Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ވީޑިއޯ އާއި ފޮޓޯ ގަނެ ވިއްކާ ކަމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރުކޮށްފި

20 އެޕްރީލު 2026 | ހޯމަ 14:15

ކްރިޕްޓޯކަރަންސީ ބޭނުންކޮށްގެން ކުޑަކުދިންގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯ ވިއްކި މައްސަލައެއްގައި ތ. ވިލުފުށީ ޒުވާނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފަ. ފުލުހުން ހިންގި ތަހުގީގުގައި އޭނާގެ އަތުން ފެނުނު އިލެކްޓްރޯނިކް ވަސީލަތްތަކުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ގިނަ އަދަދެއްގެ ފޮޓޯ އަދި ވީޑިއޯ ވަނީ ފެނިފަ. ބައިނޭންސް ވޮލެޓެއް މެދުވެރިކޮށް ހިންގި މި މުއާމަލާތްތަކުގެ މައްސަލަ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުން.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 20 އެޕްރީލު 2026 | ހޯމަ 14:15
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ވިއްކާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އާދަމް ޢަދްލާން ލަޠީފް

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ވިއްކާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އާދަމް ޢަދްލާން ލަޠީފް | ޕޮލިސް މީޑިޔާ

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ކްރިޕްޓޯކަރަންސީ މެދުވެރިކޮށް ގަނެ ވިއްކިކަ މަށް ތުހުމަތުކުރެވޭ ދިވެހި ޒުވާނަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ތ. ވިލުފުށި، މޫނިމާގެ، އުމުރުން 22 އަހަރުގެ އާދަމް ޢަދްލާން ލަޠީފް އެވެ.

Advertisement - newsAdvertisement

ފުލުހުން ހާމަކުރި ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މި އޭޕްރީލް މަހުގެ 5 ވަނަ ދުވަހު އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ. މި މުއްދަތު ހަމަވާނީ މި އޭޕްރީލް މަހުގެ 21 ވަނަ ދުވަހު އެވެ.

ފުލުހުން ބުނި ގޮތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ، ބައިނޭންސް އެކްސްޗޭންޖްގެ ވޮލެޓް އެޑްރެހެއް ބޭނުންކޮށްގެން ކުޑަކުދިންގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯ ގަނެ ވިއްކަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ތަހުގީގެއްގެ ތެރެއިން ކަމަށެވެ. ތަހުގީގަށް ފާހަގަކުރެވިފައިވާ ގޮތުގައި އެ ވޮލެޓުން އާދަމް އަދްލާން ލަތީފްގެ ކްރިޕްޓޯ އެކައުންޓަށް ފައިސާ ފޮނުވާފައިވާކަން ފާހަގަކުރެވިފައިވެ އެވެ.

މި މައްސަލައިގެ ތަހުގީގަށް އޭނާގެ އަތުން ހިފެހެއްޓި އިލެކްޓްރޯނިކް ވަސީލަތްތަކުގެ ފޮރެންސިކް ތަހުލީލުތައް ހެދިއިރު، ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް ހިމެނޭ ގިނަ އަދަދެއްގެ ފޮޓޯއާއި ވީޑިއޯ އެ ތަކެތިން ފެނިފައިވާކަމަށް ފުލުހުން ހާމަކުރި އެވެ. މީގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތައް ވެސް ހިމެނޭކަން ފުލުހުން ފާހަގަކޮށްފައިވެ އެވެ.

މި މައްސަލައިގެ ތަހުގީގު ކުރިއަށްގެންދަނީ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުންނެވެ.

އާދަމް ޢަދްލާން ލަޠީފްވިލުފުށީކްރިޕްޓޯކަރެންސީބައިނޭންސްފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންކުޑަކުދިންނަށް ކުރާ އަނިޔާކުޑަކުދިންނަށް ޖިންސީ ގޯނާކުރުންމޯލްޑިވްސް ޕޮލިސް ސަރވިސް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

19 އެޕްރީލު 2026

ބިދޭސީއެއްގެ ކަރަށް ހަމަލާދިން މިހާ 7 ދުވަހަށް ބަންދު ކޮށްފި

19 އެޕްރީލު 2026
ބިދޭސީއެއްގެ ކަރަށް ހަމަލާދިން މިހާ 7 ދުވަހަށް ބަންދު ކޮށްފި
19 އެޕްރީލު 2026

ނަލަހިޔާގެ އެޕާޓްމަންޓަކުން ހަތަރު މިލިއަން ވަގަށް ނެގި މައްސަލައިގައި 5 ވަނަ މީހާ ހައްޔަރުކޮށް، ބައި ލައްކަ ރުފިޔާ ހޯދައިފި

19 އެޕްރީލު 2026
ނަލަހިޔާގެ އެޕާޓްމަންޓަކުން ހަތަރު މިލިއަން ވަގަށް ނެގި މައްސަލައިގައި 5 ވަނަ މީހާ ހައްޔަރުކޮށް، ބައި ލައްކަ ރުފިޔާ ހޯދައިފި
17 އެޕްރީލު 2026

އެމްޑީޕީ ގެ ސިލްސިލާ މުޒާހަރާ: ބައިވެރިންނަށް ފުލުހުން ހުރަސް އެޅިއިރު، ގެންގުޅުނު މެގަފޯނަށް ވެސް ގެއްލުން ދިން!

17 އެޕްރީލު 2026
އެމްޑީޕީ ގެ ސިލްސިލާ މުޒާހަރާ: ބައިވެރިންނަށް ފުލުހުން ހުރަސް އެޅިއިރު، ގެންގުޅުނު މެގަފޯނަށް ވެސް ގެއްލުން ދިން!
17 އެޕްރީލު 2026

މަސްތުވާތަކެތި ގެންގުޅެ، ޖުވާކުޅޭ ކަމުގެ ތުހުމަތުގައި 38 ބިދޭސީން ހައްޔަރު ކޮށްފި

17 އެޕްރީލު 2026
މަސްތުވާތަކެތި ގެންގުޅެ، ޖުވާކުޅޭ ކަމުގެ ތުހުމަތުގައި 38 ބިދޭސީން ހައްޔަރު ކޮށްފި
17 އެޕްރީލު 2026

8 އަހަރުގެ އަންހެން ކުއްޖަކު ގަހެއްގައި ބަނދެ އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަނީ

17 އެޕްރީލު 2026
8 އަހަރުގެ އަންހެން ކުއްޖަކު ގަހެއްގައި ބަނދެ އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަނީ
16 އެޕްރީލު 2026

ކޫއްޑޫ ކައިރިއަށް ފީނަންގޮސް އުޅުނިކޮށް މިޔަރެއް ހަމަލާދީ ޒަހަމްވި ސްޕެއިންގެ ފަތުރުވެެރިޔާގެ އެއް ފައި ބުރިކޮށްލައިފި

16 އެޕްރީލު 2026
ކޫއްޑޫ ކައިރިއަށް ފީނަންގޮސް އުޅުނިކޮށް މިޔަރެއް ހަމަލާދީ ޒަހަމްވި ސްޕެއިންގެ ފަތުރުވެެރިޔާގެ އެއް ފައި ބުރިކޮށްލައިފި
11 އެޕްރީލު 2026

އެމްޑީޕީ ސަރުކާރުން ތުޅާދޫގައި އެޅި 100 ހައުސިން ޔުނިޓަށް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

11 އެޕްރީލު 2026
އެމްޑީޕީ ސަރުކާރުން ތުޅާދޫގައި އެޅި 100 ހައުސިން ޔުނިޓަށް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
10 އެޕްރީލު 2026

ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ޒުވާނެއްގެ މައްޗަށް ސާބިތުވެ، 12 އަހަރާއި ހަ މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

10 އެޕްރީލު 2026
ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ޒުވާނެއްގެ މައްޗަށް ސާބިތުވެ، 12 އަހަރާއި ހަ މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
09 އެޕްރީލު 2026

އިމާރާތެއްގެ 10 ވަނަ ފަންގިފިލާ އިން ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށް މީހަކު ވެއްޓިއްޖެ

09 އެޕްރީލު 2026
އިމާރާތެއްގެ 10 ވަނަ ފަންގިފިލާ އިން ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށް މީހަކު ވެއްޓިއްޖެ
07 އެޕްރީލު 2026

މިދިޔަ ހަފްތާގައި ސްކޭމްގެ މައްސަލަތަކުގައި ގެއްލުނު ފައިސާގެ ގާތްގަނޑަކަށް 70 އިންސައްތަ ހޯދައިފި

07 އެޕްރީލު 2026
މިދިޔަ ހަފްތާގައި ސްކޭމްގެ މައްސަލަތަކުގައި ގެއްލުނު ފައިސާގެ ގާތްގަނޑަކަށް 70 އިންސައްތަ ހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް