Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުގެވެށި އަނިޔާ

އަނބިމީހާގެ ގަޔަށް 78 ފަހަރު ވަޅިޖަހައި މަރާލި މީހަކު ކުށްވެރިވެއްޖެ

25 ޖޫން 2026 | ބުރާސްފަތި 09:49

އިނގިރޭސިވިލާތުގެ ޓެމްވޯތުގައި އަނބިމީހާގެ ގަޔަށް 78 ފަހަރު ވަޅިޖަހައި މަރާލި މީހަކު ކުށްވެރިވާކަމަށް އެ ގައުމުގެ ކޯޓަކުން ވަނީ ކަނޑައަޅާފައި. ފައިސާގެ މައްސަލައެއްގައި ހިނގި މި ހާދިސާގައި، 66 އަހަރުގެ ރޮބަޓް އެލެގްޒެންޑާ އަމިއްލަ ނަފްސުގެ ދިފާއުގައި ކުރި ކަމެއް ކަމަށް ބުނެ ދެއްކި ވާހަކަތަކާއި ނަފްސާނީ ހާލަތާ ގުޅޭ ހުއްޖަތްތައް ޖޫރީން ބަލައިގެންފައެއް ނުވޭ.

ރާއްޖެ އެމްވީ | 25 ޖޫން 2026 | ބުރާސްފަތި 09:49
ކްރިސްޓީނާ އެލެގްޒެންޑަރ.

ކްރިސްޓީނާ އެލެގްޒެންޑަރ. | ވޯވިކްޝަޔަރ ޕޮލިސް

އަނބިމީހާގެ ގަޔަށް 78 ފަހަރު ވަޅިޖަހައި މަރާލުމަށްފަހު، އެކަން ފުލުހުންނަށް އަންގައި "އަނބިމީހާ ނައްތާލައިފިން" ކަމަށް ބުނި މީހަކު، މީހަކު މެރުމުގެ ކުށުގައި ކުށްވެރިވެއްޖެއެވެ.

އުމުރުން 66 އަހަރުގެ ރޮބަޓް އެލެގްޒެންޑާ، އޭނާގެ އުމުރުން 60 އަހަރުގެ އަނބިމީހާ ކްރިސްޓީނާ އެލެގްޒެންޑާ މަރާލާފައިވަނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި، އިނގިރޭސިވިލާތުގައި ޓެމްވޯތުގެ ޑޮސްހިލްގައި ހުންނަ އެމީހުންގެ ގޭގައެވެ. ސްޓެފަޑް ކްރައުން ކޯޓުގެ ޖޫރީންގެ ކުރިމަތީގައި އޭނާ ބުނެފައިވަނީ އެއީ އަމިއްލަ ނަފްސުގެ ދިފާއުގައި ކުރި ކަމެއް ކަމަށެވެ.

އަނބިމީހާ މަރާލުމަށްފަހު، އޭނާ ވަނީ އަމިއްލަ ހެދުން ބަދަލުކޮށް، ކުނިކޮތަޅުތައް ބޭރަށް ނެރެ، އޭނާގެ ކުއްތާތަކާއެކު ސިޓިންގ ރޫމުގައި އިށީނދެ އިނދެފައެވެ. އޭނާ އިމަޖެންސީ ނަންބަރު 999 އަށް ގުޅާފައިވަނީ އޭގެ ފަހުންނެވެ.

ފުލުހުންނަށް މައުލޫމާތު ދެމުން އޭނާ ބުނެފައިވަނީ، މި ހުރިހާ ކަމެއްވެސް ގުޅިފައިވަނީ ފައިސާއާ ކަމަށާއި، އޭނާއަށް ވާރުތައިން ލިބުނު ފައިސާ ހަރަދުކުރަންވީ ގޮތް އަނބިމީހާ އަންގަމުންދިޔަ ކަމަށެވެ.

އަދި މީގެ އަށް އަހަރު ކުރިން އޭނާގެ ހަޔާތަށް އަނބިމީހާ އައިއިރު، އަނބިމީހާގެ އަތުގައި އެއްވެސް އެއްޗެއް ނެތް ކަމަށްވެސް ރޮބަޓް ބުނެފައިވެއެވެ.

ޕްރޮސެކިއުޓަރުން ފާހަގަ ކުރި ގޮތުގައި، ރޮބަޓް، ފުލުހުންގެ އޮފިސަރުން ގާތު ބުނެފައިވަނީ "އަހަރެން އަނބިމީހާ ނައްތާލައިފިން" ކަމަށެވެ. މީގެ އިތުރުން، މީގެ ކުރިންވެސް ރޮބަޓް އޭނާގެ އަނބިމީހާގެ ކަރުގައި ހިފައި ނޭވާ ހާސްކޮށްލަން މަސައްކަތްކޮށް، ކޮލުގައި ދަތްއަޅާފައިވާކަން ޖޫރީންނަށް ވަނީ އެނގިފައެވެ.

މި ހާދިސާ ހިނގަމުންދިޔަ ވަގުތު، އެތަނުގައި ހިނގަމުންދިޔަ ކަންތައްތަކުގެ އަޑު އިވުނު އަވަށްޓެރިއަކު މަރާލާނެ ކަމުގެ އިންޒާރުވެސް ރޮބަޓް ވަނީ ދީފައެވެ.

މީގެ ކުރިން 2021 ވަނަ އަހަރުގެ ޖޫން މަހު ހިނގި އެހެން ހާދިސާއެއްގައި، ރޮބަޓް ދަގަނޑު ބުރިއެއް ނަގައި އަނބިމީހާއަށް ބިރުދެއްކުމުން، ބިރުން ހުރެ ކްރިސްޓީނާ ވަނީ 999 އަށް ގުޅައި އެހީއަށް އެދިފައެވެ.

އޭނާ ފުލުހުން ގާތު ބުނެފައިވަނީ، ފިރިމީހާގެ ފަރާތުން ކުރިމަތިވެދާނެ އަނިޔާއެއްގެ ބިރުވެރިކަމުގެ ތެރޭގައި އޭނާ އަބަދުވެސް ދިރިއުޅެމުންދާ ކަމަށެވެ.

އެ ހާދިސާއާ ގުޅިގެން، ގެވެށި އަނިޔާއިން ރައްކާތެރިކޮށްދޭ އަމުރެއް (ޑޮމެސްޓިކް ވަޔަލަންސް ޕްރޮޓެކްޝަން އޯޑަރ) އޭނާގެ މައްޗަށް އޭރު ނެރުނެވެ.

ޝަރީއަތުގެ މަޖިލީހުގައި ރޮބަޓް ބުނެފައިވަނީ، އެންމެ ފުރަތަމަ ވަޅީގައި ހިފީ އޭނާގެ އަނބިމީހާ ކަމަށާއި، އޭނާ އަމަލުކުރީ އަމިއްލަ ނަފްސުގެ ދިފާއުގައި ކަމަށެވެ.

އަދި އޭނާގެ ކިބައިގައި ހުރި ޑިޕްރެޝަން ނުވަތަ މާޔޫސްކަމާއި އޯޓިޒަމްގެ ސަބަބުން، މި އަމަލުގެ ޒިންމާ އޭނާގެ މައްޗަށް އޮންނަ މިންވަރު ކުޑަވާނެ ކަމަށްވެސް އޭނާ ވަކާލާތު ކުރިއެވެ.

ޖޫރީން ހުރިހާ ހެކިތަކަށް ފަރުވާތެރިކަމާއެކު ރިއާޔަތްކުރުމަށްފަހު، އަމިއްލަ ނަފްސުގެ ދިފާއުގައި ކުރި ކަމެއް ކަމަށް ބުނެ އޭނާ ދެއްކި ވާހަކަތަކާއި، ނަފްސާނީ ހާލަތުގެ ސަބަބުން ޒިންމާ ކުޑަވާނެ ކަމަށް ބުނި ބުނުން ވަނީ ބަލައިނުގަނެ ބޭރުކޮށްލާފައެވެ.

ނަރްމީނާ އިތުރަށް ވިދާޅުވީ، ރޮބަޓްގެ އަމަލުތަކަކީ އަނބިމީހާގެ މައްޗަށާއި ފައިސާގެ މައްޗަށް ބާރު ފޯރުވުމުގެ ނިޔަތުގައި ކޮށްފައިވާ ކަންތައްތަކެއްކަން ސާބިތުކޮށްދެވުނު ކަމަށެވެ. އަދި އޭނާ އަމިއްލަ ނަފްސަށް ދީފައިވާ ގެއްލުންތަކަކީވެސް އެ އުސޫލުގެ ބައެއް ކަމަށާއި، އެއީ ނަފްސާނީ ބޮޑު ބައްޔެއްގެ ސަބަބުން ވީ ކަމެއް ނޫންކަން ހާމަވި ކަމަށެވެ.

ރޮބަޓް އެލެގްޒެންޑާގެ މައްޗަށް އަދަބު ކަނޑައެޅުން އޮންނާނީ ފަހުން އިއުލާންކުރާ ތާރީޚެއްގައެވެ.

ގެވެށި އަނިޔާމަރު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

24 އެޕްރީލު 2026

އަނިޔާގެ ޝިކާރައަކަށް ކުޑަކުދިންވެގެން، ހުށަހަޅާ މައްސަލަތައް އިތުރު، މާޗު މަހު އެކަނިވެސް ކުޑަކުދިންނަށް އަނިޔާކުރުމާ ގުޅޭ 92 މައްސަލައެއް

24 އެޕްރީލު 2026
އަނިޔާގެ ޝިކާރައަކަށް ކުޑަކުދިންވެގެން، ހުށަހަޅާ މައްސަލަތައް އިތުރު، މާޗު މަހު އެކަނިވެސް ކުޑަކުދިންނަށް އަނިޔާކުރުމާ ގުޅޭ 92 މައްސަލައެއް
20 ފެބުރުއަރީ 2026

ގެވެށި އަނިޔާއިން ރައްކާތެރި ކުރުމުގެ އަމުރާ ހިލާފުވާ މައްސަލަތައް ދަނީ އިތުރުވަމުން: ފުލުހުން

20 ފެބުރުއަރީ 2026
ގެވެށި އަނިޔާއިން ރައްކާތެރި ކުރުމުގެ އަމުރާ ހިލާފުވާ މައްސަލަތައް ދަނީ އިތުރުވަމުން: ފުލުހުން
26 ޖެނުއަރީ 2026

މަންމައާ ބައްޕަ އަދި ދައްތައަށް އަނިޔާކުރި މައްސަލައެއްގައި މީހަކު ޖަލަށް ލާން ހުކުމް ކޮށްފި

26 ޖެނުއަރީ 2026
މަންމައާ ބައްޕަ އަދި ދައްތައަށް އަނިޔާކުރި މައްސަލައެއްގައި މީހަކު ޖަލަށް ލާން ހުކުމް ކޮށްފި
24 ޖެނުއަރީ 2026

ދ. މީދޫގައި ހިނގި ގެވެށި އަނިޔާގެ މައްސަލަ އެއްގައި ފޯނު ފުލުހުންގެ ބެލުމުގެ ދަށަސް ގެންދަން އުޅުމުން، ފުލުހުންގެ ވާޖިބަށް ހުރަސް އެޅި މީހަކު ހައްޔަރުކޮށްފި

24 ޖެނުއަރީ 2026
ދ. މީދޫގައި ހިނގި ގެވެށި އަނިޔާގެ މައްސަލަ އެއްގައި ފޯނު ފުލުހުންގެ ބެލުމުގެ ދަށަސް ގެންދަން އުޅުމުން، ފުލުހުންގެ ވާޖިބަށް ހުރަސް އެޅި މީހަކު ހައްޔަރުކޮށްފި
25 ޑިސެމްބަރު 2025

ކުޑަ ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލައިގައި ހިމެނޭ ކުޑަ ކުއްޖެއްގެ މައްޗަށް ދައުވާ ސާބިތު ވެއްޖެ

25 ޑިސެމްބަރު 2025
ކުޑަ ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލައިގައި ހިމެނޭ ކުޑަ ކުއްޖެއްގެ މައްޗަށް ދައުވާ ސާބިތު ވެއްޖެ
01 ޑިސެމްބަރު 2025

"2020ގެ ތަފާސްހިސާބަށް ބަލާ ނަމަ އިންޓަރނެޓް ބޭނުންކޮށްގެން އެކި ކަހަލަ އަނިޔާ ކޮށްފައިވާ މިންވަރު މައްޗަށް ދިޔަ"

01 ޑިސެމްބަރު 2025
"2020ގެ ތަފާސްހިސާބަށް ބަލާ ނަމަ އިންޓަރނެޓް ބޭނުންކޮށްގެން އެކި ކަހަލަ އަނިޔާ ކޮށްފައިވާ މިންވަރު މައްޗަށް ދިޔަ"
29 އޮކްޓޯބަރު 2025

ތަފާސް ހިސާބު: ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 100 މައްސަލައެއް!

29 އޮކްޓޯބަރު 2025
ތަފާސް ހިސާބު: ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 100 މައްސަލައެއް!
27 އޮކްޓޯބަރު 2025

"ހުސެން ޒާހިރު" އެއް އުފެދޭ ގޮތް

27 އޮކްޓޯބަރު 2025
"ހުސެން ޒާހިރު" އެއް އުފެދޭ ގޮތް
28 ސެޕްޓެމްބަރު 2025

މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 80ށް ވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވޭ

28 ސެޕްޓެމްބަރު 2025
މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 80ށް ވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވޭ
01 ސެޕްޓެމްބަރު 2025

ކުލަގަދަ ހަފްލާއަކާއެކު "ކަނބުލޮ" ޕްރިމިއަރކޮށްފި

01 ސެޕްޓެމްބަރު 2025
ކުލަގަދަ ހަފްލާއަކާއެކު "ކަނބުލޮ" ޕްރިމިއަރކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް