Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގެވެށި އަނިޔާ

ގެވެށި އަނިޔާއިން ރައްކާތެރި ކުރުމުގެ އަމުރާ ހިލާފުވާ މައްސަލަތައް ދަނީ އިތުރުވަމުން: ފުލުހުން

ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރުތަކާ ހިލާފުވާ މައްސަލަތައް އިތުރުވަމުންދާތީ، އެފަދަ އަމުރުތަކަށް ފުރިހަމައަށް ބޯލެނބުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައި. ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2025 ވަނަ އަހަރު މިފަދަ 99 މައްސަލައެއް ރިޕޯޓުކޮށް 38 މީހަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރެއިން 24 މައްސަލައެއްގައި ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވޭ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 20 ފެބުރުއަރީ 2026 | ހުކުރު 04:10
ފުލުހުން ހިންގި ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއްގެ ތެރެއިން.

ފުލުހުން ހިންގި ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއްގެ ތެރެއިން. | މޯލްޑިވްސް ޕޮލިސް

ގެވެށި އަނިޔާއިން ރައްކާތެރި ކުރުމުގެ އަމުރާ ހިލާފުވާ މައްސަލަތައް އިތުރުވަމުން އަންނަ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ. 

ފުލުހުން ބުނީ، އަނިޔާ ހުއްޓުވުމުގެ ގާނޫނު (ނަންބަރު 2012/3) ގެ ދަށުން، އަނިޔާ ލިބޭ ފަރާތްތަކުގެ ހިމާޔަތުގައި ކޯޓުން ނެރޭ ރައްކާތެރިކުރުމުގެ އަމުރުތަކާ ހިލާފުވާ މައްސަލަތައް އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. 

Advertisement - newsAdvertisement

އެގޮތުން، 2025 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރާ ހިލާފުވެގެން ޖުމްލަ 99 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި، މި މައްސަލަތަކާ ގުޅިގެން 38 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. 

ރައްކާތެރިކުރުމުގެ އަމުރަކީ، އަނިޔާގެ އަމަލެއް ތަކުރާރުވެދާނެކަމުގެ ބިރު އޮތް ހާލަތްތަކުގައި، އަނިޔާ ލިބޭ ފަރާތުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކޯޓުން ނެރޭ ގާނޫނީ އަމުރެކެވެ. މި އަމުރު މެދުވެރިކޮށް، އަނިޔާކުރާ ފަރާތުން ވަކި ކަންތައްތަކެއް ކުރުމަށް ނުވަތަ ވަކި ކަންތައްތަކެއް ނުކުރުމަށް އަންގަ އެވެ. މީގެ މައިގަނޑު މަގުސަދަކީ ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކުގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމާއި، އެ ފަރާތްތަކުގެ އަސާސީ ހައްގުތައް ހިމާޔަތްކޮށްދިނުމެވެ.

ކޯޓުން ނެރޭ "ރައްކާތެރިކުރުމުގެ ވަގުތީ އަމުރު" ނުވަތަ "ރައްކާތެރިކުރުމުގެ އަމުރު" އާ އެއްވެސް ފަރާތަކުން ހިލާފުވެއްޖެނަމަ، އެއީ ޖިނާއީ ކުށެއްގެ ގޮތުގައި ތަހުގީގު ކުރެވޭނެ ކަމެކެވެ. މިފަދަ މައްސަލަތައް ތަހުގީގު ކުރުމަށްފަހު، ދައުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވޭނެ އެވެ.

އެގޮތުން 2025 ވަނަ އަހަރުގެ ތެރޭގައި މިފަދަ 24 މައްސަލައެއްގައި ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުންޏެވެ. 

ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން ނެރޭ ރައްކާތެރިކުރުމުގެ އަމުރާ ހިލާފުވާ މައްސަލަތައް
ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން ނެރޭ ރައްކާތެރިކުރުމުގެ އަމުރާ ހިލާފުވާ މައްސަލަތައް

މީގެ އިތުރުން ފުލުހުން ވަނީ ކޯޓުތަކުން ނެރޭ ރައްކާތެރިކުރުމުގެ އަމުރުތަކަށް ފުރިހަމައަށް ބޯލަނބައި، އެ އަމުރުތަކަށް އިހުތިރާމް ކުރުމަށް އިލްތިމާސް ކޮށްފަ އެވެ. އަދި އަމުރާ ހިލާފު އެއްވެސް އަމަލެއް ހިނގާނަމަ، ލަސްނުކޮށް އެކަން ރިޕޯޓުކުރުމަށް ވެސް އެދިފައިވެ އެވެ.

ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް އަމާން ރައްކާތެރި މާހައުލެއް ކަށަވަރުކޮށް ދިނުމަކީ ފުލުހުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް ކަމަށް އެ ޚިދުމަތުން ބުނެފައިވާއިރު، ރާއްޖޭގައި ގެވެށި އަނިޔާއާއި ޖިންސީ ގޯނާގެ މައްސަލަތައް ވަރަށް ގިނަ އެވެ. ހުސްވި 2025 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ގެވެށި އަނިޔާގެ އަންހެނުންނާ ގުޅޭ 50 މައްސަލައެއް އަދި ފިރިހެނުންނާ ގުޅޭ 3 މައްސަލައެއް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއަށް ރިޕޯޓުކޮށްފައިވެ އެވެ. 

ގެވެށި އަނިޔާރައްކާތެރިކުރުމުގެ އަމުރުދިވެހި ފުލުހުން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރަމަޟާން މަހަށް ތައްޔާރުވަމުންދާ މިދުވަސްވަރު ސްކޭމަރުން ވަރަށް ބޮޑަށް ނާޖާއިޒް ފައިދާ ނަގާ، އޮންލައިންކޮށް ވިޔަފާރި ކުރާއިރު ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ: ފުލުހުން

ރަމަޟާން މަހަށް ތައްޔާރުވަމުންދާ މިދުވަސްވަރު ސްކޭމަރުން ވަރަށް ބޮޑަށް ނާޖާއިޒް ފައިދާ ނަގާ، އޮންލައިންކޮށް ވިޔަފާރި ކުރާއިރު ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ: ފުލުހުން

14 ފެބުރުއަރީ 2026
15 އަހަރުގެ އަންހެން ކުއްޖެއް ގްރޫމްކޮށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކުޅުދުއްފުށި ދެ މީހަކު ހައްޔަރު ކޮށްފި

15 އަހަރުގެ އަންހެން ކުއްޖެއް ގްރޫމްކޮށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކުޅުދުއްފުށި ދެ މީހަކު ހައްޔަރު ކޮށްފި

13 ފެބުރުއަރީ 2026
މާލެ ހިޔާ-1ގެ 5 ވަނަ ފަންގިފިލާ އިން ދުވަސްވީ މީހަކު ވެއްޓި އަނިޔާވެއްޖެ

މާލެ ހިޔާ-1ގެ 5 ވަނަ ފަންގިފިލާ އިން ދުވަސްވީ މީހަކު ވެއްޓި އަނިޔާވެއްޖެ

05 ފެބުރުއަރީ 2026
ކުޑަކުއްޖަކު މެދުވެރިކޮށް މަސްތުވާތަކެތި އެއްތަނުން އަނެއްތަނަށް އުފުލުވި ދެ މީހުން ހައްޔަރު ކޮށްފި

ކުޑަކުއްޖަކު މެދުވެރިކޮށް މަސްތުވާތަކެތި އެއްތަނުން އަނެއްތަނަށް އުފުލުވި ދެ މީހުން ހައްޔަރު ކޮށްފި

04 ފެބުރުއަރީ 2026
އަމީން މިއާގެ މަރުގެ މައްސަލަގައި ހައްޔަރުކުރި ސްރީލަންކާ މީހާގެ ބަންދަށް ހަތް ދުވަސް ޖަހައިފި

އަމީން މިއާގެ މަރުގެ މައްސަލަގައި ހައްޔަރުކުރި ސްރީލަންކާ މީހާގެ ބަންދަށް ހަތް ދުވަސް ޖަހައިފި

02 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

21 ފެބުރުއަރީ
ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު
20242 އަހަރު ކުރިން
ރާއްޖެ

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ
20233 އަހަރު ކުރިން
ދުނިޔެ

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު
20224 އަހަރު ކުރިން
ރާއްޖެ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!
20215 އަހަރު ކުރިން
ރިޕޯޓު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !
20197 އަހަރު ކުރިން
ރިޕޯޓު

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!
20188 އަހަރު ކުރިން
ރާއްޖެ

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު