Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނިއުކްލިއާ ހަތިޔާރުގެ މަޝްވަރާ

ޓްރަމްޕް: ނިއުކްލިއާ ހަތިޔާރު މަދުކުރުމަށް އެމެރިކާ އާއި ރަޝިޔާ އަދި ޗައިނާއަށް ހާއްސަ ފުރުސަތުތަކެއް އެބައޮތް: ޓްރަމްޕް

19 ނޮވެމްބަރު 2026 | ބުރާސްފަތި 11:07

ދުނިޔޭގެ ނިއުކްލިއާ ބާރުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ހަތިޔާރު މަދުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ރަޝިޔާ އާއި ޗައިނާގެ ލީޑަރުންނަށް ގޮވާލައްވައިފި. މީގެ އިތުރުން ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށާއި، ބައިނަލްއަގުވާމީ ޖިނާއީ ކޯޓުގެ ނުފޫޒުން ގައުމީ ސިޔާދަތު ރައްކާތެރިކުރުމަށް ތިން ގައުމު ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ޓްރަމްޕް ފާހަގަކުރެއްވި

މަރްޔަމް ދާނިޝް ނަޝީދު
މަރްޔަމް ދާނިޝް ނަޝީދު | 19 ނޮވެމްބަރު 2026 | ބުރާސްފަތި 11:07
ތިން ގައުމެއްގެ މެދުގައި ބޭއްވުނު މަޝްވަރާތަކުގައި، އީރާނުން ނިއުކްލިއާ ހަތިޔާރު ހޯދުން ހުއްޓުވުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރުމަށް އެމެރިކާގެ ރައީސް ބާރުއެޅުއްވި

ތިން ގައުމެއްގެ މެދުގައި ބޭއްވުނު މަޝްވަރާތަކުގައި، އީރާނުން ނިއުކްލިއާ ހަތިޔާރު ހޯދުން ހުއްޓުވުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރުމަށް އެމެރިކާގެ ރައީސް ބާރުއެޅުއްވި | އަނަޑޯލޫ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުރާސްފަތި ދުވަހު ވިދާޅުވީ، ނިއުކްލިއާ ހަތިޔާރު މަދުކުރުމަށާއި އެފަދަ ހަތިޔާރެއް ބޭނުންކޮށްފާނެ ކަމުގެ ބިރު ކުޑަކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް އެމެރިކާ އާއި ރަޝިޔާ އަދި ޗައިނާއަށް ހާއްސަ ފުރުސަތުތަކެއް އެބައޮތް ކަމަށެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގް އާއި ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިންއާއެކު ބޭއްވެވި ތިން ގައުމުގެ މަޝްވަރާތަކުގައި ވާހަކަދައްކަވަމުން، ނިއުކްލިއާ ބާރުތަކުގެ މެދުގައި އޮންނަ ގުޅުން މިހާރަށްވުރެ ބަދަހިކުރުމަށް ޓްރަމްޕް ވަނީ ގޮވާލައްވާފަ އެވެ.

Advertisement - worldAdvertisement

ޓްރަމްޕް ވިދާޅުވީ ދުނިޔޭގެ އެންމެ ބޮޑު ތިން ނިއުކްލިއާ ބާރު ކަމަށްވާ އެމެރިކާ، ރަޝިޔާ އަދި ޗައިނާއަކީ ދުނިޔޭގައި ހުރި ނިއުކްލިއާ ހަތިޔާރުގެ އަދަދު މަދުކުރާނެ ގޮތްތަކާ މެދު މަޝްވަރާކުރުމުގެ އެންމެ ގާބިލުކަން ހުރި ގައުމުތައް ކަމަށެވެ. އަދި އެފަދަ ނުރައްކާތެރި ހަތިޔާރެއް ދުވަހަކު ވެސް ބޭނުންކޮށްފާނެ ކަމުގެ ބިރުވެރިކަން ކުޑަކުރުމަށް މި ތިން ގައުމަށް މަސައްކަތް ކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ނަމަވެސް، ގައުމުތަކުގެ އަތުގައި ހުރި އެތައް ހާސް ހަތިޔާރެއް ދޫކޮށްލުމަކީ ބޮޑެތި ގައުމުތަކުގެ ވެރިންނަށް ނުހަނު އުނދަގޫ ކަމެއްގެ ގޮތުގައި އެމެރިކާގެ ރައީސް ފާހަގަކުރެއްވި އެވެ.

މިކަމާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެތައް ހާސް ހަތިޔާރެއް ހުރިއިރު އެ ތަކެތި ދޫކޮށްލުމަށް ބާރުއެޅި ނަމަވެސް، މި ތިން ގައުމުގެ އިތުރުން މަދު މިންވަރަކަށް ނަމަވެސް ނިއުކްލިއާ ހަތިޔާރު ގެންގުޅޭ އެހެން ގައުމުތައް ވެސް އެބަހުރި ކަމަށެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނިއުކްލިއާ ހަތިޔާރު ފެތުރުން ހުއްޓުވުމަށްޓަކައި ތިން ގައުމުގެ މެދުގައި އޮންނަ އެއްބާރުލުމަކީ މުހިންމު ކަމެއްގެ ގޮތުގައި ޓްރަމްޕް ސިފަކުރެއްވި އެވެ. 

މީގެ އިތުރުން، އިރާނަށް ނިއުކްލިއާ ހަތިޔާރެއް އުފެއްދުމުގެ ފުރުސަތު އެމެރިކާއިން ނުދޭނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ޝެންޒެންގައި ރަޝިޔާގެ ރައީސް ވްލަޑީމިއަރ ޕޫޓިންއާއެކު ކުރިން ބޭއްވެވި ބައްދަލުވުމުގައި ބޮޑަށް އަލިއަޅުއްވާލެއްވީ އެ ހަނގުރާމައިގެ މައްޗަށް ކަމަށް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް ވިދާޅުވީ ކަންތައްތަކެއް ބަދަލުވަމުންދާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެގޮތުން 2022 ވަނަ އަހަރު ފެށުނު މި ހަނގުރާމަ ނިމުމަކަށް އައުމަކީ ރަޝިޔާގެ މޮސްކޯއާއި ޔޫކްރެއިންގެ ކީވްއިން ވެސް ބޭނުންވާނެ ކަމެއް ކަމަށް އުއްމީދުކުރައްވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ޝެންޒެންގައި އޭޝިއާ-ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަން (އޭޕެކް) ސަމިޓް ބޭއްވުމާ ގުޅިގެން ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ޓްރަމްޕް ވަނީ މަރުހަބާ ދަންނަވާފަ އެވެ. އަދި ތިން ގައުމުގެ ލީޑަރުންގެ މެދުގައި ބޭއްވުނު ފުރަތަމަ ބައްދަލުވުމަކީ ތާރީޚީ ބައްދަލުވުމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

އެމެރިކާއާއި، ރަޝިޔާ އަދި ޗައިނާގެ މެދުގައި ހުޅުވާލެވިފައިވާ، އިހުތިރާމް ގާއިމުވެފައިވާ، އަދި ނަތީޖާ ނެރެވޭ ފަދަ މަޝްވަރާތަކެއް ބޭއްވުމަކީ އެ ތިން ގައުމުގެ މައްޗަށް އޮތް ޚާއްސަ ޒިންމާއެއް ކަމަށް ޓްރަމްޕް ފާހަގަކުރެއްވި އެވެ.

މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ވާހަކަދައްކަން ދެކޮޅު ހެދުމުގެ މުސްކުޅި އުސޫލުގެ ދަށުން އެއްވެސް މައްސަލައަކަށް ހައްލެއް ލިބިފައި ނުވާ ކަމަށެވެ. އަދި ގުޅުން ބަދަހިކުރުމަށް ލިބޭ ފުރުސަތުތަކުގެ ބޭނުން ނުހިފައި ދޫކޮށްލައިގެން ދުވަހަކު ވެސް ސުލްހަ ގާއިމުނުކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ބައިނަލްއަގުވާމީ ޖިނާއީ ކޯޓާ (އައިސީސީ) ގުޅޭގޮތުން ހުށަހަޅާ ފިޔަވަޅުތައް

ބައިނަލްއަގުވާމީ ޖިނާއީ ކޯޓުގެ ނުފޫޒުން ގައުމީ ސިޔާދަތު ރައްކާތެރިކުރުމަށްޓަކައި، ޗައިނާ އާއި ރަޝިޔާއާ ގުޅިގެން މަސައްކަތްކުރުމުގެ ޕްލޭނެއް ޓްރަމްޕް ވަނީ އިއުލާން ކުރައްވާފަ އެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި ތިން ގައުމަކީ ވެސް އެ ކޯޓުގެ މެންބަރު ގައުމުތަކެއް ނޫނެވެ.

ޓްރަމްޕް ވިދާޅުވީ، ގައުމުތަކުގެ ސިޔާދަތަށް އަރައިގަންނަ ގްލޯބަލިސްޓް ޖަމާއަތްތަކުން، ހާއްސަކޮށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ގައުމުގެ މިނިވަންކަން ދިފާއުކުރުމަށްޓަކައި، ޗައިނާ އާއި ރަޝިޔާއާ އެކު ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކެއް ހުށަހަޅުއްވާނެ ކަމަށެވެ.

ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ މި ކޯޓަކީ ކޮންޓްރޯލުން ނެއްޓިފައިވާ ތަނެއްގެ ގޮތުގައި ސިފަކުރައްވަމުން، އެ ކޯޓުން އަމަލުކުރަމުންދަނީ އެތަނަށް ލިބިދީފައިވާ ގާނޫނީ އިމުގެ ބޭރުން ކަމަށް ޓްރަމްޕް ތުހުމަތު ކުރެއްވި އެވެ.

އެމެރިކާގެ ރައްޔިތުންގެ މައްޗަށް އެ ކޯޓުގެ އިހުތިސާސް ހިނގާނެ ކަމަށް ބުނާ ބުނުމާ ދެކޮޅަށް އެމެރިކާއިން ޒަމާނުއްސުރެ ވަކާލާތު ކުރަމުންދާއިރު، މިހާރު ވަނީ އެ ކޯޓާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް ވެސް އަޅާފަ އެވެ.

އެމެރިކާގެ މި ނުރުހުން އިތުރަށް ބޮޑުވެގެންދިޔައީ، ޣައްޒާގައި ހިންގާ ހަނގުރާމަވެރި ޖަރީމާތަކާ ގުޅިގެން، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ކުރީގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ހައްޔަރުކުރުމަށް 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެ ކޯޓުން އަމުރު ނެރުމާ ގުޅިގެންނެވެ.

ރަޝިޔާ-ޔޫކްރެއިންޑޮނަލްޑް ޓްރަމްޕްއައިސީސީ

އެންމެ ހިނގާ

1

ފެނަކައިގެ ކުރީގެ އެމްޑީ ސައީދުގެ ކިބައިން މަޑަވެލީ ދާއިރާގެ ކުރީގެ މެންބަރު ފިރުޝާން މާފަށް އެދިވަޑައިގެންފި

2

ދަތުގެ ވޭނަށް ލުޔެއް ހޯދަން ދިޔަ ދަތުރު ނިމުނީ އާއިލާގެ ހިތްތައް ކުދިކުދިކޮށްލި މަރަކުން

3

ގްރެޖުއޭޝަނަށް ބޮޑު ހޭދައެއް ކުރުވުމަށްފަހު، ބޯދިގު ކަމަށް ބުނެ ރެހެންދި ސްކޫލުގެ ގިނަ ދަރިވަރުންތަކެއް ގެއަށް ފޮނުވާލައިފި

4

ޖަލްސާ ބޭއްވުމުގެ ކުރިން ޕީއެންސީއަށް 1 ލައްކަ މެންބަރުން ހަމަކުރުމަށް 1 މިލިއަން ޑޮލަރު ޚަރަދުކުރި!

5

ފައިސަލް އާއި އާޒިމްގެ ކެމްޕޭނަށް އެމްޕީއެލް މުވައްޒަފަކު ހުރަސްއަޅައިފި

އިތުރަށް ކިޔާލަން

18 ނޮވެމްބަރު 2026

ޓްރަމްޕް ޗައިނާއަށް ވަޑައިގެން ދުނިޔޭގެ ސުލްހައަށް މަޝްވަރާކުރައްވަނީ

18 ނޮވެމްބަރު 2026
ޓްރަމްޕް ޗައިނާއަށް ވަޑައިގެން ދުނިޔޭގެ ސުލްހައަށް މަޝްވަރާކުރައްވަނީ
17 ނޮވެމްބަރު 2026

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމާ ގާތްވެއްޖެ: ޓްރަމްޕް

17 ނޮވެމްބަރު 2026
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމާ ގާތްވެއްޖެ: ޓްރަމްޕް
16 ނޮވެމްބަރު 2026

ހުޅަނގު އޭޝިއާގައި ހަރަކާތްތެރިވާ އެމެރިކާގެ މަތިންދާބޯޓު އުފުލާ ދެ މަނަވަރާ 'ޔޫއެސްއެސް ރޫޒެވެލްޓް' ގުޅެނީ

16 ނޮވެމްބަރު 2026
ހުޅަނގު އޭޝިއާގައި ހަރަކާތްތެރިވާ އެމެރިކާގެ މަތިންދާބޯޓު އުފުލާ ދެ މަނަވަރާ 'ޔޫއެސްއެސް ރޫޒެވެލްޓް' ގުޅެނީ
15 ނޮވެމްބަރު 2026

އިހުތިރާމް އަދާކުރުމުގެ ކެމްޕެއިން ފެއްޓެވުމަށް ރައީސް ގެންގުޅުއްވި "ބޯޅަ" ބޮޑު މީމް އަކަށް!

15 ނޮވެމްބަރު 2026
އިހުތިރާމް އަދާކުރުމުގެ ކެމްޕެއިން ފެއްޓެވުމަށް ރައީސް ގެންގުޅުއްވި "ބޯޅަ" ބޮޑު މީމް އަކަށް!
15 ނޮވެމްބަރު 2026

2028 ގެ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އޮކާސިއޯ-ކޮރްތޭޒަށް ނިއު ޔޯކްގެ ޑިމޮކްރެޓިކް ސޯޝަލިސްޓުން ގޮވާލައިފި

15 ނޮވެމްބަރު 2026
2028 ގެ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އޮކާސިއޯ-ކޮރްތޭޒަށް ނިއު ޔޯކްގެ ޑިމޮކްރެޓިކް ސޯޝަލިސްޓުން ގޮވާލައިފި
15 ނޮވެމްބަރު 2026

ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މަޝްވަރާތަކަށް ހިޔަނި އެޅިފައިވަނިކޮށް، ބަޙްރެއިނަށް އީރާނުގެ ވަރުގަދަ ހަމަލާތަކެއް

15 ނޮވެމްބަރު 2026
ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މަޝްވަރާތަކަށް ހިޔަނި އެޅިފައިވަނިކޮށް، ބަޙްރެއިނަށް އީރާނުގެ ވަރުގަދަ ހަމަލާތަކެއް
15 ނޮވެމްބަރު 2026

ޓްރަމްޕްގެ ދަޢުވާތަކާ ޚިލާފަށް، އީރާނުގެ މިސައިލް ޚަޒާނާގެ ބޮޑު ބައެއް އަލުން އިއާދަކޮށްފި

15 ނޮވެމްބަރު 2026
ޓްރަމްޕްގެ ދަޢުވާތަކާ ޚިލާފަށް، އީރާނުގެ މިސައިލް ޚަޒާނާގެ ބޮޑު ބައެއް އަލުން އިއާދަކޮށްފި
14 ނޮވެމްބަރު 2026

އަފްޣާނިސްތާނުގައި އެމެރިކާ ސިފައިން ހިންގި ލާއިންސާނީ ޖަރީމާތަކުގެ ތަހުގީގު އައިސީސީން ހުއްޓާލައިފި

14 ނޮވެމްބަރު 2026
އަފްޣާނިސްތާނުގައި އެމެރިކާ ސިފައިން ހިންގި ލާއިންސާނީ ޖަރީމާތަކުގެ ތަހުގީގު އައިސީސީން ހުއްޓާލައިފި
14 ނޮވެމްބަރު 2026

ޒެލެންސްކީއަށް ޕުޓިންގެ ކުރިމަތީގައި ދޫދެއްވަން މަޖުބޫރުވެއްޖެ

14 ނޮވެމްބަރު 2026
ޒެލެންސްކީއަށް ޕުޓިންގެ ކުރިމަތީގައި ދޫދެއްވަން މަޖުބޫރުވެއްޖެ
14 ނޮވެމްބަރު 2026

އެމެރިކާއިން 2026 ވަނަ އަހަރު ރެކޯޑު އަދަދަކަށް މީހުން ޑީޕޯޓުކޮށް، ހައްޔަރުކޮށްފި

14 ނޮވެމްބަރު 2026
އެމެރިކާއިން 2026 ވަނަ އަހަރު ރެކޯޑު އަދަދަކަށް މީހުން ޑީޕޯޓުކޮށް، ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް