Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތައުލީމީ ގާނޫނު

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ނަމުގައި ތައުލީމީ ގާނޫނަށް ގެންނަ ބަދަލުތަކުގެ ފަހަތުގައި ހީލަތްތެރި ސަބަބުތަކެއް އެބަހުރި: އިހުސާން

21 ނޮވެމްބަރު 2026 | ހޮނިހިރު 05:27

ތައުލީމީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ސަބަބުން ސްކޫލްތަކުން ދޭންޖެހޭ ތެރަޕިސްޓުންގެ ފަންނީ އެހީތެރިކަން އުނިވެ، ޚާއްސަ އެހީއަށް ބޭނުންވާ ކުދިން މުޖުތަމައުން އެކަހެރިވެދާނެ ކަމުގެ ކަންބޮޑުވުން ކުރީގެ ޑެޕިއުޓީ މިނިސްޓަރު އިހުސާން ވަނީ ފާޅުކުރައްވާފައި. އޭނާ ވިދާޅުވީ ހޯމް ސްކޫލިންއަކީ މިހާރުވެސް އޮތް ފުރުސަތަކަށްވާއިރު، މި ބަދަލުތަކުގެ ސަބަބުން އިންކްލޫސިވް ތައުލީމުގެ އަސްލު މަގްސަދު ގެއްލިގެންދާނެ ކަމެއް ކަމަށް

އަމްނާ އިމާދު
އަމްނާ އިމާދު | 21 ނޮވެމްބަރު 2026 | ހޮނިހިރު 05:27
ހޮނިހިރު ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވާހަކަ ދައްކަވަނީ

ހޮނިހިރު ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ފުރުސަތު ފަހިކޮށްދިނުމުގެ ނަމުގައި ތައުލީމީ ގާނޫނަށް ހުށަހަޅާފައިވާ ބަދަލުތަކަކީ ކުރަން ނުޖެހޭ ކަމެއް ކަމަށާއި، އޭގެ ފަހަތުގައި ވަނީ ހީލަތްތެރި ސަބަބުތަކެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހުގެ "ފަށާއިރު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ، ޚާއްސަ ހާލަތްތަކުގައި ކުދިންނަށް ގޭގައި ތިބެގެން ކިޔެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ މިހާރު އޮތް ގާނޫނުތަކާއި އުސޫލުތަކުގެ ތެރެއިން ވެސް ފުރުސަތު އޮތް ކަމެއް ކަމަށެވެ. އަދި އެއީ އަލުން ގާނޫނެއް ނުވަތަ ގަވާއިދެއް ހަދައިގެން ފަހިކޮށްދޭންޖެހޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

ދާއިމީ ގޮތެއްގައި ކުދިން ކިޔަވާ ތަނަކީ ގެ ކަމުގައި ހަދައިގެން ހޯމް ސްކޫލިން ކުރިއަށް ގެންދިއުމަކީ ކުދިންގެ ހެދިބޮޑުވުމަށް އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުނުކުރެވޭ ކަމަށް އިހުސާން ވިދާޅުވި އެވެ. ސަރުކާރުގެ ބައެއް މެންބަރުން މަޖިލީހުގައި މިކަން އެހެން ގައުމުތަކުގައި ވެސް އޮންނަ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވި ނަމަވެސް، މި ބަދަލުތަކާ މެދު ކަންބޮޑުވާ މައިގަނޑު ސަބަބުތަކެއް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

މި ބޮޑަށް އެ ބަދަލުތައް ސިފަކުރާނީ މި ކުރަން ނުޖެހޭ ކަމެއް މި ކުރަން ބޭފުޅުން ހިފީމާ އޭގެ ފަހަތުގައި ހީލަތްތެރި ކޮންމެވެސް ސަބަބުތަކެއް ހަގީގަތުގައި ހުންނާނެ. އެހެންވީމާ އޭގައި ހުރި ޑީޓެއިލްސްތަކަށް ކޮންމެވެސް ވަރަކަށް އަޅުގަނޑުމެން ބަލާލިއިރުގައި އެ މަންޒަރު ކޮންމެވެސް ވަރަކަށް އަޅުގަނޑުމެންނަށް އެބަ ފެނޭ
މުހައްމަދު އިހުސާން 

އިހުސާން ވިދާޅުވީ، 2020 ވަނަ އަހަރު ފާސްކުރި ތައުލީމުގެ ގާނޫނުގައި އިންކްލޫސިވް އެޑިއުކޭޝަން ސްކޫލްތަކުގައި ކުރިއެރުވުމަށް ގިނަ ކަންތައްތަކެއް ހިމަނާފައިވާނެ ކަމަށާއި، އޭގެ ތެރޭގައި ސްކޫލްތަކުގެ މުވައްޒަފުންގެ ގޮތުގައި ތެރަޕިސްޓުން ހިމެނުން ހިމެނޭ ކަމަށެވެ.

ނަމަވެސް މިހާރު ހުށަހަޅާފައިވާ ބިލުން ތެރަޕިސްޓުންގެ ބައި އުނިކޮށްފައިވާކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ މިއީ ދަރިވަރުންނަށް ސްކޫލްތަކުން ދޭންޖެހޭ ފަންނީ އެހީތެރިކަން ހުއްޓާލުމާ އެއްފަދަ ކަމެއް ކަމަށެވެ.

މީގެ އިތުރުން އިހުސާން ވިދާޅުވީ، ޚާއްސަ އެހީއަށް ބޭނުންވާ ކުދިން މުޖުތަމައުން އެކަހެރިކޮށް ބާކީކުރުމަކީ ހައްލެއް ނޫން ކަމަށެވެ.

އިންކްލޫސިވް ތައުލީމުގެ ހަގީގީ މާނައަކީ، ސްކޫލްތަކާއި އެ ތަންތަނުން ދޭ ޚިދުމަތްތައް އެ ކުދިންގެ ބޭނުންތަކަށް އެކަށޭނަވާ ގޮތަށް ބައްޓަންކުރުން ކަމަށާއި، އޭގެ ތެރޭގައި އެސިސްޓެންޓް ޓީޗަރުންނާއި އިތުރު އެހީތެރި ވަސީލަތްތައް ފޯރުކޮށްދިނުން ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މުހައްމަދު އިހްސާންހޯމް ސްކޫލިންގއިންކްލޫސިވް އެޑިއުކޭޝަން

އެންމެ ހިނގާ

1

ދަތުގެ ވޭނަށް ލުޔެއް ހޯދަން ދިޔަ ދަތުރު ނިމުނީ އާއިލާގެ ހިތްތައް ކުދިކުދިކޮށްލި މަރަކުން

2

ގްރެޖުއޭޝަނަށް ބޮޑު ހޭދައެއް ކުރުވުމަށްފަހު، ބޯދިގު ކަމަށް ބުނެ ރެހެންދި ސްކޫލުގެ ގިނަ ދަރިވަރުންތަކެއް ގެއަށް ފޮނުވާލައިފި

3

2028 ގެ އިންތިޚާބަށްފަހު އެއްބަސްވުން ބާތިލުވެދާނެތީ، ފެންނަ ނުފެންނަ ވޯޓަކާ ނުލައި ސޮއިނުކުރުމަށް އެދި އަލައްބާރު އަށް ސިޓީއެއް!

4

ޖަލްސާ ބޭއްވުމުގެ ކުރިން ޕީއެންސީއަށް 1 ލައްކަ މެންބަރުން ހަމަކުރުމަށް 1 މިލިއަން ޑޮލަރު ޚަރަދުކުރި!

5

އެއް ލައްކަ މެންބަރުން ހަމަވި ކަމަށް ބުނެ އުފާފާޅުކުރި ޕީއެންސީގެ މެންބަރުންގެ އަދަދު އަނެއްކާވެސް ދަށަށް

އިތުރަށް ކިޔާލަން

03 ނޮވެމްބަރު 2026

ހޯމް ސްކޫލިންގ ކޮންސެޕްޓް ގެނައުމުގެ ސަބަބުން ވަރަށް ގިނަ ކުދިން ތައުލީމީ ނިޒާމުގެ ތެރެއިން ބާކީވެގެންދާނެ: އިހުސާން

03 ނޮވެމްބަރު 2026
ހޯމް ސްކޫލިންގ ކޮންސެޕްޓް ގެނައުމުގެ ސަބަބުން ވަރަށް ގިނަ ކުދިން ތައުލީމީ ނިޒާމުގެ ތެރެއިން ބާކީވެގެންދާނެ: އިހުސާން
30 އޮކްޓޯބަރު 2026

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އިންކްލޫސިވް އެޑިއުކޭޝަން ފޯރުކޮށްދިނުމުގެ ބަދަލުގައި އެ ކުދިން ވަކިކުރުމަކީ މާޒީވެ ގޮސްފައިވާ އުސޫލެއް: އިހުސާން

30 އޮކްޓޯބަރު 2026
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އިންކްލޫސިވް އެޑިއުކޭޝަން ފޯރުކޮށްދިނުމުގެ ބަދަލުގައި އެ ކުދިން ވަކިކުރުމަކީ މާޒީވެ ގޮސްފައިވާ އުސޫލެއް: އިހުސާން
19 އޮކްޓޯބަރު 2026

ރަސްމާލޭގައި އީގަލް ހިލްސްއިން ހިންގަން އުޅޭ މަޝްރޫއުގެ އެއްވެސް ކަމެއް ސާފުނުވާތީ، މިއީ ރާއްޖެއަށް ހުރި ވަރަށް ބޮޑު ނުރައްކަލެއްކަން ހާމަވޭ: އިހުސާން

19 އޮކްޓޯބަރު 2026
ރަސްމާލޭގައި އީގަލް ހިލްސްއިން ހިންގަން އުޅޭ މަޝްރޫއުގެ އެއްވެސް ކަމެއް ސާފުނުވާތީ، މިއީ ރާއްޖެއަށް ހުރި ވަރަށް ބޮޑު ނުރައްކަލެއްކަން ހާމަވޭ: އިހުސާން
20 ސެޕްޓެމްބަރު 2026

މި ސަރުކާރުން ހޮސްޕިޓަލު އެޅުމުގެ ނަމުގައި ރަށްރަށުގައި ފެށި ޕްރޮޖެކްޓުތައް ބަލިމަޑުކަން އުފެދޭ ސަބަބަކަށް އެބަވޭ: އިހުސާން

20 ސެޕްޓެމްބަރު 2026
މި ސަރުކާރުން ހޮސްޕިޓަލު އެޅުމުގެ ނަމުގައި ރަށްރަށުގައި ފެށި ޕްރޮޖެކްޓުތައް ބަލިމަޑުކަން އުފެދޭ ސަބަބަކަށް އެބަވޭ: އިހުސާން
02 ސެޕްޓެމްބަރު 2026

ރަށްރަށުގައި ދިރިއުޅޭ އާއިލާތަކަށް އާމްދަނީ ހޯދަން މަސައްކަތް ކުރެވޭނެ ގޮތެއް ނެތް، މިހާރު ކަޑައްތު ކުރަމުންދާ މުއްދަތުގައި ހޯދަނީ ދިރިތިބޭނެ ގޮތެއް: އިހުސާން

02 ސެޕްޓެމްބަރު 2026
ރަށްރަށުގައި ދިރިއުޅޭ އާއިލާތަކަށް އާމްދަނީ ހޯދަން މަސައްކަތް ކުރެވޭނެ ގޮތެއް ނެތް، މިހާރު ކަޑައްތު ކުރަމުންދާ މުއްދަތުގައި ހޯދަނީ ދިރިތިބޭނެ ގޮތެއް: އިހުސާން
06 ޖުލައި 2026

ސަރުކާރުގެ ހަޑިވެފައިވާ މޫނުމަތި ޕީއާރް ބޭނުންކޮށްގެން ރީއްޗެއް ނުކުރެވޭނެ: އިހުސާން

06 ޖުލައި 2026
ސަރުކާރުގެ ހަޑިވެފައިވާ މޫނުމަތި ޕީއާރް ބޭނުންކޮށްގެން ރީއްޗެއް ނުކުރެވޭނެ: އިހުސާން
07 ޑިސެމްބަރު 2025

ގްރޭޑް 10ގެ ދަރިވަރުން ގެ އިމްތިހާނަށް ތައްޔާރުވާން ލިބޭ އެންމެ މުހިންމު ދުވަސްވަރު ސްކޫލުތައް ޗުއްޓީ އަށް، މިނިސްޓްރީ ގެ ބަހެއް ނެތް

07 ޑިސެމްބަރު 2025
ގްރޭޑް 10ގެ ދަރިވަރުން ގެ އިމްތިހާނަށް ތައްޔާރުވާން ލިބޭ އެންމެ މުހިންމު ދުވަސްވަރު ސްކޫލުތައް ޗުއްޓީ އަށް، މިނިސްޓްރީ ގެ ބަހެއް ނެތް
02 ޑިސެމްބަރު 2025

ޔުނިފޯމުގެ ކުލަތައް ބަދަލުކުރުމުގެ ފަހަތުގައި ހަމަޖެހޭ އުސޫލެއް އަސާސެއް ނެތް: އިހުސާން

02 ޑިސެމްބަރު 2025
ޔުނިފޯމުގެ ކުލަތައް ބަދަލުކުރުމުގެ ފަހަތުގައި ހަމަޖެހޭ އުސޫލެއް އަސާސެއް ނެތް: އިހުސާން
08 އޯގަސްޓު 2025

11-12 ގައި ޕްރައިވެޓް ސްކޫލްތަކުގައި ކިޔަވާ ނަމަ ސަރުކާރުން ފީ ނުދެއްކުމަކީ ދަރިވަރުންނަށް ދިން އަނިޔާ އެއް : އިހުސާން

08 އޯގަސްޓު 2025
11-12 ގައި ޕްރައިވެޓް ސްކޫލްތަކުގައި ކިޔަވާ ނަމަ ސަރުކާރުން ފީ ނުދެއްކުމަކީ ދަރިވަރުންނަށް ދިން އަނިޔާ އެއް : އިހުސާން
24 ނޮވެމްބަރު 2024

މި ސަރުކާރުން އަރަބިއްޔާ ސްކޫލު ބޭނުންކުރަނީ ސިޔާސީ ޓޫލެއްގެ ގޮތުގައި: އިހުސާން

24 ނޮވެމްބަރު 2024
މި ސަރުކާރުން އަރަބިއްޔާ ސްކޫލު ބޭނުންކުރަނީ ސިޔާސީ ޓޫލެއްގެ ގޮތުގައި: އިހުސާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް