Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔަމަނުގެ އަހުލީހަނގުރާމަ

ދެކުނުގެ ޢަދަނަށް ޙޫޘީންގެ މިސައިލް ހަމަލާތަކެއް، ޔަމަނު ސިފައިންގެ ރައްދު ހަމަލާތައް ވެސް ވަރުގަދަކޮށްފި

15 ނޮވެމްބަރު 2026 | އާދީއްތަ 04:49

ޔަމަނުގެ ސަރުކާރު ސިފައިން ހިންގަމުންދާ 'އޮޕަރޭޝަން ޑޯން އޮފް ޔެމެން' ގައި ޙޫޘީންގެ 300 އަށްވުރެ ގިނަ ހަނގުރާމަވެރިން މަރުވެ ނުވަތަ ޒަޚަމުވެ، ގިނަ އަދަދެއްގެ އަސްކަރީ އުޅަނދުތައް ވަނީ ހަލާކުކޮށްލާފައި. މި އޮޕަރޭޝަނުގައި ވައިގެ މަގުންނާއި އެއްގަމު މަގުން ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު، މިއީ 2022 ވަނަ އަހަރުގެ ސުލްހައިގެ އެއްބަސްވުން އުވުމާ ގުޅިގެން ދެ ފަރާތުގެ މެދުގައި ހަމަލާތައް އަލުން ވަރުގަދަވެފައިވާ ދަނޑިވަޅެއްގައި ހިންގި ހަރަކާތްތަކެއް

ނިއުސް ޓީމް
ނިއުސް ޓީމް | 15 ނޮވެމްބަރު 2026 | އާދީއްތަ 04:49
ޔަމަނުގެ ޢަދަނަށް ޙޫޘީ ޖަމާޢަތުން ބެލިސްޓިކް މިސައިލް ހަމަލާއެއް ދިން ސަރަހައްދަކުން ދުން އަރަމުންދާ މަންޒަރު

ޔަމަނުގެ ޢަދަނަށް ޙޫޘީ ޖަމާޢަތުން ބެލިސްޓިކް މިސައިލް ހަމަލާއެއް ދިން ސަރަހައްދަކުން ދުން އަރަމުންދާ މަންޒަރު | ރޮއިޓަރސް

ޔަމަނުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ޢަދަންއަށް އަމާޒުކޮށް ޙޫޘީން ދެ ބެލިސްޓިކް މިސައިލް ފޮނުވާލާފައިވާ ކަމަށާއި، ހަމަމިއާއެކު އެ ޖަމާޢަތުގެ އަމާޒުތަކަށް ސަރުކާރު ސިފައިން 723 ހަމަލާއާއި އަސްކަރީ އޮޕަރޭޝަން ހިންގާފައިވާ ކަމަށް ޔަމަނުގެ ސަރުކާރު ސިފައިން ހޮނިހިރު ދުވަހު ބުނެފި އެވެ.

ޢަދަނަށް އަމާޒުކޮށް ޙޫޘީން މިސައިލްތަކެއް ފޮނުވާލާފައިވާ ކަން ޔަމަނު އަސްކަރިއްޔާގެ ތަރުޖަމާނު މާޖިދު އައްނުޒައިލީ ނެރުއްވި ބަޔާނެއްގައި ކަށަވަރުކޮށްދެއްވި އެވެ. ނަމަވެސް، މި މިސައިލް ހަމަލާތަކުގައި އެއްވެސް މީހަކު މަރުވެ ނުވަތަ ޒަޚަމުވި ކަމުގެ ނުވަތަ މުދަލަށް ގެއްލުމެއް ލިބުނު ކަމުގެ ތަފުސީލެއް އޭނާ ހާމަކުރައްވާފައެއް ނުވެ އެވެ.

Advertisement - worldAdvertisement

އައްނުޒައިލީ ވިދާޅުވީ، 'އޮޕަރޭޝަން ޑޯން އޮފް ޔެމެން' ގެ ދަށުން ސަރުކާރު ސިފައިން ވަނީ ޙޫޘީންގެ މަގާމުތަކަށާއި އެހީތެރިކަން ފޯރުކޮށްދޭ ފައުޖުތަކަށާއި ހަތިޔާރުތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައި ކަމަށެވެ. ފުރަތަމަ ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މި ހަމަލާތަކުގައި ޙޫޘީންގެ 321 ކޮމާންޑަރުންނާއި ހަނގުރާމަވެރިން މަރުވެ ނުވަތަ ޒަޚަމުވެފައިވާ ކަމަށާއި، 117 އަސްކަރީ އުޅަނދާއި ހަތިޔާރުގެ ސާމާނު ހަލާކުކޮށްލެވި ނުވަތަ ގެއްލުން ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި އޮޕަރޭޝަންތަކުގައި 37 ވައިގެ ހަމަލާއާއި 56 ޑްރޯން ހަމަލާގެ އިތުރުން އާޓިލަރީ ބަޑީގެ 630 ހަމަލާއާއި ރޮކެޓް ހަމަލާ ހިމެނޭ ކަން ތަރުޖަމާނު ފާހަގަކުރެއްވި އެވެ. މިއާއެކު، ތަޢިއްޒު، މައުރިބް އަދި އަލް-ޖައުފް ސަރަހައްދުގައި ޙޫޘީން ދެމުންދާ ހަމަލާތައް ސަރުކާރު ސިފައިން ހުއްޓުވަމުންދާ ކަމަށާއި، ދެކުނާއި ހުޅަނގުދެކުނުގެ މައިދާންތަކުގައި އަސްކަރީ އޮޕަރޭޝަންތައް މެދުކެނޑުމެއް ނެތި ކުރިއަށްދާ ކަމަށް އައްނުޒައިލީ ވިދާޅުވި އެވެ. ޔަމަނު އަސްކަރިއްޔާގެ މި ބަޔާންތަކާ ގުޅިގެން ޙޫޘީން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ޙޫޘީން ޔަމަނުގެ ވެރިރަށް ޞަންޢާއާއި އެ ޤައުމުގެ އެހެން ބައެއް ސަރަހައްދުތަކަށް ވެރިވެގަތުމާއެކު 2014 ވަނަ އަހަރުން ފެށިގެން އެ ޤައުމު އޮތީ ދާޚިލީ ހަނގުރާމައެއްގެ ތެރޭގަ އެވެ. ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެފައިވާ ޔަމަނުގެ ޤާނޫނީ ސަރުކާރަށް އެހީތެރިވުމަށް ސަޢުދީ ޢަރަބިއްޔާ އިސްވެ އޮވެ އެކުލަވާލާފައިވާ އަސްކަރީ އިއްތިހާދުން 2015 ވަނަ އަހަރު ހަނގުރާމައިގެ ތެރެއަށް ވަނުމާއެކު، އެތައް އަހަރަކަށް ދެމިގެންދިޔަ ހަމަނުޖެހުންތަކާއި އިންސާނީ ބޮޑު ކާރިސާއެއް ވަނީ ކުރިމަތިވެފަ އެވެ. މި ގޮތުން، 2022 ވަނަ އަހަރު އެކުލަވާލި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އުވިދިއުމާ ގުޅިގެން، މި އަހަރުގެ ޖުލައި މަހުން ފެށިގެން ސަރުކާރު ސިފައިންނާއި ޙޫޘީންނާ ދެމެދު ވަނީ އަލުން ހަމަލާތައް ވަރުގަދަވެފަ އެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

ޔަމަންއަދަންހޫޡީޞަންޢާސައުދީ-ޔަމަން ހަނގުރާމަ

އެންމެ ހިނގާ

1

ޒެލެންސްކީއަށް ޕުޓިންގެ ކުރިމަތީގައި ދޫދެއްވަން މަޖުބޫރުވެއްޖެ

2

މާލޭގެ އަލިކަމުން ފެށިގެން ބަނޑޮސް ރިސޯޓާ ހަމައަށް: އަހުމަދު އާދަމްގެ ބަޔޮގްރަފީ ފޮތް ނެރެފި

3

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގެ މަގުތަކުގައި ދަމާފައިވާ ބެނާތައް ކެނޑީ ޕީއެންސީ މެންބަރު ފިޝާވިން ފައިސާދީގެން ކަމަށް ބެނާތައް ކެނޑި މީހާ އެއްބަސްވެއްޖެ

4

އީރާނަށް ހަމަލާދިނުމަށް ތައްޔާރީ ހާލަތު މަތިކުރުމަށް އިސްރާއީލުގެ އަސްކަރިއްޔާއަށް އަންގައިފި

5

ބަޙްރައިނުގައި ހުރި އެމެރިކާގެ ރާޑަރުތަކާއި އަސްކަރީ މަރުކަޒަކަށް އީރާނުގެ ވަރުގަދަ ހަމަލާތަކެއް

އިތުރަށް ކިޔާލަން

13 ނޮވެމްބަރު 2026

ދަތިކުރުމުގެ ފިޔަވަޅުތަކަށް ގޮންޖަހައި ހޫޘީން އަލުން ސަޢުދީ ޢަރަބިއްޔާއަށް ހަމަލާދީފި

13 ނޮވެމްބަރު 2026
ދަތިކުރުމުގެ ފިޔަވަޅުތަކަށް ގޮންޖަހައި ހޫޘީން އަލުން ސަޢުދީ ޢަރަބިއްޔާއަށް ހަމަލާދީފި
12 ނޮވެމްބަރު 2026

ހުރްމުޒް ކަނޑުއޮޅި ކުރީގެ ހާލަތަށް ދެން ދުވަހަކު ވެސް އެނބުރި ނުދާނެ: ޤާލީބާފް

12 ނޮވެމްބަރު 2026
ހުރްމުޒް ކަނޑުއޮޅި ކުރީގެ ހާލަތަށް ދެން ދުވަހަކު ވެސް އެނބުރި ނުދާނެ: ޤާލީބާފް
12 ނޮވެމްބަރު 2026

ދިފާޢު ކުރި މިސައިލްތަކެއްގެ ބައިތަކެއް މައްކާގެ ސަބޫޙާ އަވަށަށް ވެއްޓިއްޖެ

12 ނޮވެމްބަރު 2026
ދިފާޢު ކުރި މިސައިލްތަކެއްގެ ބައިތަކެއް މައްކާގެ ސަބޫޙާ އަވަށަށް ވެއްޓިއްޖެ
10 ނޮވެމްބަރު 2026

މިސައިލް ހަމަލާތަކަކާއެކު ރިޔާޟް ގުޑުވާލައިފި، ސައުދީ އިއްތިހާދުން ޞަންޢާއަށް ރައްދު ހަމަލާތަކެއް

10 ނޮވެމްބަރު 2026
މިސައިލް ހަމަލާތަކަކާއެކު ރިޔާޟް ގުޑުވާލައިފި، ސައުދީ އިއްތިހާދުން ޞަންޢާއަށް ރައްދު ހަމަލާތަކެއް
08 ނޮވެމްބަރު 2026

ހޫޘީންނާ ދެކޮޅަށް ޔަމަނުގެ ސަރުކާރުގެ ފައުޖުތަކުން ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ހިންގައި ބޮޑެތި ގެއްލުންތަކެއް ދީފި

08 ނޮވެމްބަރު 2026
ހޫޘީންނާ ދެކޮޅަށް ޔަމަނުގެ ސަރުކާރުގެ ފައުޖުތަކުން ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ހިންގައި ބޮޑެތި ގެއްލުންތަކެއް ދީފި
05 ނޮވެމްބަރު 2026

ތަޢިއްޒުގައި 5،000 އަށްވުރެ ގިނަ މީހުން ބަލިވެ، އާންމުންގެ އެތައް ބަޔަކު މަރުވެއްޖެ

05 ނޮވެމްބަރު 2026
ތަޢިއްޒުގައި 5،000 އަށްވުރެ ގިނަ މީހުން ބަލިވެ، އާންމުންގެ އެތައް ބަޔަކު މަރުވެއްޖެ
05 ނޮވެމްބަރު 2026

ޔަމަނުގައި ސަރުކާރު ސިފައިންނާއި ޙޫޘީންގެ ދެމެދުގައި ވަރުގަދަ ކުރިމަތިލުންތަކެއް ހިނގައި، ގިނަ ބަޔަކު މަރުވެއްޖެ

05 ނޮވެމްބަރު 2026
ޔަމަނުގައި ސަރުކާރު ސިފައިންނާއި ޙޫޘީންގެ ދެމެދުގައި ވަރުގަދަ ކުރިމަތިލުންތަކެއް ހިނގައި، ގިނަ ބަޔަކު މަރުވެއްޖެ
03 ނޮވެމްބަރު 2026

ބަންދުކޮށްފައިވާ ތަޢިއްޒުގެ ހާލަތު ދަށަށް: ޔަމަނުގެ އާންމުން އުފުލަން ޖެހިފައިވަނީ ހަނގުރާމައިގެ އަނިޔާވެރި އަގެއް

03 ނޮވެމްބަރު 2026
ބަންދުކޮށްފައިވާ ތަޢިއްޒުގެ ހާލަތު ދަށަށް: ޔަމަނުގެ އާންމުން އުފުލަން ޖެހިފައިވަނީ ހަނގުރާމައިގެ އަނިޔާވެރި އަގެއް
02 ނޮވެމްބަރު 2026

ސައުދީގެ ދެކުނަށް ހޫޘީން ފޮނުވާލި ބެލިސްޓިކް މިސައިލެއް ވައްޓާލައި، ތިން ސިޓީއަކަށް ނުރައްކަލުގެ އިންޒާރު ނެރެފި

02 ނޮވެމްބަރު 2026
ސައުދީގެ ދެކުނަށް ހޫޘީން ފޮނުވާލި ބެލިސްޓިކް މިސައިލެއް ވައްޓާލައި، ތިން ސިޓީއަކަށް ނުރައްކަލުގެ އިންޒާރު ނެރެފި
01 ނޮވެމްބަރު 2026

ޔަމަނު ސިފައިން އަލް-ޖައުފު ފަރުބަދަތައް ހިފައި، ހޫޘީންނާ ދެކޮޅަށް އަސްކަރީ ކުރިއެރުންތަކެއް ހޯދައިފި

01 ނޮވެމްބަރު 2026
ޔަމަނު ސިފައިން އަލް-ޖައުފު ފަރުބަދަތައް ހިފައި، ހޫޘީންނާ ދެކޮޅަށް އަސްކަރީ ކުރިއެރުންތަކެއް ހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް