Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއޭޕެކް 2026

ޓްރަމްޕް ޗައިނާއަށް ވަޑައިގެން ދުނިޔޭގެ ސުލްހައަށް މަޝްވަރާކުރައްވަނީ

18 ނޮވެމްބަރު 2026 | ބުދަ 11:07

ޗައިނާގެ ޝެންޒެންގައި ބާއްވާ މި ބައްދަލުވުމުގައި ނިއުކްލިއާ ހަތިޔާރު ނައްތާލުމާއި ޔޫކްރެއިން އަދި އީރާނުގެ ހަނގުރާމައާ ގުޅޭގޮތުން ތިން ގައުމުގެ ލީޑަރުން މުހިންމު މަޝްވަރާތަކެއް ކުރައްވާނެ. މިއީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު އެމެރިކާ، ޗައިނާ އަދި ރަޝިއާގެ ރައީސުން މިފަދަ ގޮތަކަށް ބައްދަލުކުރައްވާ ފުރަތަމަ ފަހަރު ކަމުން، މިއީ ދުނިޔޭގެ ސުލްހައަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވޭ

މަރްޔަމް ދާނިޝް ނަޝީދު
މަރްޔަމް ދާނިޝް ނަޝީދު | 18 ނޮވެމްބަރު 2026 | ބުދަ 11:07
ޗައިނާގެ ޝެންޒެންގައި ބާއްވާ އޭޕެކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޝެންޒެން އެއާޕޯޓަށް ވަޑައިގަތުމުން، ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ވަނީ މަރުހަބާ ދަންނަވާފައި- 18 ނޮވެމްބަރު 2026

ޗައިނާގެ ޝެންޒެންގައި ބާއްވާ އޭޕެކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޝެންޒެން އެއާޕޯޓަށް ވަޑައިގަތުމުން، ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ވަނީ މަރުހަބާ ދަންނަވާފައި- 18 ނޮވެމްބަރު 2026 | ރޮއިޓަރސް

އޭޝިއާ-ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަން (އޭޕެކް) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށާއި، ދުނިޔޭގެ ސުލްހައާ ގުޅޭގޮތުން ޗައިނާގެ ރައީސް ޝީ ޖިންޕިން އަދި ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިންއާ އެކު ބާއްވާ ފުރަތަމަ ތިން ގައުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުދަ ދުވަހު ޗައިނާއަށް ވަޑައިގެންފި އެވެ. މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އީރާނާއި ޔޫކްރެއިންގައި ހަނގުރާމަތައް ކުރިއަށްދާ ދަނޑިވަޅެއްގަ އެވެ.

ޓްރަމްޕް ޗައިނާއަށް ވަޑައިގަތުމުން އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ ރައީސް ޝީ ޖިންޕިން އެވެ. ޗައިނާގެ އަސްކަރީ ޖެޓްތަކުގެ ފްލައިޕާސްޓަކާއެކު ބޭއްވި މި މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތަކީ، މިދިޔަ ސެޕްޓެމްބަރު މަހު ޝީ ޖިންޕިން އެމެރިކާއަށް ކުރެއްވި ދައުލަތުގެ ދަތުރުފުޅުގައި ޓްރަމްޕް އެމަނިކުފާނަށާއި އަނބިކަނބަލުންނަށް ދެއްވި ފަދަ ހޫނު މަރުހަބާއެކެވެ.

Advertisement - worldAdvertisement

ޗައިނާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ޝެންޒެންގައި ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ތިން ގައުމުގެ ބައްދަލުވުމުގައި، ނިއުކްލިއާ ހަތިޔާރު ނައްތާލުމާއި ރަޝިއާ-ޔޫކްރެއިން ހަނގުރާމައާއި އީރާނުގެ މައްސަލައިގެ އިތުރުން ވިޔަފާރީގެ ފުޅާ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރާނެ ކަމަށް ބެލެވެ އެވެ.

ބެއިޖިންގް އިން ހާމަކޮށްފައިވާ ގޮތުގައި، އީރާނާއި ޔޫކްރެއިންގައި ކުރިއަށްދާ ހަނގުރާމަތަކުގެ އިތުރުން، އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ސުލްހައާ ގުޅުންހުރި ކަންކަމާ ބެހޭގޮތުން ތިން ގައުމުގެ ރައީސުން މަޝްވަރާކުރައްވާނެ އެވެ.

ބުރާސްފަތި ދުވަހުގެ ހެނދުނު ތިން ގައުމުގެ ލީޑަރުން އޭޕެކް ފޯރަމްގައި ތަގުރީރު ކުރައްވާނެ އެވެ. އޭގެ ފަހުން ޓްރަމްޕާއި ޝީގެ ދެމެދުގައި ބާއްވާ ބައިލެޓަރަލް ބައްދަލުވުމަކަށްފަހު، ތިން ގައުމުގެ ލީޑަރުންގެ މެދުގައި ބާއްވާ ހާއްސަ ސެޝަން އޮންނާނެ އެވެ. މިއީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު މިފަދަ ގޮތަކަށް މި ތިން ގައުމުގެ މެދުގައި ބޭއްވޭ ފުރަތަމަ ބައްދަލުވުމެވެ.

މިއީ މިއަހަރުގެ ތެރޭގައި ޓްރަމްޕާއި ޝީ ބައްދަލުކުރައްވާ ތިންވަނަ ފަހަރެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވާނީ ނިއުކްލިއާ ހަތިޔާރު ނައްތާލުމާ ގުޅޭގޮތުންކަމަށް ޓްރަމްޕް ކުރިން ވިދާޅުވެފައިވެ އެވެ. ނިއުކްލިއާ ހަތިޔާރު ހުރި ގައުމުތަކުން އެ ހަތިޔާރުތައް ދޫކޮށްލުމަކީ އުނދަގޫ ކަމެއްކަން ގަބޫލުކުރައްވަމުން ޓްރަމްޕް އިތުރަށް ވިދާޅުވީ، މި ބައްދަލުވުމުގެ ތެރެއިން ގިނަ ކަންތައްތަކެއް ހާސިލުކުރުމުގެ ފުރުސަތު ލީޑަރުންނަށް އެބައޮތް ކަމަށެވެ.

މި ސަމިޓް ބާއްވަނީ ފެބްރުއަރީ މަހުން ފެށިގެން އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމަ ކުރިއަށްދާ ދަނޑިވަޅެއްގަ އެވެ. ހަމައެއާއެކު، 2022 ވަނަ އަހަރު ފެށުނު ރަޝިއާ-ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. ފަލަސްތީނުގެ ޣައްޒާއަށް އިސްރާއީލުން ދެމުންދާ ހަމަލާތަކާއި، ދެ ދައުލަތުގެ ހައްލާ ގުޅޭގޮތުން ލީޑަރުން މަޝްވަރާ ކުރައްވާނެތޯ އަދި ސާފެއް ނުވެ އެވެ. 

ޕުޓިން، ކިމް އަދި ކާނީއާ ބައްދަލުވުމުގެ ފުރުސަތު ކްރެމްލިންގެ ފޮރިން ޕޮލިސީ އެޑްވައިޒަރު ޔޫރީ އުޝަކޯވް ވިދާޅުވީ، ބުދަ ދުވަހުގެ ރޭ ބާއްވާ ގާލާ ޑިނަރގެ ތެރެއިން ޕުޓިން އާއި ޓްރަމްޕް ބައްދަލުވެވަޑައިގަތުން އެކަށީގެންވާ ކަމަށާއި، ސަމިޓުގެ ތެރޭގައި އެކި ފަހަރުމަތިން ބައްދަލުވުންތައް ބޭއްވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ރަޝިއާގެ ދައުލަތުގެ ނިއުސް އެޖެންސީ 'ޓާސް' އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބައްދަލުވުން ބޭއްވޭ ގޮތަކަށް ބެލުމެއް ނެތި، ޕުޓިން އާއި ޓްރަމްޕް ފުރިހަމަ މަޝްވަރާތަކެއް ކުރައްވާނެ ކަމަށް އުޝަކޯވް ފާހަގަކުރެއްވި އެވެ. މި ދެ ލީޑަރުން އެންމެ ފަހުން ބައްދަލުވެވަޑައިގަތީ 2025 އޮގަސްޓް 15 ގައި އެލަސްކާގެ އެންކަރޭޖްގައި ހުންނަ ޖޮއިންޓް ބޭސް އެލްމެންޑޯފް-ރިޗަޑްސަންގަ އެވެ. އޭގެ ފަހުން ޕުޓިން ގެންދަވަނީ އެމެރިކާގެ މަންދޫބުންނާ ގަވާއިދުން ބައްދަލުކުރައްވަމުންނެވެ.

މީގެ އިތުރުން، ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ ބުދަ ދުވަހު ވިދާޅުވީ، އެ ދުވަހުގެ ވަގުތެއްގައި ޓްރަމްޕާ ބައްދަލުކުރައްވާނެ ކަމަށެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި މި ސަރަހައްދަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންއާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ޕިއޮންގްޔަންގް އިން މިކަން ކަށަވަރުކޮށްދީފައެއް ނުވެ އެވެ. އަދި ދެ ގައުމުގެ މެދުގައި ބޭއްވޭނެ ބައްދަލުވުމެއްގެ ތާވަލު އަދި އިއުލާނެއް ނުކުރެ އެވެ.

ޑޮނަލްޑް ޓްރަމްޕްޝީ ޖިންޕިންވްލަޑިމިއަރ ޕުޓިންއޭޕެކް 2026

އެންމެ ހިނގާ

1

ފެނަކައިގެ ކުރީގެ އެމްޑީ ސައީދުގެ ކިބައިން މަޑަވެލީ ދާއިރާގެ ކުރީގެ މެންބަރު ފިރުޝާން މާފަށް އެދިވަޑައިގެންފި

2

އިސްލާމިކް މިނިސްޓަރުގެ މަގާމު އަދާލަތު ޕާޓީއަށް ދިނުމުގެ މަޝްވަރާތަކެއް ކުރިއަށްދާކަމުގެ އަޑުތައް ފެތުރިއްޖެ

3

ފައިސަލް އާއި އާޒިމްގެ ކެމްޕޭނަށް އެމްޕީއެލް މުވައްޒަފަކު ހުރަސްއަޅައިފި

4

ތިން ދުވަސް ތެރޭ ދެވަނަ ފަހަރަށް އީރާނުން ބަޙްރައިނަށް ހަމަލާދިނުމުން ޢަރަބި ދުނިޔެ ކެކިއަރައިފި

5

ސުވާލު އަމާޒުވި ވަގުތު ހަނު ހުންނެވުމަށްފަހު ފަހުން ބަޔާނެއް ނެރުއްވައި މިނިސްޓަރު އަބްދުﷲ ވިދާޅުވީ ދަބަހުގައި ހުރީ ފުޓުބޯޅަ ކުޅޭ ސާމާނުކަމަށް!

އިތުރަށް ކިޔާލަން

17 ނޮވެމްބަރު 2026

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމާ ގާތްވެއްޖެ: ޓްރަމްޕް

17 ނޮވެމްބަރު 2026
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމާ ގާތްވެއްޖެ: ޓްރަމްޕް
16 ނޮވެމްބަރު 2026

ހުޅަނގު އޭޝިއާގައި ހަރަކާތްތެރިވާ އެމެރިކާގެ މަތިންދާބޯޓު އުފުލާ ދެ މަނަވަރާ 'ޔޫއެސްއެސް ރޫޒެވެލްޓް' ގުޅެނީ

16 ނޮވެމްބަރު 2026
ހުޅަނގު އޭޝިއާގައި ހަރަކާތްތެރިވާ އެމެރިކާގެ މަތިންދާބޯޓު އުފުލާ ދެ މަނަވަރާ 'ޔޫއެސްއެސް ރޫޒެވެލްޓް' ގުޅެނީ
15 ނޮވެމްބަރު 2026

އިހުތިރާމް އަދާކުރުމުގެ ކެމްޕެއިން ފެއްޓެވުމަށް ރައީސް ގެންގުޅުއްވި "ބޯޅަ" ބޮޑު މީމް އަކަށް!

15 ނޮވެމްބަރު 2026
އިހުތިރާމް އަދާކުރުމުގެ ކެމްޕެއިން ފެއްޓެވުމަށް ރައީސް ގެންގުޅުއްވި "ބޯޅަ" ބޮޑު މީމް އަކަށް!
15 ނޮވެމްބަރު 2026

2028 ގެ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އޮކާސިއޯ-ކޮރްތޭޒަށް ނިއު ޔޯކްގެ ޑިމޮކްރެޓިކް ސޯޝަލިސްޓުން ގޮވާލައިފި

15 ނޮވެމްބަރު 2026
2028 ގެ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އޮކާސިއޯ-ކޮރްތޭޒަށް ނިއު ޔޯކްގެ ޑިމޮކްރެޓިކް ސޯޝަލިސްޓުން ގޮވާލައިފި
15 ނޮވެމްބަރު 2026

ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މަޝްވަރާތަކަށް ހިޔަނި އެޅިފައިވަނިކޮށް، ބަޙްރެއިނަށް އީރާނުގެ ވަރުގަދަ ހަމަލާތަކެއް

15 ނޮވެމްބަރު 2026
ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މަޝްވަރާތަކަށް ހިޔަނި އެޅިފައިވަނިކޮށް، ބަޙްރެއިނަށް އީރާނުގެ ވަރުގަދަ ހަމަލާތަކެއް
15 ނޮވެމްބަރު 2026

ޓްރަމްޕްގެ ދަޢުވާތަކާ ޚިލާފަށް، އީރާނުގެ މިސައިލް ޚަޒާނާގެ ބޮޑު ބައެއް އަލުން އިއާދަކޮށްފި

15 ނޮވެމްބަރު 2026
ޓްރަމްޕްގެ ދަޢުވާތަކާ ޚިލާފަށް، އީރާނުގެ މިސައިލް ޚަޒާނާގެ ބޮޑު ބައެއް އަލުން އިއާދަކޮށްފި
14 ނޮވެމްބަރު 2026

އަފްޣާނިސްތާނުގައި އެމެރިކާ ސިފައިން ހިންގި ލާއިންސާނީ ޖަރީމާތަކުގެ ތަހުގީގު އައިސީސީން ހުއްޓާލައިފި

14 ނޮވެމްބަރު 2026
އަފްޣާނިސްތާނުގައި އެމެރިކާ ސިފައިން ހިންގި ލާއިންސާނީ ޖަރީމާތަކުގެ ތަހުގީގު އައިސީސީން ހުއްޓާލައިފި
14 ނޮވެމްބަރު 2026

ޒެލެންސްކީއަށް ޕުޓިންގެ ކުރިމަތީގައި ދޫދެއްވަން މަޖުބޫރުވެއްޖެ

14 ނޮވެމްބަރު 2026
ޒެލެންސްކީއަށް ޕުޓިންގެ ކުރިމަތީގައި ދޫދެއްވަން މަޖުބޫރުވެއްޖެ
14 ނޮވެމްބަރު 2026

އެމެރިކާއިން 2026 ވަނަ އަހަރު ރެކޯޑު އަދަދަކަށް މީހުން ޑީޕޯޓުކޮށް، ހައްޔަރުކޮށްފި

14 ނޮވެމްބަރު 2026
އެމެރިކާއިން 2026 ވަނަ އަހަރު ރެކޯޑު އަދަދަކަށް މީހުން ޑީޕޯޓުކޮށް، ހައްޔަރުކޮށްފި
14 ނޮވެމްބަރު 2026

މުވާސަލާތީ ނިޒާމަށް ދިމާވި މައްސަލައަކާ ގުޅިގެން ގަޑިއިރުތަކަކަށް ހުއްޓާލި އެމެރިކާގެ ވައިގެ އުދުހުންތައް އަލުން ފަށައިފި

14 ނޮވެމްބަރު 2026
މުވާސަލާތީ ނިޒާމަށް ދިމާވި މައްސަލައަކާ ގުޅިގެން ގަޑިއިރުތަކަކަށް ހުއްޓާލި އެމެރިކާގެ ވައިގެ އުދުހުންތައް އަލުން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް