Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިނިސްޓްރީ އޮފް ހެލްތު

އޮކްޓޫބަރު މަހު ޖުމްލަ 299 މައްސަލަ: އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ އަނިޔާ!

24 ނޮވެމްބަރު 2026 | އަންގާރަ 19:44

އޮކްޓޫބަރު މަހު ހެލްތު މިނިސްޓްރީއަށް ހުށަހެޅި 299 މައްސަލައިގެ ތެރެއިން އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ އަނިޔާގެ 109 މައްސަލައާއި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ 57 މައްސަލަ. މީގެ އިތުރުން އާއިލީ މައްސަލަތަކާއި ކުދިންގެ އަޚުލާގީ މައްސަލަތައް ހިމެނޭއިރު، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ކައުންސެލިންއާއި ސައިކޯސޯޝަލް ސަޕޯޓު ފޯރުކޮށްދީފައިވާކަން ތަފާސްހިސާބުތަކުން ދައްކާ. އޮކްޓޫބަރުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި 153 ކުދިން ތިބިއިރު، ތިން ކުއްޖަކު ވަނީ އަނބުރާ އާއިލާއާ ހަވާލުކޮށްފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 24 ނޮވެމްބަރު 2026 | އަންގާރަ 19:44
އޮކްޓޫބަރު މަހު ހެލްތު މިނިސްޓްރީއަށް ހުށަހެޅި 299 މައްސަލައިގެ ތެރެއިން އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ އަނިޔާގެ 109 މައްސަލައާއި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ 57 މައްސަލަ

އޮކްޓޫބަރު މަހު ހެލްތު މިނިސްޓްރީއަށް ހުށަހެޅި 299 މައްސަލައިގެ ތެރެއިން އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ އަނިޔާގެ 109 މައްސަލައާއި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ 57 މައްސަލަ | ސޯޝަލް މީޑިއާ

އޮކްޓޫބަރު މަހު މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ އަށް އެންމެ ގިނައިން ހުށަހަޅާފައި ވަނީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ކަމަށް އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ. 

އެ މިނިސްޓްރީ އިން އޮކްޓޯބަރު މަހު ނެރުނު ތަފާސްހިސާބުތަކަށް ބަލާއިރު، އެ މަހުގެ ތެރޭގައި އެ މިނިސްޓްރީއަށް ޖުމްލަ 299 މައްސަލައެއް ހުށަހަޅައި އެ މައްސަލަތަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. މީގެ ތެރެއިން އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކެވެ. މިގޮތުން ކުޑަކުދިންނަށް ކުރާ އަނިޔާގެ 109 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 47 ފިރިހެން ކުދިންނާއި 62 އަންހެން ކުދިންނެވެ.

Advertisement - newsAdvertisement

ކުޑަކުދިންނަށް ކުރާ އަނިޔާގެ ބާވަތްތަކަށް ބަލާއިރު، އިހުމާލުވުމުގެ 27 މައްސަލައަކާއި ޖިންސީ ގޯނާގެ 24 މައްސަލައެއްގެ އިތުރުން ޖިސްމާނީ އަނިޔާގެ 19 މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ. މީގެ އިތުރުން ގެވެށި އަނިޔާ ފެނުމުގެ 14 މައްސަލައަކާއި ނަފްސާނީ އަނިޔާގެ 9 މައްސަލައެއްގެ އިތުރުން ބްލެކްމެއިލް ކުރުމާއި ކުޑަކުދިން ބޭނުންކޮށްގެން އޮރިޔާން ކާޑު އުފެއްދުމާއި ގަނާކުރުމުގެ ޝިކާރައަކަށްވުން ފަދަ މައްސަލަތައް ވެސް ވަނީ ފާހަގަކުރެވިފަ އެވެ. ކުދިންގެ އަޚުލާގީ މައްސަލަތަކާ ގުޅޭގޮތުން 35 މައްސަލައެއް ހުށަހަޅާފައިވާއިރު، އޭގެ ތެރޭގައި ސްކޫލަށް ދާން ދެކޮޅު ހެދުމާއި، ރުޅިގަދަވުން އަދި ގެއިން ފިލައިގެން ދިއުން ފަދަ ކަންކަން ހިމެނެ އެވެ.

ޖެންޑާ ބޭސްޑް ވައިލެންސް ނުވަތަ ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 57 މައްސަލައެއް އޮކްޓޯބަރު މަހު ވަނީ ރިޕޯޓުކޮށްފަ އެވެ. މީގެ ތެރޭގައި ހިމެނެނީ 5 ފިރިހެނުންނާއި 52 އަންހެނުންނެވެ. މި ދާއިރާއިން އެންމެ ގިނައިން ހުށަހަޅާފައިވަނީ ޖިސްމާނީ އަނިޔާގެ 31 މައްސަލައާއި ނަފްސާނީ އަދި ބަހުގެ ހަމަލާދިނުމުގެ 13 މައްސަލަ އެވެ. މީގެ އިތުރުން ރޭޕްކުރުމާއި ކައިވެނީގެ ތެރޭގައި ކުރާ ޖިންސީ އަނިޔާއާއި ބިރުދެއްކުމާއި މުދަލަށް ގެއްލުންދިނުން ފަދަ މައްސަލަތައް ވެސް މިނިސްޓްރީއަށް ވަނީ ހުށަހަޅާފަ އެވެ.

އާއިލީ މައްސަލަތަކާއި އިޖުތިމާއީ އެހީތެރިކަމަށް ބަލާއިރު، އާއިލީ މައްސަލަތަކުގެ ގޮތުގައި 33 މައްސަލައެއް ވަނީ ފާހަގަކުރެވިފަ އެވެ. މީގެ ތެރޭގައި ދަރިން ބެލުމުގައި ދިމާވާ މައްސަލަތަކާއި ކުދިންނާ ބައްދަލުކުރުމުގެ މައްސަލަތައް ހިމެނެ އެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި އުމުރުން ދުވަސްވީ މީހުންނަށް އަދި މާލީ އެހީތެރިކަން ބޭނުންވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ 11 މައްސަލައެއް ވަނީ ބަލާފަ އެވެ. މީގެ އިތުރުން ކުޑަކުދިންގެ ހައްގުތަކާ ގުޅޭ 3 މައްސަލައަކާއި ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ 3 މައްސަލައެއްގެ އިތުރުން ކަރަންޓުގެ ޚިދުމަތް ހޯދުމަށް ދަތިވުމުގެ 3 މައްސަލައެއް ވެސް ވަނީ ހުށަހަޅާފަ އެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ބަލާއިރު، އޮކްޓޫބަރު މަހުގެ ނިޔަލަށް ޖުމްލަ 153 ކުދިން ދައުލަތުގެ ބެލުމުގެ ދަށުގައި ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ 89 ފިރިހެން ކުދިންނާއި 64 އަންހެން ކުދިންނެވެ. މި މުއްދަތުގެ ތެރޭގައި 3 ކުއްޖަކު އަނބުރާ އާއިލާއާ ހަވާލުކޮށްފައިވާކަން ތަފާސްހިސާބުތަކުން ދައްކަ އެވެ. މީގެ އިތުރުން އެހެނިހެން ބާވަތުގެ މައްސަލަތަކުގެ ގޮތުގައި 45 މައްސަލައެއް ވަނީ ރިޕޯޓުކޮށްފަ އެވެ.

ހެލްޕްލައިންތަކަށް ލިބުނު ކޯލްތަކަށް ބަލާއިރު، ޗައިލްޑް ހެލްޕްލައިން 1412 އަށް ޖުމްލަ 1412 ކޯލް ލިބިފައިވާއިރު، ސޯޝަލް ސަރވިސް ހެލްޕްލައިން 1421 އަށް 1421 ކޯލް ވަނީ ލިބިފަ އެވެ. މި ކޯލްތަކުގެ ތެރޭގައި ކުޑަކުދިންނާއި ބޮޑެތި މީހުންގެ އިތުރުން ކާކުކަން ނޭނގޭ ފަރާތްތަކުން ކުރި ކޯލްތައް ހިމެނެ އެވެ. ކައުންސެލިންގެ ޚިދުމަތްތަކަށް ބަލާއިރު، ޖުމްލަ 141 ކައުންސެލިން ސެޝަނެއް ކުރިއަށް ގެންގޮސްފައިވާއިރު، ސައިކޯސޯޝަލް ސަޕޯޓުގެ 24 ސެޝަނާއި، ބެލެނިވެރިންނަށް އަމާޒުކޮށްގެން 24 ސެޝަނެއް ވަނީ ބާއްވާފަ އެވެ. އަދި އަތޮޅުތަކުން ހުށަހެޅި އެއް މައްސަލައަކަށް އެހީތެރިކަން ފޯރުކޮށްދީ، ދެ ތަމްރީނު ޕްރޮގްރާމެއް ވެސް ވަނީ ހިންގާފަ އެވެ.

މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާކުޑަކުދިންނަށް ކުރާ އަނިޔާޖެންޑަރ ބޭސްޑް ވައިލެންސްގެވެށި އަނިޔާ

އެންމެ ހިނގާ

1

އަނެއްކާ ވެސް ހުޅުމާލެ ހޮސްޕިޓަލުގެ އިހުމާލެއް: މިއީ އެންމެ މަންމައެއްގެ ކަރުނައެއް ނޫން، މުޅި ގައުމުގެ ވޭން!

2

ރަސްމާލެ މަޝްރޫއުގެ މަސައްކަތްތައް ލަސްވަމުންދާ ކަމަށް ބުނެ އީގަލް ހިލްސް ކުންފުނިން ކަންބޮޑުވުން ފާޅުކޮށް، ސަރުކާރު ބޮޑު ޕްރެޝަރަކަށް ވައްޓާލައިފި!

3

ސްޓޭޓް މިނިސްޓަރު ނާޒިމްގެ ތުހުމަތުތަކާއި ގުޅިގެން އިންޑިއާގެ ޚާރިޖީ ވުޒާރާގެ ސިޓީއެއް ދިވެހި ސަރުކާރަށް!

4

ޚަރަދު ކުޑަ، ސާދާ ލީޑަރެއް: މެކްސިކޯގެ ރައީސާ ކްލޯޑިއާ ޝައިންބައުމްއަށް ދުނިޔޭގެ ސަމާލުކަން!

5

ދެ އަބްދުﷲގެ ގަޑުބަޑު...

އިތުރަށް ކިޔާލަން

26 އޮކްޓޯބަރު 2026

ހެލްތު މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުންތަކެއް އޮފީސްތެރޭ ނަށާ ވީޑިއޯ އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

26 އޮކްޓޯބަރު 2026
ހެލްތު މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުންތަކެއް އޮފީސްތެރޭ ނަށާ ވީޑިއޯ އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ
18 އޮކްޓޯބަރު 2026

މަގުމަތީގައި އާންމުންނަށް އުނދަގޫކުރާ މައްސަލައިގައި އަވަސް ފިޔަވަޅު އަޅައިދިނުމަށް އެދި މެންބަރު ކުޑޫ ހެލްތް މިނިސްޓަރު ގީލާއަށް ސިޓީއެއް ފޮނުއްވައިފި

18 އޮކްޓޯބަރު 2026
މަގުމަތީގައި އާންމުންނަށް އުނދަގޫކުރާ މައްސަލައިގައި އަވަސް ފިޔަވަޅު އަޅައިދިނުމަށް އެދި މެންބަރު ކުޑޫ ހެލްތް މިނިސްޓަރު ގީލާއަށް ސިޓީއެއް ފޮނުއްވައިފި
16 އޯގަސްޓު 2026

އުފަންވިތާ 3 ދުވަސްވީ ކުއްޖަކު މަންމަގެ ނުރުހުމުގައި ދައުލަތަށް ނެގި މައްސަލަ ތަހުގީގު ކުރުމަށް އެޗްއާރްސީއެމުން ހެލްތު އެންޑް ފެމިލީ މިނިސްޓްރީއަށް ވަދެއްޖެ

16 އޯގަސްޓު 2026
އުފަންވިތާ 3 ދުވަސްވީ ކުއްޖަކު މަންމަގެ ނުރުހުމުގައި ދައުލަތަށް ނެގި މައްސަލަ ތަހުގީގު ކުރުމަށް އެޗްއާރްސީއެމުން ހެލްތު އެންޑް ފެމިލީ މިނިސްޓްރީއަށް ވަދެއްޖެ
25 ޖޫން 2026

އަނބިމީހާގެ ގަޔަށް 78 ފަހަރު ވަޅިޖަހައި މަރާލި މީހަކު ކުށްވެރިވެއްޖެ

25 ޖޫން 2026
އަނބިމީހާގެ ގަޔަށް 78 ފަހަރު ވަޅިޖަހައި މަރާލި މީހަކު ކުށްވެރިވެއްޖެ
24 އެޕްރީލު 2026

އަނިޔާގެ ޝިކާރައަކަށް ކުޑަކުދިންވެގެން، ހުށަހަޅާ މައްސަލަތައް އިތުރު، މާޗު މަހު އެކަނިވެސް ކުޑަކުދިންނަށް އަނިޔާކުރުމާ ގުޅޭ 92 މައްސަލައެއް

24 އެޕްރީލު 2026
އަނިޔާގެ ޝިކާރައަކަށް ކުޑަކުދިންވެގެން، ހުށަހަޅާ މައްސަލަތައް އިތުރު، މާޗު މަހު އެކަނިވެސް ކުޑަކުދިންނަށް އަނިޔާކުރުމާ ގުޅޭ 92 މައްސަލައެއް
20 އެޕްރީލު 2026

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ވީޑިއޯ އާއި ފޮޓޯ ގަނެ ވިއްކާ ކަމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރުކޮށްފި

20 އެޕްރީލު 2026
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ވީޑިއޯ އާއި ފޮޓޯ ގަނެ ވިއްކާ ކަމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރުކޮށްފި
17 އެޕްރީލު 2026

8 އަހަރުގެ އަންހެން ކުއްޖަކު ގަހެއްގައި ބަނދެ އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަނީ

17 އެޕްރީލު 2026
8 އަހަރުގެ އަންހެން ކުއްޖަކު ގަހެއްގައި ބަނދެ އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަނީ
20 ފެބުރުއަރީ 2026

ގެވެށި އަނިޔާއިން ރައްކާތެރި ކުރުމުގެ އަމުރާ ހިލާފުވާ މައްސަލަތައް ދަނީ އިތުރުވަމުން: ފުލުހުން

20 ފެބުރުއަރީ 2026
ގެވެށި އަނިޔާއިން ރައްކާތެރި ކުރުމުގެ އަމުރާ ހިލާފުވާ މައްސަލަތައް ދަނީ އިތުރުވަމުން: ފުލުހުން
16 ފެބުރުއަރީ 2026

12 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށް، ދޮން ބައްޕަ ޖިސްމާނީ އަނިޔާ ކުރާ މައްސަލަ އެއް ފެންމަތިވެއްޖެ!

16 ފެބުރުއަރީ 2026
12 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށް، ދޮން ބައްޕަ ޖިސްމާނީ އަނިޔާ ކުރާ މައްސަލަ އެއް ފެންމަތިވެއްޖެ!
27 ޖެނުއަރީ 2026

އޮސްޓްރޭލިއާގެ ހުރިހާ ސްޓޭޓެއްގައި ތައުލީމު އުގެނުމުގެ ހައްގު ގާނޫނީގޮތުން ކަށަވަރުކުރުމަށް ކުރާ މަސައްކަތްތައް އިތުރަށް ރަނގަޅު ކުރަންޖެހޭ ކަމަށް ރާއްޖެ އިން ބުނެފި

27 ޖެނުއަރީ 2026
އޮސްޓްރޭލިއާގެ ހުރިހާ ސްޓޭޓެއްގައި ތައުލީމު އުގެނުމުގެ ހައްގު ގާނޫނީގޮތުން ކަށަވަރުކުރުމަށް ކުރާ މަސައްކަތްތައް އިތުރަށް ރަނގަޅު ކުރަންޖެހޭ ކަމަށް ރާއްޖެ އިން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް