Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެށ. ފުނަދޫ

ފުނަދޫ ޕެޓްރޯލް ޝެޑުގައި ރޯވުން: ހާދިސާ އިތުރަށް ތަހުގީގުކުރުމަށް މޭޖަރ ކްރައިމް އިންވެސްޓިގޭޝަންގެ ޓީމެއް އެ ރަށަށް

26 އޮކްޓޯބަރު 2026 | ހޯމަ 05:30

ށ. ފުނަދޫ ޕެޓްރޯލް ޝެޑެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި 18 މީހަކަށް އެކިވަރުގެ އަނިޔާލިބި، ކައިރީގައި ހުރި ގަރާޖުތަކަކާއި ގެއަކަށް ބޮޑެތި ގެއްލުންތަކެއް ވި މި ހާދިސާގެ ސަބަބުން ރަށުން ޕެޓްރޯލް ހުސްވެފައިވާއިރު، އަލިފާން ރޯވާން މެދުވެރިވި ސަބަބު ދެނެގަތުމަށް ފުލުހުންގެ ޚާއްސަ ޓީމަކުން މިހާރު ދަނީ ތަހުގީގު ކުރަމުން

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 26 އޮކްޓޯބަރު 2026 | ހޯމަ 05:30
ށ. ފުނަދޫ ބަނދަރު ސަރަހައްދުގައި ހުރި ތެޔޮ ޝެޑެއްގައި ރޯވި އަލިފާން ނިއްވުމުގެ މަސައްކަތް ސިފައިން ކުރަނީ

ށ. ފުނަދޫ ބަނދަރު ސަރަހައްދުގައި ހުރި ތެޔޮ ޝެޑެއްގައި ރޯވި އަލިފާން ނިއްވުމުގެ މަސައްކަތް ސިފައިން ކުރަނީ | އެމްއެންޑީއެފް

ށ. ފުނަދޫ ބަނދަރު ސަރަހައްދުގައި ހުރި ތެޔޮ ޝެޑެއްގައި އަލިފާން ރޯވެ ހިނގި ނުރައްކާތެރި ހާދިސާ، ފުލުހުންގެ މޭޖަރ ކްރައިމް އިންވެސްޓިގޭޝަންގެ ޚާއްސަ ޓީމަކުން އިތުރަށް ތަހުގީގު ކުރާނެ ކަމަށް ފުލުހުން ބުނެފި އެވެ. 

މި އަލިފާނުގެ ހާދިސާ ހިނގިކަމުގެ ރިޕޯޓު ލިބިފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 8:15 ގަ އެވެ. އަލިފާން އެއްކޮށް ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނީ މެންދުރު 12:05 ގަ އެވެ. މި މަސައްކަތް ކޮށްފައިވަނީ އެމްއެންޑީއެފްގެ އިތުރުން ފުލުހުންނާއި އާއްމު ރައްޔިތުން ގުޅިގެންނެވެ.

Advertisement - newsAdvertisement

ފުލުހުން ބުނީ ފުނަދޫ ޕެޓްރޯލް ޝެޑްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، ޕެޓްރޯލް ޝެޑްގައި ރޯވި އަލިފާންގަނޑު ފެތުރި، އެ ސަރަހައްދުގައި ހުރި ސައިކަލާއި އިންޖީނު މަރާމާތުކުރާ ގަރާޖަކަށާއި، ގުދަނެއްގެ އިތުރުން ވެހިކަލް ޕާކްކުރާ ކުޑަ ގަރާޖަކަށާއި މީހުން ދިރިއުޅެމުންދިޔަ ގެއަކަށް އަލިފާން ފެތުރި އެތަންތަން ބޭނުންނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ޖުމްލަ 18 މީހަކަށް އަނިޔާވެގެންނާއި ސިއްހީ ފަރުވާ ބޭނުންވެގެން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި އޭގެ ތެރޭގައި ދުމުގެ އަސަރުކުރުމުގެ ސަބަބުން ފަރުވާދިން ފަޔަރ ފައިޓަރަކާއި ހޮސްޕިޓަލުގެ މުވައްޒަފެއް ހިމެނޭ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އަނެއް 16 މީހުންނަކީ، ހާދިސާގެ ތެރެއިން އެއްޗެއް ގޮވުމާ ގުޅިގެން ރައްކާތެރިކަން ހޯދުމަށް މަސައްކަތްކުރުމުގެ ތެރޭގައި އެކިވަރުގެ އަނިޔާ ލިބުނު މީހުންނާއި، ކަންބޮޑުވެ ހާސްވުމުގެ ސަބަބުން ސިއްހީ ފަރުވާ ބޭނުންވި މީހުން ކަން ފުލުހުން ވަނީ ހާމަކޮށްފަ އެވެ. 

މި ހާދިސާ ހިނގި ސަރަހައްދު މިހާރު ކޯޑަންކޮށް ބަންދުކޮށްފައިވާ ކަމަށާއި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށާއި، ސީން ޕްރޮސެސްކޮށް ތަހުޤީގުގައި އެހީތެރިވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ މޭޖަރ ކްރައިމް އިންވެސްޓިގޭޝަންގެ ހާއްސަ ޓީމެއް ށ. ފުނަދޫ އަށް ހޯމަ ދުވަހުގެ ދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. 

މި ހާދިސާގެ ސަބަބުން އިންސާނީ އެހީތެރިކަން ފޯރުކޮށްދެންޖެހޭ ފަރާތްތައް ދެނެގަނެ އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް، ނެޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ކޮށްފަ އެވެ.

ފުނަދޫގައި އަމިއްލަ ވިޔަފާރިއަކުން ހަމައެކަނި އޮޕަރޭޓްކުރާ "ފަތްމިނި" ނަމަކަށް ކިޔާ ޕެޓްރޯލް ޝެޑްގައި ރޯވި ސަބަބެއް މިހާތަނަށް ސާފެއްނުވެ އެވެ. 

ޕެޓްރޯލް ޝެޑު އަނދައި ހުލިވުމުން ފުނަދޫ ވަނީ ޕެޓްރޯލަށް ޖެހިފަ އެވެ. އަދި  ޕެޓްރޯލް ލިބޭނެ ގޮތްތައް ހޯދުމަށްޓަކައި ކައުންސިލުން ސަރުކާރާ މަޝްވަރާ ކުރަމުންދާ ކަމަށް މައުލޫމާތު ލިބެ އެވެ. 

ށ. ފުނަދޫމޭޖަރ ކްރައިމް އިންވެސްޓިގޭޝަންއެމްއެންޑީއެފްމޯލްޑިވްސް ނެޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަލިފާނުގެ ހާދިސާ

އެންމެ ހިނގާ

1

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

2

ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!

3

އެމެރިކާއަށް އީރާނުގެ ހަރުކަށި ރައްދެއް، މުޅި ސަރަހައްދުގައި ހަނގުރާމައިގެ "ސުންގަޑި" ކައިރިވަނީ

4

"ވައިޓް ހައުސް ހީވަނީ ޞައްދާމް ހުސައިން ހުޅުއްވި ޗީޒްކޭކް ފެކްޓަރީއެއް ހެން": އޮބާމާގެ ފާޑުކިޔުން ޓްރަމްޕަށް!

5

ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިމާއި ޕްރޮޕަޓީ މިލްކުކުރެވޭ ގޮތަށް ގާނޫނެއް ފާސްކުރުމަށް އޭޖީން މަޖިލީހަށް ފޮނުވަން ތައްޔާރުވެއްޖެ

އިތުރަށް ކިޔާލަން

25 އޮކްޓޯބަރު 2026

ފުނަދޫ ޕެޓްރޯލް ޝެޑުގެ އަލިފާނުގެ ހާދިސާ: އެއްގެ އެއްކޮށް އަނދައި ބޮޑެތި ގެއްލުންތަކެއް!

25 އޮކްޓޯބަރު 2026
ފުނަދޫ ޕެޓްރޯލް ޝެޑުގެ އަލިފާނުގެ ހާދިސާ: އެއްގެ އެއްކޮށް އަނދައި ބޮޑެތި ގެއްލުންތަކެއް!
25 އޮކްޓޯބަރު 2026

ފުނަދޫ ބަނދަރުގެ ޕެޓްރޯލް ޝެޑްގައި ވަރަށް ބޮޑަށް އަލިފާން ރޯވެ އަނދަނީ

25 އޮކްޓޯބަރު 2026
ފުނަދޫ ބަނދަރުގެ ޕެޓްރޯލް ޝެޑްގައި ވަރަށް ބޮޑަށް އަލިފާން ރޯވެ އަނދަނީ
23 އޮކްޓޯބަރު 2026

ވިއްސާރައިގައި އަތޮޅުތަކަށް ބޮޑެތި ގެއްލުންތަކެއް: ހާލަތު ބަލައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެންޑީއެމްއޭ އިން ކުރަނީ

23 އޮކްޓޯބަރު 2026
ވިއްސާރައިގައި އަތޮޅުތަކަށް ބޮޑެތި ގެއްލުންތަކެއް: ހާލަތު ބަލައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެންޑީއެމްއޭ އިން ކުރަނީ
23 އޮކްޓޯބަރު 2026

ހުޅުމާލެ ހިޔާ 11 ވަނަ ޓަވަރުގެ އެޕާޓްމަންޓެއްގައި ހުކުރު ދުވަހު ހަވީރު އަލިފާނުގެ ހާދިސާއެއް ހިނގައިފި

23 އޮކްޓޯބަރު 2026
ހުޅުމާލެ ހިޔާ 11 ވަނަ ޓަވަރުގެ އެޕާޓްމަންޓެއްގައި ހުކުރު ދުވަހު ހަވީރު އަލިފާނުގެ ހާދިސާއެއް ހިނގައިފި
22 އޮކްޓޯބަރު 2026

މާލޭގެ 33 ގެ ހިމެނޭހެން ޖުމްލަ 80 އަށް ވުރެ ގިނަ އިމާރަތަކަށް ފެން ވަދެގެން ރިޕޯޓް ކޮށްފައިވޭ: އެންޑީއެމްއޭ

22 އޮކްޓޯބަރު 2026
މާލޭގެ 33 ގެ ހިމެނޭހެން ޖުމްލަ 80 އަށް ވުރެ ގިނަ އިމާރަތަކަށް ފެން ވަދެގެން ރިޕޯޓް ކޮށްފައިވޭ: އެންޑީއެމްއޭ
09 އޮކްޓޯބަރު 2026

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ އާދިއްތައާ ހަމައަށް ދެމިގެންދާނެ: މެޓް

09 އޮކްޓޯބަރު 2026
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ އާދިއްތައާ ހަމައަށް ދެމިގެންދާނެ: މެޓް
02 އޮކްޓޯބަރު 2026

އަމާން އުދަރެސް 5 ގައި ރޯވެ، އިމާރާތުގެ ފެން ހޮޅިއަކަށް ގެއްލުންވި، ޓަވަރުގެ ބައެއް ޔުނިޓުތަކަށް ފެނާއި ކަރަންޓުގެ ޚިދުމަތް ކެނޑޭނެ: އެފްޑީސީ

02 އޮކްޓޯބަރު 2026
އަމާން އުދަރެސް 5 ގައި ރޯވެ، އިމާރާތުގެ ފެން ހޮޅިއަކަށް ގެއްލުންވި، ޓަވަރުގެ ބައެއް ޔުނިޓުތަކަށް ފެނާއި ކަރަންޓުގެ ޚިދުމަތް ކެނޑޭނެ: އެފްޑީސީ
01 އޮކްޓޯބަރު 2026

ހަތް މީހުންނާއެކު ރާއްޖޭގެ ޚާއްސަ އިގުތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް އަތުލައިގަނެފި

01 އޮކްޓޯބަރު 2026
ހަތް މީހުންނާއެކު ރާއްޖޭގެ ޚާއްސަ އިގުތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް އަތުލައިގަނެފި
30 ސެޕްޓެމްބަރު 2026

ތަހުގީގީ ރިޕޯޓް: ރޯވެފައިވާ އިމާރާތަކަށް ކަރަންޓު ދިނީ ކާކު؟ ކަރަންޓު ނުކަނޑާ އަލިފާން ނިއްވަން އުޅުނީ ގަސްތުގައި ލަސްކުރަންތަ؟

30 ސެޕްޓެމްބަރު 2026
ތަހުގީގީ ރިޕޯޓް: ރޯވެފައިވާ އިމާރާތަކަށް ކަރަންޓު ދިނީ ކާކު؟ ކަރަންޓު ނުކަނޑާ އަލިފާން ނިއްވަން އުޅުނީ ގަސްތުގައި ލަސްކުރަންތަ؟
25 ސެޕްޓެމްބަރު 2026

ހުކުރު ދުވަހުގެރޭ ވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވޭ، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވާން ޖެހޭ: މެޓް

25 ސެޕްޓެމްބަރު 2026
ހުކުރު ދުވަހުގެރޭ ވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވޭ، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވާން ޖެހޭ: މެޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް