Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމ. މުލި

މި ސަރުކާރުން ހޮސްޕިޓަލު އެޅުމުގެ ނަމުގައި ރަށްރަށުގައި ފެށި ޕްރޮޖެކްޓުތައް ބަލިމަޑުކަން އުފެދޭ ސަބަބަކަށް އެބަވޭ: އިހުސާން

20 ސެޕްޓެމްބަރު 2026 | އާދީއްތަ 13:43

މ. މުލީގައި ހޮސްޕިޓަލް އެޅުމަށް ކޮނުނު ވަޅުގަނޑުތަކުގައި ފެން ހެދި މަދިރި އާލާވުމުގެ ސަބަބުން، ރަށުގައި ޑެންގޫ ހުން ފެތުރި ކުއްޖަކު ނިޔާވެފައިވާ ކަމަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވެއްޖެ. ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ހުއްޓި، ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިފައިވާކަން ފާހަގަކުރައްވައި، އޭނާ ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 20 ސެޕްޓެމްބަރު 2026 | އާދީއްތަ 13:43
ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި އިހުސާން ވާހަކަދައްކަވަނީ

ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި އިހުސާން ވާހަކަދައްކަވަނީ | ރާއްޖެ އެމްވީ

މިސަރުކާރުން ހޮސްޕިޓަލު އެޅުމުގެ ނަމުގައި ރަށްރަށުގައި ފެށި ޕްރޮޖެކްޓްތައް، އެ ރަށްރަށުގައި ބަލިމަޑުކަން އުފެދޭ ސަބަބަކަށް ވަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ މ. މުލީގައި މި ސަރުކާރުން ހޮސްޕިޓަލު އަޅަން ކަމަށް ބުނެ ކޮނުނު ވަޅުގަނޑުގައި ފެން ހެދިފައިވުމުން، ރަށުގައި މަދިރި އާލާވެ، ޑެންގޫ ފަދަ ބަލިތައް ރަށުތެރޭގައި ފެތުރުނު ކަމަށެވެ. 

Advertisement - newsAdvertisement

އިހުސާން ވަނީ ޑެންގޫ ޖެހިގެން 17 އަހަރުގެ ކުއްޖަކު ވެސް މުލީގައި ނިޔާވެފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެތަށް ބަޔަކު އެކަމުގެ ތަކުލީފު އުފުލަމުން ދާއިރު މިވަގުތު ވެސް ބަލިމަޑުކަން ފެތުރެމުންދާކަމަށް އޭނާ ވިދާޅުވި އެވެ. 

ހޮސްޕިޓަލެއް ނުވަތަ ރައްޔިތުންނަށް ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށް ބުނެ ފަށާ ޕްރޮޖެކްޓަކުން އަދި އެ ޕްރޮޖެކްޓު ކުރިއަށް ނުދިއުމުގެ އިތުރުން އެކަންކަން މިވަނީ ރަށުގައި ބަލިމަޑުކަން އުފެދޭ ސަބަބަކަށް، ބަލިމަޑުކަން ނެތިނުގޮސް މިއޮންނަނީ އަބަދު އެގޮތަށް 
މުހައްމަދު އިހުސާން

އިހުސާން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެއްވެސް ކަހަލަ ތާކުންތާކު ޖެހޭ ސިޔާސަތެއް ތަންފީޒުނުކުރާ ކަމަށާއި ކުރާ ކަމަކުން ވެސް ރައްޔިތުންނަށް ފައިދާއެއް ނުވާތަނުގައި ވަނީ ގެއްލުން ކަމަށެވެ. 

މީގެ އިތުރުން، އިހުސާން ވަނީ އަސާސީ ބޭސް ނުލިބުމުގެ މައްސަލައިގައި މީގެ ކުރިން ރައީސް މުއިއްޒު، މީޑިއާތަކުން ދޮގު ހަދަނީ ކަމަށާއި، ބޭސް އެތެރެކުރާ މީހުންނަކީ މާފިއާ މީހުން އަދި ގައްދާރުން ކަމަށް ވިދާޅުވި ނަމަވެސް، މިހާރު ބޭސް ނުލިބޭކަމަށް އިއުތިރާފްވެވަޑައިގަންނަވާފައިވާކަން ފާހަގަކުރައްވާފަ އެވެ. 

ރައީސް މުއިއްޒުގެ މިސަރުކާރުން އަންނަނީ މަޝްރޫއުތައް ހިންގުމުގެ ނަމުގައި ރަށްރަށުގައި ބިންގާ އެޅައި ވަޅުތައް ކޮންނަމުންނެވެ. ނަމަވެސް ފަށާފައިވާ މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށް ނުދާކަން ކޮންމެ ރަށަކުން ވެސް އަންނަނީ ފާހަގަކުރަމުންނެވެ.  އަދި މަޝްރޫއުތައް ކުރިއަށް ނުދަނީ ފައިނޭންސް ހަމަނުޖެހިގެން ކަމަށް ވެސް ރަށްރަށުގެ ކައުންސިލްތަކުން އަންނަނީ ބުނަމުންނެވެ. 

މުހައްމަދު އިހްސާންމުއިއްޒު ސަރުކާރުމ. މުލި

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

4

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

5

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

އިތުރަށް ކިޔާލަން

02 ސެޕްޓެމްބަރު 2026

ރަށްރަށުގައި ދިރިއުޅޭ އާއިލާތަކަށް އާމްދަނީ ހޯދަން މަސައްކަތް ކުރެވޭނެ ގޮތެއް ނެތް، މިހާރު ކަޑައްތު ކުރަމުންދާ މުއްދަތުގައި ހޯދަނީ ދިރިތިބޭނެ ގޮތެއް: އިހުސާން

02 ސެޕްޓެމްބަރު 2026
ރަށްރަށުގައި ދިރިއުޅޭ އާއިލާތަކަށް އާމްދަނީ ހޯދަން މަސައްކަތް ކުރެވޭނެ ގޮތެއް ނެތް، މިހާރު ކަޑައްތު ކުރަމުންދާ މުއްދަތުގައި ހޯދަނީ ދިރިތިބޭނެ ގޮތެއް: އިހުސާން
24 ޖުލައި 2026

އައްޑޫ ސިޓީގެ އިހްތިސާސުން ސަވާހިލި ވަކިކުރުމަކީ އެ ސިޓީގެ ތަރައްގީއަށް ހުރަސްއެޅުމަށް ހިންގާފައިވާ ހަޑިހުތުރު އަމަލެއް: އެމްޑީޕީ

24 ޖުލައި 2026
އައްޑޫ ސިޓީގެ އިހްތިސާސުން ސަވާހިލި ވަކިކުރުމަކީ އެ ސިޓީގެ ތަރައްގީއަށް ހުރަސްއެޅުމަށް ހިންގާފައިވާ ހަޑިހުތުރު އަމަލެއް: އެމްޑީޕީ
21 ޖުލައި 2026

ކަމަދޫ ފެނަކަ ބްރާންޗުގެ މުވައްޒަފުން ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ ތެރެއިން ގިނަ ދުވަސްވީ މުވައްޒަފުންތަކެއް ގޭގައި މަޑުކުރަން އަންގައިފި

21 ޖުލައި 2026
ކަމަދޫ ފެނަކަ ބްރާންޗުގެ މުވައްޒަފުން ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ ތެރެއިން ގިނަ ދުވަސްވީ މުވައްޒަފުންތަކެއް ގޭގައި މަޑުކުރަން އަންގައިފި
06 ޖުލައި 2026

ސަރުކާރުގެ ހަޑިވެފައިވާ މޫނުމަތި ޕީއާރް ބޭނުންކޮށްގެން ރީއްޗެއް ނުކުރެވޭނެ: އިހުސާން

06 ޖުލައި 2026
ސަރުކާރުގެ ހަޑިވެފައިވާ މޫނުމަތި ޕީއާރް ބޭނުންކޮށްގެން ރީއްޗެއް ނުކުރެވޭނެ: އިހުސާން
12 މާރިޗު 2026

ހަނގުރާމައެއް ފެށުމުން އެކަމާ ކަންބޮޑުވާނެ ކަމެއް ނެތޭ ޤައުމުގެ ވެރިޔާ ވިދާޅުވި ހިސާބުން އެނގުނީ ސަރުކާރު އެފަދަ ޙާލަތަކަށް ތައްޔާރު ނޫންކަން: އިޙުސާން

12 މާރިޗު 2026
ހަނގުރާމައެއް ފެށުމުން އެކަމާ ކަންބޮޑުވާނެ ކަމެއް ނެތޭ ޤައުމުގެ ވެރިޔާ ވިދާޅުވި ހިސާބުން އެނގުނީ ސަރުކާރު އެފަދަ ޙާލަތަކަށް ތައްޔާރު ނޫންކަން: އިޙުސާން
02 މާރިޗު 2026

ތެލާއި ކާބޯތަކެއްޗަށް ދަތިކަމެއް ނާންނާނެ، އެކަން އޮތީ ހަމަޖެހިފައި: ރައީސް މުއިއްޒު

02 މާރިޗު 2026
ތެލާއި ކާބޯތަކެއްޗަށް ދަތިކަމެއް ނާންނާނެ، އެކަން އޮތީ ހަމަޖެހިފައި: ރައީސް މުއިއްޒު
07 ޑިސެމްބަރު 2025

ގްރޭޑް 10ގެ ދަރިވަރުން ގެ އިމްތިހާނަށް ތައްޔާރުވާން ލިބޭ އެންމެ މުހިންމު ދުވަސްވަރު ސްކޫލުތައް ޗުއްޓީ އަށް، މިނިސްޓްރީ ގެ ބަހެއް ނެތް

07 ޑިސެމްބަރު 2025
ގްރޭޑް 10ގެ ދަރިވަރުން ގެ އިމްތިހާނަށް ތައްޔާރުވާން ލިބޭ އެންމެ މުހިންމު ދުވަސްވަރު ސްކޫލުތައް ޗުއްޓީ އަށް، މިނިސްޓްރީ ގެ ބަހެއް ނެތް
02 ޑިސެމްބަރު 2025

ޔުނިފޯމުގެ ކުލަތައް ބަދަލުކުރުމުގެ ފަހަތުގައި ހަމަޖެހޭ އުސޫލެއް އަސާސެއް ނެތް: އިހުސާން

02 ޑިސެމްބަރު 2025
ޔުނިފޯމުގެ ކުލަތައް ބަދަލުކުރުމުގެ ފަހަތުގައި ހަމަޖެހޭ އުސޫލެއް އަސާސެއް ނެތް: އިހުސާން
23 ސެޕްޓެމްބަރު 2025

މެއި މަހު އިއުލާންކުރެއްވި މުލީ 300 ހައުސިންގ ޔުނިޓުގެ މަސައްކަތް ފެށޭނީ އަންނަ އަހަރު ދެ ބަޔަކަށް ބަހާލައިގެން ކަމަށް ރައީސް ވިދާޅުވެއްޖެ

23 ސެޕްޓެމްބަރު 2025
މެއި މަހު އިއުލާންކުރެއްވި މުލީ 300 ހައުސިންގ ޔުނިޓުގެ މަސައްކަތް ފެށޭނީ އަންނަ އަހަރު ދެ ބަޔަކަށް ބަހާލައިގެން ކަމަށް ރައީސް ވިދާޅުވެއްޖެ
06 ސެޕްޓެމްބަރު 2025

މަސްތުވާތަކެތީގެ ތުހުމަތުގައި މ. މުލިން ހައްޔަރުކުރި މީހާގެ ބަންދަށް 30 ދުވަސް އިތުރުކޮށްފި

06 ސެޕްޓެމްބަރު 2025
މަސްތުވާތަކެތީގެ ތުހުމަތުގައި މ. މުލިން ހައްޔަރުކުރި މީހާގެ ބަންދަށް 30 ދުވަސް އިތުރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް