Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެޗްއާރްސީއެމް

އުފަންވިތާ 3 ދުވަސްވީ ކުއްޖަކު މަންމަގެ ނުރުހުމުގައި ދައުލަތަށް ނެގި މައްސަލަ ތަހުގީގު ކުރުމަށް އެޗްއާރްސީއެމުން ހެލްތު އެންޑް ފެމިލީ މިނިސްޓްރީއަށް ވަދެއްޖެ

16 އޯގަސްޓު 2026 | އާދީއްތަ 09:17

އުފަންވިތާ ތިން ދުވަސްވީ ކުއްޖަކު މަންމަގެ ނުރުހުމުގައި ދައުލަތަށް ނެގި މައްސަލަ ތަހުގީގު ކުރުމަށް، ކޯޓު އަމުރެއްގެ ދަށުން އެމްއާރްސީއެމުން ވަނީ ފެމިލީ މިނިސްޓްރީއަށް ވަދެފައި. މި މައްސަލައިގައި މިނިސްޓްރީން އަމަލުކުރި ގޮތް އެޗްއާރްސީއެމުން ބަލަމުންދާއިރު، ކުއްޖާ ނެގީ މަންމަގެ ނަފްސާނީ ހާލަތާއި އާއިލީ މާހައުލަށް ބަލައި ކުއްޖާގެ ރައްކާތެރިކަމަށްޓަކައި ގާނޫނީ އިމުގެ ތެރެއިން ކަމަށް މިނިސްޓްރީން ބުނޭ

އަމްނާ އިމާދު
އަމްނާ އިމާދު | 16 އޯގަސްޓު 2026 | އާދީއްތަ 09:17
ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)ގެ މެންބަރުން ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގެ ތެރެއިން

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)ގެ މެންބަރުން ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގެ ތެރެއިން | އެޗްއާރްސީއެމް

އުފަންވުމާއެކު ދައުލަތަށް ކުއްޖަކު ނެގުމުގައި މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާގެ ޖެންޑަރ އެފެއާޒް ޑިޕާޓްމަންޓުން އަމަލުކުރި ގޮތް ހޯދުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން އެ މިނިސްޓްރީއަށް ވަދެއްޖެ އެވެ. 

އެޗްއާރްސީއެމުން އެ މިނިސްޓްރީއަށް ވަދެފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ. 

Advertisement - newsAdvertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި އެޗްއާރްސީއެމުން ހުޅުމާލޭގައި ހުންނަ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑިޕާޓްމަންޓަށް ވަދެފައިވަނީ ބަލާ ފާސްކުރުމުގެ އަމުރަކާއެކު އެވެ.

މި އަމުރު ހޯދާފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 9:00ން ހޯމަ ދުވަހުގެ ރޭ 11:59 އަށެވެ. 

މި މައްސަލައާ ގުޅޭގޮތުން އެކޮމިޝަންގެ މެންބަރު އިސްމާއީލް ހަބީބް ވިދާޅުވީ، އުފަންވުމާއެކު ދައުލަތަށް ނެގި ކުއްޖާގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި، މި ތަހުގީގަށް މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުން ލިބޭ ކަމަށެވެ. އަދި މި މައްސަލަައިގައި މިނިސްޓްރީން އަމަލުކޮށްފައިވާ ގޮތް ގާތުން ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

މި މައްސަލަ ސޯޝަލް މީޑިއާގައި ފެންމަތިވެގެން ދިޔައީ އެ ކުއްޖާ ވިހެއި މަންމަގެ އާއިލާއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާ ގުޅިގެންނެވެ. 

އެ ކުއްޖާގެ މަންމަ ބުނެފައިވަނީ ނަފްސާނީ މައްސަލައެއް ހުންނާތީ އެކަން ސަބަބަކަށް ދައްކައި، ދަރިފުޅު ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔައީ ކަމަށެވެ. އަދި ކުއްޖާ ގެންދިޔައީ ވިހޭތާ ތިން ވަނަ އަށްވީ ދުވަހު އޭނާގެ ނުރުހުމުގަ އެވެ.

25 އަހަރުގެ އެ ޒުވާނާ ބުނީ، ދަރިފުޅު ގޮވައިގެން އުޅުމުގެ ފުރުސަތު ދިނުމަށް އާދޭސް ކުރި ނަމަވެސް އެންމެފަހު ވަގުތު ދަރިފުޅު މާލެ ގެންދިޔައީ އޮޅުވާލައިގެން ލޮލަށް ނުވެސް ދައްކާ ކަމަށެވެ.

އެ ކުއްޖާ މަންމަގެ މިތުހުމަތުތަކާއެކު ގިނަ ބައެއްގެ ފާޑު ކިޔުން ފެމިލީ މިނިސްޓްރީއަށް ވަނީ އަމާޒުވެފަ އެވެ. 

މި މައްސަލައާ ގުޅިގެން ފެމިލީ މިނިސްޓްރީން ބުނީ، އެކުއްޖާ ދައުލަތަށް ނެގުމުގައި އަމަލުކޮށްފައި ވާނީ ގާނޫނާ އެއްގޮތަށް ކަމަށާއި، ކުއްޖަކު އެގޮތަށް ނަގާނީ އާއިލާ އިން ރައްކާތެރިކަން ކަށަވަރުނުވާ ހާލަތުގައި އެކަނި ކަމަށެވެ.

އެ ކުއްޖާ ދައުލަތަށް ނެގި ސަބަބުތައް ބަޔާންކޮށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަނުން އާއިލާ އަށް ފޮނުވި ސިޓީގައި ވެސް ގިނަ ކަންބޮޑުވުންތަކެއް ފާހަގަކޮށްފައިވެ އެވެ.

އެގޮތުން އެ ކުއްޖާގެ މަންމަ ދިރިއުޅޭ މާހައުލާއި ނަފްސާނީ ހާލަތާއި އަތުގެ ނުކުޅެދުންތެރިކަމާއި އާއިލާ އިން ވެސް އަޅާލާނެ ބަޔަކު ނެތުމަކީ ދައުލަތަށް ކުއްޖާ ނަގަން ޖެހުނު ސަބަބުތައް ކަމަށް އެ ސިޓީގައިވެ އެވެ.

މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންއިންސާނީ ހައްޤުތަކާބެހޭ ކޮމިޝަން

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

31 ޖުލައި 2026

ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

31 ޖުލައި 2026
ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
10 ޖޫން 2026

ދަރިއަކަށް ޖިންސީ ގޯނާކުރި ތުހުމަތުގައި ހައްޔަރު ކުރި ފުލުސް އޮފިސަރުގެ ވަނަވަރު ހާމަކޮށްފި

10 ޖޫން 2026
ދަރިއަކަށް ޖިންސީ ގޯނާކުރި ތުހުމަތުގައި ހައްޔަރު ކުރި ފުލުސް އޮފިސަރުގެ ވަނަވަރު ހާމަކޮށްފި
20 އެޕްރީލު 2026

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ވީޑިއޯ އާއި ފޮޓޯ ގަނެ ވިއްކާ ކަމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރުކޮށްފި

20 އެޕްރީލު 2026
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ވީޑިއޯ އާއި ފޮޓޯ ގަނެ ވިއްކާ ކަމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރުކޮށްފި
21 ފެބުރުއަރީ 2026

ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

21 ފެބުރުއަރީ 2026
ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
02 ފެބުރުއަރީ 2026

ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ އިތުރު މީހަކު ނިޔާވެއްޖެ، މިއީ ހޯމަ ދުވަހު ނިޔާވި ދެވަނަ މީހާ

02 ފެބުރުއަރީ 2026
ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ އިތުރު މީހަކު ނިޔާވެއްޖެ، މިއީ ހޯމަ ދުވަހު ނިޔާވި ދެވަނަ މީހާ
09 ސެޕްޓެމްބަރު 2025

ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައިފި

09 ސެޕްޓެމްބަރު 2025
ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް