަރަހައްދުތަކުގައި ސަލާމަތީ އެލާޓްތައް ވެސް ވަނީ ނެރެފަ އެވެ.

ކޯލިޝަންގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ތުރުކީ އަލް މާލިކީ، އެމެރިކާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' މެދުވެރިކޮށް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ހޫޘީން ފޮނުވާލި މިސައިލް ކާމިޔާބުކަމާއެކު ހުއްޓުވާފައިވާ ކަމަށެވެ.

Advertisement - worldAdvertisement

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށާއި، އަދި އެއްވެސް މުދަލަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، ސައުދީ ސިވިލް ޑިފެންސް އިން ވަނީ ޚަމީސް މުޝައިތު ގަވަރުނަރޭޓާއި، އެ ގައުމުގެ ހުޅަނގު ދެކުނުގެ ޕްރޮވިންސްތައް ކަމަށްވާ ނަޖްރާން އަދި ޖާޒާންގައި ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ނެރެފަ އެވެ.

ނަމަވެސް، ފަހުން އެ އިދާރާއިން ވަނީ އެ ތިން ސަރަހައްދަށް އޮތް ނުރައްކާ މިހާރު ފިލާފައިވާ ކަމަށް އިއުލާންކޮށްފަ އެވެ.

މިސައިލް ހުއްޓުވި ކަމަށް ސައުދީން ބުނި ނަމަވެސް، މިކަމާ ގުޅޭގޮތުން ހޫޘީ ޖަމާއަތުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

މި ހަމަލާ ދީފައިވަނީ ހޫޘީންނާއި ސައުދީ އަރަބިއްޔާއާ ދެމެދު ހަމަލާ ބަދަލުކުރުން އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ. ސައުދީ ކޯލިޝަނުން ބުނާ ގޮތުގައި ހޫޘީން ދަނީ ތަކުރާރުކޮށް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ސައުދީގެ އެކި ސަރަހައްދުތަކަށް ހަމަލާދެމުންނެވެ.

ޔަމަނުގެ ދާޚިލީ ހަނގުރާމަ ފެށިފައިވަނީ 2014 ވަނަ އަހަރު ހޫޘީން އެ ގައުމުގެ ވެރިރަށް ސަންޢާ އާއި އެހެނިހެން ޕްރޮވިންސްތަކުގެ ކޮންޓްރޯލް ހޯދުމާ ގުޅިގެންނެވެ.

އޭގެ ފަހުން، 2015 ވަނަ އަހަރުން ފެށިގެން ސައުދީ އިސްވެ އޮންނަ ކޯލިޝަނުން ދަނީ ޔަމަނުގެ ސަރުކާރަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގެ ހަނގުރާމައިގެ ތެރެއަށް ވަދެފަ އެވެ.

ސައުދީ އަރަބިއްޔާހޫޡީ

އެންމެ ހިނގާ

1

ފެނަކައިގެ ކުރީގެ އެމްޑީ ސައީދުގެ ކިބައިން މަޑަވެލީ ދާއިރާގެ ކުރީގެ މެންބަރު ފިރުޝާން މާފަށް އެދިވަޑައިގެންފި

2

އިސްލާމިކް މިނިސްޓަރުގެ މަގާމު އަދާލަތު ޕާޓީއަށް ދިނުމުގެ މަޝްވަރާތަކެއް ކުރިއަށްދާކަމުގެ އަޑުތައް ފެތުރިއްޖެ

3

ފައިސަލް އާއި އާޒިމްގެ ކެމްޕޭނަށް އެމްޕީއެލް މުވައްޒަފަކު ހުރަސްއަޅައިފި

4

ތިން ދުވަސް ތެރޭ ދެވަނަ ފަހަރަށް އީރާނުން ބަޙްރައިނަށް ހަމަލާދިނުމުން ޢަރަބި ދުނިޔެ ކެކިއަރައިފި

5

ސުވާލު އަމާޒުވި ވަގުތު ހަނު ހުންނެވުމަށްފަހު ފަހުން ބަޔާނެއް ނެރުއްވައި މިނިސްޓަރު އަބްދުﷲ ވިދާޅުވީ ދަބަހުގައި ހުރީ ފުޓުބޯޅަ ކުޅޭ ސާމާނުކަމަށް!

އިތުރަށް ކިޔާލަން

16 ނޮވެމްބަރު 2026

ބާބު އަލް-މަންދަބު ދޫކޮށް ޔަމަނު ސިފައިން ފަހަތަށް ޖެހުމުން ޢަދަންއަށް ބޮޑު ނުރައްކަލެއް

16 ނޮވެމްބަރު 2026
ބާބު އަލް-މަންދަބު ދޫކޮށް ޔަމަނު ސިފައިން ފަހަތަށް ޖެހުމުން ޢަދަންއަށް ބޮޑު ނުރައްކަލެއް
15 ނޮވެމްބަރު 2026

ރިޔާޟަށް އަމާޒުކޮށް ފޮނުވާލި ދެ މިސައިލާއި ދެ ޑްރޯން ސަޢުދީ އިއްތިހާދުން ވައްޓާލައިފި

15 ނޮވެމްބަރު 2026
ރިޔާޟަށް އަމާޒުކޮށް ފޮނުވާލި ދެ މިސައިލާއި ދެ ޑްރޯން ސަޢުދީ އިއްތިހާދުން ވައްޓާލައިފި
15 ނޮވެމްބަރު 2026

ދެކުނުގެ ޢަދަނަށް ޙޫޘީންގެ މިސައިލް ހަމަލާތަކެއް، ޔަމަނު ސިފައިންގެ ރައްދު ހަމަލާތައް ވެސް ވަރުގަދަކޮށްފި

15 ނޮވެމްބަރު 2026
ދެކުނުގެ ޢަދަނަށް ޙޫޘީންގެ މިސައިލް ހަމަލާތަކެއް، ޔަމަނު ސިފައިންގެ ރައްދު ހަމަލާތައް ވެސް ވަރުގަދަކޮށްފި
13 ނޮވެމްބަރު 2026

ދަތިކުރުމުގެ ފިޔަވަޅުތަކަށް ގޮންޖަހައި ހޫޘީން އަލުން ސަޢުދީ ޢަރަބިއްޔާއަށް ހަމަލާދީފި

13 ނޮވެމްބަރު 2026
ދަތިކުރުމުގެ ފިޔަވަޅުތަކަށް ގޮންޖަހައި ހޫޘީން އަލުން ސަޢުދީ ޢަރަބިއްޔާއަށް ހަމަލާދީފި
12 ނޮވެމްބަރު 2026

ދިފާޢު ކުރި މިސައިލްތަކެއްގެ ބައިތަކެއް މައްކާގެ ސަބޫޙާ އަވަށަށް ވެއްޓިއްޖެ

12 ނޮވެމްބަރު 2026
ދިފާޢު ކުރި މިސައިލްތަކެއްގެ ބައިތަކެއް މައްކާގެ ސަބޫޙާ އަވަށަށް ވެއްޓިއްޖެ
10 ނޮވެމްބަރު 2026

މިސައިލް ހަމަލާތަކަކާއެކު ރިޔާޟް ގުޑުވާލައިފި، ސައުދީ އިއްތިހާދުން ޞަންޢާއަށް ރައްދު ހަމަލާތަކެއް

10 ނޮވެމްބަރު 2026
މިސައިލް ހަމަލާތަކަކާއެކު ރިޔާޟް ގުޑުވާލައިފި، ސައުދީ އިއްތިހާދުން ޞަންޢާއަށް ރައްދު ހަމަލާތަކެއް
08 ނޮވެމްބަރު 2026

ހޫޘީންނާ ދެކޮޅަށް ޔަމަނުގެ ސަރުކާރުގެ ފައުޖުތަކުން ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ހިންގައި ބޮޑެތި ގެއްލުންތަކެއް ދީފި

08 ނޮވެމްބަރު 2026
ހޫޘީންނާ ދެކޮޅަށް ޔަމަނުގެ ސަރުކާރުގެ ފައުޖުތަކުން ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ހިންގައި ބޮޑެތި ގެއްލުންތަކެއް ދީފި
05 ނޮވެމްބަރު 2026

ތަޢިއްޒުގައި 5،000 އަށްވުރެ ގިނަ މީހުން ބަލިވެ، އާންމުންގެ އެތައް ބަޔަކު މަރުވެއްޖެ

05 ނޮވެމްބަރު 2026
ތަޢިއްޒުގައި 5،000 އަށްވުރެ ގިނަ މީހުން ބަލިވެ، އާންމުންގެ އެތައް ބަޔަކު މަރުވެއްޖެ
05 ނޮވެމްބަރު 2026

ޔަމަނުގައި ސަރުކާރު ސިފައިންނާއި ޙޫޘީންގެ ދެމެދުގައި ވަރުގަދަ ކުރިމަތިލުންތަކެއް ހިނގައި، ގިނަ ބަޔަކު މަރުވެއްޖެ

05 ނޮވެމްބަރު 2026
ޔަމަނުގައި ސަރުކާރު ސިފައިންނާއި ޙޫޘީންގެ ދެމެދުގައި ވަރުގަދަ ކުރިމަތިލުންތަކެއް ހިނގައި، ގިނަ ބަޔަކު މަރުވެއްޖެ
03 ނޮވެމްބަރު 2026

ބަންދުކޮށްފައިވާ ތަޢިއްޒުގެ ހާލަތު ދަށަށް: ޔަމަނުގެ އާންމުން އުފުލަން ޖެހިފައިވަނީ ހަނގުރާމައިގެ އަނިޔާވެރި އަގެއް

03 ނޮވެމްބަރު 2026
ބަންދުކޮށްފައިވާ ތަޢިއްޒުގެ ހާލަތު ދަށަށް: ޔަމަނުގެ އާންމުން އުފުލަން ޖެހިފައިވަނީ ހަނގުރާމައިގެ އަނިޔާވެރި އަގެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް