ފުނަދޫ ބަނދަރުގެ ޕެޓްރޯލް ޝެޑްގައި ވަރަށް ބޮޑަށް އަލިފާން ރޯވެ އަނދަނީ
25 އޮކްޓޯބަރު 2026 | އާދީއްތަ 04:21ށ. ފުނަދޫ ބަނދަރު ސަރަހައްދުގައި ހުރި ޕެޓްރޯލް ޝެޑެއްގައި މިއަދު ހެނދުނު ރޯވި އަލިފާންގަނޑު ކައިރީގައި ހުރި ގެއަކަށް ފެތުރި، ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. މި ހާދިސާއާ ގުޅިގެން ރަށުތެރެއަށް ބޯކޮށް ދުން ފެތުރުމުގެ ސަބަބުން ސްކޫލްގެ ކިޔެވުން މެދުކަނޑާލާފައިވާއިރު، ސިފައިންނާއި ފުލުހުން އަދި އާންމުން ގުޅިގެން ދަނީ އަލިފާން ނިއްވުމުގެ މަސައްކަތް ދަނީ ކުރަމުން


ފުނަދޫ ބަނދަރުގެ ޕެޓްރޯލް ޝެޑްގައި ވަރަށް ބޮޑަށް އަލިފާން ރޯވެ އަނދަނީ | ސޯޝަލް މީޑިއާ
ށ. ފުނަދޫ ބަނދަރުގެ ޕެޓްރޯލް ޝެޑްގައި ވަރަށް ބޮޑަށް އަލިފާން ރޯވެއްޖެ އެވެ.
ފުލުހުން ބުނީ، ފުނަދޫ ޕެޓްރޯލް ޝެޑްގައި އަލިފާން ރޯވި ކަމުގެ ރިޕޯޓު ލިބުނީ އާދިއްތަ ދުވަހުގެ ހެނދުނު 8:15 ގައި ކަމަށެވެ.
ވަރަށް ބޮޑަށް އަލިފާން ރޯވެ އަނދަމުންދާއިރު، ރަށު ތެރެއަށް ކަޅު ދުންގަނޑު ވަނީ ވަރަށް ބޮޑަށް ފެތުރިފަ އެވެ.
ރާއްޖެއެމްވީއަށް މައުލޫމާތި ލިބިފައިވާ ގޮތުގައި، ޕެޓްރޯލް ޝެޑު ކައިރީގައި ހުރި ގެއެއްގައި ވެސް ވަނީ އަލިފާން ރޯވެފަ އެވެ. އެ ގޭގައި ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާއިރު، ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
މީގެ އިތުރުން ދުންގަނޑު ވަރަށް ބޮޑަށް ފެތުރިފައިވާތީ، އެ ރަށު ސްކޫލްގެ ކިޔެވުން ވެސް މިހާރު ވަނީ ބަންދުކޮށްފަ އެވެ.
އަލިފާން ނިންވުމުގެ މަސައްކަތުގައި އާއްމު ރައްޔިތުންނާއި ފުލުހުން އަދި އެމްއެންޑީއެފުން ދަނީ ހަރަކާތްތެރިވަމުންނެވެ.
މިހާތަނަށް މި އަލިފާން ރޯވާން މެދުވެރި ސަބަބެއް ނޭނގެ އެވެ.










