Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަރުކާރުގެ ސިޔާސަތުތައް

ސަރުކާރުގެ ހަޑިވެފައިވާ މޫނުމަތި ޕީއާރް ބޭނުންކޮށްގެން ރީއްޗެއް ނުކުރެވޭނެ: އިހުސާން

6 ޖުލައި 2026 | ހޯމަ 05:26

ދިވެހިބަހާއި ސަގާފަތާ ބެހޭ ވުޒާރާގެ މޫނުމަތި ރީތިކުރަން ޕީއާރް ބަޔަކު ހޯދަނީ ސަރުކާރުގެ ހަރުދަނާކަމެއް ނެތް ސިޔާސަތުތައް ފޮރުވަން ކަމަށް ބުނެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ފާޑުވިދާޅުވެއްޖެ. ޅެމުން ބަލިތަކަށް ފަރުވާ ދިނުން ފަދަ ދިރާސާކުރުމެއް ނެތް ކަންކަން އިއުލާނުކުރުމުން މިނިސްޓްރީގެ އަގުވެއްޓިފައިވާ ކަމަށާއި، ކިތަންމެ ބޮޑު ހޭދައެއް ކޮށްގެން ޕީއާރް މަސައްކަތް ކުރި ނަމަވެސް ގެއްލިފައިވާ އިތުބާރު އަނބުރާ ނުހޯދޭނެ ކަމަށް އޭނާ ފާހަގަކުރެއްވި. ސަރުކާރުގެ މިފަދަ އަމަލުތަކުގެ ސަބަބުން ދިވެހި ބަހާއި ތަރިކައަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށްވެސް އިހުސާން ތުހުމަތު ކުރެއްވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 6 ޖުލައި 2026 | ހޯމަ 05:26
ކުރީގެ ޑެޕިއުޓީ މިނިސްޓަރ، އަދި އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު މުހައްމަދު އިހުސާން.

ކުރީގެ ޑެޕިއުޓީ މިނިސްޓަރ، އަދި އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު މުހައްމަދު އިހުސާން. | ރާއްޖެ އެމްވީ

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ މޫނުމަތި ރީތިކުރުމަށްޓަކައި ޕަބްލިކް ރިލޭޝަންސް ނުވަތަ ޕީއާރް މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކުރުމަކީ، ސަރުކާރުގެ ހަރުދަނާކަމެއް ނެތް ސިޔާސަތުތައް ފޮރުވަން ކުރާ މަސައްކަތެއް ކަމަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ، އަދި އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު މުހައްމަދު އިހުސާން ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިހުސާން ވަނީ ސަރުކާރުން މިހާތަނަށް ގެންގުޅެފައިވާ ބައެއް ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

Advertisement - newsAdvertisement

އިހުސާން ވިދާޅުވީ ހެރިޓޭޖް މިނިސްޓްރީގެ މޫނުމަތި ރީތިކުރަން ބަޔަކު ހޯދަން އިއުލާނުކުރި ޚަބަރު ފެނުމާއެކު، ފުރަތަމަވެސް ހިތަށް އެރީ މި ސަރުކާރުން ގެންގުޅޭ ހަރުދަނާކަމެއް ނެތް ސިޔާސަތުތަކުގެ ވާހަކަ ކަމަށެވެ. އެގޮތުން ޅެމުން ބަލިތަކަށް ފަރުވާ ދިނުން ފަދަ ސަރުކާރުން އަލަށް އިއުލާނުކުރި ބައެއް ސިޔާސަތުތަކަކީ އެކަށީގެންވާ ގޮތެއްގައި ދިރާސާކޮށް، ބަލަންޖެހޭ ކަންކަން ބެލުމެއް ނެތި އިއުލާނުކޮށްފައިވާ ކަންކަން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އެ ވާހަކަ ޚަބަރުތަކުން ފެނުމާއެކު ހިތަށް އެރީ ސަރުކާރުން ގެންގުޅޭ ހަރުދަނާކަމެއް ނެތް ސިޔާސަތުތަކުގެ ވާހަކަ، މިސާލަކަށް ޅެމުން ފަރުވާ ދިނުން ފަދަ ސަރުކާރުން އަލަށް އިއުލާނު ކުރި ބައެއް ސިޔާސަތުތަކަކީ އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރެވިފައި ނެތް، އަދި ބަލަންޖެހޭ ކަންކަން ބެލުމެއް ނެތި އިއުލާނުކުރި ސިޔާސަތުތަކެއް.
ކުރީގެ ޑެޕިއުޓީ މިނިސްޓަރ، އަދި އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު މުހައްމަދު އިހުސާން

މިފަދަ ހަމަނުޖެހޭ ސިޔާސަތުތަކުގެ ސަބަބުން މުޅި މިނިސްޓްރީގެ އަގު ވެއްޓި، މޫނުމަތި ހަޑިވެގެން ގޮސްފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ. އަދި މިހާރު ސަރުކާރުން އެ ކުރާ މަސައްކަތަކީ އެކަންކަން ރަނގަޅުކޮށް، އާންމުންގެ މެދުގައި އޮތް ނުބައި ތަސައްވުރު ބަދަލުކުރުން ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

ނަމަވެސް، ކިތަންމެ ރީތި ފައުންޑޭޝަނެއް ލީ ނަމަވެސް، އޭގެ މައްޗަށް ކުރެވޭ އިމާރާތަކީވެސް އެފަދަ ރީތި ތަނަކަށް ވާންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ސަރުކާރުން މިހާތަނަށް އިއުލާނުކުރި އެއްވެސް ސިޔާސަތަކުން ރައްޔިތަކަށް ވީ އެއްވެސް މަންފާއެއް ނެތް ކަމަށްވެސް އިހުސާން ވިދާޅުވި އެވެ. އޭގެ ބަދަލުގައި ދިވެހި ސަގާފަތާއި، ބަހާއި، އަދި ތަރިކައަށްވެސް މި ސަރުކާރުން މިހާތަނަށް ދީފައިވަނީ ބޮޑެތި ގެއްލުންތަކެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އިހުސާންގެ ވާހަކަ ނިންމާލަމުން ވިދާޅުވީ، ހަރުދަނާ ކަމެއް ނެތް ސިޔާސަތުތަކެއް ރީތިކުރަން ކިތަންމެ ބޮޑު ހޭދައެއްކޮށްގެން ޕީއާރް މަސައްކަތް ކުރި ނަމަވެސް، ދެން އެކަން ރީތި ނުކުރެވޭނެ ކަމަށެވެ. ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ރައްޔިތުންގެ އިތުބާރު ގެއްލިފައިވާކަން އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.

މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖުމުހައްމަދު އިހްސާންޅެމުން ފަރުވާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

25 ޖޫން 2026

100 އަހަރަށްވުރެ ގިނަ ދުވަސްވީ އުސްގެކޮޅަށް ގެއްލުންދިން މައްސަލަ އެއް ފުލުހުންނާ ގުޅިގެން ބަލަން ފަށައިފި

25 ޖޫން 2026
100 އަހަރަށްވުރެ ގިނަ ދުވަސްވީ އުސްގެކޮޅަށް ގެއްލުންދިން މައްސަލަ އެއް ފުލުހުންނާ ގުޅިގެން ބަލަން ފަށައިފި
05 ޖެނުއަރީ 2026

ޅެމުން ފަރުވާ ދެނީ ކޮންކޮން ބަލިތަކަކަށްތޯ ސުވާލު ކުރުމުން ހެލްތް މިނިސްޓަރު ވިދާޅުވީ އެކަމުގެ މައުލޫމާތު ހެލްތު މިނިސްޓްރީ އަކަށް ނޭނގޭ ކަމަށް

05 ޖެނުއަރީ 2026
ޅެމުން ފަރުވާ ދެނީ ކޮންކޮން ބަލިތަކަކަށްތޯ ސުވާލު ކުރުމުން ހެލްތް މިނިސްޓަރު ވިދާޅުވީ އެކަމުގެ މައުލޫމާތު ހެލްތު މިނިސްޓްރީ އަކަށް ނޭނގޭ ކަމަށް
27 ޑިސެމްބަރު 2025

ޅެމުން ފަރުވާ ދިނުމާއި މެދު ފުލުހުންނާއި އެކު މަޝްވަރާ ކުރި ކަމަށް ފުލުހުން ބުނިތާ 8 މަސް ފަހުން ވަޒީރު އެކަން ދޮގުކުރައްވައިފި، ވިދާޅުވީ އެ ވާހަކަ ފެނުނީ މީޑީއާ އިން ކަމަށް

27 ޑިސެމްބަރު 2025
ޅެމުން ފަރުވާ ދިނުމާއި މެދު ފުލުހުންނާއި އެކު މަޝްވަރާ ކުރި ކަމަށް ފުލުހުން ބުނިތާ 8 މަސް ފަހުން ވަޒީރު އެކަން ދޮގުކުރައްވައިފި، ވިދާޅުވީ އެ ވާހަކަ ފެނުނީ މީޑީއާ އިން ކަމަށް
07 ޑިސެމްބަރު 2025

ގްރޭޑް 10ގެ ދަރިވަރުން ގެ އިމްތިހާނަށް ތައްޔާރުވާން ލިބޭ އެންމެ މުހިންމު ދުވަސްވަރު ސްކޫލުތައް ޗުއްޓީ އަށް، މިނިސްޓްރީ ގެ ބަހެއް ނެތް

07 ޑިސެމްބަރު 2025
ގްރޭޑް 10ގެ ދަރިވަރުން ގެ އިމްތިހާނަށް ތައްޔާރުވާން ލިބޭ އެންމެ މުހިންމު ދުވަސްވަރު ސްކޫލުތައް ޗުއްޓީ އަށް، މިނިސްޓްރީ ގެ ބަހެއް ނެތް
02 ޑިސެމްބަރު 2025

ޔުނިފޯމުގެ ކުލަތައް ބަދަލުކުރުމުގެ ފަހަތުގައި ހަމަޖެހޭ އުސޫލެއް އަސާސެއް ނެތް: އިހުސާން

02 ޑިސެމްބަރު 2025
ޔުނިފޯމުގެ ކުލަތައް ބަދަލުކުރުމުގެ ފަހަތުގައި ހަމަޖެހޭ އުސޫލެއް އަސާސެއް ނެތް: އިހުސާން
08 އޯގަސްޓު 2025

11-12 ގައި ޕްރައިވެޓް ސްކޫލްތަކުގައި ކިޔަވާ ނަމަ ސަރުކާރުން ފީ ނުދެއްކުމަކީ ދަރިވަރުންނަށް ދިން އަނިޔާ އެއް : އިހުސާން

08 އޯގަސްޓު 2025
11-12 ގައި ޕްރައިވެޓް ސްކޫލްތަކުގައި ކިޔަވާ ނަމަ ސަރުކާރުން ފީ ނުދެއްކުމަކީ ދަރިވަރުންނަށް ދިން އަނިޔާ އެއް : އިހުސާން
24 ނޮވެމްބަރު 2024

މި ސަރުކާރުން އަރަބިއްޔާ ސްކޫލު ބޭނުންކުރަނީ ސިޔާސީ ޓޫލެއްގެ ގޮތުގައި: އިހުސާން

24 ނޮވެމްބަރު 2024
މި ސަރުކާރުން އަރަބިއްޔާ ސްކޫލު ބޭނުންކުރަނީ ސިޔާސީ ޓޫލެއްގެ ގޮތުގައި: އިހުސާން
16 ޖުލައި 2023

އިދިކޮޅުގެ މެނިފެސްޓޯއިން އެންމެ ގިނައިން އިވޭ ވައުދަކީ ވައްޓާލުމާއި ރޫޅާލުން: އިހްސާން

16 ޖުލައި 2023
އިދިކޮޅުގެ މެނިފެސްޓޯއިން އެންމެ ގިނައިން އިވޭ ވައުދަކީ ވައްޓާލުމާއި ރޫޅާލުން: އިހްސާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް